އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފަކީ ޚާއިނުންގެ ތެރެއިންވެސް އަރާ ހުރި ޚާއިނެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޝަރީފަށް ފާޑު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި "ކޮތަރު ކޮށި" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖެ އަޅުވެތި ކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުން ފެށިގެން ކަމަށެވެ. އެ އަހަރުގެ ރިޔާސީ އިންތިޚާބުން އެމަނިކުފާނު ބަލިނުކުރެވޭނެކަން ޔަގީންވި ހިސާބުން ޗަރުކޭސް ކުޅެން ފެށި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ ރިޔާސީ އިންތިޚާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާފައި ވަނީ 130،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އެމަނިކުފާނާ ވާދަކުރެއްވި ޔާމީނަށް ލިބިވަޑައިގެންނެވީ 90،000 އަށް ވުރެ ގިނަ ވޯޓެވެ. އެކަމަކު، ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށް ބުނެ ޕީޕީއެމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ.
އެ މައްސަލައިގައި އިދިކޮޅުން ވަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ބާއްވައިފައެވެ. އިދިކޮޅުގެ އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވީ ވެސް ޝަރީފަށެވެ.
އެކަމަކު، ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން އިންތިޚާބު ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޔާމީން ވިދާޅުވީ ވެރިކަން ބަދަލުވެ ދިޔަ ގޮތާއި އިންތިޚާބުގައި އޮޅުވާލި ކަން ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ހާއްސަކޮށް އަސްކަރިއްޔާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ދައުރު އެކަމުގައި ބޮޑު ކަަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމް ވެރިކަމަށް އަންނަ ދުވަހަކުން އެކަމުގެ ހަގީގަތް އެނގޭނެއެވެ.
"ވެރިކަން ބަދަލުވެގެން ދިޔަ ގޮތް އިންތިހާބު ބަދަލުވެގެން ދިޔަ ގޮތް ނޭންގޭނެ އެއްވެސް މުއައްސަސާއެއްގެ އިސް މީހަކު ނުހުންނާނެ. އެ މީހުން މިއަދު ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ. ﷲގެ ރަހުމަތުން މޭޒުގެ އަނެއްކޮޅުގައި ޕީޕީއެމް ތިބޭ ދުވަހަކުން މިކަމުގެ ހަގީގަތް އެނގޭނެ." ޔާމީން ވިދާޅުވިއެވެ.
"މިކަން ފެށުނީ 2018 ގައި. އިންތިޚާބުން ބަލިނުވާނެކަން ބަލި ނުކުރެވޭނެކަން ޔަގީންވީ ހިސާބުން ހުރިހާ ޗަރުކޭހެއް ކުޅެން ފެށީ. އެއީ މީގެ ހަގީގަތް. އަޅުގަނޑުމެން އީސީ ޝަރީފުގެ ނަން ގެންނަނީ ޒިކުރާ ގޮތަށް އެއީ މި މީހުންގެ ތެރޭގައި ހުރި ޚާއިނުންގެ ތެރެއިންވެސް އަރާ ހުރި ޚާއިނެއް."
ޔާމީން ވިދާޅުވީ ރައްޔިތުންނަށް ނިކަމެތިކަން ގެނުވީ އަމާނާތެއް ހަވާލުކޮށް، ގާނޫނީ ހުވާތަކެއް ކޮށްގެން ތިބި ބަޔަކު، އެމީހުންގެ ޒިންމާއިން އެއްކިބާވެ ތިބެގެން އަމިއްލަ ފައިދާއަށް ކުރި މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ. ރާއްޖެ އަޅުވެތިކަމަށް ދިއުމުގެ ސަބަބަކީ އެއީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީން އެހެން ވިދާޅުވެފައިވާއިރު، ޝަރީފް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ މާޗް މަހުގައެވެ. ޝަރީފް އީސީ އަށް ވަޑައިގެންނެވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވުމަށް ފަހުއެވެ. އެކަމާ ގުޅިގެން ޝަރީފަށް ބޮޑެތި ފާޑު ކިޔުންތަކެއް ވެސް އަމާޒުވިއެވެ.
