19:38

ޗިލީން އިތުރު މީހަކު ކޮވިޑް ބަލީގައި ވަނީ ނިޔާވެފައި. މިއާއެކު އެގައުމުގައި އެ ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 39,174 ގައި.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑަށް ފައްސިވީ 1,051 މީހެއް. އެ ގައުމުން މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު 1,812,348 އަށް ވަނީ އަރާފައި.

19:37

އީރާގުން އިތުރު 8 މީހަކު ކޮވިޑް ބަލީގައި ވަނީ ނިޔާވެފައި. މިއާއެކު އެގައުމުގައި އެ ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 24,182 ގައި.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑަށް ފައްސިވީ 318 މީހެއް. އެ ގައުމުން މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު 2,094,667 އަށް ވަނީ އަރާފައި.

19:37

ބެލްޖިއަމުން އިތުރު 15 މީހަކު ކޮވިޑް ބަލީގައި ވަނީ ނިޔާވެފައި. މިއާއެކު އެގައުމުގައި އެ ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 28,385 ގައި.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑަށް ފައްސިވީ 8,329 މީހެއް. އެ ގައުމުން މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު 2,133,284 އަށް ވަނީ އަރާފައި.

19:36

ތައިލެންޑުން އިތުރު 12 މީހަކު ކޮވިޑް ބަލީގައި ވަނީ ނިޔާވެފައި. މިއާއެކު އެގައުމުގައި އެ ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 21,750 ގައި.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑަށް ފައްސިވީ 3,091 މީހެއް. އެ ގައުމުން މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު 2,235,576 އަށް ވަނީ އަރާފައި.

19:36

ޗެކްރިޕަބްލިކް އިތުރު 25 މީހަކު ކޮވިޑް ބަލީގައި ވަނީ ނިޔާވެފައި. މިއާއެކު އެގައުމުގައި އެ ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 36,326 ގައި.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑަށް ފައްސިވީ 9,333 މީހެއް. އެ ގައުމުން މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު 2,493,145 އަށް ވަނީ އަރާފައި.

19:34

ފިލިޕީންސްއިން އިތުރު 18 މީހަކު ކޮވިޑް ބަލީގައި ވަނީ ނިޔާވެފައި. މިއާއެކު އެގައުމުގައި އެ ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 51,604 ގައި.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑަށް ފައްސިވީ 5,434 މީހެއް. އެ ގައުމުން މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު 2,861,119 އަށް ވަނީ އަރާފައި.

19:28

ޔޫކްރޭންގައި އިތުރު 135 މީހަކު ކޮވިޑް ބަލީގައި ވަނީ ނިޔާވެފައި. މިއާއެކު އެގައުމުގައި އެ ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 96,436 ގައި.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑަށް ފައްސިވީ 1,746 މީހެއް. އެ ގައުމުން މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު 3,678,088 އަށް ވަނީ އަރާފައި.

19:27

މެކްސިކޯއިން އިތުރު 37 މީހަކު ކޮވިޑް ބަލީގައި ވަނީ ނިޔާވެފައި. މިއާއެކު އެގައުމުގައި އެ ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 299,581 ގައި.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑަށް ފައްސިވީ 2,877 މީހެއް. އެ ގައުމުން މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު 3,993,464 އަށް ވަނީ އަރާފައި.

19:26

އިންޑޮނޭޝިއާގައި އިތުރު 433 މީހަކު ކޮވިޑް ބަލީގައި ވަނީ ނިޔާވެފައި. މިއާއެކު އެގައުމުގައި އެ ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 98,034 ގައި.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑަށް ފައްސިވީ 11,670 މީހެއް. އެ ގައުމުން މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު 4,145,518 އަށް ވަނީ އަރާފައި.

19:25

އިންޑޮނޭޝިއާގައި އިތުރު ތިން މީހަކު ކޮވިޑް ބަލީގައި ވަނީ ނިޔާވެފައި. މިއާއެކު އެގައުމުގައި އެ ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 144,105 ގައި.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑަށް ފައްސިވީ 299 މީހެއް. އެ ގައުމުން މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު 4,263,732 އަށް ވަނީ އަރާފައި.

