މިއުޅެނީ ފުޓުބޯޅަ ފޯރިނަގަން ކަމަށާއި ނާޗަރަންގީ ކުޅެން ނޫން ކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ފާޑުކިޔުންތަކަށް މިއަދު ރައްދު ދެއްވައިފިއެވެ.
މަހުލޫފް މިހެން ވިދާޅުވެފައިމިވަނީ އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފޯރިގަދަ ކުރުމަށް ޔޫތު މިނިސްޓްރީން ކާނިވާ ސަރަޙައްދުގައި ޝޯތަކެއް ކުރިއަށް ގެންދިއުމަށް ނިންމުމާ ގުޅިގެން ބައެއް ދީނީ ޢިލްމުވެރިންނާއި އާންމުން އެކަމާއި ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ކުރެއްވި ޓުވިޓެއްގައެވެ.
މަހުލޫފް ވިދާޅުވީ، މިރޭ ބޮޑު ސްކްރީންގައި ރާއްޖެއާއި އިންޑިއާ ބައްދަލު ކުރާ މެޗު ބެލުމާއެކު ކުރިއަށްގެންދަން ރާވާފައިވަނީ ބޮޑުބެރު ކަމަށާއި ބޭނުމަކީ ދަނޑުގަ ބޮޑުބެރާއެކު ނަގާފޯރި ކާނިވާ ސަރަހައްދުން މެޗުބަލާ ސަޕޯޓަރުންނާއި ހަމައަށް ގެންގޮސްދިނުން ކަމަށެވެ.
"އަޅުގަނޑުމެން މިއުޅެނީ ފުޓުބޯޅަ ފޯރިނަގާށެވެ، ނާޗަރަންގީ ކުޅޭކަށްނޫނެވެ" މިނިސްޓަރު ވިދާޅުވިއެވެ.
މިރޭ އިންޑިއާއި ކުޅެ ރާއްޖެ މޮޅުވެއްޖެނަމަ، ފައިނަލް މެޗާ ހަމައަށް ކޮންމެ ރެއަކު މިއުޒިކް ޝޯއެއް ބާއްވާ ގޮތަށް ރޭވިފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
މި މުބާރާތުގައި ރާއްޖެ މިހާތަނަށް ކުޅުނީ ތިން މެޗެވެ. ފުރަތަމަ މެޗްގައި ނޭޕަލްއާ ކުޅޭ ރާއްޖެ ބަލިވީ އެކެއް ސުމެއްގެ ނަތީޖާއަކުންނެވެ. ދެވަނައަށް ބަންގްލަދޭޝްއާ އެކު ކުޅުނު މެޗުން ރާއްޖެ މޮޅުވެފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ތިން ވަނަ މެޗުގައި މިދިޔަ އާދިއްތަ ދުވަހު ރާއްޖެ ނުކުތީ އަވަށްޓެރި ސްރީލަންކާއާ ދެކޮޅަށެވެ. އެ މެޗު ރާއްޖެ އިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ފޯރި ނަގަންވެސް ނާޗަރަންގީ ކުޅުނީމަ ހަމަ ވާނީ ނާޗަރަންގީއަށް...ކައިވެނި ޕާޓީ އެއްގަިވެސް ފޯރި ނަގަން ޑީޖޭ ޖެއްސީމަ ހަމަ ވާނީ ޑީޖޭ އަށް..
އާ އަހަރު ފާހަގަ ކުރަން މަސްތުވެ އެނބުރުން ކިޔާނީ މަސްތުވެ އެނބުރުމަށް..އާ އަހަރު ފަަހަގަ ކުރަުމަކަށް ނޫން...މިހާރު ދެން ހުރިހާ ކަމެއްވެސް އޮތީ ރީތި ނަން ނަން ކިޔުން.
މަސްތުވުން: ޕާޓީ ކުރުން.
