ޏަމްޏަމްގެ ވާހަކަ ދިވެހިން ގިނަ ފަހަރަށް އަޑު އަހަނީ ފޮތްތަކުންނެވެ. ދިވެހި ފިލާވަޅުތަކުންނާއި ވާހަކަތަކުން ޏަމްޏަމްގެ ވާހަކަ ވަރަށް ފަރިތަކޮށް އިވުނު ނަމަވެސް ހަގީގަތުގައި މިއީ އާއްމުކޮށް ފެންނަ އެއްޗެއް ނޫނެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުގައި އަދިވެސް ޏަމްޏަމް ގަސްތައް ހުރި ނަމަވެސް ޏަމްޏަމް އަކީ ރާއްޖޭގައި ތިޔާގި އެއްޗެކޭ ނުބުނެވޭނެއެވެ. އަދި ހަމަލޮލަށް ޏަމްޏަމް ފެނި، އޭގެ އަޖުމަ ބަލާލަން ލިބެނީ މަދު ބަޔަކަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އަށް ވެސް ދިމާވީ މި ފަދަ ކަމެކެވެ. މިއަދު ސަނީފްގެ ފޭސްބުކް އެކައުންޓުގައި ޏަމްޏަމް އެއްގެ ދެ ފޮޓޯ އެއް ވަނީ ހިއްސާކޮށްފައެވެ. އަދި ޏަމްޏަމް ފެނުނީ އަލަށް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ވާހަކަ ކުރިން އަޑު އައްސަވަނީ ކުޑަކުދިންގެ ވާހަކައިން ކަމަށް ވިދާޅުވިއެވެ.
"އަދި އަލަށް މި ފެނުނީ. ކުރިން އަޑު އިވެނީ ކުޑަ ކުދިންގެ ވާހަކައިން މީގެ ނަން. މިއީ ކޮން އެއްޗެއްކަން އެނގޭތަ؟" އެ ފޮޓޯ އާއި އެކު ހިއްސާކުރި މެސެޖުގައި ލިޔެފައިވެއެވެ.
މެމްބަރު ސަނީފު ވިދާޅުވީ އެއީ ލ.ކަލައިދޫ ގެއެއްގައި ހުރި ދުވަސްވީ ގަހަކުން، ބިން އެއްޗެއް ކަމަށެވެ. އެއީ ދޮން ޏަމްޏަމް އެއް ނޫން ކަމަށާއި، އެހެންކަމުން އެ ޏަމްޏަމްގެ ރަހަ ބެލޭ ގޮތެއް ނުވި ކަމަށް ސަނީފް ވިދާޅުވިއެވެ.
"އެއީ ދޮން އެއްޗެއް ނޫން. އެ ގަހަށް ސާޅީހަކަށް އަހަރު ވެދާނެ ކަމަށް ވަނީ. އެ ދޮން އެއްޗެއް ނުވީމަ އެބަ އޮތް ބާއްވާފައި އަތުގައި. ރަހައެއް ނުބެލޭ." އޭނާ ވިދާޅުވިއެވެ.
ދިވެހި ބަހުގެ އަކުރު ތަކުގެ ތެރެއިން “ޏ” އަކުރުން ފެށޭ ހަމަ އެކަނި ބަހަކީ “ޏަމްޏަމް" ކަމަށް ވާއިރު ޏަމްޏަމް ގަސް ރާއްޖެއިން މިހާރު ފެންނަނީ ވަރަށް މަދުންނެވެ. އެހެންނަމަވެސް އެ ގަސް ހުންނަ ގޭގޭގެ މީހުން އެފަދަ ގަސްތައް ވަރަށް ރަނގަޅަށް ބަލަހައްޓައެވެ.
