މާލޭގެ ބައެއް މިސްކިތްތަކަށާއި ރައީސް އޮފީހަށް ވަދެ ކުޑަކަމުދިޔަ މީހާ ހަތިމަކަށް ކުޅު ޖެހުމުން އާންމުން ރުޅިގަދަވެ، އެމީހާގެ ގައިގައި ތަޅައިގެންފިއެވެ.

"ވަގުތު" އާ މިއަދު ވާހަކަ ދެއްކި މީހަކު ބުނީ މާލޭގެ އިބްރާހީމް މިސްކިތަށް އަރައި ހަތިމަށް ކުޅު ޖެހީ މިސްކިތުގައި އޮތް މުސައްލަ މައްޗަށް އަރާ ކަމަށެވެ. އެމީހާ އެކަން ކުރާ ތަން ފެނުމުން މިސްކިތުގައި ތިބި ބަޔަކު އޭނާ ހިފަހައްޓައި ތަޅައިގަތީ ކަމަށް އޭނާ ބުންޏެވެ.

"މިސްކިތުގައި ތިބި މީހުން ވަރަށް ބޮޑަށް ރުޅިގަދަވެގެން ގޮސް އެމީހާ ހިފަހައްޓާފައި ފުރަތަމަ ވެސް ތަޅައިގަތީ. ގައިގެ އެކި ތަންތަނުގައި ޖަހާ ލޭ އަރުވާލި. ޓީޝާޓުގައި ވެސް ލޭތައް ހުރީ ހޭކިފައި. އެމީހާ ގައިގައި ތަޅައިގަނެ އަނިޔާ ކުރުމަށް ފަހު ފުލުހުންނާ ހަވާލު ކުރީ،" އެމީހާ ކިޔައި ދިނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަސްޖިދުލް އިބްރާހިމް މިސްކިތަށް ވަދެ ހަތިމަކަށް ކުޅު ޖެހި މައްސަލައިގައި އުމުރުން 40 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ކުރީ މިއަދު ހަވީރު ހަތަރެއް ޖަހާކަން ހާއިރުއެވެ.

މިސްކިތަށް ވަދެ ހަތިމަށް ކުޅު ޖެހި މީހާ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ އަކީ މީގެކުރިން މާލޭގެ ދެ މިސްކިތަކަށާއި ރައީސް އޮފީހުގެ ބޭރަށް ކުޑަކަމުދިޔަ މައްސަލައިގައި ވެސް ހައްޔަރު ކުރި މީހާއެވެ. އެ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު އެމީހާ ދޫކޮށްލީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ހަތިމަށް ކުޅު ޖެހުމުގެ ސަބަބުން ހަތިމުގެ ގަނޑެއް ވަނީ ވަރަށް ބޮޑަށް ރަތްވެފައެވެ. ބެލެވޭ ގޮތުގައި އޭނާ ހަތިމަށް ކުޅު ޖަހާފައި ވަނީ ވަރަށް ބޮޑަށް ދުފައިގެން ހުރި ވަގުތެއްގައެވެ.

 

އާންމުވެފައިވާ ވީޑިއޯއެއްގައި ހަތިމަށް ކުޅު ޖެހި މީހާ "އަހަރެން ސަލާމަތްކޮށްދީބަ" މިހެން ބުނާ އަޑު އިވެއެވެ. އަދި ހަތިމަށް ކުޅު ޖެހިންތޯ ވީޑިއޯ ކުރާ މީހާ ސުވާލު ކުރުމުގެ ޖަވާބުގައި އެކަން ކުރި ކަމަށް ބުނެ އެމީހާ އެއްބަސްވެފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40 އެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި ޒިޔާދު ދޫކޮށްލީ ރައީސް އޮފީސް ކުރިމައްޗަށާއި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒަށް ކުޑަކަމުދިޔަ މައްސަލައިގައި ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި ފަހުންނެވެ. އެ މައްސަލަ ޕީޖީ އަށް ފޮނުވި ފަހުން ވެސް ޒިޔާދު މިސްކިތަކަށް ކުޑަ ކަމު ދިޔައެވެ. އޭނާ މިސްކިތުގެ ތެރެއަށް ކުޑަކަމު ދިއުމުން އެތަނުގައި ތިބި އާންމުން ވަނީ އޭނާ ހުއްޓުވައި ނަސޭހަތް ދީފައެވެ.

ޒިޔާދަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަން އެނގިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ހަސަން

    ސަރުކާރުން ސީދާ ކުރުވާ ކަމެއް، ސިޔާސީ އިދިކޮޅު މީހެއް ވެއްޖެ މައްސަލައުފައްދައި ގެންވެސް ހައްޔަރު ކުރެވޭތޯ ބަލާނެ

    162
    2
  2. އަހުމަދު

    މި ލާދީނީ ސަ ރުކާ ރުން މިފަދަ މީސްމީހުނަށް އަދަބެއް ނުދޭތީ މި ވައްތަރަށް އެ ތެޅިބާލަނީ..

    143
    4
  3. ރިހާކުރު

    މީ ބޯހަމަނުޖެހިގެން ކުރާކަމަކަށްވުރެ ބަޔަކުބުނެގެންކުރާކަމެއްބާ މަސްތުވެ ވައްކަންކުރުމަކީ ދީނުގައި ޙަރާންކޮށްފައިވާކަމެއް

    95
    3
  4. ޢަލީހުސެން.

    ލާދީނީ ސަ ރުކާ ރު ކު ރުވާ ކަމެއްތިޔައީ ޔާ ﷲ ލާދީނީ ބައިގަނޑުގެ މައްޗައް އިސްލާމީ ެެެެެެެެެެެެެ ވެ ރިޔަކު ބާ ރުވެ ރިކު ރުވާ ގެ ރިބަކައްޓައް އަޅުކަން ކު ރާ މީހުންގެ ކިބައިން މި ރާއްޖޭގެ ތަހުތު އަބަދައް ސަލާމަތް ކު ރައްވާ މުސްލިމު ފަނޑިޔާ ރުންތިބި ފަނޑިޔާ ރުގެޔެއް ދެއްވާށި

    87
    3
    • ކުޑަ އުއްޗު

      އިރާދަ ކުރެއްވިއްޔާ އެފަދަ ވެރިއަކު ލައްވާނެ. އުމަރަކީ ވަރަށް ގާބިލު މީހެއް އަދި އިސްލާމް ދީނަށް ލޯބިކުރާ މީހެއް. އެފަދައިން މިގައުމު މިވަގުތު މިލާދީ އަދި ގައުމިއްޔަތެއް ނެތް ބައިގަނޑުގެ ކިބައިން ސަލާމަތް ކޮށްދެވޭނޭ ކަމަށް ފެންނަ ހަމައެކަނި މީހާ

      4
      1
  5. ޒިމް

    ތިއީ މޮޔަމީހުންކުރާ ކަހަލަ ކަމެއްނޫން.. ތިއީ ގަސްދުގައި އެމީހާކުރާކަމެއް.. ތީނަ ނޫނަސް ސިކުނޑި ހަމަ ނުޖެހޭ މީހުން އުޅޭ ރާއްޖޭގައި މިސްކިތްތަކަށް އަރާ ކުޑަކަމު ގޮހެއްނޫޅޭ.. ބުރީގައި ދޮންދަގަނޑު ޖެއްސީމަ ތިމީހާ މޮޔަވުން ރަގަޅުވާނެ..

    102
    2
  6. ޜަނާ

    ތިމީހާ ގޮޅިއަކަށްލާފަ ބަންދުކޮށްފަ ބަހައްޓަންވީނު. މާބޮޑަށް ތިޔައޮތީ ހައްދުން ނެއްޓިފަ . ޢަަދިވެސް ދޫކުރާނެ ކިތައްމެ ފަހަރުވައެއްލާފަަ ކިތައްމެ ކުޅެއް ތެޅިޔަސް.

