ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ ހައްގަށް އަރައިގަންނަ ނަމަ، ވެރިކަމުން ބޭލި ގޮތަށް މަޖިލީހުގެ ރިޔާސަތުންވެސް ބާލާނެ ކަމުގެ އިންޒާރު ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި "މަރުތަޅު" އަޅުވައިގެން އުޅެނީ ސަރުކާރަށް ކަމުގައި އިދިކޮޅުން ބުނަމުން ދަނިކޮށް ސަރުކާރަށް ތާއީދުކުރައްވާ މެންބަރު ސަނީފް މިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

މަޖިލިސް ޖަލްސާގައި ވަހަކަ ދައްކަވަމުން ސަނީފު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ 55 މެމްބަރުން ސޮއިކޮށްފަ އޮތް ޕެޓިޝަން މަޖިލިހަށް ހުށަހެޅުމުން، ދެން ފިލާ އޮންނަ ނަމަ ޖެހޭނީ އިސްތިއުފާ ދޭން ކަމަށެވެ. އަދި އެހެންނޫނީ ވެރިކަމުގައި ހުންނަވަނިކޮށް ވެރިކަމުން ބޭލި ގޮތަށް މަޖިލީހުގެ ރިޔާސަތުންވެސް ބާލާނެ ކަމަށް ވިދާޅުވިއެވެ.

"ކޮންކަމަކާތޯ ފިލާ އެ އޮންނެވީ. ލަދުހަޔާތް ކުޑައީ. ލަދު ހަޔާތް ކުޑައީ. ދެން ޖެހޭނީ ދިވެހި ރައްޔިތުން ނުކުންނަން. އަޅުގަނޑުމެންނަކީ ދިވެހި ރައްޔިތުން އިންތިހާބު ކޮށްފަ ތިބި ބައެއް. އަޅުގަޑުމެންގެ ޙައްގުތަކަށް ރިޔާސަތުން އަރަންޏާ.. އަރާކަމަށް ވެއްޖެއްޔާ ރައްޔިތުން ނުކުމެ ޖެހޭނީ ވެރިކަމުން ބޭލިގޮތަށް މިމަޖިލިހުގެ ގޮނޑިންވެސް ބާލުވަން." ސަނީފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން ސަނީފް ވިދާޅުވީ މަޖިލިހަކީ ކެނެރީގޭ ގޮނޑިކޮއްކޮ މަޖިލިހަކަށް ވާކަށްވެސް ބޭނުން ނުވާ ކަމަށާއި މަޖިލިސް ރައީސްކަމަކީ ވަކި އާއިލާއަކަށް ލިބިފައި އޮންނަ ވެރިކަމަކަށް ވާކަށް ރައްޔިތުން ނޭދޭ ކަމަށެވެ.

"ދިވެހި ރައްޔިތުންނެއް ނޭދޭ، ކޮންމެހެން މީ ވަކި އާއިލާއަކަށް ލިބިފައި އޮންނަ ވެރިކަމެއްގެ ގޮތުގައި އޮންނާކަށް. ދިވެހި ރައްޔިތުންނެއް ނޭދޭ މި މަޖިލީހަކީ ކެނެރީގޭ ގޮނޑިކޮއްކޮ މަޖިލީހަކަށް ވާކަށް." ސަނީފް ވިދާޅުވިއެވެ.

އަދި ހަމައެއާއެކު ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ސަނީފް ވަނީ ގޮވާލައްވާފައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ނައިބު ރައީސް އިވާގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާތީ މަޖިލީހުގެ ރައީސް ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވުމާއި ގުޅިގެން މިއަދު މަޖިލިސް ވަނީ ހުއްޓިފައެވެ. އަދި އިދިކޮޅުން ދަނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ.

އެހެންނަމަވެސް މަޖިލީހުގެ ރިޔާސަތުން އިސްތިއުފާ ދިނުމަށް ނަޝީދު ދަނީ ދެކޮޅު ހައްދަވަމުންނެވެ

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޝީން

    އިރެއްގަ މި މީހުންގެ ހިތް ތަކުގެ ރައީސް އެކަމް މިހާރު މިމީހުން އެ ރައީސް އަކީ ކުނިކޮޅަކަށް ވެސް ނަހަދާ! މި އޮތީ ދުނިޔެ ހިގަމުން ދާ ގޮތް! އެހެންވީމަ ދުނިޔޭގެ ގިނަ މީހުންނަކީ ބާރު އޮތްކޮޅކަށް ދީލާލާ މަންފާ އަށް ވިސްނާ މީހުން! ވަފާތެރިން މަދު! ނަޝީދު އަށް ވަފާތެރި ވީ އެއްމެ 13 މީހުން! މީ ދުނިޔެ ދައްކާ ހަގީގަތް! ނިކަން ހުތުރު ކޮށް އެއޮތީ ކުރީގެ ހިތްތަކުގެ ރައީސު އަށް ބަވާފަ

    10
  2. މުލޭ

    ނަޝީދާ ޖެހުނީމަކާ ބެސްޓް ޕްރެކްޓިހެއް ވެސް ރިވެތި އަޚްލާގެއް ވެސް ނޯންނާނެ. އެހެންވީމަ އިސްތިޢުފާ ދިނުމަކީ ވެސް އޮންނަ ކަމެއް ނޫން.