19:24

އީރާނުން އިތުރު 34 މީހަކު ކޮވިޑް ބަލީގައި ވަނީ ނިޔާވެފައި. މިއާއެކު އެގައުމުގައި އެ ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 131,736 ގައި.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑަށް ފައްސިވީ 1،706 މީހެއް. އެ ގައުމުން މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު 6,200,296 އަށް ވަނީ އަރާފައި.

19:23

ޖަރުމަނުން އިތުރު 117 މީހަކު ކޮވިޑް ބަލީގައި ވަނީ ނިޔާވެފައި. މިއާއެކު އެގައުމުގައި އެ ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 113,191 ގައި.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑަށް ފައްސިވީ 11,211 މީހެއް. އެ ގައުމުން މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު 7,246,346 އަށް ވަނީ އަރާފައި.

19:17

ރަޝިއާއިން އިތުރު 834 މީހަކު ކޮވިޑް ބަލީގައި ވަނީ ނިޔާވެފައި. އިއްޔެ އެ ގައުމުން ކޮވިޑްގައި މަރުވެފައި ވަނީ 835 މީހެއް. އެ ގައުމުގައި ކޮވިޑްގައި މަރުވާ މީހުންގެ އަދަދުތައް މަތީގައި އުޅޭތާ ހަ ވަރަކަށް މަސް ވަނީ ވެފައި، އެގޮތުން މިިދިޔަ ޖޫން މަހުން ފެށިގެން އެ ގައުމުގައި ކޮވިޑްގައި މަރުވާ މީހުންގެ އަދަދުތައް އުޅެނީ 500 އިން މަތީގައި.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑަށް ފައްސިވީ 15,903 މީހެއް. މިއީ މިދިޔަ ޖޫން މަހުގެ ފަހުން އެއް ދުވަހެއްގައި މިހާ ދަށް ކޮށް މީހުން ކޮވިޑަށް ފައްސިިވި ދުވަސް.

އެ ގައުމުން މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު 10,570,212 އަށް ވަނީ އަރާފައި. އެ ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 312,187 ގައި.

19:10

ފިނި މޫސުމުގެ ޗުއްޓީއާ ދިމާކޮށް ރޯމޭނިއާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅިގެން ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދެގުނައަށް ވުރެ އިތުރުވެއްޖެ.

އެގޮތުން އެގައުމުގައި މިއަދު ފައްސިވި އަދަދު ވަނީ 3،900 އަށް އަރާފައި. މިއީ މިދިޔަ ހޯމަ ދުވަހު ފައްސިިވި އަދަދަށްވުރެ ދެ ގުނަ އިތުރު އަދަދެއް. ނަމަވެސް މިއީ އޮކްޓޯބަރު މަހު އެއް ދުވަސް ތެރޭގައި ފައްސިވި އަދަދަށް ވުރެ އެތައް ގުނަ ދަށް އަދަދެއް. އޮކްޓޯބަރުގައި އެއް ދުވަސް ތެރޭގައި 18.863 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައި. އެ ގައުމުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި މަރުވެފައި ވަނީ 47 މީހުން.

ހެލްތު މިނިސްޓްރީން ބުނީ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ފަހުން އަދަދުތައް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށް.

16:32

އެމެރިކާއިން އެއްދުވަސްތެރޭގައި އެއް މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ

16:20

އޮސްޓްރޭލިއާގައި ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް ފައްސިވެއްޖެ. އެގޮތުން އެ ގައުމުން 47،799 މީހަކު ކޮވިޑަށް ވަނީ ފައްސިވެފައި، އޭގެ ކުރީގައި އެ ގައުމުން އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ފައްސިވީ 37،212 މީހުން.

މި އަދަދުތައް އިތުުރުވެފައިވާއިރު، ނިއު ސައުތު ވޭލްސް ސްޓޭޓުގައި ސިޑްނީގައި ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 1،344 އަށް އަރާފައި،

ފާހަގަކޮށްލަން ޖެހޭ ކަމަކީ ހަފްތާއެއްގެ ތެރޭގައި ނަމްބަރުތައް ދެގުނައަށް ވުރެ އިތުރުވެ، ސިއްހީ ނިޒާމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި.

