ކުރީ ގެ ނައިބު ރައީސް އަހްމަދު އަދީބު ގެ އަނބިކަބަލުން މަރިޔަމް ނަޝްވާ މަހުލޫފް ކުރެއްވި ޓުވީޓް ގެެ ކުށަކީ ކޮބާތޯ ބުނެ ކަންބޮޑު ވުން ފާޅު ކުރައްވައިފިއެވެ.

އެކަމަނާ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ކުރެއްވި ޓްވީޓް އެއްގައެވެ.

އެކަމަނާ ވަނީ ކަރެކްޝަންގެ ބެލުމުގެ ދަށުން ބޭސްފަރުވާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަހުލޫފް ވިދާޅުވެ ކުރެއްވި ޓުވީޓް ގެ ކުށަކީ ކޮބާތޯ ސުވާލުކުރައްވާފައެވެ. އަދި އެކަމަނާ ވަނީ ކުރީގެ ނައިބް ރައީސް ގެ ބޭސްފަރުވާ ކަންތައް އާާދޭސް ކުރުމުންވެސް ނުކޮށް ދީ ދިގު ދަންމަމުން އަންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ސިޔާސީ ނުފޫޒުގެ ސަބަބުން ކަރެކްޝަން އިން ގަސްތުގަ އަދީބް ގެ ބޭސްފަރުވާ މަޑުޖައްސާފައިވާކަމަށް ނަޝްވާވަނީ ޓްވީޓްގައި ވިދާޅުވެފައެެވެ. އަދި ހަގީގަތަށް ބަސްބުނުމުން ޖަލަށް ނުލެވޭނެ ކަމަށް ވަނީ މަހުލޫފް އަށް އިޝާރާތް ކޮށް ވިދާޅުވެފައެވެ.

އަދީބުގެ ލޮލަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ ގުލަކޯމާ ޖެހިފައިވާ ކަމަށް އާއިލާއާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބު ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާ ހޯދުމަށް އާއިލާއައި ވަކީލުންވަނީ އެދިފައެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ އަދީބަށް އިތުރު ފަރުވާރަށް ބޭރަށް ދެވެން އޮތީ އަދީބް ޚިޔާނާތްތެރިވީ ފައިސާ ދައުލަތަށް އަބުރާ ދެއްކުމަށް ފަހުގައިކަމަށެވެ.

ޓެރަރިޒަމާއި ހިޔާނާތުގެ މައްސަލައެއްގައި 33 އަހަރަށް ޖަލަށްލެވި އަދީބް އަންނަނީ ހުކުމް ތަންފީޒްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ކުށްވެރިޔާއަކަށް އަދި ކުށްކުރުމަށް ހިތްވަރުދޭމީހާއަކަށް އެމީހާ ކުށްކުރާއިރު އަދި އޭގެފަހުންވެސް ކުށެއް ފަހުމެއްނުވާނެއެވެ. ޒިނޭކުރާމީހާ އެކަންކުރާއިރު މިކުރަނީ ޒިނޭކަމެއް ޤަބޫލެއްނުކުރާނެއެވެ. ސަބަބަކީ އެވަގުތު ޝައިޠާނާ ވަނީ އެމީހާޔަށް އެކަމަކީ ޒީނަތެއްގެގޮތުގައި ދައކާދީފައެވެ. ކުށް ފެންނާނީ އެހެން މީހުންނަށެވެ. އަދަބާ ކުރިމަތިލާންޖެހޭހިނދު ކުށުން ރެކެން ކުރެވުނުހާ މަސައްކަތެއް ކުށްވެރިޔާ ކުރާނެއެވެ. ދުނިޔެއަކީ މިކަހަލަ ތަނެކެވެ.

  2. ދައުލަތް

    އަދީބް ބޭނުންކުރި ރައްޔިތުންގެ އެތައް މިލިއަން ރުފިޔާގެ ކުށަކީ ކޮބާ؟؟

  3. Anonymous

    އަދީބު ބޭނުންކުރި ރައްޔިތުންގެ އެތައް މިލިއަން ރުފިޔާއާއި ނާއިބު ރައީސަކަށްހުރެ ބޮމް ގޮއްވާފަ ރައީސުލް ޖުމުހޫރިއްޔާ މަރާލަންއުޅުމުގެ ކުށަކީ ކޮބާ؟؟ އަދީބުގެ ތި އަނބިކަނބަލުން މިސުވާލު ނުއުފައްދައިގެން އުޅެނީ ކީއްވީތަ؟؟ ތިހާ ސާދާ ވިސްނުމެއްގަ ޚިޔާލު ފާޅުކުރާ މީހެއްނަމަ ވަކިކޮޅަކަށް ޖެހިގެނެއްނޫން ވާހަކަ ދައްކާނީ، އަދީބުގެ ލޮލަށް ބައްޔެއްޖެހުނީ އޭނަ ޖަލަށްލީ ފަހުންނޫން، އޭނައަކީ ކުރީއްސުރެންވެސް ހަކުރުބަލި ޖެހިފައިވާ އެއިގެސަބަބުން ޅޮލުގެ ފެނުން ދަށްވެފައިވާ މީހެއްކަން ސަރުކާރަށްވެސްއިގޭ، ގުލަކޯމާއޭކިޔާފަ ވައްތަރު ވައްތަރުގެ ނަންކިޔާފަ އަލަށް ބައްޔެއް ޖެހިގެން އުޅެނީކަމަށް ހަދައިގެން އާއިލާއިން ވާހަދެއްކިޔަސް ސާފުކޮށް ހަގީގަށް އިގޭ ސަރުކާރަށްވެސް

  4. ހުސޭނުބޭ

    ލޯބިވެރިޔާގެ ކުށެއް ނުފެންނާނެ..... މިއީ ލައްކަ ވާހަކަ.

  5. ނައްލަބެ

    އަދީބުގެ އަނބި ބުނެލަބަލަ އަދީބު ކޮންކަމެއް ކޮށްގެންތޯ ޖަލައްލާފަ އެހުރީ ހަޔާތް ކުޑަ މީހާ.

  6. އަބްދުއްލާ

    އަދީބް ކުރީ އަކީ ބޭސްފަރުވާކުރުންވެސް ހައްގުވާވަރަށްވުރެ މަތީކުށްކުށް.