އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި، މި ވަގުތު ސަސްޕެންޝަނުގައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ވާދަނުކުރެއްވޭނެ ކަމަށް އެ ޕާޓީން ނިންމި ނިންމުމާ ދެކޮޅަށް އޭނާ ނިކުމެވަޑައިގެންފިއެވެ.

މަހްލޫފް ކުރިމަތިލެއްވީ މެދު އުތުރު ޕްރޮވިންސްގެ ރައީސަކަށެވެ. މެދު އުތުރު ޕްރޮވިންސް އަކީ ކ، އއ، އދ، އަދި ވ. އަތޮޅު ތަމްސީލް ކުރައްވާ ގޮނޑިއެވެ.

މަހްލޫފްގެ ޝަރުތު ހަމަނުވާ ސަބަބެއްގެ ގޮތުގައި އެމްޑީޕީން ފާހަގަކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން އޮތް ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްޑީޕީއަށް އަންގާފައިވާތީއެވެ.

އެ ނިންމުމާއި ދެކޮޅަށް ނިކުމެވަޑައިގެން މީސް މީޑިއާގައި މިއަދު އާއްމުކުރެއްވި ޕޯސްޓެއްގައި މަހުލޫފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމަށާާއި މަޖިލިސް މެމްބަރުކަމަށް އަދި ކައުންސިލް އިންތިހާބަށްވެސް ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނދެވިފައި ގައުމީ މަޖިލީހުގެ އިންތިހާބުގަ ވާދަ ނުކުރެވުނީމަ އެއީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

"ޖިނާއީ ކުށެއް ސާބިތުނުވާ ހިނދަކު ވާދަކުރެވެންވާނެ. މިހައްގު ހޯދަން އަޅުގަނޑު މަސައްކަތް ކުރާނަން" އެމްޑީޕީގެ ނިންމުމާއި ދެކޮޅަށް މަހުލޫފް ވިދާޅުވިއެވެ.

"އެ ނިންމުމަކީ އެމްޑީޕީން އިން އަބަދު ވަކާލާތުކުރި، އިންތިހާބުތަކުގަ ވާދަކުރުމުގެ ހައްގާއި ދިމާ އިދިކޮޅު އަދި ޑިމޮކްރެސީގެ ރޫހާވެސް ހިލާފު ނިންމުމެއް އެމްޑީޕީގެ ރައީސް، ނައިބު ރައީސް ،ޗެއަޕާސަން އަދި ޕްރައިމަރީތަކަށްވެސް ޝަރުތުހަމަވޭ"

"މިދުވަސްވަރު ފަތުއަޑު ކިޔާފަ މިހިނގާ ކަންކަމަކީ" އެމްއެމްޕީއާރްސީއާ ގުޅޭ ކަމެެއްނޫން ކަމަށާއި، އެއީ ސިޔާސީ ކަމެއް މަހްލޫފް ވިދާޅުވިއެވެ.

އެމްޑީޕީއަށްޓަކައި އެތައް ގުރުބާނީއެއްވެ އަދި މިހާރުވެސް ސަރުކާރުގައި ވަރަށް ރަނގަޅު ނަތީޖާ ނެރެދީފައިވާ އިރު، ވެގެން އުޅޭގޮތް އެއްގޮތަކަށްވެސް ނުވިސްނޭ ކަމަށް މަހްލޫފްގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

މަހްލޫފްގެ މައްޗަށް ދެ ދައުވާއެއް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް އެ ކަމުގައި ގޮތެއް ނުނިމި މައްސަލަ އޮފީހުގައި ބާއްވާފައިވެއެވެ.

މިކަމުގައި މަހްލޫފް ވަނީ އޭނާގެ މައްސަލަ ވަކި ގޮތަކަށް ތަފާތު ކުރާ ކަމަށް ވެސް ތުހުމަތުކޮށްފައެވެ. އަދި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް މަހްލޫފް އިންކާރު ކުރައްވައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދާއިރާތަކުގެ ލީޑާޝިޕް ކަނޑައަޅަން ބާއްވާ ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގައެވެ.

