ދިވެހި ދަރިވަރުންނަށް ކިޔަވައިދޭ އިސްލާމް ފޮތުގައި ހުރި ބަސްތަކުގެ މާނަ ދަރިވަރުންނަށް ފަސޭހައިން ދަނެގަންނަން ނޭނގޭ ކަމަށް ވިދާޅުވެ، ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވަނީ އޯލެވެލްގެ އިސްލާމް ފޮތް ތައްޔާރުކޮށްފައި އޮތީ ދަރިވަރުންނަށް އިސްލާމް ދަސްކޮށްދޭންތޯ ނުވަތަ ރަދީފްގައި ހުރި ބޮޑެތި ދިވެހި ބަސް ދަސްކޮށްދޭންތޯ ސުވާލު ކުރައްވައިފައެވެ. އުމަރާ ނުބައްދަލު ބޮޑެތި ބަސްތައް ލައިގެން ކިޔޭ އެއްޗެއް ކުދިންނަށް ދޭހަ ނުވާ ކަމަށް ވިދާޅުވިއެވެ.
"ދެން ވާނުވާ ނޭނގި ތިބެ ހިތު ދަސް ކުރަނީ،" އިސްލާމް ފޮތުގައި ހުރި ބައެއް ސަފްހާތަކުގެ ފޮޓޯތަކާއެކު ރޮޒެއިނާ ވިދާޅުވިއެވެ.
Enme faseyhain engeyne aadhaige bahakun buneven onna vaahakaeh dhuvahaku adu naahaa basthakeh beynunkoggen liyumuge beynumeh nufeney. 16 aharu nuvaa kudhinnah university level ga kiyavaa meehun beynun kuraa basthah beynunkohgen kiyaidhineema ekudhinge sikundi ah bura vanee.
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) December 1, 2021
ރޮޒެއިނާ ވަނީ އެ ބަސްތަކުގެ މާނަ އެނގެނީ ކިތައް ބޭފުޅުންނަށްތޯ ސުވާލު ވެސް ކުރައްވައިފައެވެ. ރޮޒެއިނާ ފާހަގަކުރެއްވި ހަތަރު ބަހަކީ އިސްތިބާތު، ތަންގީހު، އިސްތިގުރާރު، އިއްލަތްތައް، ތަތުބީގުއެވެ.
ރޮޒެއިނާ ވިދާޅުވީ މާއްދާއެއް ދަސްކޮށްދޭއިރު ދަސްކޮށްދޭން ބޭނުންވާ ކޮންސެޕްޓް ވީހާވެސް ފަސޭހައިން ކުދިންނަށް ވިސްނޭފަދަ ގޮތަކަށް ކިޔަވައިދިނުމަކީ އެންމެ މުހިއްމު އެއްކަންތައް ކަމަށެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް އެދެން މި ފޮތްތައް ތައްޔާރުކުރައްވާ ބޭފުޅުން ތިބޭފުޅުންނަށް އެނގިލައްވާ ބަސްތައް މީގަ ބޭނުން ނުކޮށް ކުޑަ ކުދިންނަށް ވިސްނޭނެގޮތަށް ފޮތް ތައްޔާރުކުރުމަށް. ކޮންޓެންޓްވެސް މި ލެވެލްއާ ބަލާފަ މާގިނަ. ހުރިހާ އެއްޗެއް ކިޔަވާ ނުދެވޭ ޓެސްޓް އަންނައިރުވެސް" ރޮޒެއިނާ ވިދާޅުވިއެވެ.
