ސަރުކާރުން އިއުލާން ކުރައްވައިފައިވާ ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން ފުލެޓްއަށް ކުރިމަތިލުމުގައި 40 އަހަރުން މަތީގެ ފަރާއްތަކަށްވެސް ކުރިމަތިލެވޭނެ ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެ މޭރުމުން ވާހަކަ ދައްކަވައިފައިވަނީ ކުރެއްވެވި ޓުވީޓް ގައެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވިގޮތުގައި "ޒުވާނުން ނަށް ހާއްސަ ކުރެވިފައިވާ ފުލެޓްތަށް ފިޔަވާ އެހެން ކެޓަގެރީތަކަށް ފުލެޓް އަށް އެދުމުގެ ފުރުސަތު 40 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ފުރުސަތު ލިބިގެން ވެއެވެ" މިނިސްޓަރު މުއިއްޒު ވަނީ 40 އަހަރުން މަތީގެ މީހުންނަށް ކުރިމަތި ނުލެވޭނެ ކަމަށް ބުނެ ދައްކަވަމުން އަންނަ ވާހަކަތަށް ދޮގުކުރައްވާފައެވެ.

" މާލޭގައި ރަޖެސްޓުރީނުވާ 40 އަހަރުން މަތީ މީހުންނަށް އެހެން ކެޓަގެރީތަކަށް ނުފެތޭ 40 އަހަރުންމަތީ މީހުންނަށް އެޕްލައި ނުކުރެވުނީ . ނަމަވެސް އެފަރާތްތަކަށް އަލުން ދަފްތަރުގައި ރަޖެސްޓުރީ ކުރެވިގެން އަލުން ކުރިޔަށްދެވޭނެ ގޮތުގެެ އިންތިޒާމްމިހާރު ވަނީ ހަމަޖައްސާފަ " މިނިސްޓަރު މުއިއްޒް ވިދާޅުވިއެވެ.

ބޯހިޔާހިކަން ދިވެހި ރަތްޔިތުންނަށް ފޯރުކޮށް ދިނުމަށް ރައީސް ޔާމިން އިސްނަންގަވައިގެން ކުރިޔަށް ގެންދަވާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަފޭސްގައި 7000 ހައުސިންގް ޔުނިޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ވަރަށްބާރަށް ދަނީ ކުރެވެމުންނެއެވެ.

ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވައަި ގޮތުގައި 7000 ހައުސިންގް ޔުނިޓްތަކުގެ ބޮޑު ބައެއް މިއަހަރު ނިންމާލެވި ފުލެޓްތަކަށް ހޮވޭ ފަރާތްތަކަށް އެތަންތަނުގައި ދިރިއުޅުމުގެ ފުރުސަތު ލިބިގެން ދާނެކަމަށްވަނީ ހާމަކުރައްވާފައެވެ.

ރައީސް ޔާމީންގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫ އަށް ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި އެވެ. އެ މަޝްރޫއުގެ ފުރަތަމަ ބުރުން ފްލެޓް ލިބިފައިވަނީ 704 ފަރާތަކަށްކަން ފާހަގަކޮށްލެވެއެވެ.