އަލަމާ-5 ދޯނިން ގެއްލުނު ފަޅުވެރިންގެ ތެރެއިން ދެމީހުން ވަނީ މިއަދު ހެނދުނު 06:50 ހާއިރު ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް ކައިރިން ކޯސްޓްގާޑް ސީއެމްބިއުލާންސް-34 އަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

މީމީހުން ހޯދުމަށްޓަކައި ކޯސްޓްގާޑް ޝިޕް ހުރަވީ، ކޯސްޓްގާޑް ސީ އެމްބިއުލަންސް-34، މޯލްޑިވްސް ޕޮލިސް ސަރވިސް، ދޯނީގެ ވެރިފަރާތާއި އަދި މީގެ އިތުރުން ވައިގެ މަގުން އެސަރަހައްދުގައި ޓީއެމްއޭގެ 10 ސީޕްލޭންއާއި ފްލައިމީގެ މަތިންދާބޯޓެއްވެސް ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ގެއްލުނު ފަޅުވެރިންގެ ތެރެއިން ދިވެހި މީހާ ދޯނީގެ ކައްޕި ކ. ގުރައިދޫ، ނަލަވާ، އާދަމް ޝަފީގް އަދި ފެނިފައެއް ނުވެއެވެ. އޭނާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުމަގުން ދަނީ މެދުކެނޑުމެއްނެތި ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިއަދު ހެނދުނު ސަލާމަތް ކުރި ބަންގްލަދޭޝް ދެމީހުން ސަލާމަތުން ތިބިކަން އެނގުނީ އަޑިއަށް ދިޔަ ދޯނިން އޮޔާދިޔަ ހަންތަކެއްގައި އެލިގެން ތިބި އެދެމީހުން ރޭގެ ވަގުތެއްގައި ފޯނުން ގުޅާފައި އެމީހުން ސަލާމަތުން ތިބިކަން އެންގުމުންނެވެ. އެހިސާބުން ފެށިގެން އެމީހުން ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާ ކުރިއެވެ. ދެމީހުން ސަލާމަތް ކުރިއިރު ވަރުބަލިވެފައި ތިބި ނަމަވެސް ފުރާނައަށް ނުރައްކާ ވާވަރަށް ހާލަތު ގޯސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ އަންގާރަ ވިލޭރޭ 23:22 ހާއިރުއެވެ. އަދި އެ ދޯނިން ކަނޑަށް ދޫވެފައިވާ ސާމާނުތަކެއް އޮޔާދާ ކަަމަށް އެމްއެންޑީއެފް އިން މިއަދު މެންދުރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ނަސި

    ދޮގުހެދުންވެސް އިންތިހާޔައް ސީޕްލޭން ތައް މިދުވަސްކޮޅު އެއުޅެނީ ނޭވާނުލާ ގެސްޓުންއުފުލުމުގައި ތިމީހުންހޯދާކައް ތީގެން އެކައްޗެއްވެސް ހިޔެއްނުވޭ އުޅުނުހެންނެއް އެހެން ނޫނަސް އެދިމާލުގައި އުޅޭނެ އަބަދުހެން 20 އެތި އެބުރެލައެބުރެލާ

    20
    3
  2. ވަހުތާން

    ކުރިންވެސް އަހަރެން ބުނިން ތިޔަބަލާ ސަރަހައްދަކުން ނުފެންނާނޭ. މީ އިރުވައި މޫސުމޭ. މިމޫސުމުގައި ރާއްޖޭގައި އޮއިވަރު ހިނގަނީ ހުޅަނގު އުތުރަށް. އެހެންކަމުން ފ. އަތޮޅުން ނައްޓާލާ ތަކެތި އޮޔާދާނީ އަރިއަތޮޅާ ވީ ދިމާލަށް. އެމީހުން ހޯދަން ބަލާފައިވަނީ ފ.އަތޮޅުގެ އިރުން ވ އަތޮޅާ މ އަތޮޅާދޭތެރެ. އެހެންވީމާ އެމީހުން ނުފެނުނީ. އހަރެންނަކީ ތަނެއްދޮރެއް ނޭގޭ މީހަކަށްވާތީ އަހަރެން ލިޔާކޮމެންޓެއްވެސް ނުޖަހާ.

