ޑިޒަިއން އެންޑް ބިލްޑް އުސޫލުން ރ. އަތޮޅު އަލިފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލު ކުރުމުން ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވައްޑެ ފާޑުވިދާޅުވެއްޖެއެވެ.

ސަރުކާރާއި ދެކޮޅު ވެފައިވާ އެމްޑީޕީ މެންބަރުން ހިމެނޭ ފިކުރެއްގެ ދިރުމަށް ތާއިދު ކުރާ ވައްޑެ ކުރި ޓްވީޓެއްގައި ވިދާޅުވީ އަލިފުށީގެ މަގު ހެދުން އާރުޑީސީ އާއި ހަވާލު ކުރީ ކޮންމެހެން މަގު ހަދާކަށް ނޫން ކަމަށެވެ.

އެމަސައްކަތް ހަވާލު ކުރުމުގެ ބޭނުމަކީ ރިޔާސީ އިންތިޚާބަށް ކެމްޕޭނު މަސައްކަތް ކުރާނެ މުސާރަވެރި އިތުރު ފަސްދޮޅަހަކަށް މީހުން ކުއްޔަށް ނެގުން ކަމަށް ވެސް އޭޭނާ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ އާރްޑީސީގެ މަސައްކަތްތަކީ ކެމްޕޭން ކުރާނެ މީހުން ކުއްޔަށް ނެގުން ކަމަށާއި އެހެންނޫންނަމަ ހަތަރު އަހަރުވީއިރު، އެންމެ ރަށެއްގެ މަގު މަސައްކަތް އާރްޑީސީ އަށް ނިންމާލެވުނީސް ކަމަށެވެ.

ވަރަށް ގިނަ ރަށްރަށުގައި މަގު ހެދުމުގެ މަސައްކަތް ސަރުކާރުން ވަނީ އާރްޑީސީ އާއި ހަވާލު ކޮށްފައެވެ. ނަމަވެސް ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުން ދަނީ މަސައްކަތް ލަސްވަމުން ދާތީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށާއި އާރްޑީސީ އަށް ފާޑުކިޔަމުންނެވެ.

އަލިފުށީގެ މަގު ހެދުމުގެ މަސައްކަތް އާރްޑީސީ އާއި ހަވާލު ކުރިއިރު އަލިފުއްޓަކީ ސަރުކާރުން ބޮޑެތި މަޝްރޫއުތަކެއް ހިންގާ ރަށެކެވެ. އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއުއާއި އެއާޕޯޓް ހެދުމުގެ މަޝްރޫއު މިހާރު ވެސް ފަށައިގެން ކުރިއަށް އެބަގެންދެއެވެ. އަލިފުށީ ދާއިރާގެ މެންބަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގާތް ގުޅުމެއް އޮންނަ މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މާސްޓަރ.

    ރަށެއްގެ އާދައިގެ ރައްޔިތަކަށް ވަޒީފާގަޑެއް ލިބެންޏާ ހާދަވަރެކޭ މިމީހުންނަށް މިވަނީ! ކޮންމެ އެއްޗެކޭ ކިޔަސް މީގެ ކުރިން ސަރުކާރަކުން އާދައިގެ ނިކަމެތި ރައްޔިތަކަށް ދޭނެ ވަޒީފާއެއް ނޯވޭ. މިދިޔަ ދައުރުގަވެސް 96000 ވަޒީފާ އުފެއްދި އިރު އެއިން ވަޒީފާއެއް ލިބުނު މީހަކު ފެންނާކަށް ނެތް. އެކަމަކު މިހާރު ވަޒީފާދޭލެއް ގިނަކަމުން އަބަދު ކޮންމެވެސް ފަތިވަރެއް ދަމަނީ. ރައްޔިތުން ތިބީ ވަރަށްޙާލުގަ. އެމީހުން ބޭނުމީ ވައްޑޭމެން ކުޅޭ ކުޅިވަރު ބަލައިގެން ހިތްހަމަ ޖެހޭގޮތަކަށްނޫން. ބޭނުމީ ވަޒިފާ. ހަމަޖެހޭ ދިރިއުޅުން.

    4
    4
    • Anonymous

      އެއީ ހަމަ ކެމްޕެއަނަށް ނެރޭ މީހުން ހުސް..މަސައްކަތެއް ކުރަނީކީ ނޫން. ގޮސް އަނގަތަޅަން ތިބެނީ، ކައްކައިގެން ކާ ކުޅިވަރު ބޭއްވޭތޯ ބަލަނީ.. ހުސް ބޭކާރު ލާރި.. މަސައްކަތްތައް ނިންމަން އަންގާފަ ވެސް.އޮންނަނީ އިބޫގެ ސްޕީޑުން ސްލޯކޮށް! ރަށްރަށަށް މަސައްކަތާ ހަވާލުވެގެން ދާ ބޮޑުންވެސް އުޅެނީ އަންހެންވެރިން ފަހަތުން ދުވެވޭތޯ! އެވެސް މީހުންގެ އަނބިން ފަހަތުން!

