ބ. ކުޑަރިކިލުގައި ކޮވިޑ-19 އާއި ބޭރަށް ހިނގާ ރޯގާއި ވަރަށް ބޮޑަށް ފެތުރެން ފަށާފައިވާއިރު، އެރަށު ހެލްތް ސެންޓަރުގައި ޑޮކްޓަރަކު ނެތި ހަފްތާއެއް ވެފައިވާކަމަށް ކުޑަރިކިލު ކައުންސިލުން ހާމަކޮށްފިއެވެ.

ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހަންނާން އައްބާސް މިއަދު "ވަގުތު" އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެރަށުގައި ހުރި ޑޮކްޓަރު ޗުއްޓީއަށް ދިއުމުން މިހާރު އެރަށުގައި އެއްވެސް ޑޮކްޓަރަކު ނެތް ކަމަށެވެ.

ޑޮކްޓަރަކު ނެތި ހަފުތާއެއް ވެފައިވާއިރު، މިހާރު ވެސް އެރަށުގައި ކޮވިޑަށް ފައްސިވެފައިވާ ދެ މީހަކު އެބަހުރި ކަމަށާއި އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ހަލުވިކަމާއިއެކު ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލާ ރޯގާ އެރަށުގައި ވެސް ވަރަށް ބޮޑަށް ފެތުރިފައިވާކަމަށް ހަންނާން ވިދާޅުވިއެވެ.

"ރަށުގައި އެބައުޅޭ ކޮވިޑުގެ ވެސް ދެ ކޭސް. ބޭރަށް ހިންގާ ރޯގާ ވެސް އެބައުޅޭ ކޮންމެ ވެސް ވަރަކަށް. ގާތްގަނޑަކަށް ވިއްސަކަށް މީހުން ހަމަގައިމު ވެސް އެހުމުގައި ވެސް އެބައުޅޭ." ހަންނާން ވިދާޅުވިއެވެ.

ބަލިތައް ކޮންމެ ވެސް ވަރަކަށް އޮތް ނަމަވެސް އެރަށުގެ ހާލަތު ރަނގަޅުކަން ފާހަގަ ކުރައްވާ ހަންނާން ވިދާޅުވީ، މާދަމާ ވަގުތީ ޑޮކްޓަރަކު ހަމަޖެހިގެން ދާނެ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ކައުންސިލަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް މިދުވަސް ވަރު އަންނަނީ ވައިރަލް ހުންތައް ފެތުރެމުންނެވެ. އަދި އޭގެ އިތުރުން ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް ވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެހެންކަމުން މިވަގުތު ފެތުރެމުންދާ ހުންތަކަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވަނީ އިރުޝާދު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހުސޭނުބޭ

    އަވަހަށް ކުޑަރިކިލު ދާއިރާގެ ބައިއިލެކްޝަނެއް ބާއްވާންއުޅޭ. އެއްފަހަރާ 50 ޑަކްޓަރުން އަންނާނެ. ފަޅުފުންކޮށް ނެރުބައްތި ޖަހައި މަގުތައްހަދައި ތަށިމުށި ޖަހާދޭނެ

    18
    1
  2. ރަން ރީނދޫ

    އެކާވީސް ވަނަ ގަރުނު ގައި ރަށްރަށުގައި ޑޮކްޓަރުން ނުތިބޭނެ. ކެރަފާ މިހާރު ރޮބޮޓް ޑޮކްޓަރުން ތިރަށަށް އެބަ ފޮނުވާ. ކެތްތެރި ވެބަލަ.