    86
    1
  7. Anonymous

    މީ މިލާދީނީ ސަރުކާރު ކުރުވާ ހަޑިމުޑުދާރު އަމަލެއް ބޭނުމަކީ އިސްލާމްދީން ބަލިކަށި ކުރަން މިގައުމުން އިސްލާމްދީން ފޮހެލަން

    37
    2
  8. ާާސާލިމް

    މީ މިލާދީނީ ސަރުކާރު ކުރުވާ ހަޑިމުޑުދާރު އަމަލެއް ބޭނުމަކީ އިސްލާމްދީން ބަލިކަށި ކުރަން މިގައުމުން އިސްލާމްދީން ފޮހެލަން

    28
    2
  9. ޖާނޭ

    ޙައްޔަރު ކުރޭ.

    42
  10. ކަލްޓް

    ބުޅައްބެ މިރޭ ލޮލަށް ނިދި ނައިސްގެން އުޅޭނޭ، ތަޅައިގަތް މީހުން ނަކީ ހަރުކަށި ފިކުރޭ ކިޔާނެ ގޮތަކާ މެދު ވިސްނާ ވިސްނާ!

    47
    1
  11. އަލީ

    ދަރިންނޭ ވިސްނާ ފިކުކުރޭ. ތިޔައަކީ ބަޔަކު ގަސްތުގައި ކުރުވާކަމެއް.

    47
  12. Anonymous

    ޔާﷲ މިނުބައި ނުލަފާކަލޭގެއަށް ޢިބްރަތުގެ ފިލާވަޅެއް ދައްކަވާންދޭވެ. އާމީން

    59
    1
  13. ކިޔުންތެރިއެއް

    ތިޔަ އަބާއްޖަވެރިޔާ އަށް ޙައްޤު އަދަބުދިނުން އަވަސްކުރުމަށް ކަމާބެހޭފަރާތްތަކަށްގޮވާލަން.
    އިހަށްވެސް މިސްކިތްތަކަށް ކުޑަކަމުގޮސް ނަޖިސްކުރަމުން ދުވީމަވެސް ތި ނުލަފާ މީހާގެ ނަފްސާނީ މައްސަލައެއްހުރިތޯބަލާށޭ ކިޔާ ހަމަ އެތަނަށް އޮއްބާލައިގެން ތިޔަތިބީ😠

    41
  14. ރާކަނި ސައްތާރު

    ރައިސް މީހާ ގޮޅި އަކަށް ލާ ހައްޔަރު ކުރަންވީ

    30
    1
  15. Anonymous

    މިޝައިތާނީސަރުކާރު ކުރުވާކަމެއް މާދަން ދޫކޮއްލާނެ

    31
    1
  16. ބޯހަލާކު

    މީދެން ބޮޑުވަރުދޯ... މިއީވެސް ކޮންމެވެސް ބަޔަކު އަޑީގައި ތިބެގެން މި ބުރާންޗް ލައްވާ ކުރުވާކަމެއްކަން ގަޔީން.... މާގަޓުހުރި މީހަކަށްވެގެން... މިކަލޭގެ އުމުރަށް ޖަލުގައި ބަހައްޓަލަބަލަ.. އެހެންނޫނީ ރައްޔިތުން އަތުން ބޮނޑިއެއްވެސް ލިބިދާނެ...

    34
  17. ރާއްޖެތެރެ

    ސަރުކާރުން އަޑީގަ ހުރެ ރައްޖެ ފަސާދަ ކުރަނީ.

    34
    2
  18. ސސ

    ބަޔަކު މީހުން ވަކި މަޤުސަދެއްގައި މިކަން ކުރުވާފަ ނޫސްތަކުގައި ލިޔަނީ ކޮންބޭނުމަކުބާ؟ މިކަމުގައި ފޮރުވިފައިވާ ސިއްރަކީ ކޮބައިބާ، އިސްލާމް ދީނަށް ތައުހީނު ކުރުން ، ދިވެހި މުޖުތަމުގައިވެސް ދީނަށް ދެވޭ ޤަދަރު ކުޑަކުރުން !