ޝަރީފްގެ މައްސަލައަކީ ކޮބައިކަމެއް ނޭންގޭ. އެނގޭ އެއްޗަކީ ވޯޓްލީ ދުވަހު ރައްޔިތުންގެ ގިނަ ބައެއް ނުކުމެ އަނިޔާވެރި ކަމަށް ނޫނެކޭ ބުނިކަން. އެންމެގެ ކުރިމަތީގައި ވޯޓުލާ އެންމެންގެ ކުރިމަތީގައި ވޯޓު ގުނާ އެންމެންގެ ކުރިމަތީގައި ނަތީޖާ އިއުލާން ކުރިކަން. ޔާމީނު ބޭނުންވި ގޮތަށް ނަތީޖާ ނުނުކުތުމަކީ އިލެކްޝަން ފުރޯޑް ހެދިކަމަށް ބުނެވޭނެ ކަމެއް ނޫން.
ޔާމީނުގެ އަމަލުތައް ހުރި ގޮތާ މެދު ވިސްނާލާ. މީސް މީހުންގެ އަނބިން ގެން ގޮސް ހައްޔަރުކޮށް ފިރިމީހާ ހާސިރު ކުރުމަށް އަނބި މީހާ ރަހީނު ކޮށް، ބައިނަލް އަގްވާމީ ޖަމީއާތަކުން ތިޒާތަށް ކަން ނުކުރާށޭ ބުނާއިރަށް އެޖަމީޔާ އަކުން ވަކިވެ މިއަދު އަޑު ބާރުކޮށް ކުރި ހުވަޔަ ހިލާފުވަނީ އޭ ގޮވާއިރު ސުޕްރީމް ކޯޓުގެ ހުކުމުގައި ޤާނޫނީ ވެރިކަން ނުދަމަހައްޓާ ކުރި ހުވަޔާ ހިލާފަށް އަމިއްލަ މަންފާ ޔާމީނު އިސް ކުރި ވާހަކަ އޮތް ކަމެއް ހަނދާނެއް ނެތްދޯ.
ކުޑަ ހިނދުކޮޅަކަށް ތިމަންގެ އަމަލުތައް ބެހެއްޓުނީ ކިހިނެއްކަމާ، ތިމަންނަ އަށް ދެއްކިފައި ހުރީ ކޮން ޒާތެއްގެ ވާހަކައެއް ކަމާ އޭގެ ނަތީޖާ އަކީ އިލެކްޝަނުން ބޮޑުތަކުން ބަލިވެ ކުޑަ ގޮޅީގައި ދުވަސް ކޮޅެއް ހޭދަ ކޮށްލަން ޖެހުކަމާ މިއަދު މިނިވަން ވެފައި ހުރީ ކޮންކަމެއް ކިހިނަކުން ވެގެން ކަން އެނގޭ ބަޔަކަށް އެނގޭނެ ކަން ޤަބޫލުކޮށް ޕޯޑިއަމްތަކުގައި ވާހަކަ ދައްކާ ނަމަ އަމިއްލަ ނަފްސަށް މަލާމާތް ކުރެވޭ ޒާތުގެ ވާހަކަ ނުދައްކަން އެނގޭ ވަރުގެ ބުއްދިއެއް ލިބިދާނެތޯއްޗެކެވެ. ގައުމު ގައި ދިރި އުޅޭ ނިކަމެތިންނަށް އޮޅުވާލާ، ވަގުންތައް ގޮވައިގެން ދެރޭން އެއް ރޭ ހަޅޭ ލެވިއަސް އިންތިހާބު ގައި ގިނަ ރައްޔިތުން އަދި ވެސް ޔާމީނަށް ބުނާނީ ބޮޑު ތަކުން ނޫނެކޭ.
ލަފާކުރެވޭގޮތުން މިފަހަރު ޔާންޓޭ ވެރިކަން ހޯދާނެ ޔާންޓޭއަކީ ވަރަށް ހިތްވަރުގަދަ ހިންގުތެރި ކެރޭ ގަޓް ގޮލައެއް. ޔާންޓޭ އަދިވެސް ގަދަ ކޮށްބަލަ. ބޯކޮށް ސަޕޯޓަރުން އެބަތިއްބޭ.
