އިދިކޮޅު ކެންޑިޑޭޓް އިބޫ ގެ ރަނިންގ މޭޓަކަށް ޖުމްހޫރީ ޕާޓީން ކަނޑައެޅި ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައިސަލް ނަސީމްގެ ފުރަތަމަ ދަތުރުފުޅުގައި އައްޑޫ އާއި ފުވައްމުލަކަށް ފުރައިވަޑައިގެންފިއެވެ.
އެގޮތުން ފައިސަލް މިއަދު ހެނދުނު ފުރަތަމަ ވަޑައިގަންނަވާނީ އައްޑޫ ސިޓީއަށެވެ.
މި ދަތުރުފުޅުގައި ފައިސަލާއި އެންމެ ގާތުން ވާދަކުރައްވައި ބަލިވި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް އައްޑޫސިޓީއަށް ވަޑައިގެންނެވިއެވެ. އަދި މި ދަތުރުފުޅުގައި މިސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހް ޖަމާލުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އައްޑޫގައި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިހާރު ކުރިއަށް ގެންދަވާ ކެމްޕެއިންގައި ފައިސަލް ނަސީމް ބައިވެރިވެލައްވާނެއެވެ. އެއަށްފަހު، އޭނާ ނިސްބަތްވާ ފުއައްމުލަކަށް ވަޑައިގަންނަވާނީ އިބޫއާއެކުގަ އެވެ.
ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތް އެންމެން އެކުގައި ގައުމީ ކަމެއްގެ ގޮތުގައި ކުރެވިގެންދާނެ ކަމަށެވެ.
"ފުވައްމުލަކުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ބޮޑު މެޖޯރިޓީއެއް ލިބި ދިވެހި ރައްޔިތުން އެދޭ ބަދަލު ގެނެސްދެވޭނެ އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ގިނަ ރައްޔިތުންތަކެއް ގުޅިގެން ފޯރިޔާ ޖޯޝާއެކީ ގައުމީ ކަމެއްގެ ގޮތުގައި މިކަން ކުރެވިގެން ދިއުން،" ފައިސަލް ވިދާޅުވިއެވެ.
މިދަތުރާއި ގުޅޭގޮތުން އަލީ ހުސައިން ވިދާޅުވީ އޭނާ މި ދަތުރުގައި ބައިވެރިވެވަޑައިގަތީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް މުޅި ޖުމްހޫރީ ޕާޓީ އެކުގައި އޮތްކަން ދެއްކުމަށް ކަމަށެވެ.
އިދިކޮޅު ރަނިންމޭޓްކަން ފައިސަލް ކާމިޔާބު ކުރެއްވީ ޖޭޕީގެ ކައުންސިލްގައި ނެގި ސިއްރުވޯޓް 15 ވޯޓުން ކާމިޔާބު ކުރައްވައިގެންނެވެ. ފައިސަލްއާއި އެންމެ ގާތުން ވާދަ ކުރެއްވި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންއަށް ލިބިފައިވަނީ 14 ވޯޓެވެ.ރަނިންމޭޓުކަމުގެ މަޤާމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ޑރ ހުސައިން ރަޝީދު ޙަސަނަށް 2 ވޯޓު ލިބިވަޑައިގެންނެވި އިރު، ޢަބުދުﷲ އަމީނަށް ލިބިވަޑައިގެންނެވީ 9 ވޯޓެވެ.
ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރަަމީ ދަހަރާމްކޯރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..
ހަމަ ދާންވީ! ޤަވްމީލޯތްބާ އިސްލާމްދީނުގެލޯބި ހުރިމީހަކު ތިޔަބައިގަނޑަށް ވޯޓެއްނުދޭނެ! ވެރިކަންކުރަންލިބުނު ދުވަސްކޮޅު ޤަވްމު ފަނާކޮށްލިގޮތާ ޚަޒާނާ ބަނޑުއަޅާލިގޮތާ އިސްލާމްދީން ނިކަމެތިކޮށްލިގޮތް ދިވެހިން ހަނދާނެއް ނުނެތޭ! އައްޑޫއާ ފޯއްމުލަކަށް އަރާލީމާ ، ފެންނާނެ މިހާދުވަހު ނުބަލަން ތިބި ތަރައްޤީ! ކޮޓިއަރާގެން ނުދާތި!