އައިލެންޑް އޭވިއޭޝަން ވިއްކާލުމުގެ ބޭނުމުގައި ސަރުކާރުން "މަގުކޮށަން" ނޫޅުއްވުމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަންގެ ފްލައިޓެއް ގްރައުންޑްކޮށްފައި އޮންނަތާ ދެ އަހަރުވެފައިވާ ކަމަށް "ވަގުތު" އިން ރިޕޯޓު ކުރި ހަބަރެއް ޓުވީޓު ކުރައްވަމުން ސައީދު ވިދާޅުވީ ކޮންމެ އަހަރެއްގެ މި މޫސުމަކީ ވެސް އެންމެ ބޮޑު ކުރިއެރުން އަންނަ ސީޒަން ކަމަށެވެ.

އަދި މިދިޔަ ތިން އަހަރުގެ ސަރުކާރަށް މިކަން ނޭނގުނުތޯ ސައީދު ސުވާލު ކުރެއްވިއެވެ.

"މިއީ އައިއޭއެސް (އައިލެންޑް އޭވިއޭޝަން) އާއި ސަރުކާރުގެ ބައެއް އިސްވެރިން މި ކުންފުނި ވިއްކާލުމަށް ކޮށާ މަގަކަށް ނުހައްދަވާ،" ކުރީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު ކަން ވެސް ކުރެއްވި ސައީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަންގެ މުވައްޒަފުންތަކެއް "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މޯލްޑިވިއަންގެ 8Q-IAM ފްލައިޓް މަރާމާތު ކުރަން ޖެހި މަރާމާތުނުކުރެވި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައި ވާއިރު މިހާރު އެފްލައިޓް މަރާމާތު ކުރަން ވެސް ބޮޑު ހަރަދެއް ކުރަން ޖެހިފައިވާ ކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ގްރައުންޑް ވެފައި އޮތް ފްލައިޓަކީ 2013 ވަނަ އަހަރު މޯލްޑިވިއަން އިން ކުއްޔަށް ނަގާފައިވާ ފްލައިޓެކެވެ.

މޯލްޑިވިއަންގެ ފްލައިޓެއް ދެއަހަރެއްހާ ދުވަސް ވަންދެން ގްރައުންޑް ވެފައި އޮތް ސަބަބާއި ގުޅޭ ގޮތުން އެކުންފުނީގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ޖެނިފާ އާއި ސުވާލު ކުރުމުން އޭނާ ވެސް އެކަން ދޮގެއް ނުކުރެއެވެ. ޖެނިފާ ވިދާޅުވީ އެއީ ލީސް ކޮށްފައިވާ ފްލައިޓެއް ކަމަށާއި ފްލައިޓްގެ ލީސް މުއްދަތު މިހާރު ހަމަވެފައި ވާތީ ފްލައިޓް އަނބުރާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮއްޔާ

    ނާގާބިލް ބަޔަކު ވެރިކަމުގައި ތިބޭތީ ޖެހޭ މުސީބާތް )) މިމުސީބާތުން މިންޖުކުރައްވާށި ،،،،،،،،،

  2. ރިވެތި

    ދިވެހި ރައްޔިތުންގެ ސީދާ އެއވެސް މުދަލެއް ހުންނާކަށެއް މި އިބޫ ސަރުކާރަކުން ބޭނުމެއްނުވޭ އިންޑިޔާގެ އަޅުވެތިކަމުގާ ތިބެން މިޖެހެނީ މިހެންވެ ރައްޔިތުންނޭވޭ ވިސްނާ.....

  3. ލަލަލާ

    ކުންފުނި ވިއްކާލާތީ މޫސަވެސް ފިލައިފި ދެން ލަލަލަލަލަލަލ

  4. އަދުގެހާލު

    ދައުލަތުގެ ކުންފުންޏަށް ފައިދާފަށެއްވެފައި ހުންނާނެއްނުން؟ ކުއްޔަށް ގެނެސްފައި އޮތް ބޯޓެއް. ދަތުރެއް ނުކޮށް އޮންނަތާ ދެއަހަރުވީ. ދަތުރެއް ނުކޮށް ބާއްވާނީ ދަތުރުނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިފައި އޮތީމާތާ. ދަތުރުކުރިޔަސް ނުކުރިޔަސް ކުލި ހިނގާވަރުން ހިނގަމުންދާނެ. ކުއްޔަށް ހިފިއިރު އޮތީ ދަތުރުކުރެވޭ ހާލަތުގައިނަމަ އަބުރާ ދައްކާއިރު އެހާލަތުގައިނެތްނަމަ މަރާމާތުކުރުމުގެ ޚަރަދުވެސް އައިލަންޑް އޭވިއޭޝަނުން ދޭންޖެހޭނެ. ކުންފުނީގައި އެވަރހުގެ ތަނަވަސްކަމެއް ހުރިނަމަ މަރާމާތުކޮށްގެން ދަތުރުތަކަށް ބޭނުންކުރީސްކަމަށް ބެލެވެނީ.

  5. ަލ ޒ

    ނާގާބިލު އަދި އެއްވެސް ވިޝަން އެއް ނެތް މީހަކާއި ކުންފުނި ހަވާލުކުރީ.. ޕާރޓީވީމަ، ހަވާލުކުރަނީ ވިއްޔާ..

    މިހާދަކީ ކުރީގައި ވެސް ބޮޑު ބިޔަކުންފުންޏެއް (އެމް ޓީ ޑީ ސީ) ޙަވާލުކުރުމުން އެކުންފުނި ބަނގުރޫޓު ކުރިމީހެއް..

    އޭނާ އޭރުވެސް ބެލީ އަމިއްލަ ފައިދާއަށް.. މިހާރުވެސް އެކަން އެކުރަނީ..

    އައިލަން އޭވިއޭޝަން ތި ދިޔައީ

  6. ސަލީމް

    އެމް.ޑީ.ޕީ ގެ ސަބަބަުން މިޤައުމަށް ކުރިމަތިވެފައިވާ މުސީބާތް ތަކުން މި ޤައުމު މާތްﷲ ސަލާމަތް ކޮށްދެއްވާދޭނވެ. ﷲ އިރާދަފުޅުން މިވެރިކަން ނިމި މި ވެރިކަމުގައި ސިއްކަ ޖައްސަވައިދެއްވާދޭނވެ!