ރ.ޔާމީންގެ ވެރިކަން ނިމުނު ދުވަސްވަރު އެމަނިކުފާނު ވިދާޅުވަމުންދިތަ ވަރަށްބޮޑު ތެދުފުޅެއް ތިމަންނައަށް ނެއެނގުނީ މީހުންނޭ، އެއްމެ މުހިއްމު މުވައްސަސާތަށް ހަވާލުކުރާނީ އެއްމެބޮޑަށް އިތުބާރުކުރެވޭ މީހުންނާއި ކަމަށްވާއިރު އެފަދަ މީހުންގެފަރާތުން ފެނިގެންދިޔައީ އެމަނިކުފާނަށް ބޮޑެތި ލަނޑުދީ ފުރަގަހުންއަރައި ބުރަކަށްޓަށް ހަންޖަރު ހަރާލިތަން، އީސީ ޝަރީފުއާއި އޭނަގެ ޓީމު ރިޝްވަތުން ފެންވަރާއިގަތީނުން ހެއިބުއްދި ފިލައިގެން ގޮސްފަތިބެ ވޯޓްތަކުގެ އަދަދު އިއުލާންކުރީ އިދިކޮޅަށް، ރ.ޔާމީން އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރި ދީދީމެން ވިލާގެ ރިސޯޓަކަށް ގެންގޮސް ބުރުމާގާސިކު އެމީހުންނަށް ރިޝްވަތު ބޯންދިންގޮތަށް ޢާފިލުވެތިބެ ނަހަލާލު ވޯޓްގެ ޝަރީއަތް ސުޕްރިންކޯޓުން ބޭރުކޮށްލީ. ނަތީޖާއަކަށްވީ ގައުމުގެ ގިނަ ރައްޔިތުންގެ ހައްގު ނިގުޅައިގަނެ ރައްޔިތުން ބިކަހާލުގައި ޖެހުން.
އިންތިހާބު ބާތިލްކުރާނެ ސަބަބުތައްވެސް ބައިވަރުއޮތް އެހެން ނަމަވެސް އޭރު ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ވިސްނީ މުޅިން އެހެން އެންގަލަކުން އަލުން ވޯޓް ލާނަަމަ ދައުލަތުން ކުރަންޖެހޭ ޚަރަދުގެ ވާހަކަ އެއީ ފަނޑިޔާރުން މައިގަނޑު ގޮތެއްގައި ދެއްކި ވާހަކަ ދެން ދެއްކީ އިންސާފައްވުރެ ބޮޑަށް ގައުމުގެ މަސްލަހަތައް ސަބަބަކީ މޑޕ އިން ދިވެހިރާއްޖޭގެ ގިނަތަންތަނުގައި އަލިފާން ރޯކޮށްފާނެތީ އެކަމަށް އޮތް ބިރު އިންތިހާބު ބޭއްވުމުގެ ހަފްތާއެއް ކުރިން ކުރީގެ އިސްތިއުފާދިން ރައީސް ލަންކާގައި ދިރިއުޅޭ ދިވެހީންނާއި ބައްދަލުކުރި ހަފްލާއެއްގައި ވަރަށް ސާފުކޮށް ވޯޓް ކަރުދާހުގައި ޖަހާ ފާހަގައަށް ވާނެގޮތް ކިޔާދިން އަލްހާނު ފަހުމީ އަތުގައި މީގެ ރެކޯޑިންގ ހުންނާނެ އަދި އޭރުގައި އެމީހުންގެ ޕްލޭން ރާވާފައިވާ ގޮތް ލަންކާގައިތިބެ މަޝްވަރާކުރި މިހުރިހާ ކަމެއް އިންޓެލިޖެންސަށް އެގޭނެ އަހަންނަކީވެސް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށްސާފުކޮށް މިބުނަނީ މިހާރު ދިވެހިރާއްޖޭގައި މިއޮތީ ނަހަލާލު ވެރިކަމެއް އެހެން ނޫންނަމަ ސުޕްރީމް ކޯޓްގައި މައްސަލަ ހިނގަހިގައި އޮތްވައި ވޯޓް ކަރުދާސް އަންދައެއް ނުލާނެ ޝަރީފު އެއަރައިގަތީ ވަރަށްގިނަ ދިވެހިރާއްޖޭގެ ރައްޔިތުންގެ ހައްގަށް އެހެންވީމަ އެއީ ބޮޑު ހާއިނެއް ޖަލުގައި އޮންނަން ޖެހޭ މީހެއް އަހަރެން މިބުނަނީ މިގައުމުގައި ޝަރުއީ ނިޒާމް މިނިވަންވާއިރަށް ޝަރީފު އަހަރެންގެ ހައްގަށް އަރައިގަތް މައްސަލައިގައި ދައުވާ ކުރާނަން އޭގެ ބަދަލުވެސް ދޭން ޖެހޭނެ ޝުކުރިއްޔާ
