ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އަދާލަތު ޕާޓީން ތާއިދު ކުރާ ކެނޑިޑޭޓުގެ ނަން ފަހުން ހާމަ ކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މި އިންތިހާބުގައި ކުރިމަތި ލައްވާފައިވަނީ ތިން ކެނޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.
އަދާލަތު ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއް ކަމުން ގިނަ ބަޔަކު ބުނަމުން ދަނީ އެ ޕާޓީން ތާއީދު ކުރާނީ އެމްޑީޕީ ކެނޑިޑޭޓް ރާޝިދު އަށް ކަމަށެވެ.
އަދާލަތު ޕާޓީގެ ސްޕޯކްސްމަން އަލީ ނަޒީރު މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އެޕާޓީން ކެނޑިޑޭޓަކު ނެރެފައި ނުވި ނަމަވެސް އެދާއިރާއަކީ އެޕާޓީގެ މެމްބަރުން އެކަށީގެންވާ އަދަދަކަށް ތިބި ދާއިރާއެއް ކަމަށެވެ.
"ބައި އިލެކްޝަންގައި އޭޕީއިން ތާއިދު ކުރާ ކެނޑިޑޭޓް ކުރިއަށް އޮތް ހަފްތާގައި ނިންމާ އިއުލާން ކުރާނެ. އިންޝާﷲ" އޭނާ ވިދާޅުވިއެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހު މި އިންތިހާބު ބާއްވަން ނިންމާފައިވާއިރު، ކެނޑިޑޭޓުން ދަނީ ފޯރި އާއި އެކީ ކެމްޕޭނު ކުރަމުންނެވެ.
އެދާއިރާގައި ހިމެނޭ ކޮމަންޑޫގައި ދެ ވޯޓު ފޮށި، ފޯކައިދޫގައި ދެ ވޯޓު ފޮށި، މަރޮށީގައި އެއް ފޮށީގެ އިތުރުން މާލޭގައި ވޯޓު ފޮއްޓެއް ބަހައްޓާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތާއި ދާއިރާގެ ބައި އިލެކްޝަން މޮނިޓާ ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ފުރުސަތު ހުޅުވާލާފައެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމުންނެވެ.
އެމްޑީޕީ ކެންޑިޑޭޓް ނޫން ކެންޑީޑޭޓަކަށް ތާޢީދުކޮށްފިއްޔާ ވަޒީފާ އަތުލާފައި ސައްޕުޖަހާނެ.
ތެލުލިބޯކިބާ ކަލޭމެނައްތާއިދެއްއޮށްކަންފެނޭ ރާއްޖެއިން މުޅިންވެސް ހުނިގޮނޑިކާމިޔާބުތިކުރަނީ ދެވެސްލިބޭނީ 3 ފާޖެހި ގޮނޑިއެއް ބިރިޔާނީކައްކަން
އަނެއްކާއަނެއްކަންތައް އިމްރާނު މާފުއްޕާނެކަމެއްނެތް ކަލެއައްއޮތީ އެމްޑީޕީއައް ތާއީދުކުރުން ނޫނީއިސްތިއުފާ މީހާތިހިރީ ނަގޫރަނގަޅައްފިތިފަ އަމިއްލަޔައް ކުރެވޭނެ އިހްތިޔާރެއްނޯންނާނެ މޮޅުވާހަކަނުދައްކާ
ޢެގޭކަމެއް އިތުރަށް ހާމަ ކުރަން ޖެހޭބާ
ޖޮބް ގެރެންޓީ އަށްޓަކައި 😊
އެގޮތަށް ބުނުމުން ހީވަނީ އަމިއްލަ ބާރެއް ސިޔާސީ މާހައުލުގައި އޮތް ބައެއްހެން.
ތިއީ އެއްވެސް ބައެއްނޫން.
ހާމަ ނުކުރިއަސް އެންމެ ނަށް އެނގޭ އެމްޑީޕީގެ ކެންޑިޑޭޓް އަށް ކަން ތާއީދު ކުރާނީ، މަރޮށީ ގައި ތަންކޮޅެއް ކުރިން އަދާލަތަށް ތާއީދު ކުރާ ބަޔަކު ތިބި އަދި މިހާރުވެސް ތިބެދާނެ އެއީ އިސްލާމިކު މިނިސްޓްރީގެ މިނިސްޓަރު ޑރ ޒާހިރުގެ އުފަން ރަށް، ވީމާ ބަޔަކު ތިބެދާނެ، އެކަމަކު ކޮމަންޑޫ އަދި ފޯކައިދޫ ގައި ނުތިބޭނެ އެއިން ރަށަކުން 10 ވޯޓު ވެސް އަދާލަތަށް ލިބޭނެ ކަމަށް ނުބެލެވޭ، އަދި އަދާލަތުގެ އިސް ސަފުގައި ތިބި މީހުންނަށް ކެމްޕޭނަށް އެދާއިރާއަށް ދާންވެސް ކެރޭނެހެން ހީނުވެ އެހާވެސް ތާއީދު ދައްވާނެ،
ތިޔަ ޕާޓީއަށް ތާއީދު ނުކުރާނެ މިހާރު ބަންގާޅީއެއްވެސް . ދެން ކަމެއް ފަހުން އިއުލާނުކުރާކަށް.
