ޑިޒަިއން އެންޑް ބިލްޑް އުސޫލުން ރ. އަތޮޅު އަލިފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގްއެވެ. އަދި މަސައްކަތުގެ ކޮންޓްރެކްޓަރ ކަމަށްވާ އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ 3.8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމުގެ މަސައްކަތް، މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް އަދި މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ކަމުގައި ޕްލޭނިންގ މިނިސްޓްރީން ބުނެފައިވެއެވެ.

ނުވަ ދިހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް އާރުޑީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ލާރި ގިނަވެގެން ބަހަނީހެން ހީވަނީ ، ކުރާ މަސައްކަތެއް ނުފެންނާނެ.

  2. ކިނބޫ

    ބިގޭ އަކީ ވަރަށް ފާޑެއްގެ ގޮލައެއް. އަނގޮޅިތީމު ގަ ނަރުދަމާ އަޅާތާ 4 އަހަރު ނިމޭނެ ދުވަހެއް ނޭންގެ، ޔައުޖޫޖު މައުޖޫޖު އަންނަން އިރުވެސް ނިމޭނެ ކަމުގެ އުންމީދެއްނެތް.....

  3. ޤަދަ މީހާ

    ޝާބަސް ބިގޭ
    ތިވަރެއް ނެތް

    1
    2
  4. ޟިމާ

    ބައެއް ރަށްރަށަށް ސާފު ބޯފެނާއި ނަރުދަމާ ނުލިބި ވަނިކޮށް ވަކިރަށްރަށަށް ތިގޮތަށް ރައްޔިތުންގެ ފައިސާ ހިސްކޮށްލުމަކީ ޚިޔާނާތެއް

  5. އިބްރާހިމް

    އާރޑީސީން އެމްޓީސީސީއަށް، އެމްޓީސީސީން އިންޑިއާ އެފްކޯނަށް. ސަޅި ތަރަށްޤީގެ ޕްލޭނެއް. އެހެންވެ އަންނަނީ، އަންނަނީ، ނިމެނީ ނިމެނީ މިކިޔަނީ

  6. ވާނުވާ.

    އަލިފުށިވެސް ރަނގަޅުކޮއްލަން އެނގުނު ސަރުކާރެއް. ކައުންސިލެއް ނެތް. މަގުގައު ތާރެއް ނޫން އަޅަންވީ. އަލުން ޕްލޭންކުރަންވީ.