އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) ގެ ސައިންސްވެރިޔަކާއި ގުޅިގެން ޕާކިސްތާނަށް ޖާސޫސީ މައުލޫމާތުތަކެއް ފޯރުކޮށްދިން ކަމަށް ބުނާ މައްސަލައިގައި އިންޑިއާގެ ޖަލުގައި އަހަރުތަކެއް ހޭދަކުރި ކުރީގެ ފިލްމި ތަރި ފައުޒިއްޔާ ހަސަންގެ ބަޔާން ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) ނަގައިފިއެވެ.

ޕާކިސްތާނަށް ޖާސޫސް ކުރި ކަމަށް ބުނެ ފައުޒިއްޔާ އާއި މަރިޔަމް ރަޝީދާ އަދި އިންޑިއާގެ ސައިންސްވެރިއެއް ކަމަށްވާ ނަބްމީ ނަރަޔާނަން 1994 ވަނަ އަހަރު ހައްޔަރުކުރިއެވެ. ކެރަލާ ޖަލެއްގައި އެ މީހުން ތިން އަހަރު ވަންދެން ބަންދުކޮށްފައި ބޭތިއްބިއެވެ. އަދި އިންޑިއާ ސިފައިން ވަރަށް ބޮޑަށް އަނިޔާ ވެސް ކުރިއެވެ. އެ މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ ބަލަން ކޯޓުން ސީބީއައިއީ އަށް އަންގާފައިވާތީ މަރިޔަމް ރަޝީދާގެ ބަޔާން ނެގުމަށް ސީބިއައީގެ ޓީމެއް ރާއްޖެއައުމަށް ވެސް ހަމަޖެހުނެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން މި ވަގުތު ސްރިލަންކާގެ ދިރިއުޅެމުންދާ ފައުޒިއްޔާގެ ބަޔާން ސިބީއައި އިން ނަގާފައިވަނީ ވީޑއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އިސްރޯ ކުރީގެ ސައިންޓިސްޓް ކޭ ޗަންދްރްޝޭކަރްގެ އަންހެނުންގެ ބަޔާންވެސް ސީބީއައިއީން ވަނީ ނަގާފައެވެ.

ޖަލުގައި ތިން އަހަރަށްވުރެ ގިނަ ދުވަސްވުމުގެ ސަބަބުން ލިބުނު އަނިޔާތަކާއި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބިފައިވާ އަނިޔާތަކުގެ އިތުރުން ލިބުނު ފައިސާގެ ގެއްލުމުގެ ބަދަލު ނަގައިދޭން ފައުޒިއްޔާ އާއި ރަޝިދާ ވަނީ އެދިފައެވެ. އެއީ ކޮންމެ އޮފިސަރެއްގެ އަތުން ދެ ކްރޯޑް ރުޕީސްއެވެ. މުޅި ޖުމްލަ 36 ކްރޯޑް ރުޕީސް ނުވަތަ 75 މިލިއަން ރުފިޔާއެވެ.

މި މައްސަލާގައި ހިމެނޭ ނާރަޔަން ޖަލުން މިނިވަންވީ 1995 ވަނަ އަހަރުއެވެ.