ޒިނޭކުރުން: ލޯބީގެ ގުޅުން ހިންގުން
ނާޗަރަންގީ: ފޯރި ނެގުން
ދީނުގެ ހުކުމްތަކަށް ޢަމަލު ނުކުރުން: ތަހުޒީބުވުން
ޙަރުކަށިވުން: ދީނުގެ ހުކުމްތައް ބަޔާން ކުރުން
ފިތުނަ އުފެއްދުން: ހައްޤު ބަޔާންކުރުން
ޟިނިވަންކަން: ޙިތުހުރި ގޮތަކަށް އުޅުން
ﷲސުބްޙާނަހޫ ވަތަޢާލާގެ އަމުރު ފުޅުތައް ހަނދާންކޮށް ދިނަސް މި ވެރިކަަމުގައި މިތިބެ ބޮޑާ ބޭމެންނަށް ހީވާފަދަ ދީނީ ޢިލްމުވެރިންނަކީ އެއްވެސް ބައެއްނޫނޭ! މަޙްލޫފުމެންނަށް ހޭ އަރާނީ ވަގުތު ފާއިތުވީމާ. މަޤާމާގެން މަގުފުރެދިފަ ހުރި މީހެއް! މަގުަމަތީ ދުވެގެން މަޤަާމަށް އައީމާ ވާނީ މިހެން.
ދޭބަލަ އަލީ ގޮވައިގެން
ދެން ކޮން ނާޗަރަންގީއެއް ތި ކުޅެނީ. ވަގުން ރެޑްހޭންޑްކޮށް ހިފިޔަސް ބުނާނެ ވައްކަމެއް ނުކުރަމޭ. ހަމަ އެހެން ތި ހަދަނީ. އެމްއެމްޕީ އާރުސީގެ ޑޮލަރުބޮނޑި ދިރުވާލީމާވެސް އެ އެދީ ޞަދަގާތުގެ ގޮތުގައި ލިބުނު އެއްޗަކަށް
މަހޭ އަށް ނޭގެނީތާ ؟ ތިޔަކުޅެވެނީ ހަމަ ނާޗަރަންގީ ތީގެ ހިތި މަހޭ އިހުސާސްކުރާނެ
ކަލޭ ތީ ރާއްޖެ ޓީމުގެ ހަލާކު... ކަލޭމެނަކި އިންޑިޔާގެ ޕަޕެޓުން.......
ފުޓްބޯޅާގެ ފޯރިނަގަޏާ ދަޑައްގޮސް ފޯރިނަގާބަލަ ކޮންމެހެން ފުޓްބޯޅަ ނުކުޅޭ ގަޑިތަކުގަ އެހެންތަންތާ ސަކަރާއް ޖަހާނެކަމެއްނެއް
މަހޭ ކަލޭތީ ދިއުޅިއެއް ހަނމަވާ މީހެއް ނޫންނޭ
ފޯރިއާއެކު ނާޗަރަންގީވެސް ކުޅެންވީ. މިހާރުދެން މި ބަޔަކާ ހެދި ޖީލެއް ފުނޑިއްޖެ.
ރާއްޖޭގެ ބައެއް ސޭހުން ބޭނުންވަނީ މިރޭ ރާއްޖެ ބަލިވާން އިންޑިޔާ މޮޅުވާން
މަހޭ މަހޭ // ހަމަޖެހޭ // ،،،،
އޮންނާނެ ފޯރި ނެގިފަ. ގަދަބަސް ބުނެ ބޮޑާކަން ކުރިޔަށް ނެރުމަކީ ނާކާމިޔާބީގެ އަސްލު. ޝުކުރު ނުކުރާމީހުންނަށް ހިތިގޮތް ދިމާވާނެ.
ﷲ އައްސުކުރު ކުރުމުގެ ބަދަލުގައި މުންކަރާތްތަކައްއަރައިގަންނަން ރޭވުމުގެ ހިތި ސިޔާސީ މީހުންގެ ވިހަދޫތަކުގަ ޖެހި ދިވެހިންގެ އުންމީދުތައްވެއްޔާއި މޮޑެވިއްޖެ..
