މާލޭގައި ވިޔަފާރި އުސޫލުން މަސްތުވުމުގެ ހިދުމަތް ދެމުންދާ ކެފޭތައް ހުއްޓުވުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުރިހާ ތަނެއް ބަންދުކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޕެޓިޝަން ކޮމިޓީގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ 2019 ވަނަ އަހަރު ފެށި އޮޕަރޭޝަންގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަަށް ތުހުމަތުކުރެވޭ 1،023 މީހަކާ ސުވާލުކޮށް، މިދިޔަ ފަސް އަހަރު 8،937 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށް މީގެ ކުރީ އަހަރުތަކުގައި ނުކުރާ ވަރަށް މިދިޔަ ދެ އަހަރު ފުލުހުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރި ކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރު އެންމެ ފުރިހަމަ ގޮތުގައި އަންނަނީ ބޭނުން ކުރަމުންނެވެ.

އެގޮތުން މާލޭގައި ވިޔަފާރީ އުސޫލުން ހިންގާ އެފަދަ 44 ތަނެއް މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ބަލައި ފާސްކޮށް، އެ ތަންތަން ބަންދުކުރަން ފެށި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި ގޭގެ ވެރިފަރާތްތަކުގެ އެއްބާރުލުން ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން 2019 އިން ފެށިގެން މިހާތަނަށް ޑްރަގުގެ ބޮޑު 12 ނެޓްވޯކުގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވި ކަމަށާއި އަދި މިދިޔަ 10 އަހަރު ފުލުހުން އަތުލައިގަތް މަސްތުވާތަކެތި މިިދިޔަ އަހަރުގެ ނިޔަލަށް ނައްތާލެވިފައިވާ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ. މިދިޔަ ދެ އަހަރު ގާތްގަނޑަކަށް އެއް ޓަނުގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށާއި ނަމަވެސް އަދިވެސް ކުރަން ހުރި މަސައްކަތް ގިނަކަން އޭނާ ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ ގާނޫނުގައިވާ ގޮތުން ގެއެއް ނުވަތަ އިމާރާތެއްގެ ބައެއްގައި މަސްތުވާއެއްޗެހި ޓްރެފިކް ކުރާކަން އެނގޭ ނަމަ އެކަން ހުއްޓުވުމަކީ އެގެއެއްގެ ވެރި މީހެއްގެ މަސްއޫލިއްޔަތެކެވެ. އެކަން އެގެއެއްގައިި ކުރުމަށް ފުރުސަތު ދީ، ހުއްދަ ދިނުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށް ގާނޫނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ދަރަނި ދަންތުރަ

  ހުރިހާ ތަނެއް ބަންދުނުކުރެވޭ ބުހުތާންދޮގުނުހަދާ ރައްޔިތުންނަން

  19
  3
 2. ދަރަނި ދަންތުރަ

  ހުރިހާ ތަނެއް ބަންދުނުކުރެވޭ ބުހުތާން ދޮގުނުހަދާ ، ރައްޔިތުންނަށް އޮޅުވާ ނުލާ

  17
  2
 3. ކޮރަލް

  ޑްރަގް ނޫން ހުރިހާ ކުށެއް ކުރާ މީހުންނަށް ހުކުމް ކުރެވި ޖަލުގަ ބެހެއްޓެ އެވެ.

 4. ލާ

  ޢަސަރީގޯޅީގަ ހުންނަ ގެއެއްވެސް ބަންދެއް ނުކުރޭ. ޙަމަ ކެފޭއެއް އެވެސް.

