އެމްއީއެސް ހިންގި އިމާރާތުގައި ހިންގަމުން ދިޔަ މަންދު ކޮލެޖު އަތުން އެތަން އަތުލުމުން ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާ ދީފައި ވަނީ ހުކުމުގައި ބުނާ މުއްދަތަށް ވުރެ ފަހުން ކަމަށް ބުނެ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ގާނޫނުއަސާސީއާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ދައުވާ ކުރައްވައިފިއެވެ.
މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް އެމްއީއެސް ކުރިން ހިންގި އިމާރާތް ސަރުކާރުން ދޫކޮށްފައި ވަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަނީ އެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލައިފައެވެ. އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ޖެހޭނެއެވެ.
އެތަން އަތުލީ އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރި ކަމަށް ބުނެއެވެ.
އެ މައްސަލަ މަންދު ކޮލެޖުގެ ފަރާތުން ހައި ކޯޓާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ދެ ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ.
މިކަމާ ގުޅިގެން މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ އެ އިމާރާތުން ބޭރުކޮށްލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 18 މިލިއަން ރުފިޔާ ހޯދުމަށް ދައުވާކޮށްފައެވެ. އެގޮތުން ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެތެރެއިން 15 މިލިއަން ރުފިޔާ ދެއްކުމަށް އެއްބަސްވެފައެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދެ ފަރާތުން އެގޮތަށް އެއްބަސްވުމުން ކޯޓުން ހުކުމްކުރީ އެ ފައިސާ އެއް މަސް ތެރޭގައި ދެއްކުމަށެވެ.
15 މިލިއަން ރުފިޔާގެ ބަދަލު ދިނީ މާ ލަހުން ކަމަށް ބުނެ އިބުރާ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިގެންފައިވަނީ މިދިޔަ ހަފްތާގައެވެ.
ޝުކުރު ކުރުމުގެ ބަދަލް ގައި ޖެއްސުން ކުރުން، ބަދަލްގެ ގޮތުގައި 15 މިލިޔަން ލިބުނީތީ ޝުކުރު ކުރަންޖެހޭ !
އާދަމުގެ ދަރިޔާގެ ހިތް ފުރޭނީ ވެލިން..މީދެން ބޮޑުވަރު
އެފައިސާ މިފައިސާ ފައިސާގެ ކުޅިވަރު ފެށިފަމޮއޮތީ މީވެސް މުސްލިމުންނޯ އިސްލާމްދީނަށް ހުތުރުއަރުވާމީހުން ކިހާދީންވެރިތޯ ދީލަތިތޯ ކިހާއިންސާފުވެރިތޯ ކޮޅުގޮހޮރަށް ކަައި ފުރުނީމަވެސް ޝުކުރުކުރުމެއްނެއްތާގައި ތިމާ ކިޔެވިއެއްޗެއްގެބޭނުމަކީ ކޮބައިކަންވެސް ހިތައްނާރާ ފައިސާގެ ދަހިވެތިކަން ބޮޑުކަމުން
ތިޔަށްކިޔަނީ ﷲ ދެއްވިނިޢުމަތަށް ހަރާންކޯރުވުން!
ރާވައިގެން ހިންގާ ޖަރީމާއެއް. އަނެއްކާ ގެއްލުމުގެ ބަދަލު 30މ ނަގާނެ. އޭތިވެސް އޮތް މުއްދު ދިއުމުން ދެއްކީމާ އަނެއްކާވެސް ބަދަލު
މީދެން ކިހާދެރަކަމެއް ކަލޭނޭ މިކަލޭގެ އެބަޖެހޭ ދާއިމައް ދައުވާކުރެވޭގޮތައް ކޯޓްގަ ބަހައްޓަން މީގަ އަސްލު ކުއްވެރިޔަކީ މިމީހާޔައް މިތަންހަވާލް ކުރިމީހުން މިސްކޫލް އެކަންޏެއްނޫން ހަމަ މިކަހަލަ ކަމެއް އެއީ ޖީއެމްއަރ އައް އެއަރޕޯޓްދިނުން އެތަނުންވެސް ބަދަލްދޭންޖެހުނީ ރައްޔިތުންނައް މިމީހުންނައް މިތަންތައް ހިލޭކަހަލައިގެ ގޮތަކައް ދިންމީހުންނާއި ދޭތެރޭގައިވީ ސަރިޔައްކުރަން އޭރުން އިންސާފް ވެރިވާނީ