ކުރިއަށް އޮތީ އިންތިޚާބުގެ ކެންޕެއިން ދުވަސްވަރުކަމުން ދެން ފެނިގެންދާނީ "ވަތަން އެދޭގޮތަށް" ހިންގާ ފޯރިގަދަ އިދިކޮޅު ކެންޕެއިނެއްކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކާއި އަދި ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު ނަންގަވާފައިވާ ފޮޓޯއަކާއިއެކު ޖަމީލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން ތިބީ ވޯޓްދޭނެ ގޮތް ކަނޑައަޅައިގެންކަމަށެވެ.

"މާތްﷲގެ އިރާދަފުޅާއި މިންވަރުފުޅުން ކުރިއަށް ދެން އޮތީ އުފާވެރި ރައްޔިތުންގެ ވެރިކަމެއްކަމަށް, ޕާޓީތަކާއި، ސިޔާސީ ލީޑަރުން ތިއްބެވީ "ހައްދުން ނައްޓާފައިވާ ވެރިކަން" ގާނޫނު އަސާސީގެ އިމުގެތެރެއަށް، ގެންނަން ބަދަހިކޮށް" ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ އިންތިޚާބު ކާމިޔާބުކޮށް މާތްﷲގެ އިރާދަފުޅާއި މިންވަރުފުޅުން ކުރިއަށް ދެން އޮތީ އުފާވެރި ރައްޔިތުންގެ ވެރިކަމެއްކަމަށް ގާއިމްކުރުންކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅު ފަރާތްތަކުން މާލެއާއި އަތޮޅުތެރޭގައި ކެންޕެއިން ހަރަކާތްތައް ފެށިފައިވާއިރު، ރާއްޖެއިން ބޭރުގައި ތިއްބެވި ބޭފުޅުންވެސް ގެންދަވަނީ އިންސާފުވެރި އިންތިޚާބަކަށް މަގުފަހިކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޑރ. ޖަމީލް ވެސް ވަނީ ބޭރުގެ ޖަމާއަތްތަކުގެ އިސްވެރިންނާއި، އަދި ބައެއް ގައުމުގެ އިސް ބޭފުޅުންނާއިވެސް ބައްދަލްކުރައްވާ، ދިވެހިންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބޭތޯ އެ ބޭފުޅުންނާއި މަޝްވަރާކުރައްވާފައެވެ.

ސްޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ އިންތިހާބަކަށް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އިންތިހާބު މިނިވަންކަމާއި އަމާން ކަމާއެކު ކެންޕެން ކުރެވޭނެ މާހައުލެއް ގާއިމު ކުރުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ފޭސް

    ހޮވުނަސް ވެރިކަން ހަވާލެއް ނުކުރާނަން

  2. ޙަފްޞާ / މާލެ

    އެކަމަކު ކަލޭ ހުންނާނީ ދުރުގަދޯ؟ ކެމްޕެއިން ކިތަންެެމެ ފޯރިގަދަކުރިޔަސް އެއްލަކިން ރައީސް ޔާމީން އިންތިޚާބުކޮށްފަ ކަލޭމެން ތިބިތަނަކުން އުފުރާގެން ގެންނާނޭކަން ކަލެޔަށް ހަނދެާންކޮށްދެމެވެ.

  3. ދޮންބެ

    ސޮރީ ޕާޓީ ތަކުގެ ވެރިން ނާކަލޭމެންގެ އަމިއްލައެދުމުގަ

  4. ބުރުޖު

    އިދިކޮޅުތޯ ނޫނީ އީޔޫ އިން ކުރާ ކެމްޕެއިންތޯ؟ އީޔޫ ގެ ހުށަހެޅުން އެނގި ހުރި އީޔޫ މެމްބަރުން ކައިރިޔަށް އިރު އިރު ކޮޅާ ގޮސް ރޮއެރޮއެފަ ހެދި ދީލް ވަރަށް ސާފު. ދީނާ ގައުމު ވިއްކާލާފަވެސް ވެރިކަމަށް އާދެވެނިކޮށް ނިމުނީ

  5. ސުބް

    ޖަމީލު ކަލޭ އީޔޫ އާއި އެކު ހެދި ޑީލްގެ ތަފްސީލްވެސް ރައްޔިތުންނަށް ކިޔާދީބަލަ

  6. ޙަމޭ

    ޏނޫނޭ އެއްގޮތަކައް ވެސް ކަމަކު ނުދާނެ ކަލޭމެން ކުރަން ޖެހޭނީ ޖަޒީރާ ކެމްޕެއިނެއް. ޚކޮންމެހެން ވަތަނޭ ކިޔާފަ ކަލޭމެން އަނގަ ހުޅުވާނެ ކަމެއް ނެތް. ޢަހަރުން މެން ގެ އައްވެސް ކަލޭމެން ވަދެގެން ނުވާނެ.