 5. އޭނާ

  ޖޯކު ގޮތަށް ކަންތައް ކުރެވޭތީ މައްސަލަޔަކީ. އަސްލު ބޭސްގަނޑު ބާއްވާފާ.
  އެމެރިކާގައި 1900 އިގެ ކުރީކޮޅު ބަނގުރާ ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ މީހުންނަށް ޖުރުމަނާ އެހެންޏާ މަރުގެ އަދަބު ކަނޑައަޅާ އެކަން ހުއްޓާލުމަށް ހަރުކަށި ޤާނޫނެއް ފާސްކުރި. 10 އަހަރުގެ ތެރޭގައި އެ ސަރުކާރުން ހޭދަކުރި އެތައް މިލިޔަން ޑޮލަރެއްގެ އަގު ޖެހުނުތޯ. 10 އަހަރުތެރޭގާ އެކަންކުރާ މީހުންގެ އަދަދުވެސް އިތުރުވީ، ސިއްރުން ހިންގޭ ވިޔަފާރިތައް ވެސް އިތުރުވީ. އޭގެ ސަބަބުން އެތައް ސަތޭކަ ބަޔަކުވެސް އެ މުއްދަތުގެ ތެރޭގައި މަރުވެގެންދިޔައީ. އަސްލު ބޭސްގަނޑޭ މި ދެންނެވީ ﷲ ގެ އަމުރަށް ކިޔަމަންތެރިވުން ނެތީ.
  މީގެ މިސާލަކީ އަނެއް ކަމަކީ "މި ސަރުކާރުގެ އަމާޒަކީ ދުންފަތާ ރައްޔިތުން ދުރުކުރުން" މިހެން ވެރިޔާ ކިޔާ ނޫންތޯއެވެ؟ ކިޔަމުން ކިތަންމެ ވަަރަކަށް ސިނގިރޭޓު އަގު މަތިކުރިޔަސް އެކަން ޢާންމުން ހުއްޓާލާނެތޯ؟ޓީބީ ޖެހިފާ ހުރި މީހަކަށް އަރިދަފުސްރޯގާ ބޭސްދީގެން ކަތާނެތޯ؟ އެހެންވެގެން އަޅުގަނޑު މި ދަންނަަވަނީ އެ ބައްޔެއްގެ ބޭހުންނޭ އެބައްޔަކަށް ފަރުވާކުރާނީ....
  ކުރު ޚުލާސާޔަކީ ރާ ހަރާމްކުރެއްވި އާޔަތް ބާވާލެއްވުމުން ދެން ކަންތައް ވެގެންދިޔަ ގޮތް ބައްލަވާށޭ. ކައްކަމުން ދިޔަ ރާތެލިތައް ވެސް އުކާލީ، އޭގެ ސަބަބުން މަގުތަކުގާ ރަލުގެ ކޯރުތައް ހެދިގެން ދިޔައީ. މިއީ ހެއްދެވި ފަރާތައް އޮންނަންޖެހޭ ކިޔަމަންތެރިކަމަކީ. އެހެންވީމާ ނާކޮޓިސް ކޮންޓްރޯލްބޯޑަށް ކަމެއް ނުކުރެވިގެން އެއުޅެނީ އަސްލު ބޭސްގަނޑު ދޭން ނުދަންނާތީ. އަދި މި ވަބާ، މި ޤައުމުން ފިލާނުދަނީ އެހެންވެގެން.

 6. އުންސުރޭ

  އެހައްދުވަހު އެ އަތުލައިގަތް އެތައް ޓަނެއްގެނައި މީހުންވެސް އުންސުރު ހަމަ ނުވެގެން ދޫކޮއްލީ. އިރާނު ބޯޓުވެސް ދޫކޮއްލީ

 7. ނާޅި

  އެފަދަ ތަންތަން ހުރިކަން ޔަޤީންވިއިރު އެއީ ހުންނަން ޖެހޭނެ ތަނެއްތޯ ؟ މިއަދު ތޯ އެތަން ބަންދުކުރަންވީ ؟ މިހާދުވަސްވީ އިރު އެތަންތަން ބަންދު ނުކުރެވި އޮތީ ކީއްވެތޯ ؟

 8. ހަވާސާ އިބޫ

  ކޮބާތޯ ސީސާބޯތަންތަން އެތަންތަނަކީ މަސްތުވާތަކެތީގެ އައްޑާ އެތަންތަނަށް އެންމެ ގިނައިން ދަނީ ސިޔާސީ މީހުންނާއި އެމްޑީޕީގެ އެކުޓިވިސްޓުންނާއި ސިފައިންނާއި ފުލުހުން މިއީހަގީގަތަކީ! ވީމާ، މިކަން ހުއްޓުވުމަކީ މިސަރުކާރަށް ވާނެކަމެއްބާ؟

 9. ހުސާމް

  އައްޑާތައް ބަންދުކުރީ މަގޭ އަމިއްލަ އައްޑާތަކެއް ހުޅުވަންވެގެންބާ؟ މާލޭގައި ރަލުގެ ކޯޓާއެއް ދެމުން އަންނަނިކޮށް އެކޯޓާތައް ބަންދުކޮށް މަގޭ ހިއްސާ އޮންނަ މާލޭގައި ހުރި ހޮޓަލަކަށް ގޮސް ބޭނުންގަޑިއެއްގަ ރާ ލިބޭގޮތަށް ހަމަޖެހެނު، އެކަމަކު އެދުވަހު ބަޔަކުނުކުމެ މަގޭ ދީނޭ މަގޭ ގައުމޭކިޔައިގެން އެކަން ހުއްޓުވި، މިއަދު ފެނިގެން މިދަނީ އެދުވަހު އެ ކަންތައްތައް ހުއްޓުވަން ނިކުތް މީހުން ސަރުކާރުގެ ބޮޑެތި މަގާމްތައް ލިބުމުން " ނުބީހެންޏާ ކަނޑާ ހަމައޭ"ބުނާ އުސޫލުން ކަންތައްތައް ވަމުން ދާތަން