ޏަމްޏަމް އަކީ ހުތްފޮނި ރަހައެއްދޭ މޭވާއެކެވެ. އެހެންނަމަވެސް ބޮޑަށް އެ މޭވާގައި ދެނީ ހުތް ރަހައެވެ. ބިލަމަގު ގަހާއި ދާދި އެއްގޮތަށް ހެދިފައި ހުންނަ ގަހަކަށް ޏަމްޏަމް ގަސް ވާއިރު، ޏަމްޏަމް ނުކުންނާނީ ވެސް ބިލަމަގު ނުކުންނަ ގޮތަށް ގަސްގަނޑުންނެވެ. ފަތިކޮށް ބޭރު ގޮށް އުފުލިފައި ހުންނަ މި މޭވާ އަކީ ވަރަށް މަޝްހޫރު މޭވާއެކެވެ. ޏަމްޏަމް ގަހުގެ ފަތުގެ ނާރު ހުންނަނީ ފަތުގެ އެއްފަރާތަށް ބޮޑުކޮށެވެ. ކޮންމެ ތަނޑިއެއްގައި ދެފަތް ހުރެއެވެ. މިގަހުގެ ފަތަކީ ފެހިކުލައިގެ ބޯފަތެކެވެ. ފަތުގައިލަނީ ފެން ރަހައެވެ.
އައްޑު އަތޮޅުގައި ޏަމްޏަމް ނުތިބޭ ޒަމާނެއްނުވެއެވެ، އެއަތޮޅުގައިވެސް އެހާ ތިޔާގެ މޭވާއެއް ނޫންވީމަ އެއަތޮޅުގެ ޚަބަރެއްވެސް އިވިފަނެތީ އުތެ؟؟؟
ކަނޑު ކޮހެއް ދޯ.
މަށެއްވެސް ނުދެކެން އަދި ތީގެ ގަހެއްވެސް. ކޮބައިބާ އިނގިރޭސި ނަމަކީ؟
އައްޑޫގައި ވަރަށް ގިނަވާނެ ޏަމްޏަމް ޏ ފެށޭ ޏަމްޏަމް !
ތިއީ ބޮޑު ސިޔާސީ ވާހަކައެއް. ޥޯޓްް ކުރިމަތިވި ވަގުތު ރަނގަޅުމެސެޖެއް ތިދިނީ
ނަޒާހަތޫ ޏަމްޏަމް ގަހުގެ ފަތުގަ ރަހަބެލި އިރު އެގަހުގެ ބުޑުގަނޑުގަވެސް ލާ ރަހައެއް ބަލާލިނަމަ ދޯ...ވ.ކާ ހިތްވޭ ތީގެ ޏަމެއް..ކޮންމެވެސް ކުއްޖަކު ތީގެ ޏަމެއް ފޮނުވަދީބަލް..
ޕީ އެޗު ޑީ ހާސިލްކުރާއިރު ފަންސަޔާލީސް އެއީ ކިހާވަރެއްކަންނޭންގޭ ބޭފުޅުންވެސް އުޅޭ
ޕީއެޗްޑީ ހަދަނީ ދިވެހި ބަހުން ނޫންނަމަ އެހެން ގުނަން އެނގޭކަށް ނުޖެހޭ.
ތަނެއް ދޮރެއް ނޭގޭ މީހުނައް އާފަލެއް ފެނުނަސް ނޭގޭނެ.
ހިތާދޫމީހަކައް ހުދުފޮށައެއްލިބުނުވާހަކަ މާމަމެން ދައްކާ އަޑުހަން އަނެއްކާ ތިޔަމީހާޔައްވީ ހަމަ އެވަރުތާ ނޫހެއްގެ ފަލަސުރުޙިއްޔާ އަރަން
ތިގަހުގެ ފަތުގެ ފޮޓޯއެއްވެސް ލީނަމަ. ޏަމްޏަމް ނާޅާ ހުރި ގަހެއް ފެނުނަސް ދެން ނޭނގޭނެ ޏަމްޏަމްގެ ފޮޓޯ އެކަނި ލީމަ.