ގދ. ތިނަދޫގައި ޖެންޑަރގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ބޭސްތަކެއް ކައިގެން ހާލު ދެރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާއަށް މިވަގުތު ފަރުވާ ދެމުން އަންނަނީ ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

އެކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި ނަމަވެސް، އެކުއްޖާ ކައިގެން އުޅެނީ އަދި ކޮންކަހަލަ ބޭހެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މި ހާދިސާއާއި ގުޅިގެން ހޮސްޕިޓަލުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ޖެންޑަރ މިނިސްޓްރީގެ މީޑިއާ އޮފިސަރު "ވަގުތު" އަށް ވިދާޅުވީ، ތިނަދޫގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ހާސްވެގެން އުޅޭތީ ސިއްހީ ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެކުއްޖާއަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކުއްޖެއް ކަމަށް ވެސް ޖެންޑަރ އިން ވަނީ ބުނެފައެވެ.

ޖެންޑަރ އިން ބުނީ، ކުއްޖާގެ ހާލު މިވަގުތު ރަނގަޅު ކަމަށާއި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ހުރިކަން ފެންނާތީ އެކަންކަން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ. އަދި މިކަމުގެ މައުލޫމަތު އޮމްބަޑްސް ޕަރސަންއާ ވަނީ ހިއްސާ ކުރެވިފައިވާ ކަމަށް ވެސް ޖެންޑަރ އިން ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަކަރު

    ކުއްޖާ ބޭސް ކައިގެން ހުރިކަމާއި ކެއީ ކޮން ބޭޙެއް ކަން ބަޔާންކޮށް ޑޮކްޓަރ ދީފައިން ލިޔުން އެބައިން. ޖެންޑާ މިނިސްޓްރީ ހަވާލުނުވާނެ ކުއްޖާ މަރާލިޔަސް.

  2. ޢިކުރާމު.

    ގދ ތިނަދޫ ހާދަ ރީއްޗޭ ޔާމިނު ގެ ފަސްއަހ ހަރު މުޅިތަން ތިއޮތީ ބަދަލު ކޮއްލާފަ އޮތްވަރު

  3. ސަލާމް

    ކޮބާތަ މިނިސްޓަރ.ޝިދާތާ ވަކިކޮށްގެން ކޮންމޮޅުތަކެއްވީ؟ނަމެއްގެ މުސާރަދީފަ ބައިތިއްބާފަ ތިބެނީ.ވާކަމެއްނެތް.