އިންތިހާބުތަކާއި ދިމާކޮށް ޕްރޮޖެކްޓްތައް ހިންގުން އެއީ އާދަކާދަ ކަމަށާއި އެކަމާއި އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނެ ކަމެއް ނެތް ކަމަށް އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވުމުން ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް އޭނާ ރައްދުދެއްވައިފިއެވެ.

ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލައިގައި ވެސް ކުރެވޭނެ ކަމެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ދާދިފަހުން ވިދާޅުވެފައި ވާތީ އެކަން ފާހަގަކޮށް އާއްމު މީހަކު ކުރި ޓްވީޓެއްގައި ބުނީ ފުއާދު ކޮންމެ ކަމެއްގައި ވެސް ވިދާޅުވަނީ އެހެން ކަމަށެވެ. ކުރެވޭނެ ކަމެއް ނެތްނަމަ އިސްތިއުފާ ދެއްވަން އޭނާ ގޮވާލެއްވިއެވެ.

އޭނާގެ ވާހަކައަށް ރައްދުދެމުން ފުއާދު ކުރެއްވި ޓްވީޓެއްގައި ވަނީ "ތިކަހަލަ މޮޅު ބޭފުޅެއް މަގާމުތަކާއި ހަވާލުވާން" އެދިފައެވެ. އަދި މަގާމުތަކާއި "މޮޅު ބޭފުޅާ" ހަވާލު ގައުމުގައި ހިނގާ ވައްކަމާއި، ފޭރުމާއި، ކޮރަޕްޝަނާއި ޑްރަގް ވިޔަފާރި އާއި، ޑްރަގް ބޭނުން ކުރުމާއި، ރޭޕް ކުރުމާއި ގެވެށި އަނިޔާ އާއި މީހުން މެރުމާއި މާރާމާރީ ހުއްޓުވައި މައްސަލަތައް ހައްލު ކުރައްވަން ވީނޫންތޯ ފުއާދު ސުވާލު ކުރެއްވިއެވެ.

ފުއާދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ހުއްޓުވަން އޮތްތަނެއް ނޫން ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ އިންތިހާބާއި ދިމާކޮށް ސަރުކާރުން އެދާއިރާގައި ގިނަ މަޝްރޫއުތަކެއް ހިންގި އެވެ. އަދި ގިނަ މަޝްރޫއުތަކެއް އިއުލާން ވެސް ކުރިއެވެ. އެއީ އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާކަމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ޝަކުވާ ކުރިނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އިފްސަން ނާރޭ

    ހާޑުކޯ އެމްޑީޕީ އެކްޓިވި ސްޓެއް އިލެކްޝަން ކަމިޝަނަރަކަށް މިހުރީ! ދެން ކިހިނެއް މައް ސަލަ ބަލާނީ!

    18
  2. ނަޒީ

    މީ ކޮންވައްތަރު ހަރނކރު މީހާ؟ ބަލަގަ އެލެކްޝަންސް ކޮމިޝަންސްއަކީ ސިޔާސީގޮތުން ނަމަވެސް ސިޔާސީ ޕާޓީއަކުން ޤާނޫނުތަކާ ޚިލާފުވާނަމަ ފިޔަވަޅުއަޅަން އޮތް ތަން! މިވަރު ނުވަންޏާ އިސްތިޢުފަދީފައި ލަނޑާނަގަން ދާންވީނު؟

    18
  3. ެއަލީ

    "ފުއާދު ރައްދުދެއްވީ ރޭޕް ކުރުމާއި ގެވެށި އަނިޔާ އިން" މިހެން އެކަނިތޯ ވިދާޅުވީ ، އޭގެ ކުރިއަށް ހުރި ވައްކަމާ ފޭރުމާ ...... ސުރުހީގައި ނުހިމެނީ މޭކަރާތީތޯ

    10
    2
  4. އ . ޖ . އ

    ކޮންމެ ބަޔަކު ވެސް ކުރަން ޖެހޭ ކަންކަމާ ނުކުރަން ޖެހޭ ކަންކަން ވަޒީފާގައި އޮވޭ.

    13
  5. ނާދިރާ

    2008ވެސް ވޯޓުން ވައްކަނަ ކުރި މީހެއް

  6. އަހްމަދު

    ފުއާދު ﷲގެހަޒްރަތުގަވެސް މަނިކުފާނައް ތިޔަގޮތައް ޖަވާބުދާރީ ވެވޭނެތޯ

  7. ސުވެޓޭ

    ޢިލެކުޝަން ކޮމިޝަނަކީ ވޯޓުން ވަށްކަން ކުރަން ހޮވާފަވާ ކޮމިޝަނެށްތޯ؟ އީސީ ފޮވާދު މިކަން ސާފްކޮށްދީބަލަ.

  8. ބުނަން

    ތިޔަ ލޮޖިކް ބޭނުންކުރާނަމަ، އިލެކްޝަނެއްގެ ވަގުތާ ދިމާވާ ގޮތުން މީހަކު އެދާއިރާއެއްގެ މީހުންނަށް ކިތަންމެ ފައިސާއަކާއި ތަކެތި ބެހިޔަސް ހުއްޓުވައިގެން ނުވާނެތާ؟! ސަބަބަކީ ޚައިރާތުކުރުމާއި މީހުންނަށް ހެޔޮފޯރުކުރުމަކީ ވަކިވަގުތެކޭ ކިޔާފައި ހުއްޓުވައިގެންވާނެ ކަމަކަށްނުވާތީ.

  9. ސަމާ

    މައްސަލަޔަކީ ކެމްޕެއިން ކުރމަކީ ކޮބައިކަން ރަނގަޅަށް ބަޔާންކުރެވިފައިނެތްކަން.
    ވޯޓްލާދުވަހު ބަޔަކު ވަކި ކެންޑިޑޭޓަކަށް މަަސައްކަތް ކޮށްދީ ލަވަކިޔައި ބެރުޖެހިޔަސް އެކަންވެސް ނުހުއްޓުވޭނެ. އެތަނަކަށް ފުލުހުންވެސް ނުފޮނުވޭނެ.
    ބަޔަކު ފައިސާބަހާކަން އެނގުނަސް އެކަންވެސް ނުހުއްޓުވޭނެ.

  10. ކެޔޮޅު

    މައުމޫނުވެރިކަމުގަ ކަތީބުން ވޯޓްފޮށިމަތީ ބަނޑުއަޅާވާހަކަ އެންމެގިނައިން ދެއްކީ އަންނިއާ އޭނާގެ ޕާޓީން ދެންމިވަނީމިހާރު ކޯއްޗަކައް؟ ލަދުން ބޯހަލާކު!

  11. ރަން ރީނދޫ

    ފުއާދު އަށް ކަމެއް ކުރެވޭނީ ކިހިނެެއް، އޭނާއަށް ވާހަކަ ދެކެވެނީވެސް އެހާވަރުން،ބައެއްފަހަރު ބަނގުލާދޭޝް ބޭފުޅެކޭ ވެސް ހީވޭ.