2013ގަ ޔާމީން ކުޅުނީ މާ ގޯސް ޗަރުކޭހެ އްނު
ހަޖަމް ކުރަންޖެހޭނީ ސަރީފަކީ މިގައުމަށް މިޖެހިގެން އުޅޭ އިންޑިޔާގެ ދުއްތުރާލުގެ މޭސްތިރިޔާ ބޮޑު ޙާއިނެއް މިގައުމަށް ގައްދާރުވެފަހުރި ޖައްބާރެއް ހީނުކުރަތި ފިލާހުރެވިދާނެކަމަށް ގާނުނުގެ ދިގު އަތް އަރާ ހަމަކުރާނެ އެދުވަހު ހިފި ރިސްފަތުގެ ފައިސަގެ ހިތިރަހަ ﷲއިރާދަފުޅުން ދިވެހިރައްޔިތުން ކުރިމަތީ ފެންނާނެ ބޭރުގެ ނުފޫޒާ މިނިވަންކަން ގެއްލިގެން ގޮސްފަވަނީ ކޮންމެ ފަހަރަކުވެސް ތިކަހަލަގެ އަމިއްލަ އެދުމާ ކަރަޕްޝަން ކުޑަފައިސާކޮޅެއްގެ ދަހިވެތިކަމުގަ މިގައުމުގެ އިއްޒަތާ މިނިވަންކަންގެއްލިގެން ދިޔައީ ތިކަހަލަގެ ހާއިނުންގެ ސަބަބުން
ޔާމީނުވިދާޅުވީތެދެއް
ތި ފެންނަނީ ޔާމީނު ގެ އަސްލުސިފަ
ހިތްވަރުގަދަ ކެރޭ ނުގުޑާ އަޒުމެއްގެ ވެރިއެއްކަން. ﷲ އަށްނޫނީ ބިރުވެތި ނުވާކަން. މިއީ އަބަދުވެސް ޔާމީންގެ ސިފަ. ކަލޭމެން ކުދިން ކުރިން ޔާމީން ނުދަންނާތީއާ ޔާމީންގެ ވާހަކަފުޅުތައް އަޑުނާހާތީ ނޭނގެނީ.
އީސީ ޝަރީފަކީ އެއީ ގައްދާރެކޭ އޭނާގެ ވޯޓް ކަރުދާސް ތައް އަންދާލި މައްސަލަ ބަލަން ކޯޓަށް ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ ހުށައަޅާށޭ
ޝަރީފް އެއީ ލާރިއަށް ވިކޭ މީހެއް ޣައްދާރެއް
ކަލެއަކީ ހަމަ ހާއިނެއް. ބޮޑު ސިއްކައަށްވުރެވެސް ބޮޑު ހާއިނެއް. ރިޝްވަތު ކޯރެއް. ގައުމު އިންޑިޔާއަށް ވިއްކާލި ނުލަފާ އިބިލީހެއް.
ކަލޭ ހަމަ ރީތީއޯ.
ރައީސުން މީހުންގެ ނަންނަން ކިޔުމުން ދޭހަވަނީ ރައީސްގެ ފެންވަރު ދަށްކަން.
ވަރަށް އެމްޑީޕީއަށް ފިކުރު ހުންނަ ގޮލައެއ
ނަމުގަ މިނިވަނޭ ކިޔަސް
ހާއިނުން ނޫންމީހަކުނެތް ތީންއެއްވެސް ޕާޓީއެއްގަ. ކޮންމެޕާޓީ އެއްވިޔަސް އިންތިހާބުން ބަލިވިއްޔާ މޮޅުވިބަޔަކު މަކަރުހެދީ ކަމަށްތުހުމަތު. ހަމަގައުމަށް އިހުލާސްތެރި އެކަކުވެސްނެތީ ސިޔާސީ މައިޒާނުގަ
ރައީސް ޔާމީނަކީ މިގައުމުގައި ވެރިކަންކުރެއްވި އެންމެ މޮޅު ރައީސް. ރައްޔިތުންގެ ރައީސް. ދެންވެސް ހޮވާނީ ރައީސް ޔާމީން. ވޯޓު އޮޅުވާލުމަކީ އެހެން ކަމެއް. ދުޝްމަނުން އަދިވެސް ވޯޓު އޮޅުވާލަފާނެ.
ހައްގު ތެދުވާހަކައެއް ތިވިދާޅުވީ. އެއީ ދިވެހި ރައްޔިތުންގެވޯޓު ހައްގު ވަގަށްނެގި ބޮޑު ވަގޭ ބުނުމަކުންވެސް އެއީ ދޮގަކަށްނުވާނެ.