ދިވެހިން މިރޭ ރޮއްވާލާފި. ގައުމީޓީމުގެ ކުދިންކޮޅު ދެއްކި ހިތްވަރަށް ސާބަސް. އަމިއްލަ ގައުމުގައި ރާއްޖެއާ ފެންވަރުގެ ގޮތުން ހަމަހަމަ ޓީމަކާ ކުޅެ ބަލިވުމަކީ ގައުމުގެ ކަންކަން ބޮއްސުން ލަމުންދާހެން ފުޓްބޯޅައިގެ ދިރުން ވެސް ބަނަ ވެފައިވާ މިންވަރު ދައްކުވައިދޭ ކަމެއް. ހިތަށް އުދަނގޫވީ ިރައީސް ޔާމީން ވެރިކަމުގައި ނެތީމަ. އެހެންނޫންނަމަ( އިރާދަ ފުޅާއެކު ) ދިވެހި ގައުމީޓީމަށް 3 ވަނަ ފަހަރަށް ތަށި ހޯދުމުގެ ފަޚުރު ލިބުނީސް ކަން ކަށަވަރު.
ނާޗަރަންގީ ކުޅެން އުޅުމުގެ ސަބަބުންނާއި އަންނިގެ ވިހަގަދަ އަނގައިގެ ސަބަބުން ރާއްޖެބަލިވީ .....
ފުތާ މަހުލޫފު. ދިވެހި ބަސް ފޮތް ބުނާގޮތުން ނާޗަރަންގީ އަކީ ބޮޑުބެރު ޖެހުމާ އި ލަވަކިޔުމާ އި ނެށުން. އެހެންކަމުން ތިޔަ ބުނާ ބޮޑުބެރު ޖެހުމާ އެކު އިންސާނީ ފިތުރަތުން އެއ އްފަރާތްވެ ވަޖިދުވާ ވަޖިދުވުމަކީ ނާޗަރަންގީ އަކަށް ނުވާނެ އެއ އްވެސް ސަބަބެ އް ނެތް.
ތިމާގެ ދުލުން ބުނާ ބުނުމުގަ އި ކޮންމެސް ބޭނުމެ އް އޮންްނާނެ ކަން ހަނދާން ބަހަ އްޓަ އިގެން ވާހަކަދަ އްކާ. ދިވެހިރާ އްޖެ މި ވަނީ ބަލިވެފާ. ދެން ތިޔަ ބޮޑުބެރެ އް ބާ އްވާ ބަލަ.
ވަ އްކަަމާ އި، ޚިޔާނަތާ އި، ޒިނޭ އާ އި، ރިބާ އާއ އި، ނެތިމޮށުމާ އި، ލިވާތާ އި، ދޮގުހެދުމާ އި، ﷲ ގެ ހުކުމާ އިދިކޮޅަށް ޙުކުމް ކުރުމާ އި، ފަރުދާ ނުކުރާ އަންހެނުންނަކީ ޤަ އުމެ އް ހަލާކުވުމުގެ އަސްލުތަ އް. ޤަ އުމަކަށް ކަލާނގެ ކޯފާ ލެ އްވުމުގެ އަސްލުތަ އް. އެ މަންޒަރު ދިރި އުޅުމުގެ ހުރިހާ މަ އިދާނަކުން މި އަދު ދިވެހީންނަށް މި ވަނީ ކުރިމަތިލާން ޖެހިފާ.
ހުރީ އަންހެން ވެރިން ޖަމާ ކޮށްގެން މަޖާ ނަގަން، އެއްޗެއް ވިސްނިފަ ހުންނާނީ މިކަހަލަ ހިޔާނާތްތެރިން ނިންމާ ނިންމުމުގެ ސަބަބުން ޤަޢުމަށް ލިބެން އޮންނަ ރީތި ނަން ވެސް ނުލިބި ބަދުނަސީބާއި ކުރި]މަތި ލާން މިޖެހެނީ،
ކޮބާ ގަދަ ބަސް ބުނެ މުންކަރާތަށް އަރައިގަތީމަ ވީ ފައިދާއެއް ފެނިއްޖެތަ މަހްލޫފް
ޢޯކޭ ނަގާފަ ބަ ހަ އްޓާ.. ހިންދީ ބޮޑުބެރު ޝޯ ތަ އޮތީ މިރޭ
ރަނގަޅު. ފުޓްބޯޅަ ފޯރިނަންގަވާ. މިނިސްޓްރީގައި ބަޖެޓްއޮންނާނެ. އިންޑިއާއިން ނެގި ލޯނުތައް ދައްކާ ހަމަވާނީ 2040 ގަ. ނިކަން ރަނގަޅަށް ފޯރި ނަންގަވާތި. ނާޝަރަންގީ ނުކުޅއްވާތި