"އެންމެ ފަސޭހަ އިން އެނގޭނެ އާދައިގެ ބަހަކުން ބުނެވެން އޮންނަ ވާހަކައެއް ދުވަހަކު އަޑު ނާހާ ބަސްތަކެއް ބޭނުންކޮށްގެން ލިޔުމުގެ ބޭނުމެއް ނުފެނޭ. 16 އަހަރުނުވާ ކުދިންނަށް ޔުނިވަސިޓީ ލެވެލްގައި ކިޔަވާ މީހުން ބޭނުންކުރާ ބަސްތައް ބޭނުންކޮށްގެން ކިޔަވައިދިނީމަ އެ ކުދިންގެ ސިކުނޑިއަށް ބުރަ ވާނެ،"
އަޑުނާހާ ނޭގެންޏާ އޮތީ ދަސްކުރުން. ގުރުއާނުގަ އެއޮތީ އަންހެނާގެ އައުރައަކީ ކޮބާކަން ބުނެދީފަ. އެވެސް އަޑުނާހާ ނޭގޭ ކަމަކައްވީމަތަ ކަލޭ ބުރުގާ ނާޅާހުރެ މުސްކުޅި ތިވަނީ،
ރިސޯޓް ފެނުނީމަ ދީންވެސްހަނދާންނެތޭނެ..މިއޮއްހާދުވަހު ކިޔެވީތިއެއްޗެހި މިއަދުކަމަކުނުދިޔަ...ސުބުހާނަﷲ..
ކިތައްމެވަރެއްދެއްކިޔަސް ﷲހަޒުރަތުގަ އޮރިޔާންހާލަތުގަ ކޮޅައްހުންނަންޖެހޭނެ..މީﷲގެގާނޫނު
ބަލަ ރޮޒޭނައަށް ރީތި އަރަބި ލަފްޒްތައް ދަސްނުވުން އެއީ ކާކުކުށެއްތޯ ، އިސްލާމްދީން އުނގެނުމަކީ އެންމެންވެސް ކުރަންޖެހޭނެކަމެއް ،
ނޭނގޭ މީހުން އެނގޭ މީހުން ކައިރީގަ އަހައިގެން އޮޅުންފިލުވާނީ. ތިމާ ނުދަންނަ ބަހެއް ފޮތެއްގަ އޮތުމަކީ ފޮތުގެ މައްސަލައެއް ނޫން. ޤުރުއާނުގަ ކިތަށް ބަސް އެބައޮތްތަ ނޭނގޭ. ދެން ވީ އެ ބަސްތަށް ޤުރުއާނުން އުނިކުރަން. ހީ ހީ ހަލާކު ހަމަ
ބަސްތަކުގެ މާނަވެސް ލިޔެދީފަ ހުރޭ ކަނބުލޯ.
އަހަރެމެންގެ ދަރިންނަށް އިތުރު އެއްޗެއް އެނގިދާނެތީވެސް ކަންބޮޑުވަނީތަ.އެންމެންގެ ދަރިންނަކަށް ޔުނިވާސި ޓީއަކަށް ނުދެވެޔޭ. އެހެންނޫނަސް މިއީ އިއްޔެ އަހަރެމެންދުއް ދުނިޔެއެއްނޫން ވީމާ ކޮން ޓެން ޓު ވެސް ބޮޑުވާން ޖެހޭ.
ވާނުވާ ނޭނގި ތިބެ ހިތު ދަސްކުރާނީ ތިކަހަލަ ވާނުވާ މީހުންގެ ދަރީން. މި ރާއްޖޭގަ އެބައުޅޭ ތި ވައްތަރުގެ މަދު ބައެއް.
ރޮޒައިނާގެ މާނަ ވެސް ނޭނގޭ.. ކީއްވެ ތި ނަން ކިޔަނީ. ގިނަ މީހުންނަށް އެނގޭ ގޮތައް ނަން މަޖިލީސް ކަމަނަ އަށް ބަދަލުކޮއްލަން ފެނޭ.. ދަތްކޮޅު ފައިބައިދާނެ.
މިމީހުން ހާދަ ބިރު ގަންނަ އެއްޗަކަށް ވެއްޖެ، މި އިސްލާމް ފޮތް.... ދެނާވާ ދޭތެރެއިން މި ވާހަކަ އެބަ ގޮވައޭ... ޅަދަރީން ސްކޫލަށް ދަނީ ނޭނގޭ އެއްޗެހި ދަސްކުރަން...
