ރައީސް ޔާމީން ސަރުކާރުން ރ. އަތޮޅު އުނގޫފާރުގައި އިމާރާތްކޮށްފައިވާ އިސްލާމީ މަރުކަޒު ހުޅުވައިފިއެވެ.
މިއީ ދިވެހި ދައުލަތުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ހަރުދުކޮށްގެން، އިމާރާތްކޮށްފައިވާ ތަނެކެވެ.
މި އިސްލާމީ މަރުކަޒަށް ދީފައިވާ ނަމަކީ މަސްޖިދު އައްދުކްތޫރު އަފްރާޝިމް ޢަލީއެވެ. މި މަރުކަޒަށް ނަން ދީފައި ވަނީ އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލި ޑރ.އަފްރާޝީމް އަލީގެ ނަމާއި ގުޅުވާފައެވެ.
މި ތަން މިއަދު ހުޅުވާދެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އިސްލާމީ ތައުލީމް ދޭ މަރުކަޒެއް ބިނާކުރުމުގެ މަގްސަދުގައި އިިމާރާތްކޮށްފައިވާ މި މިސްކިތުގައި 4 ކުލާސް ރޫމް، ލައިބްރަރީ، ޕޭންޓްރީ، އެޑްމިން އޮފީސް، ޖަލްސާކުރާ ހޯލެއް ހިމެނޭ ކަމަށެވެ.
މިއީ ދެ ފަންގިފިލާއަށް ހަދާފައިވާ ތަނެވެ. މި މަރުކަޒުގެ މިސްކިތުގައި ނަމާދު ކުރުމަށް ކަނޑައަޅާފައިވާ 5380 އަކަފޫޓު ސަރަޙައްދުގައި އެއްފަހަރާ 900 މީހުންނަށް ނަމާދުކުރެވޭނެއެވެ. ހަމައެހެންމެ މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫކުރުމާއި ނަމާދު ކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.
މި މަރުކަޒުގެ ފޮޓޯތައް މިހާރު އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައިވާއިރު، ފޮޓޯތަކުން އެތަން ވަރަށް ރީތި ކަމަށް ދައްކައެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރުމަށް ހަވާލުވެފައި ވަނީ މިދިޔަ ސަރުކާރުންނެވެ. އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކުރީގެ މިނިސްޓަ ޑރ.އަޙްމަދު ޒިޔާދުއެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކުންފުނީގެ ޑިރެކްޓަރ މުޙައްމަދު ޝާހިދެވެ.
މި ތަންއިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 02 މާރިޗު 2017 އަދި ނިންމާލަފައި ވަނީ 10 ޖަނަވަރީ 2020ގައެވެ.
އިސްލާމީ މަރުކަޒު ކިޔާ ކޮންމެ ތަނެއްގަ ތިހާ ގިނަ ހަރުފަތްތަކެއް ހުރި ސިޑިއެއް ހުރުން ކޮންމެހެން ލާޒިމް ތޯ؟؟މިހެން މިއަހާލީ ބައެއް ބޭފުޅުންނަށް ތިހާ ގިނަ ހަރުފަތްތަކެއް ގިރާކޮށްފަ ތިތަނަށް އެރުމަކީ ތަކްލީފަކަށް ވާނެތީ..
ޝުކުރިއްޔާ ރައީސް ޔާމީން.
ރާއްޖެތެރޭ ވިސްނުން….މާލޭގަ ތަނެއް ހުރިއްޔާ ހުރިހާ ރަށަކުވެސް ހުންނަންޖެހޭނެ…މާލޭގަ ބީޗެއްނެތީމަ އާޓިފިސިއަލް ބީޗް ހެދީ…އެހެންވީމަ ވަށައިގެން ބީޗް އޮންނަރަށްރަށުގަވެސް އާޓިފިސިއަލް ބީޗް ހަދަންޖެހޭނެޔޯ….ހެ ހެ ހެ…ކުޅަނދުގެ މައްސަލަ….
ކޮޕީކެޓް….
ކުރީދުވަހެއްގަ މިސްކިިތެއް ހުޅުވަން އިބޫ ގެންދިޔަ . މަހިތަށް އެރި މިސްކިތެއް ހުޅުުވަން ގެންދަންވާނީ އިމާމްވެ ނަމާދު ކޮށްލެވޭ ފެންވަރުގެ މީހެކޭ. މިފަހަރު މިވީ ރަގަޅަށް.
ނިމިފަހުރިތަނެއް ހުޅުވަންވެސް މިސަރުކާރަށް 1 އަހަރުބޭނުންތޯ ، ހަހަހަހަހަަަ ، މަބުރޫކުއަށް އޮޅިގެންތަ ކުރީސަރުކާރު ސްލޯއޭބުނެވުނީ
ތިޔައީ ވަރަށް ފުރިހަަމަ އަދި މުހިއްމު ބނާއެކެވެ. މާތް ﷲގެ ގެކޮޅެވެ. މަރުޚޫމް އަފްރާޝީމް ޢަލީގެ ހަދނާނީ ބިނާއެވެ. އުނގޫފާރުގެ ކުރިމަށް އެޅުނު ބިންގަލެކެވެ. ފުރިހަމަ އިމާރާތެކެވެ. ރައީސް ޔަޟީނަށް ޝުކުރު ހައްޤވަނީ މިހެންވެއެވެ.
މިތަންހުޅުވަން ސޯލިހުއަށް އަށް ނުކެރުނީތާ؟ ނޫނީ މިމީހުންގެ އަނިޔާވެރިކަމުން ވީ ކަމަކަށް ވާތީތޯ؟
ރައީސް މައުމޫން ޚުތުބާ ވިދާޅުވާ އިރު ވަރައް އަޑު އަހާ ހިތްވޭ