ލަސްތަކެއް ނުވެ ރައްޔިތުން ނުކުމެ މިއަނިޔާވެރި ސަރުކާރު "ސަސްޕެންޑު" ކޮށް އިންސާފު ޤާއިމުކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޝިފާޤު މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.

ހިސްޓޯ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވި ބެންޗްގައި ހިމެނިވަޑައިގެންނެވި ގާޒީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދު ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުމުން ކުރެއްވި ޓްވީޓެއްގައެވެ.

ހިސްޓޯ ވިދާޅުވީ ގާޒީ ފާއިޒު ސަސްޕެންޑު ކުރުމަކުން، ރައީސް ޔާމީނުގެ ޝަރީޢަތަށް ސަރުކާރުން އުނދުޅި ބާނައި ފަނޑިޔާރުންނަށް ބިރުދައްކައި ނުފޫޒު ފޯރުވައިގެން ޢަދުލުއިންސާފު ހިލާނުލާ ކަމަކަށް ނުވާނެ ކަމަށެވެ. "މާ ލަސްތަކެއް ނުވެ ރައްޔިތުން ނުކުމެ މި އަނިޔާވެރި ސަރުކާރު "ސަސްޕެންޑު" ކޮށް އިންސާފު ޤާއިމުކުރާނެ." ހިސްޓޯ ވިދާޅުވިއެވެ.

ގާޒީ ފާއިޒް ސަސްޕެެންޑް ކުރީ ލީކްވެފައިވާ އޭނާގެ އޯޑިއޯ އާއި ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން، އެ އޯޑިއޯތަކުގައި ހިމެނޭ އޯޑިއޯއެއްގައިވާ އަޑާއި ގާޒީ ފާއިޒު ރަޝާދުގެ އަޑާ ދިމާވާކަމަށް ވަނީ ކަނޑައަޅާފައެވެ.

ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމާއި ޑްރަގް ކޯޓުގެ މިހާރުގެ ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއެއް ވެސް ލީކްވިއެވެ. ނަމަވެސް ޖޭއެސްސީ އިން ވިދާޅުވެފައި ވަނީ ލީކްވި އޯޑިއޯ އިން އިވެނީ އެގާޒީންގެ އަޑު ނޫން ކަމަށެވެ.

ގާޒީ ފާއިޒް ސަސްޕެންޑް ކުރި ނަމަވެސް އޭނާގެ އޯޑިއޯ އިން ޔާމީންގެ ޝަރީޢަތާއި ގުޅޭ ވާހަކައެއް ދައްކާ އަޑު ނީވޭ ކަމަށް ވެސް ޖޭއެސްސީ އިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އިސްތިއުފާ

    ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ ރަޢީސް އިބޫ އިސްތިއުފާ

    16
    2
  2. ޢަހޫ

    ސަރުދާރު ތިހެންއަޑުގަދަ ކޮއްފަނޫންތޯ މެލޭސިއާއިން އެޕާރޓްމަންޓް ގަންނަން މީހަ ކު އަތުން ލާރިހޯދީ. ޢަނެއް ކާ ބާ ކަންޒު ކަހަނބެއް ގަންނަން ލާރިބޭނުންވިތޯ.

    8
    9
  3. ބޮކި

    ހިސްޓޯ ކަލޯ މާތާހިރެއްނޫން ވާހަކަ ދައްކާކަށް ؟

    9
    19
  4. ޥާރޭ

    ހިއްޓޯ އަކީ ކުޅަދާނަ ވާހަކަދެއްކުނތެރިއެއް ސާބަސް ހިއްޓޯ ދޫނުދޭތި ސާބަސް، ސާބަސް

    23
    9
  5. ރާއްޖެތެރެ

    މީ ހައްދުފަހަނަ އަޅާފަ ހުރި ސަރުާރެއް

    18
    3
  6. ނާސިރު ބުނިބަސް އެހިންތަ؟

    ހިސްޓޯ އަކީ ވަރައް ހިކްމެއްތެރި ޤައުމު ދެކެ ލޯބިވާ ދިވެހި ދަރިއެއް.

    2
    1
  7. Anonymous

    ކަލޯ ތިކަމާ ހިތުލިޔަސް ކުޑަ ގޮޅީގަ އޮވެގެން ތިކަން ކުރަން ޖެހޭނީ.

    1
    2
  8. ނަން

    އަހަރަކަށް ވާ ވަރަށް ލާރި ނަގާފަ ތަންތަނަށް ވަދެ ފިލާތިބެފަ އަނެއްއަހަރު ފެށެން ކައިރިވީމަ ހޮރުތަކުން ނިކުމެ ލާރިކޮޅެއް ލިބޭނެ މަގެއް ފެނޭތޯ ހަޅޭއްލަވަން ފެށީ. ޔާމީނަށް ސަނާ ކިޔަން ފެށީމަ ކުރިއަށް އޮތް އަހަރުގެ ކުލި ދައކަން ޑޮލަރ ކޮޅެއް ލިބިދާނެ ކަމުގެ އުއްމީދު ގަ ...

  9. އިމް ރ ން

    މި ހާރު ހުރީ ސަސްބެންޑުކޮށްފާ އާދޭ ހަވާލުވާން

  10. މއކ

    ސަރުކާރު ކަޑަ. އެކަމުން މީދެންކާކުތަ.

  11. ޟާން

    މިކަލަ ބޮޑާ މީހުންގެ ސަބަބުން ރައީސް ޔާމީންގެ ކޭމްޕް ގަޑުބަޑު ވަނީ

    1
    1
  12. ޔައުގޫބު

    ބޮލުރޮދި ކެނޑިފަ ހުރީ 10 އަހަރު ކުރިންސުރެ

    1
    1