ރިސޯޓް ހަދަން ރާއްޖޭގެ 10 އަތޮޅަކުން، 18 ރަށެއް ދޫކުރަން ނިންމައި، ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

މިހާރު ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯގެ ތެރެެއިން މި 18 ރަށުގެ ތަފްސީލު ވަނީ ހާމަކޮށްފައެވެ.

ރިސޯޓް ހަދަން ހުޅުވާލި އެ ރަށްތަކުގެ ތެރޭގައި

ހއ. އަލިދުއްފަރު ފިނޮޅު ތިން ހެކްޓަރު

ހއ. މެދުފުށި 10.90 ހެކްޓަރު

ހދ. ކުޑަކަރުފަސްގަނޑު 1.20 ހެކްޓަރު

ށ. ކުޑަޅައިމެންދޫ 14.70 ހެކްޓަރު

ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރުގެ އިތުރުން 10.90 ހެކްޓަރު

މ. ސީދީ ހުރާ 1.28 ހެކްޓަރު

މ. ސީދީ ހުރާ ވެލިގަނޑު، ސީދީ ހުރާ ހިމެނޭހެން ތިން ހެކްޓާރު

މ. މާއުސްފުށި 10.40 ހެކްޓާރު

ފ. އެނބުލުފުށި އެއް ހެކްޓަރު

ފ. ޖިންނަތުގައު 0.89 ހެކްޓަރު

ތ. ކާއްޑޫ 3.9 ހެކްޓަރު

ތ. އޮޅުފުށި އަދި އޮޅުފުށި ފިނޮޅު 3.54 ހެކްޓަރު

ލ. ކަށިދޫ 3.1 ހެކްޓަރު

ލ.ބޮޑުމުންޏަފުށި ތިން ހެކްޓަރު

ލ. ދޮންބެރެހާ އަދި ހޮޅަރެހާ 4.44 ހެކްޓަރު

ގއ. މާރެހާ 17 ހެކްްޓަރު

ގއ. ފުނަދޫވިލިގިއްލާ ފަސް ހެކްޓަރު

ގދ. ކަނޑަހަލަގަލާ 7.4 ހެކްޓަރު

ގދ. ފެެރޭތަވިލިގިއްލާގެ 1.2 ހެކްޓަރާއި، ދެކާނބާގެ 2.39 ހެކްޓަރާއި،ކޮޑެރަޓާގެ 2.5 ހެކްޓަރު

އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ ހަތަރު ވާ ބުރާސްފަތި ދުވަހުގެ 10:00 އަދި ޖެނުއަރި 20 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގައި ވަރޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދިފައި ވެއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމަށް މުއްދަތު ދީފައި ވެއެވެ.

މިއީ ޓޫރިޒަމް މިނިސްޓްރީން ރިސޯޓް ހަދަން މި އަހަރު ހުޅުވާލި ދެވަނަ ފަހަރެެވެ.