ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ބައެއް ދީނާ ބީރަށްޓެހި ކަންކަމުގެ މައްސަލަ ކުރިޔަށް ނުދާތީ ބައެއް އިލްމުވެރިން އެކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހާއި ހިއްސާ ކުރައްވައިފިއެވެ.
ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި، ދީނީ މަދަނީ ޖަމިއްޔާތައް ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ އިއްތިހާދުން ރައީސް ސޯލިހާއި ބައްދަލުކުރައްވާފައިވަނީ މިމަހުގެ ހަވަނަ ދުވަހުއެވެ. މި ބައްދަލުކުރެއްވުމާއި ގުޅިގެން ރައްޔިތުންގެ އިއްތިހާދުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް އާއިއެކު ބޭއްވުނު ބައްދަލުވުމުގައި ގިނަ ކަންތައްތަކަކާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
އެގޮތުން އެއިއްތިހާދުގެ ބަޔާނުގައި ބުނެފައިވަނީ މިހާތަނަށް އެ ފަރާތުން ސަރުކާރުގެ އެކިއެކި އިދާރާތަކަށް 51 ސިޓީ ފޮނުވާ، 10 ބައްދަލުވުމެއް ބާއްވާ 10 ބަޔާން ވެސް ނެރެވިފައިވާ ކަމަށާއި އެހެންނަމަވެސް ސަރުކާރުގެ ފަރާތުން އެކަށޭނެ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށެވެ. މިގޮތުން މި ބައްދަލުވުމުގައި ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން ވަނީ މިސަރުކާރުގައި ހިނގާފައިވާ ބައެއް ދީނާ ބީރަށްޓެހި ކަންކަމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
މިގޮތުން ފާހަގަ ކޮށްލެވޭ ބައެއް ކަންކަމުގެ ތެރޭގައި މި އެމްޑީއެން އާއި އުތެމަ ޖަމިއްޔާއިން ނެރެފައިވާ ލާދީނީ ރިޕޯޓުތަކާއި ދަރިވަރުންގެ އިސްލާމް ފޮތުން ގުރުއާނުގެ އާޔަތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގި ކަމާއި އެކަމާއި ގުޅިގެން އިލްމުވެރިންގެ ހުރި ނުތަނަވަސްކަމުގެ ވާހަކަތައް ވެސް އެފަރާތުން ވަނީ ރައީސް އާއި ހިއްސާ ކުރައްވާފައެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކޮށްފައިވާ ބައެއް "ލާދީނީ" ކަންކަމުގެ މައްސަލަ އެ ޖަމިއްޔާއިން ހުށަހެޅުމުން ވެސް އެއްވެސް ވަރަކަށް މައްސަލަތައް ކުރިޔަށް ނުދާތީ އެކަމުގެ ކަންބޮޑުވުން ވެސް ހިއްސާކޮށްފައިވާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ކޮންމެ ކަމެއް ހައްލު ކުރުމަށް ރައީސްގެ އަރިހަން އަންނަން ޖެހޭތި ވެސް އެ އިއްތިހާދުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
މިކަންކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމް ދީނާއި ދެކޮޅު އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ އިސްލާމް ދީނުގެ އަސްލުތައް ހިމާޔަތް ކުރުމަށާއި ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ކަމަށްވެސް މި ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.
އަދި އުތެމަ ރިޕޯޓުގެ މައްސަލަ ބައްލަވާދެއްވާނެ ކަމަށާއި އެމްޑީއެން ރިޕޯޓު ލިޔުނު ފަރާތްތަކުން ވެސް ރާއްޖެ އައުމުން ގާނޫނީ ފިޔަވު އަޅުއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ މައްސަލަތަކާއި ގުޅިގެން އެމަނިކުފާނު ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
މި މައްސަލަތައް ބެލެން ޖެހޭ.ނަޝީދު ރާބޯކަން ފާޅުކުރީމަވެސް ކަމެއް ނުވޭ. ގާނޫނައްވުރެ މަތީގަ އުޅެނީ
ތިޝޭހުންނަށް ރަނގަޅަށް އެގޭނެ މުނާފިގުންގެ ސިފަތައް ، ދެންކީއްކުރަން މަޝްވަރާއޭކިޔާފަ ވަގުތައް ތިބޭކާރުކުރަނީ. ދުވަހުން ދުވަހަށް ލާދީނީ ކަންތައްތައްދަނީ މިގައުމުގަ އިތުރުވަމުން . ގައުމުގެ މިނިވަންކަމާ އިސްލާމް ދީނަށް ވަނީ މިވެރިކަމުގަ ނުރައްކާވެފަ.