އެ ސަަރަހައްދުގެ އޮފިޝަލުން ވިދާޅުވީ ޑިސެމްބަރު 16ގެ ފަހުން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން އައިސީޔޫގައި ފަރުވާދީފައިވާ މީހުންގެ 75 އިންސައްތަ މީހުންނަކީ ޑެލްޓާ ވޭރިއެންޓް ޖެހިގެން ފަރުވާދިން މީހުން ކަަމަށް.

16:03

ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގެ ފަހުން އިންޑިއާގައި އެންމެ ގިނައިން ކޮވިޑަށް ފައްސިވި ދުވަހަކަށް އިއްޔެ ވެފައިވާކަން އެ ގައުމުން ހާމަކޮށްފި.

އެ ގައުމުގައި މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 34.9 މިލިއަނަށް އަރާފައި. އެ ގައުމުން ޖުމްލަ 482،017 މީހަކު ވަނީ ކޮވިޑްގައި މަރުވެފައި.

އެ ގައުމުގެ ވެރިރަށް ނިއު ދިއްލީ ފަދަ ތަންތަނުގައި މިހާރު އާ ވޭރިއެންޓް އޮމިކްރޮން އާއި ޑެލްޓާ ވޭރިއެންޓްގެ ވޭދަނަތައް ވަނީ މައްޗަށް ގޮސްފައި.

 

15:55

އިޓަލީއަށް ބަނދަރު ކުރި ކްރޫޒް ލައިނާއަކުން ގިނަ އަދަދެއްގެ ކޮވިޑް ވޭދަނަ ފެނުނުއިރު، އެ ފަސެންޖަރުން އެކި ސަރަހައްދުތަކަށް ބޭލުމުގެ މަސައްކަތް ފަށައިިފި.

އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނީ ހޯމަ ދުވަހު އެ ކްރޫޒް ލައިނާއިން ފައްސިވި ފަސިންޖަރުންގެ އަދަދު 150 އަށް އަރާ ކަަމަށް.

ޖެނޯއާގެ ޑެއިލީ ނޫހެއް ކަމަށްވާ "އިލް ސެކޯލޯ XIX" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ކްރޫޒް ލައިނާއިން ފައްސިވި މީހުންގެ ތެރެއިން 40 ވަރަކަށް މީހުން ޖެނޯއާ އަށް ފޭބީ މިދިޔަ ހޯމަ ދުވަހު. ބާކީ ތިބި މީހުން އެކި ސަރަހައްދުތަކަށް ބާލާނެ ކަމަށް ބުނެފައިވޭ.

މި ކުރޫޒް ލައިނާއަކީ ފަރަންސޭސިވިލާތުގެ މާރސެލީއިން ފުރައިގެން ޖެނޯއާއަށް ދަތުރުކުރި ބޯޓެއް. މި ބޯޓުގައި 4،000 އެއްހާ ފަސެންޖަރުން ތިބި

15:50

ޖަޕާނުގައި ކޮވިޑަށް ފައްސިވާ އަދަދުތައް ތިން މަސް ފަހުން 1،000 އަށްވުރެ މައްޗަށް އަރައިފި.

ފާއިތުވި ދުވަސްތަކުގައި ޖަޕާންގައި ކޮވިޑަށް ފައްސިވާ އަދަދުތައް އުޅުނީ ވަރަށް ދަށުގައި، އެެހެން ނަމަވެސް މިހާރު ތަޖުރިބާކާރުން ވަނީ ކޮވިޑްގެ ހަ ވަނަ ރާޅެއް އަތުވެދާނެ ކަމުުގެ އިންޒާރު ދީފައި.

15:15

ކޮވިޑް-19 ގެ ހާލަތަށް ބަލައި މޮނިޓަރިންގް ހާލަތުގައި އޮތް ރަށްތައް ވަރަށް ބޮޑަށް ދަށްވެއްޖެ

15:05

ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އިންޑިއާގެ ވެރިކަން ކުރާ ރަށްކަމުގައިވާ ދިއްލީގައި ރަތް ސަމާލު ނެރެފި

14:38

ކުރިއަށް އޮތް ތިން ހަފްތާގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ

14:19

ފިލިޕީންސްގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމައިފި.