    26
    1
  3. ހުސާމް

    ލައިފް ޖެކެޓްގެ ބޭނުން ހިފިކަމުންތާ! އެ ސަލާމަތްވީ އޮޑިވެރިފަރާތަށް މަރްހަބާ، ފަޅުވެރިންގެ ސަލާމަތަށް ޓަކައި ލައިފް ޖެކްޓް ޕްރޮވައިޑް ކޮށްދީފަވާތީ

    16
  4. ސަމާސާ

    10 އެއަރ ޓެކްސީ، 1 މަތިންދާ ބޯޓް، މނޑފ ގެ އުޅަނދުތައް އަދި ޕޮޮލިސް ލޯންޗްތައް ބޭނުުންކޮށްގެން ސަލާމަތުންް ތިބި ބަަޔަަކު އޮޔާއި ވަައި ހުރިގޮތް އިނގޭ ބަަޔޔަކު 30ގަޑި އިރު މަސައްްކަތްކޮށްގެންވވެސް ނުފެނުނު. ޢެމީހުން އަމިއްލަޔަށް ގުޅާފައި އެންގުމުން ހޯދުނީ.
    މިއީ މަޖިލިހުން ތަހްގީގް ކުރަންޖެހޭކަހަލަ ކަންކަން.

    24
  5. ތެޔޮބި

    ތިމީހުން ހޯދަން ތިބުނާ 10 އެއަރޓެކްސީ އުޅުނުތޯ ފްލައިޓްރާޑަރ24 ގެ ހިސްޓްރީ އިން ފަަސޭހައއިން ބަލާލެވޭނެ. ޢެމީހުން އާއްމުކޮށް ދަތތުރުކުރާ ރޫޓްްނޫން އެހެން ރޫޓަކުން ހިއެއްނުވޭ ދާނެހެނެއް.
    ވަރަށް ގާބޫލުނުުކުރެވޭ އެއަރޓެކްސީއިިން އެދެވޭ އެއްބާރުލުމެއް ލިބުނުހެން. އެހެންނޫނންނަމަ 2 ގަޑިއިރުތެރޭ ތިގޮތަަށް އެއްޗެހިތަކެެއްގައި އެލިގެން ތިބި ބަޔަކު ފެންނާނެ.

    19
    1
  6. ނިކްހާ

    އަލްޙަމްދުﷲ

    20
    2
    • މީ

      އަލްހަމްދު ލިﷲ

  7. ކަނބުލޮ

    ތީ އަރަތެއް ކަނޑުވިތާ 30 ގަޑިއިރު ފަހުން ފޯނުކޮށްފަ މި އަންގަނީ. އަދި ހަަލުވެސ ގޯހެއްނޫން. ފޮޓޯ އިން ފެންނަ ފެނުމަށް ހީވަނީ ދުރާލައި ރޭވިގެން ކޮށްފައި އޮތް ކަމެއްހެން.

    19
  8. ކޮރަލް

    ލައިފް ޖެކެޓް ފެންނާ ކަށް ނެތެވެ. ފަރުދީ ޒިންމާ ނަންގަވާށެވެ.

    13
  9. މަޖުބޫރީހާލަތް

    ނޫނޭވާދޮގުހެދިޔަސް ބޮޑުވަރުތީ ސީޕުލޭންގެ 10 ބޯޓު މިހެންވެ ލާދީނީ ކިޔެނީ

  10. އަލިފު!

    ގެ އްލުނު ތިންމީހުންގެ ތެރެ އިން ދެމީހުން 30 ގަޑީ އިރަށްފަހު ފެނިގެން ކަނޑުން ނަގަ އިފި! ތިންވަނަ މީހާ އަދިވެސް ނުފެނޭ!

  11. ދޮންދިދީ

    ބަލަ 3 ވަނަ މީހާ ނުގުޅައެއްނު. އޭނަ ގުލިނަމަތާ ފެންނާނީ. ނުގުޅައެއް ނުފެންނާނެކަން އެބައެގޭ ދޯ 10 ސީޕްލޭން ކަޑު އަޑިންނާއި މަތިން ދުއްވި އިރުވެސް ފެނުމަތިން އޮޔާ ދިޔަ ރީދޫ ކުލައިގެ ހަންތަކެއް ނުފެނި އޮށްވާ އެއިން ހަމެއްގައި އެލިގެން އޮތް މިހަކު ގުޅުމުން ފެނުނީ. ހެއްވާ ބައެއް.