މާ ކުރިއްސުރެ އެނގެޔޯ އެކަހަލަ ސޮރެއްކަން އެއީ. އެކަމު ދެން ކީއްހޯ ކުރާނީ. އިބޫއަށް ބުނެވެން އޮންނާނީ އެވަރަށް.
އިބުރާހިމްމުހަންމަދު ސާލިހް މިހާތަނަށް އެއްވެސްހައްދަކަށް ގުރްއާނުގެ އާޔަތަކަށް އިންކާރު ކުރައްވަފަ ނުވޭ، އަދި އިސްލާމްދީނުގެ އެއްވެސް ކަމަކަށް ދެކޮޅުހައްދަވަފައި ނުވޭ. އެހެން ނަމަވެސް ގ<ކެނެރިގެ މުހަންމަދު ނަސިދު އެމްޑީޕީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައިސް ޑެންމާކުގަ ދެއްކެވި ވަހަކަތަކުންނާއި . ގުރްއާނުގައިވާ ހައްދުތަކަށް އިންކާރު ކުރެއްވުމުންނާއި ރ.އަގޮޅިތީމުގަ ދެއްކި ވަހަކަ ތަކުންނާއި ކްރިސްޓިއަނދީނުގެ މުނާސަބާތަކަށް ފާޅުގަ ތާއީދު ކުރުމުން އެއާމެދު ގައުމުގެ ވަލިއްޔުލް އަމްރުގެ ހައިސިއްޔަތުންއެއްވެސް ފިޔަވަޅެއް ނެޅުމަކީ އެއަމަލުތަކަށް ތާއީދު ކުރުމުގެތެރޭ ހިމެނޭ ކަމެއް. ކީރިތިގުރްއަނުގެ އައްތައުބާ ސޫރަތުގެ ﷲ ވަހީ ކުރެއްވަނީ އުޒުރު ނުދައްކާށެވެ. ތިޔަބައިމީހުން ތިޔަތިބީ އިސްލާމް ވުމަށްފަހު ކާފަރު ވެފައެވެ. މިކަމަށް މިހާރުގެރައިސުލްޖުމްހޫރިއްޔާ ބިރުފުޅުގަނެ އެކަމުން ސަލާމަތްވުމަށްޓަކާ ކެނެތީގެ ނަސީދުގެ މައްޗަށް ފިޔަވަޅު އެތުން ވަލިއްޔުލް އަމްރުގެ ހައިސިއްޔަތުން ވާޖިބު ވެގެން ވޭ.
ރައީސް ސޯލިހު ދީނީކަންކަމަށް ކިހާވަރެއްގެ އިހުތިރާމެއް އަދި ހިމާޔަތެއް ދީފައި ވޭތޯ.؟
ރާއްޖެ އައުމުން ގާނޫނީ ފިޔަވު އަޅުއްވާނެ،،،،ހިޔަޅުކަމާ
ނަސީދުގެ މައްސަލަތަށް ސޯލިބޭގެ އިބުރާހީމަށް ނުބެލޭނެ ތިޔައީ އެއްގަލަކުން ފެހިކައިގެން ބަނޑުފުރާ ދެ ލަނޑާ ތިޔަ ދެމީހުންނަކީވެސް އިސްލާމްދީނުގެ އަދުއްވުން އެމް ޑީ އެން ގައި ނަސީދު ފަޒުނާ ވެސް ހިމެނޭ ...
ނިމިދިޔަ 5އަހަރުވެސް މިމީހުން މިގައުމުގަ އުޅޭބާ؟
ލާދިނީ މީހާގެޝަކުވާ ރާއްޖޭގައިހުރި އެންމެބޮޑު ދީނީއިމާމްގެ އަރިހަށް. އަނެއްކާ ކިހާވަރެއްގެ ދީނީޢިލްމުވެރިންބާ...؟ މިހާތަނަށް ރާއްޖޭގެ ވެރިއެއްގެކިބައިން ފެނިގެންނުދާވަރަށް ދީނީކަންކަމަށް ލޯބިކުރާ ވެރިއެއް ނަޝީދަކީ. މިދާވަރުން ދަންޏާ އިންސާނީހަމަހަމަކާމާއި ކަރަޕްޝަނާއި ފަސާދައާއިދެކޮޅަށް ވަކާލާތުކޮށް ރަޢިއްޔަތުމީހާއަށް ހައްޤުމިންވަރުލިބެންޖެހޭނެކަމަށް އަޑުއުފުލުމަކީ ލާދީނީވުންކަމަށް ޤާނޫނުގައި ކަނޑައަޅަންފެނޭ.