އެހެންވީމާ އަޑުނާހާ ބަސްތަކެއް އިއްވަން ދަރިން ވިހާނެ ކަމެއް ނެތެއްްނު. ރޮޒޭ ބުނާގޮތުން ހީވާކަހަލަ އިލްމު އުނގެނެން ދާން ޖެހޭނީ ދިގު އަތިރިމައްޗަށޭ. އެތަނުން މީގެ ކުރިން އަޑުނާހާކަހަލަ ބަސްބަސް އަޑުއަހައި ދަސްކޮށްގެން އޭގެ ފަހުންނޭ ސުކޫލަށް ދާންވާންނީ. ސުކޫލުން ނުޖެހޭނެއޭ އަލަށް ބަހެއް އަޑުއަހާކަށްވެސް.
"އަޅުގަނޑު ވަރަށް ބޮޑަށް އެދެން މި ފޮތްތައް ތައްޔާރުކުރައްވާ ބޭފުޅުން ތިބޭފުޅުންނަށް އެނގިލައްވާ ބަސްތައް މީގަ ބޭނުން ނުކޮށް ކުޑަ ކުދިންނަށް ވިސްނޭނެގޮތަށް ފޮތް ތައްޔާރުކުރުމަށް." ރޮޒެއިނާ ވިދާޅުވިއެވެ. މިތާނގައި ކުޑަކުދިން މި މާނަކުރަނީ ޕްރީ ސުކޫލު ކުދިންނަށްތަ؟
މި ދުންމާރިއަށް ހާދަ އެއްޗެއް ނުވިސްނެއޭދޯ ނުވަތަ ލާދީނީސިފަ ހަށިގަނޑުގަ ހަރުލާފަހުރިލެއްބޮޑިބާ؟ ދަރިވަރުންނަށް އުގަނނައިދޭން ލިޔާ ފޮތްތަކެއްގަ ލިޔާންޖެހެނީ ދަރިވަރުންނަށް އެނގޭ ބަސްތައްތަ؟ ނޫނީ ދަރިވަރުންނަށް ދަސްކޮށްދޭން ބޭނުންވާ ބަސްތަކެއްތަ؟ މި އުޅެނީ ވަކަރުގޭ މަޖިލީހުގަ މާރުކޭޓަށްވުރެ ދަށުދަރަޖައިގެބަހުން ޒުވާބުކޮށް މައިބަޔަށްގޮވަންތަ؟
ދޮންކަނބުލޯ ބާލިޣުވުމަށްފަހު ޢަމަލުތައް ލިޔުއްވޭނެ.
އަންގަވާފައި އޮތީ އަންހެނާގެ އަވްރަ.
ހިސާބު ބެލޭވޭނެ ޖަޒާވެސްލިބޭނެކަން. އެދުވަހަކުން މަޖްލިސް މެމްބަރުންނެތް ވަކި ތަފާތެއް ނުވާނެ.
އޮތީ ދެމަގު ސުވަރުގެ އާއި ނަރަކަ
ބަލަ އޭނގަ މާނަ އޮވޭލިޔެފަ އެއީ އަރަބި ލަފުޒުތައް.....ފިލާވަޅުތަކުން އަންނަ....އޭގެ ދިވެހި ބަހެއްނޯވޭ........ހިތުން މޮޅު އެއްޗެއް ބުނެލީދޯ......ކަލޭ ބަހޭ...ފޮތޭ...ނުކިޔާ އައުރަ ނިވާ ކުރަންދޭބަލަ...
"ރޮޒޭނާ" މީ ކޮންއެއްޗެއް؟ މީހުންނަށް އިނގޭ ކަަހަލަ ދިވެހިނަމެއް ކިޔަންވީނު؟ ރޮޒޭނާ، ފޮޅޭނާ، ލޮމޭރާ މީ ދެން މީސްމިހުންނަށް ކިޔާކަަލަ ނަމެއްނޫނެއްނު. ރީތި ދިވެހި ނަންއެބަހުއްޓޭ. އަނގަތޭރި، ހަންޑި، ގުއިރޮދި ކަަހަލަ.
