ޖޭޕީ އޮތީ އިސްލާމް ދީނާއި ޚިލާފް ނޫން، ޔޫއެން އާއި އީޔޫގެ ނިންމެވުންތަކާއި އެކު ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމް މިކަން ހާމަކުރައްވާފައިވަނީ ރޭ ކުރެއްވި ޓްވީޓެއްގައެވެ.
ގާސިމް ވިދާޅުވީ ކޯލިޝަނުގެ ސިންގަލް ކެންޑިޑޭޓަކީ ރައްޔިތުން އެދޭ ބަދަލު ކަމަށާއި ޖޭޕީ މިމަގުން ކުރިއަށް ދިއުމަކީ ރައްޔިތުންގެ އެދުން ކަމަށެވެ.
Coalition ge Single Candidate akee #RayyithunEdheyBadhalu InshaAllah JP mi magun kuriyah dhiumakee Rayyithun ge edhun . JP abadhuves Onnaanee Rayyithun naa Qaumuge Salaamaiy kan oiy gothah Aniyaa verikamun salaamaiy kurumugai dheenaa khilaafu noon UN aa EU ge ninmevun thakaaeku
— Qasim Ibrahim (@qasimibrahim) June 29, 2018
"ޖޭޕީ އަބަދުވެސް އޮންނާނީ ރައްޔިތުންނާއި ޤައުމުގެ ސަލާމަތްކަން އޮތް ގޮތަށް، ރައްޔިތުން އަނިޔާވެރިކަމުން ސަލާމަތް ކުރުމުގައި އިސްލާމް ދީނާއި ޚިލާފް ނޫން، ޔޫއެން އާއި އީޔޫގެ ނިންމެވުންތަކާއެކު" ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީ ބައިވެރިވާ ސަރުކާރެއްގައި ބައިނަލްއަގްވާމީ ދުނިޔޭގެ ގޮވާލުންތަކަށް އިސްލާމް ދީނާއި ޚިލާފު ނުވާގޮތަށް އިޖާބަދެއްވާނެކަމަށާއި ބޭރު ދުނިޔެއާއި އޮންނަ ގުޅުން ހަރުދަނާ ކުރައްވާނެކަމަށްވެސް ގާސިމް ގެންދަވަނީ ވިދާޅުވަމުންނެވެ.
ކުރިއަށް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީގެ އިތުރަށް އަދާލަތު ޕާޓީއާއި ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން ގުޅިގެން ވާދަކުރުމަށް ނިންމާ، އެމްޑީޕީގެ ކެންޑިޑޭޓަކާއި، ޖުމްހޫރީ ޕާޓީގެ ރަނިން މޭޓަކު ނެރުމަށް ނިންމާފައިވާއިރު، ރަނިންގް މޭޓާއި ގުޅޭގޮތުން ޖޭޕީ ތެރޭގައި ވަނީ ހިޔާލުތަފާތުވެފައެވެ.
އޮގޮތުން ރޭ އެޕާޓީގެ ރައީސް އަލީ ވަހީދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ކޯލިޝަން ސަރުކާރުގެ ރައީސުލް ޖުމްހޫރިއްޔާކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު އަދި ނާއިބު ކަމަށް އައިޝަތު ނަހުލާ އިންތިޚާބު ކުރުމަށް ތާއީދު ކުރައްވާ ކަމަށެވެ.
ޖޭޕީން ނެރޭ ރަނިން މޭޓަކާ ގުޅޭ ގޮތުން ތަފާތު ވާހަކަ ދެކެވޭ އިރު އާއިޝަގެ އިތުރުން މި ވަގުތު އެ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތު ހަވާލުކުރައްވާފައިވާ ޑރ. ހުސައިން ރަޝީދު ހަސަން ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ޔޫއެން އާއި އީޔޫއަށް ތަބާވަންޏާ އިސްލާމްދީނާ ފުށުނާރާ ކަމަކަށް ތާއީދެން ނުކުރެވޭނެ..
އެކަމެއް ކުރުމުން ދީނާ ގައުމިއްޔަތަށް އެކަމުން އަސަރު ކޮށްފާނެ އެއްވެސް ކަމެއް ނުވާނެ. ޢީޔޫ އަކަސް. ކަލޭ ތިހެން ބުނާއިރު ޔަހޫދީންގެ މަގުސަދު ކަލެޔަށް ރަނގަޅަށް އެނގޭނެ.
ތިޔަގޮތަށް ވަރަށް ގިނަ ސަރުކާރުގައި ގާސިމް ބައިވެރިވެއްޖެ. ވީކަމެއް ހަރާން
ނަޝީދު ވެރިކަން ވެއްޓުމުގެ މުގުލުގައިވެސް
ހުރީ ގާސިމް ، ދީނާ ހިލާފްވަނީއޭ ކިޔާފަ.
އެމީ ހަކާ ދެވަނަ ފަހަރަށް ބައެއަތު ހިފުންވެސް
ދެކެނީ ގާސިމަކީވެސް އެފަދަ މީހެއްކަން.
އީޔޫގެ ގަބޫލުނުކުރެވި ހުރި ޝަރުތުތަކަކީ އިސްލާމްދީނާއި ޚިލާފް ވާ ހުށަހެޅުންތަކޭ ދުއްމާރި! މިހުރިހާވެސް މައްސަލައަކީ އެއީޔޭ. މިހާރު ތިވީގޮތުން ބުއްޅަބޭގެ ސިޔާސަތާއި ޚިލާފުވީ!
