ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓު އެޅުމަށް ޕްލޭނިން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކުރުމަށް ނުވަތަ ތަރައްގީ ކުރުމަށް ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އާންމުކޮށް އެ ފުރުސަތު ހުޅުވާލާފަ އެވެ.

މިއަދު އެއާޕޯޓް އަޅަން އިއުލާން ކުރި ރަށްތަކަކީ ހދ.މަކުނުދޫ، ށ.ބިލަތްފަހި، ބ.ތުޅާދޫ، ތ.ވިލުފުށި، ފ.މަގޫދޫ، ރ.އަތޮޅު ދެކުނު ބިތުގައި (ރަށް ކަނޑައެޅިފައި ނުވާ) އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް ސޯލިހް ވައުދުވެ ވަޑައިގެންނެވީ ރ.އަތޮޅާއި ކައިރީގައި އޮތް ށ.ކޮމަންޑޫ ކައިރީ އެއާޕޯޓެއް އެޅުމަށެވެ. ނަމަވެސް އެންމެ ފަހުން އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވަނީ އެނިންމުން ބަދަލުކޮށް ރ. އަލިފުށީގައި އެއާޕޯޓް އަޅަން ނިންމިކަން އިއުލާން ކޮށްފައެވެ.

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރ. އަލިފުށި ފަޅުން ބިން ހިއްކައިގެން އެ ރަށުގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. ހަތަރުސަތޭކަ ފަންސާސް އެއް މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 750 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ޕްލޭނިން މިނިސްޓްރީގެ އިއުލާންގައިވާ ގޮތުން ކޮންމެ އެއާޕޯޓަކީ ވެސް ވަކި މަޝްރޫއަކަށް ވާތީ ޝައުގުވެރިކަން ފާޅުކުރާއިރު ތަރައްގީކުރަނީ ނުވަތަ ފައިނޭންސް ކުރަނީ ކޮން އެއާޕޯޓު މަޝްރޫއަކަށް ކަން ބަޔާންކުރަން ޖެހެ އެވެ.

ޝައުގުވެރިކަށް ފާޅުކުރުމުގައި ހަމައެކަނި ފައިނޭންސް ކުރާނަމަ އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިއަން އެމެރިކާ ޑޮލަރެވެ. ޝައުގުވެރިކަށް ފާޅުކުރުމުގައި މުޅި އެއާޕޯޓް ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ވެސް ހުށަހެޅިދާނެ އެވެ.

އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓުގެ އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކުއިޒިޝަން ކޮސްޓާއި، އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައިކަނޑައި ދެވޭނެ ކަމަށްވެސް އިއުލާންގައިވެ އެވެ.

ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު -- އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހެނީ އިކޮނޮމިކް މިނިސްޓްރީ އަށެވެ. އީމެއިލުން ނަމަ ޝައުގުވެރިކަން ފާޅުކުރާނީ [email protected] އަށެވެ. ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާއިރު އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅަން އަންގާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކައްނާޑީބާއީ

    ކުރީފަހަރު 30 ފޫޓްހަމަނުވާ ދޯނިތަކެއްދައްކާފާ ގުރޫޕް ކުދިއްނައް ދިނީފަޅުރައްތަކެއް މިފަހަރު ދަތުރުފަތުރު ވަޔައްބަދަލުކޮއްފަ ގުރޫޕައްދޭނީ މީހުންދިރިއުޅޭރައްތަކެއް ގާނޫނުތައް ހަދާފަފާސްކުރަން އެހެންގޮތެއް ހޯދަންވީ 5 މެންބަރުންހިމެނޭގޮތައް މުޅިދިވެހިންތަމްސީލުކުރާ މިހާރުމިގެއްނަނީ ޕާޓީތަކުގެމީހުންވެރިންނައް ލިބޭފުރުސަތުގަ މިބަލަނީދެވަނަދައުރެއް ޕާޓީތެރެއިން ލިބޭތޯ އެކަމުގެދަހިވެތިކަމުގަ ޕާޓީގެ ބޮޑުންނައް މުޅިއެތިބަހާފަދެނީ ވެރިކަމައްއާދެވެނީ ފުރަތަމަ އެޕާޓީތެރެއިންނަގާ ވޯޓަކައްވީމަ އެފަހަރުދިން ހުރިހާރައްތަކެއްދިނީ އިންޑިއާކަނޑުގެ ރަސްގެފާނުގެ ދަރިކޮޅުމީހުނައް މިކުދިންގެނަމުގަނަގާފަ.