    4
    1
  3. ރަށުމީހާ

    ސަނީފު ކަލޭގެ ލަދުކޮބާ ކަލޭހޮވަން މަސައްކަތް ކުރީ މިއަދު ކަލޭ ހިތަށް އެރިއެއްޗެއް ތިގޮވާމީހާ ކަލޭމެންހޮވަން އަބުރާހިމާ ކުރި އެއްވެސް މަސައްކަތެއްނޯންނާނެ އެއްމެނަށް ވެސް އެގޭ ތިބޭފުޅުން މިހާރު ތިތިބީ ރައްޔިތުންގެ ޓެކްސް ފައިސާއިން ރީލޯޑް ކޮށްފަ ކަން

    11
    2
  4. ދަންޑަހެލު

    ފުރަތަމަ ކަލޭ އަމިއްލަ ނަފުސައް ތިމަންނަ މިހާހިސާބަށް އާދެވުނުގޮތް ހިތަށް އަރުވާލިނަމަ ކަލޭ އަންނި ގޮނޑިން ނުބާލާނެ ހަޔާތް ކުޑަވުމަކީ ފައިސާގެ އަޅުވެތިކަން ކަލޭ ތިހުރީ މިހާރުވެސް ފައިސާގޯނީގެ ތުނބުގަ ހިފާފަ ދެނެއް އަންނި ސަލާމަތްކުރުމުގެ ވިސްނުމެއް ކަލޭއަތަކު ނުހުންނާނެ ފެންނާނީ ލާރިގޯނިތުނބު.

    9
    5
  5. ކަނބިލި ބިލްޑިންގ

    މިހާރުބާޣީ އަކީ ކޮންބައެއްކަން ސާފުވެއްޖެދޯ

  6. ކޮވިޑް

    ސަނީފްގެ ތިޔަ ގަޓެއްނެތް .ކޮންމެވެސް އެހެންކަމަކާ އުޅޭ. އޯކޭވާނެ ޗޯރަށް ނާ ނާ ކިޔަން މުލީއާގެ އަށް ދިޔަސް.

    7
    2
  7. ޖެރާޑް

    މީހާއަށްވުރެ ބޮޑެތި ބަސްތައް ނުބުނައްޗޭ..

    8
    3
  8. މެކުނު

    މީ ހާދަ ވަރެއްގެ ޢިއްޒަތްތެރި ކުއްޖެކޭ... ވެދާނެ ކަރަންޓް ވައިރު ކުރަންއުޅުނު ދުވަސްވަރުގެ ޝޮކްތައް އަންނަނީކަމަށް... ކިތަންމެ ކޯފާ ވިޔަސް ރައީސް ނަޝީދާ ނުކުޅެވޭނެ... ވަރަށް ސަލާމް.

    6
    5
  9. ޑައެލޯގް

    ނުކެރޭނެ ބާލާކަށް އެހެންވީމަ ތިހެންކިޔާލަކިޔާލަ ތިތިބެނީ ކަމެއްވާނަމަ މިހާރު ބޭލީހެވެ. އިބޫވަނީ އަންނިގެ ފައިބުޑަށް ކުޑަކަކޫޖެހިފައެވެ.

    7
    1
  10. ޢަބްދުﷲ

    ލަދު ހަޔާތް ބޮޑު ނަމަ އާނިޔާވެ ތަދުުވެސް ވާނެ ބުންވަރު ހުރި ނަމަ ލަދުކުޑަ ވެފައި އަދި ހަޔާތް ކުޑަ ވިޔަސް ހަމަ ފައްކާ ވާނެ

  11. ޙާލަތު

    މީގެފަހުން ދެންކަލޭ ނުބުނައްޗޭ އަންނި 3 އަހަރުކޮށްފައި އިސްތިއުފާދިނިއްޔޭ. ކަލޭތިޔަބުނީ ވެރިކަމުން ބޭލިގޮތަށް (ބަޣާވާތް ކުރިވާހަކަ) ބާލާނަމޭ. ކަލޭ ފައިސާފެނުނީމަ ހަމަ ރަނގަޅަށްވެސް ލަދު ހަޔާތް ކެނޑިއްޖެ.

  12. ގުދުގުދާބެއްޔާ

    ނުވާނެ ތިކަމެއް! ކަލެ އާއި ޕޮއްޕަޓޭ ހަލޭއްލަވަލަވާ ތިބެން ޖެހޭނީ!

  13. ގައުމީ ލޯބި

    ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން ނަޝީދު އިންކާރުކުރައްވާ ސަބަބަކީ ކޮބާ؟ ގާނޫނީ ޒިންމާއިން ރެކެނީ ކޮން ގާނޫނީ ހައިސިއްޔަތަކުން.؟

    ވެލިޑް އުޒުރަކާއި ނުލައި ދައުލަތުގެ ވަޒީފާއަށް ނުނިކުންނަމީހުންނަށް އޮންނަ އަދަބު، ނޯޓިސްދީފައި ވަޒީފާއިން ވަކިކުރޭ!
    ގާނޫނު އަސާސީ އަކު ނެއް ނަޝީދަ ވަކި ގޮތެއް ހަދަން ބުނެފަ..އެންމެން ހަމަ ހަމަ ކަމަށް އޮތީ

    ގައުމު ފުޑާލާފައި ވެސް އަމިއްލަ އެދުން ތޯ ކުރިޔަށް ނެރެވެނީ..؟
    މިފަދަ މީހުން މިފަދަ މަޤާމުތަކަށް ކުފޫ ހަމަ ތޯ؟