  3. އާދަނާ.ކޑރކލ

    ކޮބާތަ ޑރ. ލޫކެސް ޖަލީލު؟

  4. ހާމިދު ޝާހިދު

    ތިއީ މިސަރުކާރުގެ ހާލަތު. ރައީސް ޔާމީން ކޮންމެ ރަށަކަށް ފާމަސީއެއް ދެއްވުމުންވެސް އެތަންތަނަށް މިސަރުކާރުން ބަރާބަރަށް ބޭސް ނުފޮނުވާ. ބޭހެއް ނެތް. ޑޮކްޓަރުންނެއް ނެތް. ސިއްހީ ހިދުމަތްދޭން ބައެއް ރަށްރަށުގައި ފޫޅުމައެއް، ހެލްތް ވޯކަރެއް އެކަނިވެސް އެބަހުރޭ

  5. ޢަބްދޫ

    ވަރަށް މީހުން ހެޔޮ ރަށެއް

  6. ސުންދުސީ

    އެންމެ ފަސޭހައިން ތިކަންވާންއޮތީ ތި ދާއިރާގެ ބައި އިލަކްޝަނެއްބާއްވަން ޖެހިއްޖެއްޔާ....ނިކަންބަލާބަލަ ކޮމަންޑޫ ދާއިރާ..އެދަނީ ފަޓާސް ބަރިއެއްހެން ރާސްލާފަ. މުޅި ސަރުކާރުގެ ފޯކަސް އެދިމާލަށް.ކޮވިޑަކަށް ބެލުމެއްނެތް.އެޑިއުކޭޝަން މިނިސްޓަރވެސް ސޮކޫލް ބަންދުކުރަން އަންގާފަ ކެމްޕެއިންގަ..

  7. އައްޒަ

    އެވެންޑާ 19 އަނެއް ދިވެހިރާއްޖޭގައި ޑޮކްޓަރުން. ނުތިބޭނެ ،،،،،،،،،،،

  8. ކާފަބޭ2020

    ހޮސްޕިޓަލުގަޑޮކްޓަރުނެތީނަރުސްނެތީބޭސްނެތީ އެއްވެސް މައްސަލަނެތީ! މައްސަލަމިހާރުހުރީކޮމަންޑޫދާއިރާގައެކަނި! އެދާއިރާއާހެދި ސޯލިބޭއާއިހުރިހާމިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިންއެއުޅެނީ ލޮލުފިޔަވެސްނުޖަހާ! އެހެންމީހުންމަޑުކޮށްލައިގެންތިބެބަލަ މިދާއިރާގެކަންތައްނިންމާފަ އެހެންކަންތަކާއުޅޭނަމޭ މިހާރުވެސް ދުނިޔޭންބޭރުގަމަސްރޫއު ނުހިނގާއެއްވެސްރަށެއްނޯންނާނެ! ޢިސްކަންދެވޭނީ...😆😆😆😆😆😆😆😆

  9. ކުޑަރިކިލު ރަށްޔިތެއް

    އެމްޑީޕީ ސަރުކާރަކީ މިގައުމުގެ ހަލާކު މިހަލާކު ކުޑަރިކިލަށްވެސް މިއޮތީކުރިމަތިވެފަ އަޅުގަނޑުގެ އެދުމަކީ ނާގާބިލު ވެރިމީހާ މިވަގުތު ހަމިހާރު އިސްތިއުފާދިނުން ރަށްޔަތުން ބޭނުމީ ރައީސްޔާމީނު ފަދަ ގައުމަށް ހިދުމަތްކޮށްދޭން ޖެހިލުން ނުވާފަދަ ގާބިލު ވެރިއެއް މިގައުމުގެ ވެރިކަމަށް އައުން.

  10. ވަހުތާން

    ނައިބުރައީސް ފައިޞޮލުގެ ކައިރީގައި އަހާބަލަ މިގޮތަށް ސިއްހީ ޚިދުމަތް މުޅިރާއްޖޭގައި ކުރިއަރާ ވާހަކަތޯއޭ ތިޔަ ވިދާޅުވަނީ.

  11. ދޮގު

    ތެދެއް ހުސޭނުބޭ، އެންމެ އަވަސްވާނީ އޭރުން. މާ ކަންތައް ބޮޑުވަންޏާ އިންޑިއާގެ މިލިޓަރީ ހޮސްޕިޓަލެއްވެސް ގެންނާނެ

  12. ދޮގު

    ތެދެއް ހުސޭނުބޭ، އެންމެ އަވަސްވާނީ އޭރުން. މާ ކަންތައް ބޮޑުވަންޏާ އިންޑިއާގެ މިލިޓަރީ ހޮސްޕިޓަލެއްވެސް ގެންނާނެ. ކޮބާ ލުކެސް ޖަލީލު.