      1
      1
    • Anonymous

      އާދައިގެ ރައްޔިތު މީހާ އެއީ އެމްޑީޕީ މީހުން އެކަނިތަ! ވަޒީފާ ބަހަނީ އެމީހުނަށް އެކަނި! ދެން ވަޒީފާ ބޭނުން ވެއްޖެ މީހެއް މި ޖެހެނީ އިބޫ އަށް ސަޕޯރޓް ކޮށް އެމްޑީޕީ އަށް ފޯމު ފުރާ އަދި އިތުރު 10 މީހުންގެ ސޮއި އެމްޑީޕީ އަށް ހޯދަން!

      1
      1
    • މަޑޭ4

      4 މަސްދުވަހުގެ ވަޒީފާތަށް ތިއީ އެއްޗެއްގަ ލިޔެފަ ސޮއިކޮއްފަދީފާނަން އިންތިހާބުގެ ފަހުން މިހާރު ފެނަކާއާއި ރޯޑަށާއި ދެން ޖެހުނުތަނަކަށް ފުނިފުންޏަށް ނަގަމުންދާމީހުންގެ ވަޒީފާ ގެއްލޭނެކަން. ކުދިންނޭ އަމިއްލައަށް ހަލާކުނުވޭ

      1
      1
  2. ރާއްޖެ

    އެކުވެރިޔާ...ވަޙިދުމެން ދައްކާ ވާހަކަ އަޑުއަހާނެ މީހަކުނެތް މިހާރަކު..ދެންވެސް ގަދަ ބަސް ނުބުނެ ތެދުވެރިކަމާއެކު ކުރިޔަށްދާން ވިސްނާބަލަ...ދެން ތި މަޤާމުގެ ވެސް ފަހު ދުވަސްކޮޅަށް ވެދާނެ..ޕޕމ ކުދިން ހަދާ ގޮތަށް ތި ހަދަނީ.. އުފެއްދުންތެރި ޚިޔާލު ދީބަލަ.. އަބަދު އެއްޗެހި ގޮވައިގެން ކާމިޔާބެއް ނުވާނެ...ދެމަފިރިންގެ މެދުގައިވެސް އަބަދު ޝަކުވާ ގޮވާ މީހަކު އުޅެންޏާ އެމީހާދެކެ އަނެކާ ފޫހިވާނެ..

  3. މުހަމްމަދު ބޮރިސް

    އިރާދަ ކުރެއްވިއްޔާ ސްޓެލްކޯ އަދި ފެނަކަ އެމްޓީސީސީ އިން އިތުރު 3000 ވަޒީފާ އިބޫ އުފައްދަވާނެ އެއީ ގާތް ގަނޑަކަށް 12000 ހާސް ވޯޓް. ކޮން ބަޖެޓެއް ބަޖެޓް ހުސްކޮށްގެންވެސް ރަށްޔިތުންނަށް ފައިސާ ބަހަން ޖެހޭނެ އެއީ ރައްޔިތުންގެ ފައިސާ އެ ފައިސާ ދީގެން ނޫނީ ރަށްޔތުން އުފާ ނުކުރެވޭނެ އެއީ ކޮންމެހެން ވޯޓް ހޯދާކަށް ނޫން ވައްޑޭމެން ޖެހޭނީ ހަމަ ހަޅޭލަވާލަވާ ތިބެން 2023 ވެސް ކިހިލަ ޖަހާލައިގެން އިބޫ ގެންދާނެ

    1
    1
  4. ބޮންދުބޭބެ

    ވައްޑޭއަށް ވެދުން. ދެންވަޒީފާ ދޭންވީ ބޮންދުންނަށްތޯ؟ ކުރީގަ އޯކޭ. މިހާރު ކަޑަ.

  5. އަނަހަ

    ބަރާބަރު ތެދެއް. މިހާރުވެސް އާރުޑީސީގެ މަސައްކަތް ސައިޓުތަކަށް ބަލަލަފައި އެތަންތަނު އެތިބަ ސަރުދާރުކުދިންގެ ބޮލަށާ އަތުގަ އޮންނަ ވޭޕަށް ބަލަލީމަ އެގޭނެ ވައްޑެ އެބުނަނީ ތެދެއްކަން.