މި ފެންނަނީ ބޮޑު ވަގު ޔާމީނުގެ އަސްލު ސިފަ. ޔާމީނަކީ މި ގައުމަށް ކުރިމަތިވެފައި ހުރި ބޮޑު މުޞީބާތެއް.
ވަގުންނަށް ހީވާނީ އެހެންމީހުންނަކީ ވަގުންހެން މިހާރު މިކުރަނީ ރޯޔަލްވައްކަން ރޯޔަލް ރޭޕް ރޯޔަލް ހިނދުކޮޅު މިހާރު ކުރަނީ ރައްޔިތުންގެ ފައިސާއިން ވައްކަމެއްނޫން ފޭރެނީ ލޫޓުވަނީ 3އަހަރުވީރު ގައުމު އޮތީ އިންޑިޔގެ އަޅުވެތި ވާހިސަބުގަ ހުސް ފޭރުން ޖެހުނުގޮތަށް ދަވާލުން
ކަލޭހަދަން ރޭވި މަކަރުތަކަށް ޝަރީފު އެއްބަސް ނުވީމަ ޝަރީފުދެކެ ރުޅިއަންނަނީ ތި، މިހާރު ރާއްޖޭގަ ބާއްވާ އިންތިހާބުތަކުގަ ކުޑަކާފު ބޮޑުކާފު ޖަހައިގެން މަކަރެއް ނުހެދޭނެ އޮބަޒާވަރުން ކުރިމަތީ ހުރިހާކަމެއް ހިނގަނީ
އީސީ ޝަޜީފޫ ޫ ޫ ޫ ޫ ޫ ޫ
ޔާމީނަކީ ހަމަ ސީދާ ޓްރަމްޕު ދުވަހަކު ތެދެއް ނުބުނާނެ މުޅިން ވާހަކަދައްކާނީ އޮޅުވާލައިގެން ބަލިވީމަ ބަލިގަބޫލުވެސް ނުކުރެވޭ
ޚާއިނެއް ނޫންނަމަ ޚިލާފު އުފެދިފަ ހުރި ވޯޓު ކަރުދާސް އަންދައެއްނުލާނެ. ދައުރު ނިމުމުގެކުރިން އިސްތިއުފާދިނީ ވެސް މާތޯހިރުމީހަކަށްވާން.
އިންޑިއާ އައުޓް އީސީ ޝަރީފް މިގައުމުން އައުޓް އިންޑިއާ އައުޓް އީސީ ޝަރީފް މިގައުމުން އައުޓް އިންޑިއާ އައުޓް އީސީ ޝަރީފް މިގައުމުން އައުޓް އިންޑިއާ އައުޓް އީސީ ޝަރީފް މިގައުމުން އައުޓް އިންޑިއާ އައުޓް އީސީ ޝަރީފް މިގައުމުން އައުޓް އިންޑިއާ އައުޓް އީސީ ޝަރީފް މިގައުމުން އައުޓް އިންޑިއާ އައުޓް އީސީ ޝަރީފް މިގައުމުން އައުޓް އިންޑިއާ އައުޓް އީސީ ޝަރީފް މިގައުމުން އައުޓް އިންޑިއާ އައުޓް އީސީ ޝަރީފް މިގައުމުން އައުޓް އިންޑިއާ އައުޓް އީސީ ޝަރީފް މިގައުމުން އައުޓް އިންޑިއާ އައުޓް އީސީ ޝަރީފް މިގައުމުން އައުޓް އިންޑިއާ އައުޓް އީސީ ޝަރީފް މިގައުމުން އައުޓް އިންޑިއާ އައުޓް އީސީ ޝަރީފް މިގައުމުން އައުޓް އިންޑިއާ އައުޓް އީސީ ޝަރީފް މިގައުމުން އައުޓް
ތުމަރަށަރީފު ކަލެޔަކީ ތާރީހުގަވެސް ށަރިއަތެ ހިގަމުންދަނިކޮއް ވޯޓު ކަރުދާސްއަންދާލި ހާއިނެ މިއްދު ދެން އޮޅުވާލަންއުޅޭނެކަމެނެތް މިގައުމްޖެހިފަ މިވާހާލަތުގެ ޒިމްމާނަގަން ކަލޭޖެހޭނެ ގެރިމޯދީހިންނަވަރު ކޯވިޑު ކަޅެއަކައްއަބަދަކުކަލޭސަލާމަތެނުކުރެވޭނެ ކަންވެސް ހަދާނުގަ ބަހައްޓާތި ވޯޓުވަގުށަރީފު