ބައިނަލް އަގްވާމީ މައިދާނުގައި އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދިވެހިން ލަދު ގަންނުވާލާފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދަށް ޖަމީލް ފާޑުވިދާޅުވެ ޓްވީޓެއް މި ކުރެއްވީ، ނަޞާރާ ދީނުގެ ފައްޅިއެއްގައި ބޭއްވި އަޅުކަމުގެ ރަސްމިއްޔާތެއްގައި ޝާހިދު ރޭ ބައިވެރިވެވަޑައިގަތް ފޮޓޯތަކެއް ޚިއްސާ ކުރައްވަމުންނެވެ.
އިދިކޮޅު ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރު ޖަމީލް ވިދާޅުވީ ބައިނަލް އަގްވާމީ މައިދާނުގައި އިސްލާމް ދިޏުގެ އަގީ ހިފަހައްޓައިގެން ތިބެގެން ވެސް މުސްލިމުންނަށް ހަރަކާތްތެރިވެވެން ޖެހޭނެ ކަމަށާއި އިއްޔެއަކީ ދިވެހިން ލަދުގަންނަވާލި ދުވަހެއް ކަމަށެވެ.
"މުސްލިމަކަށްވުމަކީ މާތް الله ކަނޑައަޅުއްވާފައިވާ ހުރިހާ ކަމަކަށް ފުރިހަމައަށް ތަބަޢަވުން.އެހެން ބަޔަކު ރުއްސާކަށް ނުޖެހޭ. މިއީ ދިވެހިން ލަދުގަންނަވާލި ދުވަހެއް." ފަނޑިޔާރުކަމާއި ވަޒީރު ކަން ވެސް ކުރެއްވި ޖަމީލް ލިޔުއްވާފައިވެއެވެ.
ބައިނަލްއަޤުވާމީ މައިދާނުގައި، އިސްލާމްދީނުގެ އަޤީދާގައި ހިފަހައްޓައިގެން ތިބެވެސް މުސްލިމުންނަށް ހަރަކާތްތެރިވެވޭނެ. މުސްލިމަކަށްވުމަކީ މާތް الله ކަނޑައަޅުއްވާފައިވާ ހުރިހާ ކަމަކަށް ފުރިހަމައަށް ތަބަޢަވުން.އެހެން ބަޔަކު ރުއްސާކަށް ނުޖެހޭ.މިއީ ދިވެހިން ލަދުގަންނަވާލި ދުވަހެއް. pic.twitter.com/MgbEDv14fx
— Mohamed Jameel Ahmed (@MJameelAhmed) September 15, 2021
ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވަމުން ޝާހިދު އެހެން ވަޒީފާއެއް އަދާ ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފުވުން ކަމަށް ވިދާޅުވެ މީގެ ކުރިން ވެސް ޖަމީލް ވަނީ ޝާހިދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެއީ ރާއްޖޭގެ ގާނޫނު އަސާސީގައި އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖިލީހަށް ކަނޑައަޅުއްވާ ވަޒީރަކަށް އެހެން ވަޒީފާއެއް އަދާ ކުރުމަކީ މަނާ ކަމެކެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު އިންތިޚާބުވިއިރު، މިއީ އދ. ގައި މިހާ އިސް މާގަމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ. އދ. ގެ މަޖިލީހެއްގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓާނެ ފުރަތަމަ ފަހަރެވެ. މިއީ އެއް އަހަރު ދުވަހުގެ ދައުރެއް ހިމެނޭ މަގާމެކެވެ.
ލަނޑަޔާ ވާނީ ލަނޑަޔާ އެމް ޑީ ޕީ ގެ ބޮނޑިބަތް ފަރިއްކުއްޅުއްވީމާ ވަރަށް އުނދަގޫވާނެ ދެން އޭގެން ނެއްޓެން
ޝާހިދުމެން ގައުމު ވިއްކާލަން ވެސް އުޅުނު ނޫންތޯ އެއަރޕޯޓް ވިއްކާލައިގެން ލިބުނު ވަރުވެސް މަދެއް ނުވާނެ ތަސްމީނާ ދެމީހުން އެއްވަރަށް ފައިސާ ނެނގީ މިފަހަރު އެހެރީ ދީން ވިއްކާލައިގެން ވެސް މަތިވެރި މަގާމު ގައި ފައިހަރުކުރަން ފައި ވިއްދާފައި ކިހާ ވަރަކުންބާ މި ޝާހިދުމެންގެ ނިމުން އޮތީ މާތް ﷲ މިފަދަ ނުބައި މީޙުންގެ ކިބައިން އަޅަމެން ވީހާ އަވަހަކަށް މިންޖު ކުރައްްވާ ފާނދޭ އާމީން
ޖަމީލްބެއަށް ސަލާމް. ދެރަވީ ދޯ!
