މި އަހަރުގެ ޒުވާނުންގެ އެވޯޑު 10 މީހަކު ހާސިލްކޮށްފިއެވެ.

ޔޫތު އެވޯޑަކީ ޒުވާނުން ބާރުވެރިކުރުވައި ހިތްވަރުދީ، މަސައްކަތުގެ އަގުވަޒަންކޮށް ގައުމަށް ހިދުމަތްކުރުމުގައި ދެމި ތިބުމަށް ބާރު އެޅުމުގެ ގޮތުން ޔޫތު މިނިސްޓްރީން ދޭ އެވޯޑެކެވެ. އެވޯޑު ދީފައިވަނީ، ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް މިރޭ ހދ.ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިރޭ ޒުވާނުންގެ އެވޯޑު މީހަކާ ހަވާލު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ޒުވާނުންގެ އެވޯޑު ހާސިލް ކުރި މީހުން:

  • މަސްވެރިކަމުގެ ދާއިރާ - އަބްދުﷲ ޔަމާން
  • ތިމާވެށި ހިމާޔަތް ކުުރުމުގެ ދާއިރާ - އަފާ ހުސައިން
  • ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާ - ސާޖެންޓް ފަސްޓް ކްލާސް އަހުމަދު އަބްދުލްކަރީމް
  • ދަރުމަވެރިކަމުގެ ދާއިރާ - އައިޝަތު ތޯއިފާ
  • ދަނޑުވެރިކަމުގެ ދާއިރާ - އަލީ ފަވާޒު
  • ވިޔަފާރި އާއި އިގުތިސާދު ދާއިރާ - އަރުޝަދު އަހުމަދު
  • ޒުވާނުން ބާރުވެރި ކުރުމުގެ ދާއިރާ - ހަސަން ފަރުހާން މުހައްމަދު
  • އާޓްސް (ދިވެހި ބަހާއި ސަގާފަތަށް ހިދުމަތް ކުރުމުގެ ދާއިރާ) - އިއްޒަތު އަހުމަދު ނިޒާރު (އިއްޒާ)
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުމުގެ ދާއިރާ - މަރިޔަމް ސަހުދާ
  • އާޓްސް (ފަންނުވެރިކަމުގެ ދާއިރާ) - ނާޒިމް ހަސަން

އެވޯޑު ހާސިލް ކުރި މީހުންނަށް އެވޯޑު ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިރޭ ޒުވާނުންގެ އެވޯޑު މީހަކާ ހަވާލު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ 22 އޮކްޓޯބަރެވެ. މިއީ މި ފަހުން ޒުވާނުންގެ ދުވަސް މިހާ ކުލަ ގަދަކޮށް ފާހަގަ ކުރި އަހަރެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޔޫތު މިނިސްޓްރީން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހާއްސަ ހަރަކާތްތަކެއް ވަނީ ބާއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަޖީބު އައްބާސް

    އެވޯލިބުނީ ކޮންރެއްގެ މީހަކައް އެނގެނެ މިއީ ތަސައްރަފުނުފުދޭ ކުދިބަޔަކު ހިންގާނޫޙޭއްކަން އެނގިއްޖެ މިހާރު ނުހައް ކޮމެންޓުކޫރާ ވަރައް މިނޫހުގަ ކޮމެއްނުހުންނަނީވެސް އެހެންވެ ކިއާނެބަޔަކުނުވާތި މިނޫހައް ދުވަހަކުވެސް ދެން ނުވަންނާން

  2. އަޚް

    އެންމެންނަށް މަރުހާބާ
    ޤައުމާއިގެން ކުރިއަށް... ބޭނުންވަނީ އިސްލާމްދީނަށް އަމިއްލަ އެދުމުން އެއްކިބާވެ އިޚްލާސްތެރި ޖީލެއް