ބޭކާރު ޕާޓީއެއް ތިއީ. ރައްޔިތުންގެ ތާއީދެއްނެތްކަން ނިމިދިޔަ އިންތިހާބުތަކުން އެއޮތީ ވަރަށް ސާފުކޮށް ފެންނަންް. އަދާލަތު ޕާޓިގައި އެތިބަ އިލްޔާސްމެން އިމްރާންމެން އިޔާޒްމެން މިހާރު އެތިބީ އެމްޑީޕީން ޖެހި ގުއިރޯނިގައި ރަނގަޅަށް ޖެހިފައި. ދެންހަމަ ޖެހޭނީ އަންނި އާއި އިބޫ ބުނާގޮތަކަށް ހަދައިގެން ތިބެން.
ލަދުން ނޫޅޭ. މަ ހާމަކޮށްފާނަން. އެއީ އެމްޑީޕީ މެމްބަރު. އަދާލަތެއް މިހާރަކު ނެތް. އިމްރާނަކާ އަލީ ޒާހިރެއް އުޅޭ
އަދާލަތު ޕާޓީން ވަކިމީހަކު ކޮޅަށް އަރައިގެން އެމީހަކަށް ވާނެ ފައިދާއެއްނެތް ! ތިއަކީ މީހަކު ބަލައިގަންނަ ޕާޓީއެއްނޫން މިހާރަކު އަމުދަކުން ! އިމްރާނަކީ އަމިއްލަ އެދުންބޮޑު ޙާއިނެއް.
އަދާވަތު ޕާޓީން ބުނާގޮތުންވިއްޔާ ށ އަންޏަކީ މުނާފިޤުން ގިނަ ހިސާބެކޭތަ ތިބުނަނީ ހީ ނުކުރަތި ދެންވެސް ތިބެނީ ކަލޭމެންކަހަލަ މުނާފިޤުންނޭ ކަލޭމެންގެ މުނާފިޤް ކަންމަތީ ކަލޭމެން ތިބޭ އަހަރެމެންވާ ކަލޭމެންނައް ސަލާމް
ކޮންތާކުއޮތް އަދާލަު ޕާޓީއެއްތަ؟ ޖަލްސާގަޑެއްބޭއްވީކީނު. އޮތް އެއްޗެއް ނަމަ އަޑުވެސް އިވޭނެ ދޯ. އިންތިހާބާއި ކާރިވީމަ އިލްޔާސްމެން ދުވާނީ "ދުޢާ" ވިއްކަމުން. ކޮމްމެ ދުޢާއަކަށް ކިހާވަރެއްކަމެއްވެސް ނެއެގޭ ޗާޖުކުރަނީކީ. އުޅޭނެ ފަންޑިތަ ހަދާ މިހުން މިހާރު ތަވީދު އެއްޗިހި ކޮމްޕިއުޓަރުން ލިޔެފަ ރޮދިލާފަ. ޑިސްޕެންސަރީ އިން ބޭސް ވިއްކާހެން މީހުނަށް ވިއްކަން ބަހައްޓާފަ. ހަމަ އެގޮތް އިލްޔާސްމެންވެސް މިހަދަނީ. ދެން ޕާޓީއެއްގެ ނިވާ ފަށްގަޑަށް އެރި ތިބެ ދައުލަތުގެ މަގާމުތަށް ބަހާލާއިރު ބައިއަޅާލީމަ އެއޮތީ ޕާޓީ ހިންގިފަ. ތިގޮތަށް އޮންނާނެ ޕީޕީއެމް އަކާއި ޕީއެންސީ އެއް. ދެއެތި މީ އެކަތި އަނެކައްޗަށް ވަކި ކުރަންވެސް ނެއެގޭ. އެކަމަކު ދައުލަތުން ބޮޑު ޚަރަދު ކުރާ ދެ ޕާޓީ. އެއީވެސް އެއްމާބަޑު ދެބެން.
ވޯޓުލާނިމުނީމަހާމަކުރޭ އޭރުންސަޅިވާނެ!!!އެހެންނޫނަސް ކަލޯއަކީމިގައުމުގައިއެއްވެސް އަގެއްހުރުމަތެއް ހުރިމީހެއްނޫން!!!!
އަންނަ ހަފްތާގާއި “ރިލޯޑް “ ލިބިއްޖެނަމަ ތާއީދުނުރާނަން ނުވަތަ ނޯ
ތިޔަ އެންމެ ޕާރޓީތަކުން މަ ބަރީޢަތްވަން... ޚާއްސަކޮށް އަދާލަތުން...
ތިދެން ފަހުން ކުރިޔަސް ކުރިން ކުރިޔަސް އެހެންމެނަށް އެނގޭ އެއްޗެއް ޢެމް ޑީ ޕީ މީހާ ނޫން މިހަކު ނުފެންނާނެ
އެން ޑީ ޕީ ކެޑިޑޭޓާ ތިމާގެ ސޭހުކަމާއި ދޭތިން ތިބާނަގާނީ އެން ޑީ ޕީ ކެޑިޑޭޓް އެއީވަޒީފާގެ ދަހިވެތިކަން މިއީ ތިބާގެ އަންނާނެގޮތް
އިޒުރޭލުގެ ޔަހޫދީއެއް ފަލަސްތީނުގެ މީހަކައް ވޯޓެއް ދީފާނެތަ؟؟!
ކޮހެެއް.
ބަހަނާ ނުދައްކާ ހުރޭ! އެމްޑީޕީ ކެނޑިޑޭޓު ނޫން އެހެން ކެނޑިޑޭޓަކަށް ތާއީދުކޮށްފިނަމަ ސައްޕެއް ޖަހާ އެއްލާލާނެ! ދެން އަދި ކަލޭމެންގެ ތާއީދުކުރުމަކުން ނުކުރުމަކުން ނަތީޖާއަކަށް ބަދަލެއް އަންނާނީއެއްވެސްނޫން!