އެގޮތުން މާދަމާ އިން ފެށިގެން ވެރިރަށް މެނީލާގައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމާފައިވާއިރު، ފިޔަވަޅުތައް ވަރުގަދަ ކުރާ ސަރަހައްދުތަކުގެ ތެރޭގައި މެނީލާ ކައިރީގައި ދިރިއުޅޭ 11 މިލިއަންނަށްވުރެ ގިނަ މީހުން އުޅޭ ސަރަހައްދުތައްވެސް ހިމެނޭ.

ރައީސްގެ ތަރުޖަމާނު ކާލޯ ނޮގްރަލްސް އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މެނީލާގެ ވަށައިގެންވާ ބުލަކަން، ކެވިޓޭ އަދި ރިޒާލް ޕްރޮވިންސްތައް ތިންވަނައަށް އެންމެ މަތީ އެލާޓަށް ނެރެފައިވަނީ "ކޮވިޑް-19ގެ ވޭދަނަތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ" ކަމަށް.

ޖަނަވަރީ މަހުގެ މެދުތެރެއާ ހަމައަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ވެކްސިން ނުޖަހާ މީހުން ޒަރޫރީ ތަކެތި ގަންނަން ނޫނީ ކަސްރަތު ކުރަން ނޫން ކަމެއްގައި ބޭރަށް ނުދެވޭނެ. އަދި ރެސްޓޯރެންޓްތަކާއި ޕާކުތަކާއި ޗާޗުތަކާއި ބިއުޓީ ސެލޫންތައް މަދު މީހުންނަށް ވަދެވޭނެ ހެން ހިންގަން އަންގާފައިވާއިރެ، ހާޒިރުކޮށްގެން ކިޔަވަދޭ ކްލާސްތަަކާއި، ކުޅިބަރުތައް މެދުކަނޑާލާނެ.

އެ ގައުމުގައި ކޮވިޑްގެ ވޭދަނަތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މި މަސް ތެރޭގައި ހެލްތް ޑިޕާޓްމެންޓުން ވަނީ އިންޒާރު ދީ ކުރިއަށް އޮތްތަނުގައި ޥޭދަނަތައް އިތުރުވާނެ ކަމަށް ވިދާޅުވެފައި.

13:47

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އަނެއްކާ ވެސް މާލެ ސަރަހައްދާއި ރާއްޖޭގައި ގޯސްވަމުންދާތީވެ އަނެއްކާ ވެސް ފިޔަވަޅުތައް ހަރުކަށި ކުރަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ

13:46

އާ އަހަރު ފާހަގަކުރުމަށް ރާއްޖެ އައިފަހުން ހެދި ކޮވިޑު ޓެސްޓުން ފައްސިވުމާއި ގުޅިގެން ޖަރުމަނުގެ ބަޔާން މިިއުނިކްއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ކީޕަރު މެނުއަލް ނޯޔާ ރާއްޖޭގައި ތާށިވެއްޖެ

13:45

ޗައިނާގެ މެދުތެރޭ ސިޓީއެއް ކަމަށްވާ ޔޫޒޫއިން ކޮވިޑް-19ގެ ތިން ވޭދަނަ ފެނި އެ ސިޓީގައި ދިރިއުޅޭ އެއް މިލިއަނަށްވުރެ ގިނަ މީހުން ގޭގައި ބަންދުވެގެން ތިބެން އަންގައިފި

13:40

އިނގިރޭސިވިލާތުގައި ކޮވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި އެނދުމަތި ކުރާ މީހުންގެ ގައިން ފެންނަނީ ކުރިން ފެންނަ ވަރަށް ވުރެ ކުދިކުދި އަލާމަތްތައް ކަމަށް އެ ގައުމުގެ ވެކްސިން މިނިސްޓަރު ވިދާޅުވެއްޖެ.

