އެކެރިކާގެ ހިމާޔަތުގައި 20 އަހަރު އޮތުމަށްފަހު އަފްޣާނިސްތާނުގެ ވެރިކަން ތާލިބާނުންގެ އަތް ދަށަށް ގޮސް ތާލިބާނުންގެ ގާނޫނޫތައް ތަންފީޒުކުރަމުންދާ އިރު މިހާރު މިދާގޮތަށް ކަންތައް ދާނަމަ އެ ގައުމުގައި ތައުލީމު އުނގަންނައި ދިނުމަށް ތިބި އަންހެން ޓީޗަރުންގެ މުސްތަގުބަލް ހަލާކުވެދާކަމަށް އެފަރާތްތަކުން ބުނެފިއެވެ.

ތާލިބާނުން އަފްޣާނިސްތާނުގައި އެމީހުންގެ ސަރުކާރެއް އެކުލަވާލާފައިވާއިރު ދާދިފަހުން އެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގްރޭޑް 12 އާ ހަމައަށް ކިޔާ ހުރިހާ ފިރިހެން ދަރިވަރުންނާއި އެދަރިވަރުންގެ ފިރިހެން މުދައްރިސުން ކިޔަވައިދުނުމަށް ނުކުތުމަށް އަންގައިފައެވެ.

ހޮނިހިރުދުވަހުން ފެށިގެން މި އެންގުމަށް އަމަލުކުރަން ތައްޔާރުވަމުންދާ އިރު އެ ގައުމުގައި ކިޔަވަމުންދާ އެތައް ހާސް އަންހެން ކުދިންނާއި މެދު ކަންތައް ކުރަންވީގޮތެއް އަދި އެ ސަރުކާރުން ހާމަނުކުރެއެވެ.

އަފްޣާނިސްތާނުގައި ކިޔަވައިދުނުމުގައި އުޅޭ އަންހެން ޓީޗަރުން ބުނާގޮތުގައި އެފަރާތްތަކަކީ އެފަރާތްތަކުގެ އާއިލާގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ހަމައެކަނި ފަރާތްތަކަށް ވުމުން ކުރިޔަށް އޮތް ތަނުގައި ކިޔަވައިދުނުމުގެ ވަޒީފާ ގެއްލިއްޖެނަމަ ވަރަށް ދަތިހާލުގައި އުޅެން ޖެހިދާނެ ކަމަށެވެ.

އާރިޔާނާ ނޫހުން ހާމަކުރާގޮތުގައި އެފަދަ ދަތިހާލެއްގައި އުޅޭ ޓީޗަރުން ވަރަށް ގިނައެވެ. އޭގެ ތެރެއިން އެކަކީ ގްރޭޑް 12 އަށް ކިޔަވައިދޭ ޓީޗަރެއް ކަމަށްވާ ހަތާރާއެވެ. އެޑިއުކޭޝަން ޑިޕާޓްމަންޓުން އޭނާ ގޭގައި މަޑުކޮށްލުމަށް އެންގުމުން ގްރޭޑް 7 ކުން މަތީގެ ދަރިވަރުން ސްކޫލަށް ނުފޮނުވައި ތިބެން ޖެހިފައިވެއެވެ.

ހަތާރާ އަކީ އޭނާގެ އާއިލާއަށް ކާންބޯން މަސައްކަތް ކުރުމަށް މަސައްކަތް ކުރާ ހަމައެކަނި ފަރާތެވެ. ފާއިތުވި 15 އަހަރުގައި އޭނާ ކިޔަވައިދުނުމުގައި މަސައްކަތް ކުރާއިރު މިހާރު އޭނާ ވަނީ ފައިސާއަށް ބޭނުންޖެހިފައިއެވެ. އަދި އޭނާ ވަނީ ކިޔަވައިދުމަށް އަންހެނުން ނެރުމަށް ގޮވާލާ އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައެވެ.

ފާއިތުވި 20 އަހަރުތެރޭގައި އަފްޣާނިސްތާނުގައި ތައުލީމް ހޯދަމުންދާ އަންހެން ކުދިންގެ އަދަދު ވަނީ ސުމެކުން 2.5 މިލިއަނަށް އަރައިފައެވެ. އަދި މަތީ ތައުލީމް ހާސިލްކުރާ އަންހެން ކުދިންގެ އަދަދު 5،000 އިން 90،000 އަށް ވަނީ އަރައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެއްގޮތަކަށް ވެސް އެހެންނެއް ނުވާނެ. ޠާލިބާނުން މަސައްކަތްކޮއްދެއްވާނެ ތިޔަ ކަނބަލުންގެ ޙައްޤުތައް އަދާކުރުމަށް. އެއީ އެމީހުންގެ ރިޔާސީ ވަޢުދެއް