    6
    1
  2. ވާނުވާ

    އަލިފުށި އުނިކުރީއެއް ނޫން އަލިފުށި އޮތީ ކުރިން އެމްޓީސީސީއާ ހަވާލުކޮށްފަ.. އެއްވެސް ބަޔަކަށް ނުދީ އޮތް ރަށްރަށަ އިއުލާންކުރީ.. ކޮންމެވެސް ވަރަކަށް ވާނުވާ ބަލާލާނަމަދޯ..

    6
    1
  3. ތެދު

    ހުސްގުނބޯހެއްދުން.؟! ކޮމަންޑޫ ދާއިރާގެއިންތިހާބާދިމާކޮއް އަލިފުށި، ކޮމަންޑޫ ރައްޔިތުން މޮޔަހައްދަނީ...؟! މޮޔަހެއްދޭވިއްޔަ...ހެހެހެ.
    ރައްޔިތުން ހޭޖެހޭބަޔަކައް ވާންވެއްޖެއެއްނު.

    10
    3
  4. ޢަބްދުލްމުހައިމިން ޙުސައިން / އިނގުރައިދޫ

    "ރ.އަތޮޅު ދެކުނު ބިތުގައި (ރަށް ކަނޑައެޅިފައި ނުވާ) އެވެ." ދަންނަވާލަން އޮތީ
    ރ.އަތޮޅު ދެކުނު ބިތުގައި ވައިގެ ބަނދަރެއް އޮތުން އެންމެ އައުލާކަން ބޮޑު ތަނަކީ ބެރިޔަންފަރު ކަމަށް. ޖިއޮގްރަފިކަލް ގޮތުން ބަލާއިރު މާޅޮސް މަޑުލުގެ ދެބައި ގުޅުވާލަދޭ ނާރެހަކީ ބެރިޔަންފަރަށް ވީއިރު، މިސަރަޙައްދުގެ އާބާދީއާ ފަތުރުވެރިކަމާ ދެ މޫސުމުގެ އޮއިވަރާ ވަޔާ ކަނޑުގެ ރާޅާ ދަތުރުފަތުރުކުރަން ބެލިޔަސް ބެރިޔަންފަރު އޮތް ލޮކޭޝަނަކީ އެންމެ މުހިންމުތަން.

    3
    2
    • މުޙައްމަދު ސިރާޖު

      ރ.އަލިފުށީގައި އެއަރ ޕޯޓް އަޅައިފިނަމަ މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ އަޅުގަނޑުމެން ބަލާނަން. މި އެއަރ ޕޯޓް އެޅީ އެއަރޕޯޓް އަޅައިގެން ފައިދާއެއް ވޭތޯ ބަލަން ކުރަންޖެހޭ ތަފާސް ހިސާބު ގެ ދިރާސާ ކޮށްފައިތޯ އަހަރުމެން ބަލާނަން. އިބޫ ގެ އަންހެނުން ފަޒުނާ ގެ ކޮއްކޮ އަކާއި އަލިފުށީ މެމްބަރު، ބިގޭ އިނދެގެން ހުއްޓަކަސް މިވަރުގެ ބޮޑު ޙަރަދެއް ކޮށްގެން ބޭކާރު ކަމެއް ކުރާކަށް ނުޖެހޭ. އެއްކޮޅަށް ބޯޓު ގޮސް އަނެއްކޮޅަށް ބޯޓު ހުހަށް އައީމާ އެވީ ގެއްލުން. ދަރަނި ދައްކަން ޖެހެނީ އަހަރުމެންގެ ދަރިންގެ ދަރިން. މިއީ ކުރަން ނުޖެހޭ ކަމެއްނަމަ، ސަރުކާރު ބަދަލުވުމުން އިބޫ ކުށްވެރިކުރާނަން. ބިގޭ ގެ ނުފޫޒު ގައި އިބޫ އަޅަންނުޖެހޭ ތަނެއްގައި އެއަރޕޯޓް އަޅައިގެން ނުވާނެ!