ގައުމީ މަޖިލީހުގެ އިންތިހާބު އަންނަ މަހު އޮތް އިރު، އެމްޑީޕީގެ އެތެރޭގެ މަސްރަހު އޮތީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަޕޯޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ދަނީ ރައްދު ކުރެވެމުންނެވެ.

އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް ސޯލިހްއާއި އެމްޑީޕީގެ ރައީސްގެ މަގާމު ފުރުއްވާ ނަޝީދުއާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް ހުންނެވިއިރު، މިހާރު އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދު ގެންދަވަނީ އެމަނިކުފާނަށް ދިން ހަމަލާއިން ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަލޫ

    ތިއޮތީ ވަރުގަދަ ބޮނޑިބަތެތް ކައިފަ ކޮންމެ ހާލަތެއްގަވެސް މެންޑީޕީގަ ހުންނާތި!؟

    18
  2. ޢަބްދުﷲ

    އެމްޑީޕީގެ ނިންމުން މަހުލޫފް ގަބޫލެއް ނުކުރެއްވެވި!

    3 ގަޑިއިރު ކުރިން ( އޮގަސްޓް 17, 2021 )

    އެތަށް ހާސް ބައެއްގެ ޕާޓީއަކުިން ނޫނެކޭ ބުނީމަ އެއާ ދެކޮޅަށް ތެދުވީމަ އެބައެނގޭދޯ ؟

    މީނަގެ ހުރި އިންސާފު . ޕާޓީން ބުނީ ރިސްވަތުގެ ލިސްޓުގަ އޮތުމުން ވެރިޔަކަށް ގެންނަން

    ހެއުނުވާނެޔޯ ؟ އަދި މިޕާޓީއަކީ މިމުޑުދާރު އަމަލުިގަ މިރާއްޖޭގަ އެންމެ ކުރީގަ

    އުލޭމީނުންދޯ ؟

    India out‬ #India out #India out‬ #India out #India out #

  3. ރަން ރީނދޫ

    އެމީހުންނަށް ކަލޯގެ ބޭނުން ޖެހުނީ މަޖިލިސްގަ އުޅުނު އި ރު. ބޭނުން ކެނޑުނީމަ އެއްލާލަނީ. ސުޕް ރީމް ކޯޓުގަ ތިބި ފަނޑިޔާ ރުން ލައްވާ ބަޣާވާތް ކު ރުވާފަ އެވެ ރީން ނަށް ހެދިގޮތް ހަނދާން ނެތުނީތާ.

  4. އަބުދު

    މީ މޮޔައެއްބާ؟ އެމްޑީޕީ މީހުން ހިތް ހެވެއްނުވާނެ ކަލެއަކަށް ..... ދޭއާ ...... ؟؟؟؟؟؟؟؟ މެންޓަލީ ޑިސްއެބަލް ޕީޕަލް....!!!!!!!!

  5. މަހޭ ނެތި ދާނޭ، އެ ލޯބިން ދިވާނާ

    ހާދަހައި ގޮތް ދޫނުކޮށް ބޮޑާ ހާކާ ސޮރެކޭ! ބޭނުމެއް ނޫނޭ ބުނީމާ ވެސް އެބަ އުޅޭ!

    5
    2
  6. ލަވަޕާޓީ

    ތީކުޅޭކުޅޭ އަހަރުމެން ކުޑައިރު ކިޔެވި ދިވެހި ފޮތެއްގަ 0ކުޑަކުދިންގެބަގީޗާގައި) އޮވޭ ލަވަޕާޓީއެއްގެ ވާހަކަ އެޔެކެ ތިޔެކޭނެތްތަފާތެއް ދެން ކޮންމަސްއަލައެއްޖެއްސޭނީ