ހުދުމުހުތާރު ލާދީނީ ސަރުކާރު އިސްތިއުފާ
"ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވަމުން ޝާހިދު އެހެން ވަޒީފާއެއް އަދާ ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފުވުން ކަމަށް ވިދާޅުވެ މީގެ ކުރިން ވެސް ޖަމީލް" މިވާހަކަ ތަކުރާރުނުކުރައްވާ ވީމާ މިވާހަކަ ނުދައްކާ މިމައްސަލަ ޝަރުޢީކޯރޓަކާ ހަމަޔަށް ގެންގޮސްދެއްވުމަށް ދަންނަވަން.
މިވާހަކަ ތަކުރާރުނުކުރައްވާ ވީމާ މިވާހަކަ ނުދައްކާ މިމައްސަލަ ޝަރުޢީކޯރޓަކާ ހަމަޔަށް ގެންގޮސްދެއްވުމަށް ދަންނަވަން.
ވަރަށް ދެރަކަމެއް! މީސްމީހުން ފަޞީޙައް ކުރައްވާގޮތް ނިކަން ދެކިބަލަ!
މުސްލިމަކަށް ވީތީ ހުރީ މުސްލިމެއްގެ ގޮތުގަ. އ.ދ. ހުރީވެސް މުސްލިމް ގަވުމަކު ނޫން. ފައްޅިއަކަށް ވަނަސް . އަދި އެހެނިހެން މުސްލިމް ނޫން ގަވުމުތަކަށް ދިޔަސް މުސްލިމެއްވިއްޔާ އޭނަގެ އީމާން ކަމާ އަގީދާ ނުގުޑާނެ... ތިމާ މީހާއަށް ވާގޮތެއް އެންމެނަށް ނުވެ ހިގައިދާނެކަން ގަބޫލުކުރަން އެބަޖެހޭ...
ރައީސް ސޯލިހަކީ ކީރިތި ރަސޫލާ ސަލަވާތް ލައިދެއްވި ބޭފުޅެއް ކަމަށް މީހަކު ބުނީ. މިފަހަރު މިކަމާ ކީކޭބާ ބުނާނީ؟ މިއޮތީ ޝާހިދަށް ކްރިސްޓިއަނުންގެ ބްލެސިންގ ލައިދީފަ..ކޮންކަމެއް ކުރަންކަން އެނގޭނީ ހަމަ އެއްކަލަ މީހާއަށް. މިއީކީ އެއްވެސް ވަރަކަށް ޝާހިދު ބައިވެރިވާންޖެހޭ ފަދަ ކަމެއް ނޫން. އެކަމު މަގާމު ބޭނުމިއްޔާ ބައިވެރިވާނެ.
މިއަދުގެ އިރު އެރީ އުޑުމަތި ބަނަވެގެން. މިއިން ދުވަހަކު ނާންނަވަރުގެ ކޮޅިގަނޑެއް މާލެއަށް އައި. އެންމެ ގަދަ ވައިޖެހި އެތައް ގެއްލުމެއްވީ. ވިއްސާރަ އަދިވެސް ކުރަމުން ދަނީ.
މިއީނޫންތޯ ކުރިއެރުމަކީ ތިމާ އަމިއްލަ ދީންވެސް ވިއްކާލައި އަންބިންދަރިންބިކަކޮށްލީމާނޫންތޯ އިންސާނީ ހައްގުތަށް ފުރިހަމަވާނީ!
ކޮބާތަ ޑޮކްޓަރ އިޔާޒް ؟ ދެން މިކަމަށް އެއްޗެއް ކިޔާބަލަ ބުނޭ ދެން ޝާހިދު އެތާންގަ އެ ހުރީ ޝަހާދަތް ކިޔާށޭ ؟ އިޔާޒް ވާނެ މިކަން ފޫބައްދަން އެއް ޑަލަރުން ނަމަވެސް.
ގާނޫނުއަސާސީ 136 ވަނަ މާއްދާގެ ހ.ގަ ބުނަނީ "ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ސަރުކާރުގެ އެހެން މަގާމެއް،އަދި ފައިދާއެއް ލިބޭފަދަ އެ ނޫންވެސް މަގާމެއް ފުރައިގެންނުވަނެވެ.އަދި ވިޔަފަރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވުމާއި އާމްދަނި ހޯދުމަށް ފަންނީ މަސައްކަތެއްގައި ސާމިލް ވުމާއި އާމްދަނިލިބޭފަދައެހއންއެއްވެސް މަސައްކަތެއްކޮށް އެހެންއެއްވެސްފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެ އެވެ، ދަވްލަތުގެ މުދަލާއިބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެން ނުވަނެއެވެ.އަދި ދަވްލަތާއި އެހެންއެއްވެސްފަރާތަކަދެމެދު ކުރެވޭ މުއާމަލާތެއްގައި ވަޒިރުންގެ މަޖިލީހުގެއެއްވެސް މެމްބަރަރު އެމެމްބަރެއްގެ މާލިއެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެ އެވެ،" ޔޫއެންގެ އާންމު މަޖިލީހުގެ ރައީސްކަމުގެ އިންތިހާބީ މަގާމް އަކަށް ހޮވި އެމަގާމާއި ހަވާލުވުމާއިއެކު ފޮރިންމިނިސްތަރުކަމުގެ މަގާމުން ސާހިދު ވަކިކުރައްވަން ޖެހޭނެ ކަމަށް ގާނޫނުއަސަސީ ބެލުމުންދޭހަވޭ .މިހެން ނަހައްދަވައިފިނަމަ ރައިސުލްޖުމަހުރިއްޔާ އަދާކުރައްވަންޖެހޭ ގަނޫނީ ވާޖިބު އަދާކުރެއްވުމުގަ އުޒުރު ވެރިވެ ވަޑައިގެންފިކަމަށް ކަނޑައެޅުމުގެ ހައްގު ތަންފިޒީ ފަރާތްތަކަށް ލިބިގެން ހިގައިދާނެ.