    27
  19. ދެބޯގެރި

    ތިޔައީ އެމްޑީޕީ ލާދީނީ ސިޔާސަތު ތަންފީޒުކުރަށް ކަނޑައަޅާފަވާ މަންދޫބެއް އޭނަ ހައްޔަރެއްވެސް ނުކުރެވޭ ތަކުރާރުކޮށް އިސްލާމްދީނަށް ފުރައްސާރަކޮށް މިސްކިތްތަކުގެ ޙުރުމަތްކަނޑައި އެންމެހފަހުން ﷲ ގެ ކަލާންފުލަށް ކުޅުހޖަހާ އެހަދަނީ މިސަރުކާރުން އެކަންކުރުމަށް ހާއްސަކޮށްފަވާ މަންދޫބެއްކަމަށްވާތީ އޭނަޔަށް އަދަބެއް ނުދެވޭނެކަންއެނގޭތީ މީދެން ކިހާ ހެއްވާ ކަމެއް އާދައިގެ ކަމެއްގަ ތުޚުމަތުކޮށް މީހުން އެތަށް އަހަރެއްވަންދެން ވާނުވާ ޖަހާފަ ޖަލުގަ ބައިތިއްބާއިރު މި ލާދީނީ ނުބައި ޢަދުއްވު ޖަލުގަ ނުބޭނދޭންވީސަބަބު ވަރަށް ސާފު

    25
    1
  20. ލަސދ

    ތިކަން އޭނަ ކުރަނީ ސީދާ ލާދިނީ އެމްޑީފީމީހުން ބުނެގެން ތިނައަކީ މޮޔަކޭ ބުނާވަރުގެމީހެއްވެސް ނޫން

    26
    1
  21. Anonymous

    މިކަމުގެ އަޑީގަ ބޮޑައްހީވަނީ މިއުޅެނީ ބޮޑުވަޒީރުހެން.

    32
    1
  22. ސާމިން

    މިސަރުކާރު ދެން ނާދެވޭނެ ސަރުކާރުގެ އެކި ހިސާބުތަކުގެ ވެރިން މިތިބީ މިކަހަ މީހުންގެ ހިމާޔަތުގަ ނުސީދީ ކޮށް އަބަދަކު އޮޅުވާނުލެވޭނެ ވަރައް ސާފު

  23. ސާރާ

    ތި ނުލަފާ މީހާ ހަމަ . ޢެހެންނޫނީ އޭގެ ކުރިން އޭނައަށް ދޭން ޖެހޭ އަދަބެއްދީ. ޜައްޔިތުންގެ ރުޅި ހައްދުން ނެއްޓުމުގެ ކުރިން ތިމީހާ އެބަ ހައްޔަރު ކުރޭ.

  24. ޢަސްލު

    ހެޔޮނުވާނެ ތީނަ ދޫކޮއްފަ ނުބަހައްޓާ ތިޔައީ ގަސްތުގައި ކުރާކަމެއް ކަމަށް ލަފާކުރެނީ ،

  25. ކޮސް

    ހަޔާތްކުޑަ! ތިހުރީ މާތްﷲ ކަލޭގައިގަ ސިއްކަ ޖައްސަވާފަ!ކަލެއަށް ދުވަހަކުވެސް ދެން ހެޔޮމަގެއް ނުފެންނާނެ! މިކަހަލަ ގޮތެއް ފޮތެއް ނެތް ޖަނަވާރުން ދޫވެފަ ތިބެންޔާ ބޮޑެތި މަގާމު ތަކުގަ ޓައި އަޅައިގެން ތި ތިބެނީ ކޮން ކަމެއް ކުރަން!! ކަލޭ ކިތަންމެ ވަރަކަށް ފުއްޕާފަ ގޮސް ގޮރ ލިޔަސް ކުޅު ޖެހިޔަސް މާތް ﷲ ގެ ދީނުގެ ހިދާޔަތް މިގައުމަކުން ނުފިލާނެ އިންޝާﷲ..