ކޮން ދީނެއްގެ ކަންކަމަށް ލޯބިކުރާ ވާހަކައެއްބާ މި ބުނަނީ. ހަމަގައިމުވެސް އިސްލާމްދީނުގެ ކަމަކަށް އެއްވެސް ލޯތްބެއް ހުރި މީހަކު ދައްކާނެ ކަހަލަ ވާހަކައެއް ނޫން ޑެންމާކުގައި ދައްކާފައި އެހެރީ. އިސްލާމްދީނުގެ ޙައްދުތައް ޤާއިމުކުރުމާ ދެކޮޅަށް ވާހަކަދައްކާފައިވަނީ. އެމްޑީއެން ރިޕޯޓާއި އުތެމަ ރިޕޯޓު ލިޔުނު ފަރާތްތަކުގެ ހިމާޔަތުގަ ވާހަކަދައްކާފައިވަނީ. ދެން މިހާވަރަށްތާ މީހަކަށް "ދީނީކަންކަމަށް" ލޯބިކުރެވޭނީ.
އިބޫގެހިތުގައި ދީނަށްލޯބިވެތިކަމެއްހުރިނަމަ ތިޔަފަސާދައުފައްދަމުންދާ ދީނީޕާޓީއަކާއި ބައްދަލެއްނުކުރީސް.
ތިކަމެއްނުވާނެއެވެ. އިބޫގެ ލާދީނީކަމެއް ނަޝީދަކަށްވުރެ ކުޑައެއްނުވާނެއެވެ. ސީޕީ ހަމީދަކީ އެމްޑީއެންގެ ބޮޑުމީހެއް ދެންކިހިނެއް އިބޫއަށް ތިކަންކުރާނީ އެނޫނަސް އިބޫއަކީ ގަމާރެކެވެ. ވެރިކަންވެސް ލެއްގީއެވެ. ގައުމުހިންގަނީ އިންޑިޔާގެ އެންބަސީންނެވެ.
އިބޫގެ ވެރިކަމެއްގަ އަންނިއާ ބެހޭ އެއްވެސް މައްސަލައެއް ބަލާނެ ކަމަށް ހީކުރާނީ މޮޔައިން. އަންނި ކަސްތޮޅު އެޅުވޭނީ ހަމައެކަނި ޔާމީނަށް. ދެން އުމަރަށް.
ނަޝީދު ފޮނުވި މީހަކު ނައިބުރައިސަކަށް ލައިގެން އަރިސްކޮށްގެން އުޅުނުއިރު ރޭކާނުލި. މުޅި ދައުލަތް ދޮވެލައިގެން ދިޔައިރުވެސް ވާނުވާ ނޭނގިފަހުރީ. އެވަރުން ކިހިނެއް ކަސްތޮޅުއަޅުވަނީ؟
ކީރިތި ގުރްއާނުގާ ސާފު އިބާރާތުން މާތﷲ ގެ ވަހީ އެބައޮތް ނަސީދު އެކުރާކަންކަން ކުރާމީހާއަކީ ކާފަރަކު ކަމަށް އައްތައުބާސޫރަތުގަ އެއޮތީ މިހާހިސާނ=ބުން ނަސީދަކީ ކާކުކަން ބުނެދޭންޖެހޭނެތަ؟
އުތެމަ ޖަމުއިއްޔާގެ މެންބަރުން ރާއްޖެ އައީމާދޯ ފިޔަވަޅު އަޅަންތިޔަބުނީ އެމީހުން ރާއްޖޭން ބޭރުގަ ތިއްބަސް ފިޔަވަޅު އަޅަންޖެހޭނެ ތިބޭފުޅާ ހުވާކުރީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ރަށްޔަތުންގެ ކުރިމަތީވައުދުވެފަ ދެންކޮން ހާސަރެއް ތިޔަ ދަމަނީ ..