ގާނޫނުއަސަސީގެ 115 ވަނަ މާއްދަގެ ފ.ގަ ބުނާ އައްޔަން ކުރުމާއި އިންތިހާބު ވެގެން މަގާމައި ހަވާލުވުން އޮޅުވާ ނުލައްވަވާނެ ކަމަށް އުންމީދު ކުރަން ޔޫއެން އަށް ރާއްޖެއިން އައްޔަންކޮށްފަ ސަފީރަކު ހުރޭ.އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުލެއް. މިއީ ސާހިދު އަމިއްލަފުލަސް ކުރިމަތިލައްވަވަ އިންތިހާބަކުން އިންތިހާބު ވުމުން މަގާމައި ހަވާލު ވެ ލައްވާފައިވަ ބޭފުލެއް . ވީމާ ގާނޫނުއަސަސޣަ ބުނާގޮތުން ތިޔަ 2 މަގާމް ސާހިދު އަކަށް ނުފުރުއްވޭނެ. ވަޒީރުންގެ މަޖިލީހުގެ މެމްބަރަކަށް ނުވާ ފަރާތަކަށް ފޮރިން މިނިސްތަރު ކަމުގާ ނުހުންނެވޭނެ. ގާނޫނުއަސަސީގެ 129 ވަނަ މާއްދާގެ ށ ބުނާގޮތުން ފޮރިން މިނިސްޓަރަކީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއް.
ކުރިސްޓިއަން މެޝިނަރީ ތަކުން ފަންޑު ހޯދައިގެން މާލީ މުއްސަދިކަން އިތުރު ކުރާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާވެސް !
މުސްލިމް ނޫންމިހުންގެ އަލުކަންތަކުގަ މުސްލިމަކު ބައިވެރިވުމަކީ އެމިހަގެ މުސްލިމްކަން ގެއްލޭފަދަ ކަމެއް. އެފަދަ މީހާ މުސްލިމަކު ކަމަކަށް ނުބެލެވޭނެ.
ދިވެއްސެއް،އަދި މުސްލިމެއްގެ ހައިސިއްޔަތުން ވަރަށް ލަދުގަނެއްޖެ މިހާރު ޝައްކުޔަގީންކަމަކަށް
ބަދަލުވެއްޖެ އެއީ ޝާހިދަށް އދގެ ގޮނޑިކާމިޔާބުވުމުގައި ލާދީނީކަމެއް ހިމެނިދާނެތީ ދިވެހިރާއްޖެ
އަކީ މުސްލިމްގައުމަކަށްވާތީ އެކަން ބަދަލުކުރުމަށް ދުނިޔޭގެއެކިފަރާތްތަކުން މަސައްކަތްކުރާކަން
ތާރީޚް ހެކިދޭ ވީމާ، މިއީ މިކަމަށް އެންމެ މުނާސިބު ވަގުތުކަމަށްބަލާ އެކަންފެށުން ވަރަށްގާތް
މުސްލިމްގައުމެއްގެ މުސްލިމެއްގެނަމުގައިހުރެ ނަސާރާދީނުގެ ފައްޅިއެއްގައި ބޭއްވި އަޅުކަމުގެ
ރަސްމިޔާތެއްގައި ޝާހިދުބައިވެރިވެވަޑައިގަތުން އެއީ މުސްލިމަކަށް އެކަށީގެނަވާކަމެއްނޫން ނަމަވެސް ލާދީނީ ފަރަންޖީންރުއްސަންވެސް މިކަންމިވަނީ ކޮށްފައި ލަނޑަޔާ، ލަނޑަޔާވަނީތޯ
އ.ދ އެއީނަމެއް އެއީ އިޒްރޭލާ، އެމެރިކާ، އިސްލާމްދީނާ ދެކޮޅުގައުމުތަކުން ނަމެއްގައި އުފައްދާފައިވާ ކުޅޭކުޅޭ ތަނެއް އެތަނުގެބާރެއް އިޒްރޭލަށާ، ވަކިގައުމުތަކަށް ނުހިގާ ވީމާ. މިވަރުގެ ތަނެއްގެ ގޮނޑިއެއް ކާމިޔަބުކުރަންއުޅުއްވުމުންވެސް.........
އަހަރެން މިހިރީ އެކަމާ ވަރައް އުފަލުން