  5. މަރީނޯ

    ތިއިން ވއެއްވެސް ރަށަކީ ފިޔަފާރި އުސޫލުން އެއަރޕޯޓް އަޅާގެން ބަޔަކަށް ދެކޮޅުޖެއްސޭނެ ރައްތަކެއްނޫން ،،، މަހަކު ދެފްލައިޓްވެސް ޖެއްސޭނެ ކަމުގެ ގެރެންޓީއެއް

  6. ހަސީނޯޓީ

    ރައްރަށުގައި އެއަރޕޯޓް އެޅުން ވަރަށްވެސް ރަގަޅުކަމެއް ، އެކަމަކުވެސް ޔަގީން ކަމާއި އެކު ބުނަންކެރޭ ވިޔަފާރި އުސޫލުން ތިއިން އެއްވެސް ރަށެއްގައި ބަޔަކު އެއަރޕޯޓް އެޅުމުގެ ފުރުސަތު ކުޑަކަމަށް ،،، ތިރައްރަށަކީ އެއަރޕޯރޓްން އެއްވެސް ފައިދާ އެއްނެރެވޭނެ ރައްތަކެއްނޫން ،،،

  7. ޙަފޯ

    ބަދަލު ހިފަން، މި ސަރުކާރަށް ސަނާކިޔަމުން އަންނަ ރައްތަކަށް ފައިދާ ހޯދަދޭން މި ބައިގަނޑުގެ ވިސްނުން މި ހުރީ ފ.މަގޫދޫ އަކީ އެއަރޕޯރޓެއް އަޅަން އެންމެ އެކަށީގެންވާ ރަށެއްތޯ ސުވާލު ނުއުފައްދާނެ މީހުން ތިބޭނީ ހަމައެކަނި އެ ރަށުގަ. ޢާބާދީ 500 ހަމަނުވާ ބިމުގެ ގޮތުން ކުޑަ މިރަށުގެ އެންމެންހެން ތިބެނީ ރީދޫ އުގުޅައިގެން، ޖެހިގެން އޮތް ދަރަބޫދުވެސް އުމުރާނީ ތަރައްގީ ހިންގަން އެއަރޕޯރޓް އަޅަން މާ ރަނގަޅު.

  8. ދިވެހި ދިދަ

    ހިބަރުވަދު ބަހައްޓަން ފެށީ 2023އާއި ދިމާކޮށް ..މިކަންކަން ފުރިހަމަނުކުރީސް މިމީހުނަށް ވޓ ނުދެއްވާތި .ރައްޔިތުން ގުބޯހައްދަނީ..ވަރަށް ކަންކަން އިއުލާންކުރާނެ..ރައްޔިތުން ހަމަހޭގަ ތިބޭތި

    8
    1
  9. މަރީ

    ބ. އަތޮޅުގަ 2 އެއަރޕޯރްޓް އަޅަނީ ކީއްވެތޯ އެއްވެސް އެއަރޕޯޓެއް ނެތް އަތޮޅުތައް ހުއްޓަ؟

  10. ޖަމަލު ފޮޑި

    ތ. ވިލުފުށީގައި އެއާޕޯޓެއް އެޅުމަށްވުރެ ތ. ކަޅުފަހަލަފުށީގައި އެއާޕޯޓް އެޅުމުން ތ. އަތޮޅުގެ ގިނަ ބަޔަކަށް މާ ބޮޑަށްވެސް ފައިދާ ކުރާނެ.. އިސްރާފު ސަރުކާރު..