  26. އަހުމަދު

    ގައުމުން ބޭރުކުރޭ

  27. ގާ

    ހަތާއިން ކުޅަނދުރުތައް ބޭރުކުރަން ނުކުރާނެ ކަމެއް ނެތް.
    އެކަން ދަނެތިބެނޫނީ ނުނުކުންނާތި.

  28. Anonymous

    ނުބއި އެއްޗެއްނު، މަރުގެ ހުކުމް ދޭން ޖެހޭ، މުރުތައްދު އެކަންޔެއް ނޫން ވަނީ، ﷲއަ އެކަލާނގެ އާޔަތްތަކަށް ހަޖޫ ޖަހައި ކުޑައިމީސްކުރުން

  29. މަކިސ

    މިއި މިސްކިތްތަކަށާއި ހަތިމުތަކަށް ކުޅުޖަހާ ލާދީނީ ސަރުކާރު މިއި ފިކަފްތަކާއި ބަރޯތަކާއި ފިލާތަކުގައި ބަލިމީހުން އުފުލާ ލާދީނީސަރުކާރު މިއީ ހަގީގަތެއްނޭގޭ އެތަކެއް މަރުތަކެއްގެ ރެކޯޑު މުގުރާލި ލާދީނީ ސަރުކާރު

  30. ދިވެހިލޭ

    ތިއީ ސީދާ މި ގައުމު ލާދީނީ ކުރުމަށް ކުރަމުންދާ އަޖުމަ ބެލުމުގެ މަސައްކަތުގެ ތެރެއިން ކުރުވާކަމެއް. ދިވެހި މުސްލިމުންނޭ. ދެން ހިމޭނުން ތިބުން ނިމުމަކަށް ގެނެސް އިސްލާމްދީނުގެ ދިފާއުގައި ތެދުވަންވެއްޖެ. މިހެން ތިބެފިނަމަ އަޅުގަނޑުމެންވެސް ވާނީ މިކަމުގައި ބައިވެރިވީކަމުގަ

  31. ނަޝީދު

    މީދެން ޖެހިފަ އޮތް ބަލާ މުސީބާތެއްނު..

  32. ރައްޔިތު

    ﷲ ތިނުބައި މީހާ އައް ކޯފާ އެއްލައްވާ ދޭވެ ޢާމީން

  33. މިތުރާ

    މިވެސް ގުރާދޫ އަށްގެންދަން ޖެހޭމީހެއް

    4
    1
  34. ކުޑަ އުއްޗު

    މިއީ މިސަރުކާރުން ކުރުވާ ކަމެއް. ހިންނަވަރު އިބުރާހީމް މިކަމުގައި އަޒުލު ކުރަންޖެހޭ.

  35. ރައްޔިތު މީހާ

    ބެކް ބޯރން ޢުމަރު ތަ؟ ޙައްހައް މަ ބޯ ހަލާކު

  36. ބަޚީލުކަލޭގެ

    އެކަކު ތަކުރާރުކޮށް ދީނަށް ފުރައްސާރަކުރާއިރު ވެސް މިނިވަންކަމާއެކު އުޅެވުމަކީ މިސަރުކާރުން އިސްލާމްދީން ހިމާޔަތްކުރަން ހުވާކޮށްގެން ތިބި މީހުންގެ ޖާހިލުކަން ދައްކައިދޭކަމެއް.

  37. ޒިދާން

    މިވަރުވާއިރު އޭނާ ދޫކޮށްފައި ހުރުމަކީ ސަރުކާރުގެ ނާގާބިލުކަން ނޫނީ ކުރުވާކަމެއް އެކަމަށް ހިތްވަރުދިނުން.ދެރަކަމެއް.