ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ހަތަރު ކޭސް ޖޫސް ޕެކެޓްގެ ވެރިފަރާތް ހޯދަން ފުލުހުން މިއަދު ފުލުހުންގެ ވެބްސައިޓްގައި އިއުލާނެއް ކޮށްފިއެވެ.

އާއްމު ގޮތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން ކޮންމެ ހަފްތާއަކު ވެސް އިއުލާން ކުރެއެވެ.

ފުލުހުން ވިދާޅުވީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މި ތަކެއްޗަކީ ހޮވައިގެންގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

އޮގަސްޓު 23 ވަނަ ދުވަހު ހަވީރީހިނގުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ 10 ފޮށި ހޮޅިބިޑި، ހަތަރު ކޭސް ޖޫސްޕެކެޓު. އިންސިޑެންޓް ނަންބަރ 495835

އޮގަސްޓު 23 ވަނަ ދުވަހު މައްޗަންގޯޅިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ވަޑާމުގެ ސާމާނުތަކެއް. އިންސިޑެންޓް ނަންބަރ 495828

އޮގަސްޓު 23 ވަނަ ދުވަހު ޖަވާހިރުގޯޅިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ބެޓެރި ބުރުމާއެއް، ގްލާސް ސަކްޝަން ލިފްޓަރެއް. އިންސިޑެންޓް ނަންބަރ 495832

އޮގަސްޓު 26 ވަނަ ދުވަހު ވަދުފޮށި ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ސޮކެޓު ފޮއްޓެއް. އިންސިޑެންޓް ނަންބަރ 496202

އޮގަސްޓު 26 ވަނަ ދުވަހު ޖޯޝީހިނގުމުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ދެ ދަގަނޑު ޖެކް. އިންސިޑެންޓް ނަންބަރ 496165

އޮގަސްޓު 28 ވަނަ ދުވަހު ނީލަންފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ކަރަންޓު ކީހެއް. އިންސިޑެންޓް ނަންބަރ 496373

އޮގަސްޓު 28 ވަނަ ދުވަހު ގަލޮޅު ގެއެއްގެ ސިޑިދަށުން ފެނިފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ބައިސްކަލެއް. އިންސިޑެންޓް ނަންބަރ 496383

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ،،ފޯނު ފަދަ އެއްޗެހި ވެރިފަރާތް ހޯދަން ނާންގަނީ ކީއްވެ؟ ، ގައިމު މަށަށް މަގުމަތިން ފެނުނު ފޯނެއްވެސް ހަވާލު ކުރި ް، އެކަހަލަ ވާހަކަ ކީއްވެ އިއުލާން ނުކުރަނީ؟؟؟ ް