އިދިކޮޅު ޕީޕީއެމް އިން ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދުގައި ބާއްވަން މަސައްކަތް ކުރި ޖަލްސާ މިރޭ ކާނިވާ ސަރަހައްދުގައި ބާއްވަން ނިންމައި، ތައްޔާރީތައް ފަށައިފިއެވެ.

ޕީޕީއެމްއަށް ހިޔާ ފްލެޓް ސަރަހައްދުގައި ޖަލްސާ ނުބޭއްވުމަކީ އެޗްޑީސީގެ ހުއްދަ ނެތި ޖަލްސާ ނުބޭއްވޭނެ ކަމަށް ބުނެ ފުލުހުން ޖަލްސާގެ ތައްޔާރީތަކަށް ހުރަސް އެޅުމުންނެވެ. ޕީޕީއެމް އިން ދެން މަސައްކަތް ކުރީ އުސްފަސްގަނޑުގައި ޖަލްސާ ބާއްވާށެވެ. ނަމަވެސް އެސަރަހައްދަށް ކަރަންޓް ނުލިބުމުން މިހާރު ނިންމާފައި ވަނީ ކާނިވާ ސަރަހައްދުގައި ޖަލްސާ ބާއްވާށެވެ.

ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭއްވުމަށްޓަކައި އިއްޔެ ހަވީރުން ފެށިގެން އަންނަނީ ތައްޔާރީތައް ވަމުންނެވެ.

މިރޭގެ ޖަލްސާގައި ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއީ ރައީސް ޔާމީން ޖަލުން މިނިވަންވެ ވަޑައިގެންނެވި ފަހުން ބާއްވާ ދެވަނަ ޖަލްސާއެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ގާތްގަނޑަކަށް ދޮޅު ގަޑިއިރު ވަންދެން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ސަރުކާރަށް ތާއިދުކުރާ މީހުން ގިނަ ރައްދުތަކެއް ދީފައި ވެއެވެ. ޕީޕީއެމް އިން ބުނީ ރައީސް ޔާމީންގެ އެންމެ ޖަލްސާއަކުން ސަރުކާރު ނޭވާ ހޮޅިއަށް އެޅިފައިވާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި އެމަނިކުފާނު ދެކޮޅުކަން ރަސްމީކޮށް ފުރަތަމަ ފަހަރަށް އިއުލާން ކުރައްވާފައެވެ. އެޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އިންޑިއާގެ ހުރިހާ ސިފައިން ޖެހޭނީ ރާއްޖެ އިން ފައިބަން ކަމަށެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި މިހާރު އިންޑިއާ ސިފައިން ތިބެއެވެ. އެއީ އައްޑޫ ސިޓީ ގަމާއި، ލ.ކައްދޫ/ގަން އަދި ހދ.ހަނިމާދޫގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އައުޓް

    އިންޑިއާ އައުޓް ކަޅު ދަބަހޭ އައުޓް ރަތްރޮނގޭ އައުޓް ޕައުންޑޭ އައުޓް ޑިޖިޓަލޭ އައުޓް އިންޑިއާ އައުޓް ކަޅު ދަބަހޭ އައުޓް ރަތްރޮނގޭ އައުޓް ޕައުންޑޭ އައުޓް ޑިޖިޓަލޭ އައުޓް އިންޑިއާ އައުޓް ކަޅު ދަބަހޭ އައުޓް ރަތްރޮނގޭ އައުޓް ޕައުންޑޭ އައުޓް ޑިޖިޓަލޭ އައުޓް އިންޑިއާ އައުޓް ކަޅު ދަބަހޭ އައުޓް ރަތްރޮނގޭ އައުޓް ޕައުންޑޭ އައުޓް ޑިޖިޓަލޭ އައުޓް