ނޭންގޭތީ ނޭންގޭ އެއްޗެހި ކުދިންނަށް ކިޔާދޭން މުދައްރިސުން ތިބެނީ . ކަލޭ ވާނުވާގަ ހުއްޓަސް. ނޭންގޭ ބަސްބަހުގެ މާނަ މުދައްރިސް ކައިރީ އެހުމުން ބުނެދެއްވާނެ . ބުނެނުދެވުމަކީ މުދައްރިސްގެ މައްސަލަ. މާއިއްޒަތްތެރި ވެގެން މަޖިލީސް ތެރޭގަ ތި ގޮވަނީ ކުޑަކުދިންނަށް ކުޑަކުދިން ގެ ސިކުޑި އަށް ވަންނަ ބަސްތަކުންނު؟
ކޮންމެ މާއްދާއެއްގައިވެސް ހުންނާނެ އެ މާއްދާގެ ޙާއްސަ ބަސްކޮށާރަކާއި އިސްތިލާހުތަކެއް (ޓާރމިނޮލޮގީ އަދި ޑެފިނިޝަން ތަކެއް). މިސާލަކަށް އިނގިރޭސިން ލިޔަންކިޔަން އެނގުނަސް ސައިންސް، އާރޓްސް، ނުވަތަ ބިޒްނަސްްގެ އެކި މާއްދާތަކުގައި ބޭނުންކުރާ ބަސްތަކުގެ މާނައެއް އެބަސްތަކަށް އަހުލުވެރި ނުވާނަމަ ނޭންގޭނެ.
ހަމަ އެގޮތަށް ރޮޒެއިނާމެން މަޖްލިސްގަ ހާޅޭލަވާ ދައްކާ ޤާނޫނީ ވާހަކަވެސް ދިވެހި އެނގުނެއްކަމަކު ފަހުމު ނުވެ. ވެދާނެ އެއީ ދައްކާ ވާހަކަ ދެކޮޅު ނުޖެހޭތީކަމަށްވެސް.
މިކަހަލަ ލާދީނީ މީސްމީހުން މިކަހަލަ ތަންތަނައް ލުމަކީ މިގައުމުގެ ހަލާކު
މައްސަލއެއް އެހެން މައްސައަކުން ހައްލު ކުރަން ރޮޒައިނާ އުޅެނީ. ނޭނގެންޏާ ދަސްކުރަންވީ.
އެކުދިންނަށް އެނގޭބާ މަންމަ ބައްޕަ؟ ދެންވީ އިސްލާމް ފޮތުގަ "ކަލޭމެންކުދިންގެ އަންމަ އައްޕަ" ލިޔަން؟ ބަލަ ނެނގޭ އެއްޗެހި ކިޔްވަންދޯ ދަނީ އިސްކޫލަށް. ޢެކުުދިންނަށް އެދުވަހުގެ ފިލާވަޅުން އެބަސްތައް ރޯފިލާނެ. ޢެކކްމްކު ދެން މަންމަ ބައްޕަ ލްދުގްނެދާނެ ދޯ ދަރިންކުރިމަތީ އެބަސްތްކުގެ މާނަ ނޭނގި ގާނޫނު ހަދަން ތިބެވުނީމަ. ރީޕްރޮޑަކްޝަން އެނގޭނެތާ ދޯ އެކުދިންނަށް އެބަސް ފެނުނު އއިރުވެސް. އޮރިޔާންވެވޭ އިރުވެސް މިކަމަނާއިންނަށް ރޭކާނުލާ މިކިޔޭ އެއްޗެއް.
އިސްލާމް ދީން ދެކެ ވަރަށްބޮޑަށް ބިރުގަންނާނެ ރިޔަ މީހުން
މިހާރުގެ ކުދިން ވާހަކަ ދައްކަނީ ދިވެހި ބަހާ މަސްހުނި ކޮއްގެން އިނގިރޭސި ބަހުން ގިނައިން ދެން ކޮން ދިވެހި ބަހެއް އިނގޭނީ ، މި ބަ ތައް ކުރާ ކަންކަން މީ
އަލަ ގަހަކުން ކެޔޮ ނިރެއް ނުފަޅާނެ // ތިޔަށް ކިޔަނީ ލާދީނީި //