2023 ކައިރިވާ ވަރަކަށް އުޅޭނީ އަދިބުނާނީ ދީނާ ޚިލާފުކަންކަް ނުކުރާނަމޭ ބުނާނެ ވާކަމެއްހަރާން ރޯދަޔަށް ބަލާތި މިސްކިތްތަކާ މެދު ކަންކުރާނެގޮތް މީކޮންބަޔެއ
ބަޔާނެއްނެރުނީމަ ނިމުނީދޯ އިލްމްވެރިންގެޖަމިއްޔާގެ މެމްބަރުންގެ ބޯޅަކަންދޯ އެބުނީ މާލެއައީމަ ދައުވާކުރާނެވާހަކަ ދެންތިޔަދެއްކީ އެއްއަތުން އަނެއްއަތައް އަނިޔާދޭ ވާހަކަ އެއްވެސް މީހަކައް ކެރޭނެތަ އެކަން ކުރަން
دين އަށް ވެއްދުމުގައި مجبور ކުރުމެއް ނެތެވެ. ހަމަކަށަވަރުން، ضلالة ގެ އަނދިރިކަމުގެ ތެރެއިން، هداية ގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ. ފަހެ، شيطان އާޔަށް كافر ވެ اللَّه އަށް إيمان ވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ عقيدة ގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތި ދިޔުމެއް އެޔަކަށް ނުވެއެވެ. اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Al-Baqarah 2:256
އަޅުގަނޑު އިސްލާމްދީނަށާއި ރަށްޔަތުންނަށް ހެޔޮކޮށް ހިތުމަށް ﷲ ގަންދީ ހުވާކުރީ އުއްތަމަ ފަނޑިޔާރު ކުރީމަތީގައި ރަށްޔަތުންނަށް އަޑުއިއްވައެވެ ދެން އުތެމަ ފަދަ ދީނުންބޭރުވެފަ ތިބޭ ޖަމުއިއްޔާއަށް ފިޔަވަޅުނޭޅުމަކީ ކުރިހުވަޔާވެސް ހިލާފު އުފެދޭ ކަމެކެވެ އެޖަމުއިއްޔާގެ މެންބަރުން އިންޓަޕޯލް ރަތްނޯޓިސް މެދުވެރިކޮށް ރާއްޖެގެނުވާ ފިޔަވަޅު އަޅަންޖެހޭނެއެވެ ހަމައެކަނި އަލީވަހީދުއަށް ފިތަވަޅު އެޅުމަށްތޯ ތިޔަބޭފުޅާ ހުވާކުރީ.
ގައުމުގެވެރިކަން ރާއްޖޭގަ ކުރަމުންދާ އިންޑިއާގެ އެމަބަސީން ރައީސް ޔާމީން ހަށްޔަރުކުރުމަށް ގޮވާލާއިރަށް ފަޔަށްހިނިއަރައިގެން އެކަމެއް އެބަކުރެއެވެ އެކަމަކު ގައުމުގެ އިލްމުވެރިން ބުނާކަމެއް ނުކުރެއެވެ ކުރާއާދޭހުގެ އަޑެއްނާހައެވެ ނުވެސްއަހާނެކަން އެނގެއެވެ އެއީހަމަ އެއްފޮތުގެ ދެމީހުންނެވެ ޔާﷲ މިނުބައި ދެމީހުންނަށް އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ދަށްކަވާށިއެވެ އާމީން.
ދީނުގައި އޮންނަނީ ކަނޑައެޅިގެންވާ ކަންކަން.. ނަޝީދަކީ ކަނޑައެޅިގެން ހުރީ އިސްލާމްދީނުގެ އަދުެއްވެއް. ބަޔަކު އެހެން ބުނަން ބޭނުން ނުވެ ، ރައްޓެހި، ބީރައްޓެހި ފަދަ ބަސްތައް ބޭނުން ކުރިޔަސް
ރައްޔިތުންގެ އިއްތިޙާދަކީ ދީނީ ޢިލްމުވެރިންނާ ގުޅޭކަމެއް ނޫން. ބައިވަރު ޖަމްއިއްޔާތަކެއް އެކުވެގެން ހަދާފައި އޮތްވއިއްތިހާދެއް އެއީ. ދީނީ މަސައްކަތުގައި އުޅޭ ޖަމުޢިއްޔާތަކާ ދީނީ ޢިލްމުވެެރިންނަކީ ތަފާތު ޤާނޫނީ ޝަޚްޞުތަކެއް.
އެމްޑީޕީ މެމްބަރުންނަށް އަބަދު ވެސް ޖެހިފަ އޮންނަނީ އެ އިންސާނާ ދައްކާ އެބާވަތުގެ ވާހަކަތައް ތާހިރު ގޮތަކަށް އެހެން މީހުންނަށް މާނަކޮށްދޭން މީދެން ކިހާބޮޑު ހުތުރެއް.