  7. ޑިޕްލޮމެޓް

    ޖަމީލުއެވެ، މިވެރިކަން ބަދަލުކުރަން ވަރުގަދަޔަށް ކެމްޕެއިން ކުރަން އީޔޫ އިން ފަންޑުކުރަން އެއްބަސްވީ ބަދަލުގައި ކޮންކަމެއް ބޭނުންވެގެންތޯ ބުނެދީބަލަ؟ ފައްޅި ނޭޅިޔަސް ކޮންކަމެއް ހުއްދަކުރަންތޯ އެއްބަސްވީ ރައްޔިތުންނަށް އިނގެން ޖެހޭ

  8. ޖަމީލު

    ވަތަން އެދޭގޮތަށް ވަލަށް

  9. Anonymous

    ވަތަނަށް ގައްދާރުވެ އިންޑިޔާ ސިފައިން ދިވެހިރާއްޖެއަށް އަރާ މިގައުމު ހިފަން ގޮވި މީހުންގެ ތެރޭގައި ހިމެނޭ އެކަކު ޖަމީލު ތިއީ. ކަލޭގެ ދުލުން މިގައުމުގެ ނަން ކިޔާނެ ކަމެއްނެތް. ކަލޭ ތިއީ ގައްދާރެއް. ބާޣީއެއް. މިގައުމުދުށް އެންމެ ބޮޑު ހާއިނުންގެ ތެރޭ ހިމެނޭ މީހެއް. މި ކުޑަކުޑަ ގައުމު ބޮޑު ބާރަކަށް ވިއްކާލަން ރޭވި ޖާހިލު ނުލަފާ މީހެއް ތިއީ.

  10. މުސްލިމް

    ޥަތަން އެދެނީ އެހެން ދީންތަށް މިތަނަށް ގެންނަންތޯ؟ ވަތަންއެދެނީ ބޭރުގެ ސިފައިން އަރާ ޤައުމު ހިފަންތޯ؟ ވަތަންއެދެނީ ދަތިކުރުމުގެ ފިޔަވަޅު އަޅަންތޯ. ޥަތަންއެދެނީ އެއްޖިންސުން މީހުނާއިންނަންތޯ؟ ވަތަން އެދެނީ ޤައުމުގައި ހުޅުޖަހާ އަންދަންތޯ؟ މިއީ ޤައުމުއެދޭގޮތްކަމަށް ނުވާނަމަ ތިކޯޅޭޝަނަށް ހަތަރެސް ފައިން ހޯހޯ ތި ލާދީނީ ޣައްދާރުނަށް މިތާގަެއި ކުރެވޭނެ ކަމެއް ނޮއޮންނާނެ.

  11. މަރިނާ

    ޖަމީލު ދައްިކާ ވާހަކަ އެއވްެސް ބަސޔަކު މިހާރު ޤަބޫލެއް ނުކުރާނެ.ތާކުންތާކުނުޖެހޭ. ޖަމީލު ލައިގެން އެމްޑީޕީ ތިއުޅެނީ ވޯޓު ހޯދން ވެރިކަން ވައްޓަން. ކެޔޮގަނޑު ކެނޑީ ދެން އޮންނާނީ ކޭކު ފެޅުން .ވެރިކަން ތަޅާފޮޅުން.ޖަމީލު ނުލާ ކޭކު ބަހާނީވެސް

  12. ޙާޖީ ތުއްތު ދީދީ

    މި ޤައުމު ހަލާކުގެތެރެއަށް ވައްޓާލާކަށް ވަތަނެއް ނޭދޭނެއެވެ. އަހަރެމެން މީގެ ކުރިން ޖަމީލަށްވެސް ވވވވވވ ބޮޑަށް އިތުބާރުކުރިން ނަމަވެސް ކަން ވެގެންދިޔައީ ހީކުރިގޮތާ މުޅިން އިދިކޮޅަށް. ބޭނުންވީ ހަމަ ވެރިކަން.

  13. ވިލުފުށި

    ފޫވިއްދާފަހުއްޓާ ކިހިނެއްބާ ތިވީ ހުސް ކެހި ދެން

    ލަލަލަ

  14. ހުސޭނުބޭ

    ވަތަން އެދޭ ގޮތަށް ބޮނޑިބަތް ކައްކާ!

  15. ދޮންޔޫސުފު ކެންދޫ

    ފޯއްމުލަކު މޮޔަސޮރު ކޮހެއް ގޮވައިފި!

  16. ފާތިމާ

    ޖަމީލު ތިކާކުތަ ހުރިހާ ކަމަކުން ކަލޭތިހުރީ ބާކީވެފާ ?ކަލޭ ދައްކާ ވާހަކަ އަހާނި މީހަކު މިގައުމަނު މިހާރކުނެތް ?

  17. ރާއްޖެ

    ޖަމީލަކީ ފޭލިއަރ އެއް ރާއްޖޭގައިނުހިނގާނެ

  18. ޖަމީލާ

    އެހޭ ވަތަން ނޭދޭ ބައިކުޅަބައި ވެރިކަމެއް ކުރާކަށް. ވެރިކަމަށް އާދެވުނަށްވެސް ހިއެއްނުވޭ ދައުރު މެދުތެރޭން އަލުން އިންތިޚާބެއް ބާއްވާނެހެނެއް. "ލިބުނަސް ހަވާލުނުކުރާ" މީހާ މެންގެ ނަގޫ އޯލްރެޑީ އޮތީ ގޮށް ޖެހިފައްޔޭ.. ކަޑަ؟

  19. އަބްދުއްލާ

    ވަތަން އެދޭގޮތަކީ އަމިއްލަ މަންފާއަށް ގައުމަށް ދަތިކުރުމުގެ ފިޔަވަޅު އެލޫންތޯ ؟ކިތަންމެ މަތީ ފިޔަވަޅު އެޅިޔަށް ކުއްވެރިންނަކަށް މައާފެއްނުދެވޭނެ ގާނޫނުގަ އޮތް ގޮތަށް މެނުވީ