ރާބިތަތުލް އާލަމިލް އިސްލާމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޝޭހް ޑރ.މުހައްމަދު ބިން އަބްދުލްކަރީމް އަލްީސާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން އަލް-އިސާއަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި، ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ. އަލްޢީސާގެ މި ދަތުރުފުޅުގައި، ރައީސް ސޯލިހާއި، އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އާއި ބައްދަލުކުރައްވާނެއެވެ. އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާ ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މުސްލިމް ވޯލްޑް ލީގް ނުވަތަ ރާބިތަތުލް އާލަމިލް އިސްލާމިއްޔާއަކީ ސައުދީ އަރަބިއްޔާގެ މައްކާގައި 1962 ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. މި ޖަމްއިއްޔާއަކީ އިސްލާމްދީނުގެ ހަގީގީ އަދި މެދުމިނުގެ އުސޫލުތައް ސާފުކޮށްދީ، ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

ދިވެހިރާއްޖޭގައިވެސް އެޖަމްއިއްޔާގެ ގިނަ ހަރަކާތްތަކެއް ހިންގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ދެން ކޮބައިތަ ފޮރިން މިނިސްޓަރ. ދެ މުސާރަ ނަގައިގެން ފިލީތަ؟

  2. ކާފަބޭ2020

    އަހަރުމެންވެސް އެއްރަށުންއަނެއްރަށަށްދާއިރު ވިސާނަގާކަށްނުޖެހޭދޯ؟؟؟؟؟😆😆😆😆😆😆😆😆😆ޮ