އެމްޑީޕީ އިސްވެ އުފައްދާފައި އޮތް ސަރުކާރުގެ ފަރާތުން ފެންނަ އިސްލާމް ދީނާއި ޚިލާފު ކަންކަމުގެ ސަބަބުން ދެން އެންމެ އަވަހަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީއަށް ވޯޓު ނުދޭން، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޝައިޚް އަލީ ޒައިދު ގޮވާލައްވައިފިއެވެ.
މުދައްރިސުންނަށް ކިޔަވައިދޭ ވަގުތު މޫނުބުރުގާ އަޅައިގެން ހުރުން އެޑިއުކޭޝަން މިނިސްޓްރީން މަނާ ކުރުމުން، އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވައި ޒައިދު މިއަދު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރައްވަނީ "އެމްޑީއެންގެ ރިޕޯޓު" ތަންފީޒު ކުރުމަށް ކަމަށެވެ.
ޒައިދު އިޝާރާތް ކުރެއްވީ، އިސްލާމް ދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ނަމުގައި ހަދައިގެން އުޅޭ ޖަމިއްޔާއަކުން ނެރެފައިވާ ރިޕޯޓަށެވެ. ސަރުކާރުން އެ ޖަމިއްޔާ އުވާލި ނަމަވެސް އެ ޖަމިއްޔާ ދަނީ ހަރަކާތްތެރި ވަމުންނެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިޔާ ޝެއިހް ޒައިދު މި ފަދައިން ގޮވާލެއްވިއިރު، އެ ޕާޓީގެ ސްލޮޓްގައި ހުންނެވި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭންގައި ބައިވެރިވެވަޑައިގެންފައެވެ.
ނަމަވެސް އަދާލަތު ޕާޓީން ވަކި ނިންމުމެއް ނިންމައިފައެއް ނުވެއެވެ. މިއަދު ހަވީރު 4:15 ގައި ބާއްވާ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެ ޕާޓީން ތާއީދު ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ވަނީ ތާވަލުކޮށްފައެވެ.
އިލްމުވެރިންގެ ފާޑުވިދާޅުވުންތައް ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ދަނީ އަމާޒުވަމުންނެވެ. ދާދި ފަހުން ތައާރަފު ކުރި "ހޯމް ސްޓޭ ޓޫރިޒަމް" ގެ ސިޔާސަތުގެ ސަބަބުން ރަށްރަށުގެ އިޖްތިމާއީ މިންގަނޑާއި ޚިލާފަށް އުޅޭ ފަތުރުވެރިންގެ ސަބަބުން އިޖުތިމާއީ މައްސަލަތައް ނުކުމެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.
ސަރުކާރުގެ ބައިވެރިއެއް ގޮތުގައި އަދާލަތު ޕާޓީ އޮތް އިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެބިނެޓްގައި ތިއްބެވީ އެ ޕާޓީގެ ދެ ވަޒީރެކެވެ. އެއީ އިސްލާމިކް މިނިސްޓަރުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
އެމްޑީޕީ ފިޔަވައި ދެން ކޮމަންޑޫ ދާއިރާ ބައި އިލެކްޝަންގައި ވާދަކުރަނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއާއި، ކާނަލް މުހައްމަދު ނާޒިމް އުފައްދަވާފައިވާ އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސްއެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ. އޭނާ އުޅުއްވީ ކެންސަރުގެ އާލާސްކަންފުޅެއްގައެވެ.
ތިވަރު ހިތްވަރު ހުރިއްޔާ މުނާފިޤް އަދާލަތުން ވަކިވެ އެމްޑީޕީ އާއި ދެކޮޅަށް ފާޅުގަ ނުކުންނަން ވީނު؟ ކެރޭނެބާ؟ # އިންޑިއާ އައުޓް #
މ ޑ ޕ ބޭން ކުރަންވި
ކަލޭމެން އަދި ތިގޮތަށް ގޮވިއަސް އެކަން ޤަބޫލު ކުރާނެ މީހުން ވަރަށް މަދު ! އެއީ ކީއްވެ ؟
ތިމާމެނަށް ޙަގީގަތް އެނގިހުރެ އެފަދަ ލާދީނީ ބަޔަކު ގެންނަސައްކަތް. ޚ
ތިހެން ވެއްޖެނަމަ ވަރަށް ރަނގަޅު
އަލްހަމްދުލިﷲ. ދެން ތިއްބެވި ޝޭހުންވެސް އަވަހައް ވަޑައިގަންނަވާ
އަދި އެއް ފްލެޓް ދެނިކޮއް އޯކޭވާނެ.
ކިހާ ވަރެއް ބޭނުންވެގެން ތި ބޮޑާހާކަނީ..
ޕޕމ އިން ލާރިކޮޅެއް ހޯދަން އެތެޅެބާލަނީ..
ދެން ކޯއްޗެކޭ ކިޔާކަށް. ސޭކުން މުޅި ތަން ފަސާދަ ކޮށްފައި
ނޫނޭ ޢިލްމުވެރި ކަލޯ. އަހަރެމެން ހަމަ ވޯޓް ދޭނީ ރަސޫލާގެ ހާދީސްފުޅުތަކުން އައި މީހާއަށް.
އޭ ދުނިޔެ ބަނޑުއަޅާ. ކަލޭ ތިހެން ނުބުންޏަސް އެމްޑީޕީއަކައް މަށެއް ވޯޓެއް ނުލާނަން.
ކޮބާތޯ މިރާއްޖޭގައި ތިބި ގިނަ ޝޭޚުންތައް؟ ހެރިހާ ޝޭޚުން ނިކުމެ ލާދީނީ އެމްޑީޕީ އާއި ދެކޮޅަށް ބަސްބުނަން ވެއްޖެ.
ސެއިހެއްކަމަކު މިހާރުތި މާބޮޑަށް ޒާތީވަނީ، ކޮމަނޑޫ ދާއިރާއަށް ކުރިމަތިލައިގެންހުރި ކެނޑިޑޭޓާ މޫނުބުރުގަޔާއޮތީ ކޮންގުޅުމެއްތޯ؟ އެބޭފުޅާ މޫނުބުރުގާ ނާޅަންގޮވާލީތޯ؟ ތިމައްސަލަ ހައްލުކުރަން އެކިއެކި ވުޒާރާތައް ހެދިފަހުންނާނެ، އެފަދަވުޒާރާއެއްގެ އިސްވެރިޔަކު ނޫނީ މޫނުބުރުގާ އެޅުމާދެކޮޅު މީހަކުކުރިމަތިލީނަމަ ތިހެންބުނަންރަނގަޅު، ކެނޑިޑޭޓުންގެ މަސްލަހަތުގެއްލޭ ސެއިހުތިހަދާގޮތުން
މިދެން ކާކުތަ ލޮލް
ޝެއިޙްއަށް ހެޔޮވިސްނުން ދެއްވި ﷲ އަށް ހައްމުދުކުރަން ﷲއަކްބަރު