ރައްޔިތުން މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒަށް ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެން ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.

އަލީ ނިޔާޒް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާކަން ރައްޔިތުން މަޖިލީހުގެ މެންބަރަކު ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

އަލީ ނިޔާޒް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާކަން ކަށަވަރު ވެފައިވީނަމަވެސް އޭނާ އަށް ދިމާވި ސިއްހީ މައްސަލައިގެ ތަފްސީލެއް އަދި ނުލިބެއެވެ.

އަލީ ނިޔާޒަށް ފަރުވާ ދެމުން ގެންދަނީ އައިޖީއެމްއެޗްގައެވެ.

އަލީ ނިޔާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އެއްބަނޑުއެއްބަފާ ކޮއްކޮއެކެވެ. އަލީ ނިޔާޒަކީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

އަލީ ނިޔާޒަކީ އެމްޑީޕީގެ އެންމެ ސީނިއާ މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޤާދިރު

    އަވަސް ޝިފާއެއްމިންވަރު ކުރައްވާށި! އާމީން!

    16
    3
  2. ގުރަހަ

    ޝަފާކަﷲ...

    16
    4
  3. ލައިޓް

    އަވަސް ޝިފާއެއްމިންވަރު ކުރައްވާށި! އާމީން!

    9
    3
  4. ސުޖާ

    އަލީނިޔާޒަކީ ހިއްތިރި އަހުލާގުރަނގަޅު ބޭފުޅެއް .އަވަ ސް ސިފާއެއް ދެއްވާށި.

    7
    6