މާލޭގެ ފިހާރައެއްގައި އަލިފާން ރޯވެ އަނދަން ފަށައިފިއެވެ.
އަލިފާން ރޯވެފައި ވަނީ ބުރުޒު މަގުގައި ހުންނަ އެސްބީ މާޓް ފިހާރައިގައެވެ.
އެމްއެންޑީއެފް އިން ބުނީ ޑރ. ޑީޑީ ކްލިނިކް ކައިރީގައި ހުންނަ އެސްބީ މާޓް ނަމަކަށް ކިޔާ ފިހާރައެއްގައި ރޯވި ކަމުގެ މައުލޫމާތު ލިބިފައި ވަނީ ރޭ ދަންވަރު 1:34 ހާއިރު ކަމަށެވެ.
އެތަނުގައި ރޯވި އަލިފާން ގަނޑު ނިއްވާލެވުނީ ދަންވަރު 1:44 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ ފިހާރައިގައި ހަރުކޮށްފައި އިން އޭސީގައެވެ.
އެ ފިހާރައިގައި ރޯވި އަލިފާންގަނޑު ނިއްވާލީ ފުލުހުންނާއި ސިފައިން ކުރި މަސައްކަތުންނެވެ.
ތަނެއްގަ އަލިފާންރޯވެ ކަމެއް ހިނގާއިރަށް ޖެހޭނެ ވީއެންމެ އަވަހަކަށް އެތަނަށް މީހުން އެއްވެ ތަން ފުރާލަން ހީވާކަހަލަ މީރިއަލިޓީ ޝޯއެކޭ
ބުރުޒު މަގަކީ މާލޭގެ އެއްކޮޅުން އަނެއް ކޮޅަށް އޮންނަ މަގެއް. ބުރުޒުމަގުގައި ހުރި ފިހާރައެކޭ ބުނީމާ އެއީ މާލޭގެ ކިހާ ހިސާބެއް ކަމެއް އެނގެނީ ކިހިނެއް؟ ބުރުޒުމަގުގައި ކޮން އަވަށެއްގައި ހުރި ތަނެއްކަން ބުނެލިނަމަވެސް އެތަން ހުރި ހިސާބެއް ލަފާކޮށްލަން ފަސޭހަވީސް.