""މިވަގުތު ހޮސްޕިޓަލްގައި އެނދުމަތިކޮށްފައި ތިބި މީހުންނަށް ބަލާއިރު، ކުރިއަށް ވުރެ މާ ހާލަތު ރަނގަޅުކޮށް އުޅޭކަން ފާހަގަކުރެވޭ،" ވެކްސިންސް އެންޑް ޕަބްލިކް ހެލްތު މިނިސްޓަރު މެގީ ތްރޫޕް ސްކައި ނިއުސްއަށް ވިދާޅުވި.

އޭނާ ވިދާޅުވީ، މިހާރު އެނދުމަތިކޮށްގެން ފަރުވާ ދޭ މީހުންނަކީ މީގެ އަހަރެއްހާ ދުވަސް ކުރިން އެނދުމަތިކޮށްގެން ފަރުވާ ދޭ މީހުންނަށްވުރެ ދެބައިކުޅަ އެއްބައަށްވުރެވެސް މަދު އަދަދެއް ކަމަށް. އަދި މިއީ ވެކްސިންގެ ސަބަބުން ވާ ކަމެއް ކަމަށް ވިދާޅުވި.

13:36

ޖަޕާންގައި އޮމިކްރޮންއާ ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމުގެ ވައުދު ވެއްޖެ.

އެގޮތުން ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ އާ ވޭރިއެންޓުން އަވަހަށް ސަލާމަތް ވުމަށް ކޮވިޑްގެ ވެކްސިން ބޫސްޓަރ ޑޯޒް ޖެހުން އަވަސް ކުރުމާއެކު، ކޮވިޑުން ފަރުވާ ދިނުމަށް ބޭނުންވާ ބޭސް އެތެރެކޮށް، ސިއްހީ ހިދުމަތްދޭ ތަންތަން އަލުން އިންތިޒާމު ކުރާނެ ކަމަށް ވައުދުވެވަޑައިގެންފައި،

ރިޕޯޓަރުންނާއި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ހިލޭ ކޮވިޑަށް ޓެސްޓު ހެދޭނެ ގޮތް ހަދާނަން. ބޯޑަރު ކޮންޓްރޯލްތައް ކުރިއަށް ދާނެ.

ޖަޕާނުން ވަނީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އެ ގައުމުގައި ދިރިއުޅޭ ރައްޔިތުންނާއި ޖަޕާނުގެ ރައްޔިތުން އެނބުރި އައުން ފިޔަވައި އެހެން ދަތުރުތައް ބަންދުކޮށްފައި.

08:54

ކޮވިޑްގެ އާވޭރިއަންޓެއް އަނެއްކާވެސް ފެނިއްޖެ.

ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓަށް ފައްސިވާ މީހުންގެ ތެރެއިން ހާލު ބޮޑުވަނީ ނިސްބަތުން މަދު ބައެއް ކަމަށް މިހާތަނަށް ކުރެވުނު ބައެއް ދިރާސާތަކުން ދެއްކި ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިހާރު އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވަމުން އަންނަ އެމެރިކާގެ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު މިހާރު ވަނީ ލައްކައަކަށް އަރާފައެވެ. އެމެރިކާ އިން މިހާރު ކޮވިޑަށް ދުވާލަކު ފައްސިވާ މީހުންގެ އަދަދު ވަނީ ހަތަރު ލައްކަ އަށް ވުރެ މައްޗަށް ގޮސްފައެވެ.

އޮމިކްރޮން އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާ ނިސްބަތައް ބަލާއިރު ދާދި އަވަހަށް ގިނަ ގައުމުތަކެއްގައި ކޮވިޑްގެ ހާލަތު ގޯސްވެ، އެތައް ބަޔަކަށް ފަރުވާ ނުދެވޭ ފަދަ ހާލަތެއް ކުރިމަތިވުމުގެ ބިރު އެބައޮތް ކަމަށް ތަޖުރިބާކާރުން އަންނަނީ ވިދާޅުވަމުންނެވެ.

އެހެންކަމުން އެފަދަ ހާލަތެއް ކުރިމަތިވިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކުން ވެސް ވެކްސިން ފުރިހަމަ ކުރުމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އިލްތިމާސް ކުރެއެވެ.

މުޅި ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހޯމަ ދުވަހު ވެސް 1.3 މިލިއަން މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޣ

    11،000 މީހުންގެ ޝޯ

    1
    1