  11. ބައްސާމް

    މިއިން އެއްވެސް ރަށެއްގައި އެއަރޕޯރޓް އަޅައިގެން ފައިދާ ނުވާނޭ އެބުނާ ބުނުމަކީ އެއްވެސް ދިރާސާއެއްގެ މައްޗަށް ބިނާކޮށް ބުނާވާހަކައެއްނޫން. ހަމަގައިމުވެސް ރ.އަތޮޅު ބެރިޔަންފަރުގައި އެއަރޕޯޓެއް އަޅައިފިނަމަ އެއީ އަތޮޅުތެރޭގައި އެންމެ ހިނގާނެ އެއަރޕޯޓަށް ވެގެންދާނެ. އެއީ މިހާރުވެސް ބެރިޔަންފަރު ކައިރީގައި 14 ވަރަކަށް ރިސޯޓު އޮޕަރޭޝަންގައި އެބައޮތް. އަދިވެސް ރިސޯޓުތައް ހަދަނީ. އަނެއްކޮޅުން ރ. ދުވާފަރުން ފެށިގެން ބ. ކުޑަރިކިލާހަމައަށް 11 މީހުން ދިރިއުޅޭ އެބައޮތް. އެއީ ގާތްގަނޑަކަށް 18000 މީހުންގެ އާބާދީ. އެހެންކަމުން 6 ރަށުގެ ތެރެއިން އެންމެ ރަނގަޅުވާނެކަމަށް ފެންނަނީ ރ. ބެރިޔަން ފަރުގައި އެއަރޕޯޓެއް ހެދުން. އަނެއްކާ މީހުން ދިރިއުޅޭ ރަށްރަށާވެސް ވަރަށް ގާތުގައި އޮތްފަރެއްއެއީ. އަދި ރަންވޭ ބޮޑުކޮށް ފަޅުހިއްކައިގެން ސިޓީ ހޮޓާ ހެދޭނެ ޖާގައާއި އެތެރޭގައި ވަރަށް ރީތި ވިލު އެބައޮތް. އެހެންކަމުން ސަރުކާރުން މިކަމަށް ބައްލަވާނެކަމަށް އުއްމީދުކުރަން.

  12. ބައްސާމް

    މިއިން އެއްވެސް ރަށެއްގައި އެއަރޕޯރޓް އަޅައިގެން ފައިދާ ނުވާނޭ އެބުނާ ބުނުމަކީ އެއްވެސް ދިރާސާއެއްގެ މައްޗަށް ބިނާކޮށް ބުނާވާހަކައެއްނޫން. ހަމަގައިމުވެސް ރ.އަތޮޅު ބެރިޔަންފަރުގައި އެއަރޕޯޓެއް އަޅައިފިނަމަ އެއީ އަތޮޅުތެރޭގައި އެންމެ ހިނގާނެ އެއަރޕޯޓަށް ވެގެންދާނެ. އެއީ މިހާރުވެސް ބެރިޔަންފަރު ކައިރީގައި 14 ވަރަކަށް ރިސޯޓު އޮޕަރޭޝަންގައި އެބައޮތް. އަދިވެސް ރިސޯޓުތައް ހަދަނީ. އަނެއްކޮޅުން ރ. ދުވާފަރުން ފެށިގެން ބ. ކުޑަރިކިލާހަމައަށް 11 ރަށް މީހުން ދިރިއުޅޭ އެބައޮތް. އެއީ ގާތްގަނޑަކަށް 18000 މީހުންގެ އާބާދީ. އެހެންކަމުން 6 ރަށުގެ ތެރެއިން އެންމެ ރަނގަޅުވާނެކަމަށް ފެންނަނީ ރ. ބެރިޔަން ފަރުގައި އެއަރޕޯޓެއް ހެދުން. އަނެއްކާ މީހުން ދިރިއުޅޭ ރަށްރަށާވެސް ވަރަށް ގާތުގައި އޮތްފަރެއްއެއީ. އަދި ރަންވޭ ބޮޑުކޮށް ފަޅުހިއްކައިގެން ސިޓީ ހޮޓާ ހެދޭނެ ޖާގައާއި އެތެރޭގައި ވަރަށް ރީތި ވިލު އެބައޮތް. އެހެންކަމުން ސަރުކާރުން މިކަމަށް ބައްލަވާނެކަމަށް އުއްމީދުކުރަން.