  2. ތެޔޮބިޑި

    މޑޕ އާއި ހުރިހާ އައުވާނުންވެގެން ޖަލްސާއެއް ބާއްވަން ނުކެރިގެން މިއުޅެނީ ކީއްވެ.
    ޕޕ ކުދިން ހަމަ ޖޯޝްގަ ސަރަހައްދު ފުރާލާ މަންޒަރު އިންޑިއާއއިންވެސް ބަލާނެ. ޜީނދޫ ބައިގަނޑުގެ ކަމެެއްނެތްކަން މިހާރުވެސް އިނނގެން ފަށައިފި

    11
    1
  3. އިސްތިއުފާ

    މިސަރުކާރަކީ އެއީ މަސްވެރިންގެ ވައުދު އޮޅާލި ސަރުކާރޭ ދެން ސަރުކާރެއް އޮތުމުގެ ލެޖިޓިމެސީ މިހާރު ވަނީ ގެއްލިފައޭ ސަރުކާރު ޖެހޭނީ މުޅި ކެބިނެޓް އެއްކޮށް އިސްތިއުފާދޭންއޭ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ

    • މުހައްމާ

      ކަލޭ މޭކަރުވަނީތަ؟ ތިހެން ފެލި ފެލި ހުނަނަން ޖެހޫނީހަމަ ދެން ލަލާލާލާލާޅާ

  4. ގަންޓާބެ

    އުސޫލުތަކާއެއްގޮތަށް ދަންޔާ ފުލުހުން އައިސް ނުހުއްޓުވާނެ މުއީޒު ބޭނުންވަނީ ބާރުހުރިކަން ދައްކާލަން އެއީ ގޯސް

    3
    12
  5. އިސްތިއުފާ

    މިސަރުކާރު ވަނީ އިންޑިއާ އަށް ރާއްޖޭގެ ސިއްޚީ ދާއިރާ ވިއްކާލާފައޭ މިސަރުކާރުގެ ކެބިނެޓް މިހާރުން މިހާރަށް އިސްތިއުފާ އަދި ރަތްރޮނގޭ ވެސް އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    7
    1
  6. ހައްޖައްދޭ

    ކާނިވާ ސަރަޙައްދު ނޫން ތަނެއްގައި އެއްވުން ނުބޭއްވޭގޮތަށް ނިންމީ ޕީޕީއެމްގެ ވެރިކަމުގައި. އެހެންވީމާ އެކަން އެންމެ ރަނގަޅަށް ހަޖަމު ކުރަންޖެހޭނީވެސް ޕީޕީއެމް. އޭރުގެ އިދިކޮޅު ފަރާތްތަކުން ބައްދަލުވުން ބާއްވާ އުޅެންފެށީމަ ރައީސް ޔާމީން ވިދާޅުވީ ތިހާ އެއްވާހިތްވާނަމަ ދާންވީނޫންހޯ ހައްޖަށް. ދެން މިހާރު ޕީޕީ ހުރިހާ ކުދިން ދާންވީނުންތަ ހައްޖަށް.

    2
    15
  7. ސަންޕާސް

    ކޮވިޑު ފަތުރާހިތުން އުޅޭ ޕާޓީއެއް

    3
    14
    • ތަރަބެ

      ޔާޤީންތާ

      1
      12
  8. ތަރަބެ

    ދެން ނަން ވެސް ބަދަލުކޮށް ލިނަމަ...ކާނިވާ ޖަލްސާ ނުވަތަ ސާރކަސް ޖަލްސާ. މިމީހުންގެ ނޮހޮރުއްޕާނާ ހެދި މިޤައުމުގަ މީހަކަށް ހިތްހަމަޖެހިލައިގެން ނޭވާ ލެވޭނެ ދުވަހެއް އަންނާނެބާއޭ ހިތައްއަރާ!!!!

    10
    • Anonymous

      ޖަލްސާގެ ޔާމީނު ދެއްވާ ސްޕީޗްގަ އަޑުއަހާލީމަ ހިތްހަމަޖެހިދާނެ.

      8
      1