ޢަތޮޅު ތަކުން މާލެޔަށް ހިޖުރަކުރި މީހުނަށް ދިމާ ވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގެ ކުލި ބޮޑުވެ އަހަރު އެއްފަހަރު އިތުރަށް ކުލި ބޮޑުކުރުން މިއީ ސަރުކާރުން ހައްލުކުރަން ބޭނުން ނުވާކަމެއް މިކަން ހައްލުކުރަން ކުއްޓި ނަޝީދު މަޖިލިހަށް ބިލެއް ހުށަހެޅި ނަމަވެސް އެބިލް ޤާނޫނަކަށް ނުވެމިދަނީ ބަޔަކު ގަސްތުގައި !
ޖޭޕީ އޮންނާނީ އަބަދުވެސް އަމިއްލަ ފައިދާޔަށްޓަކާ ގައުމާއި ދީނާއި މިނިވަންކަންވެސް ވިއްކާލާ ގޮތަށްކަން މާޒީގަ ކުޅުނު ނުރައްކާތެރި ކުޅިގަނޑުން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގި ފަހުމް ވެއްޖެ! ކޮންމެހެން ނުޖެހޭ ދޯ އީޔޫ މީހުން ބުނާހާ ގޮތަކަށް ކަންކަންކުރާކަށް..! ފުރަމަ ތިވާހަކަ ތިދައްކަނީވެސް އީޔޫ އާއިއެކު ޑީލުތަކެއް ހެދިފަ ހުރީމަ..ރާއްޖޭގެ ގާނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތކުގެ ތެރެއިން ރއްޔިތުން އެދޭ ރައްޔިތުންނަށް ލާބަޔާއި މަންފާހުރި ވެރިކަމެއް ކުރާވާހަކަ ނުދައްކާ ފުރަތަމވެސް އައްވަލަ ބިސްބިޔަށްވެސް ތިފެށީ އީޔޫ ރުއްސާ ވާހަކައިން...ތިޔައީ ނުރައްކާތެރި އަމިއްލަ އެދުމުން ފޯވެގެންވާ ގައުމާއި ދީނާއި ރައްޔިތުންގެ މަސްލަހަތު އެއްވެސްވަރަކަށް ނެތް ވިސްނުމެއް! އީޔޫ އިން ބޭނުންވެގެން އުޅެނީ ރާއްޖޭގަ ފައްޅިއަޅާ އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު އޮންނަ ގައުމަކަށް މގައުމުހެދުމަށް...ކޮބާ ކާބަފައިން އިސްލާމް ދީން ހިމާޔަތްކޮށް މިނިވަންކަން ދިފާއުކުރުމުގަ ވީގުރުބާނީ އަގު..؟ ގާސިމް މެންގެ އަމިއްލަ މަސްލަހަތު ދިފާއުކުރުމަށް އަހަރުމެންގެ ދީނާއި މިނިވަންކަމާއި ވަތަން ވިއްކާލަނީތަ..؟ ހަލާކު ހުރި! ކިތަންމެހާވެސް ބޮޑެތި ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ގާސިމްމެންގެ ސަބަބުން ގައުމަށް ލިބިއްޖެ..އެތަށް ވަގުތެއް ތިކޯޅުމެއްގަ ދުއްވާލައިފީ..އެތަށް ރައްޔިތުންނަކަށް އޮޅުވާލައިގެން އެތަކެއް ގެއްލުން ދަިފީ..ދެނެއް ތިޔަ އަނބުރާ ގޭހުގަ ރައްޔިތުންނެއް ނުޖެހޭނެ.. ޖެހޭނީ ގާސިމާއި ގާސިމުގެ އައުވާނުން...ރައްޔިތުން އެދެނީ މިނިވަްކަމާއި ކުރިއެރުމާއި ފާގަތިކަން...އެކަން ކޮއްދެއްވަމުން ނަތީޖާ ހާސިލް ކުރައްވަމުން ވަޑައިގަންނަވަނީ ރައީސް ޔާމީން...ރައްޔިތުން ތިބީ ރައީސް ޔާމީން އާ އެކުގަ އަތާ އަތްގުޅާލައިގެން ތިޔަ ބައިގަނޑުގެ ކިބައިން ސަލާމަތްވުމުގެ ވަރުގަދަ އަޒުމުގަ..ރައީސް ޔާމީން މިއިންތިޚާބު ކާމިޔާބު ކުރައްވާނީ ސީދާ އެއްބުރުން...އިންޝާﷲ
ޖެޕީ އަކީ ޑިވެލޮޕް ކުރެވިދާނެ ޕޮޓެންޝިއަލްސް ހުރި ޕާޓީއެއް...ގިނަ ކަންތައްތަކެއް އިސްލާހު ކުރަންޖެހޭ...ވަގުތުވެސް ނަގާނެ..އެކަމަކު މޑޕ އާއިއެކު ކުރިމަގެއް ނޯންނާނެ...ކުރިމަގު އޮތީ ޕީޕީއެމްގެ ފަހަތަށް އަރައިގެން..ނެރެންޖެހޭ ފޯރމިއުލާޔަކީ އެއީ..ވަގުތު ދުއްވާނުލާ އަވަހަށް އަވަހަށް ބައިވެރިވުން މުހިންމު!
ގާސިމް އަށް ވެރިކަން ލިބއްޖެނަމަ އިސްލާމް ދީނަށް ފުށުނާރާގޮތަކަށް ވެރިކަންކުރާނެ ގޮތެއް ބުނެދީބަލަ ފުރަތަމައިންވެސް ޔޫއެން އީޔޫ މީ އިސްލާމް ދީނަށް ހަޖޫ ޖަހާ ފުރައްސާރަކުރާ ދެ ޖަމާއަތް މިބައިމީހުން ބުނާގޮތަކައް ވެރިކަންކުރާ ކަށް ވެރިކަމެއް ނުދޭނަން ގާސިމަކަށް.