ވ.އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ ޝަރީއަތުގެ މަޖިލީހެއް މާދަމާ ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އާއްމު ކުރި ތާވަލް ބުނާ ގޮތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އޮންނާނީ މާދަމާ ހެނދުނު 09:30 ގައެވެ. މިމައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އެދުވަހު ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދެދައުވާ އަށް ވެސް އިންކާރު ކުރައްވާފައެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދެދައުވާއެއް އުފުލީ އާރަށް ރިސޯޓެއް ތަރައްގީ ކުރުމަށް ދޫކޮށް އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމަށް ބުނެއެވެ.

މިމައްސަލައިގައި އާރަށުގައި ރިސޯޓެއް ހަދަން އެރަށް ނެންގެވި ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ. އެންމެ ފަހުން އޮތް އަޑުއެހުމުގައި ޔޫސުފް ނައީމް ވަނީ ދައުވާއަށް ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތަކަށް އެދިފައެވެ. މާދަމާ އޮންނަ އަޑުއެހުމުގައި އޭނާ ދައުވާ އަށް ޖަވާބުދާރީ ވާން ޖެހޭނެއެވެ.

އާރަށުގެ މައްސަލައިގެ އިތުރުން ރ.ފުއްގިރި ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ވެސް ޚިޔާނާތްތެރިވި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއެއް އުފުލާފައިވެއެވެ. މި ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަފިރިން

    ތިޔަހެން ޒާތީވެ ރޔ ފެއިލްކޮށްލަން ކުރަމުން ތިދާ ކަންކަން ފެއިލްވެ ތޮޅިވެގެންދާނީ އިން ޝާ ﷲ. ޢިތުރަށް ރޔާމީންގެ ކުށެއްނެތްކަން ޝާބިތުވުން ނޫންކަމެއް ނުވާނެ އިރާދަކުރެއްވިއްޔާ.

    8
    1
  2. ލަނބުރާން

    މިފަހަރުވެސް ޔަޤީން އިންސާފުން ޝަރީއަތްކޮއްފިނަމަ ކުރީފަހަރުގޮތައް އޮރިޔާންވާނީ ސަރުކާރުއެހެންވެގެން ލައިވް ކުރަން ނުކެރިގެން އެއުޅެނީ އިންޑިއާ އައުޓް އިންޑިއާ އައުޓް

    7
    1
  3. މ ޢަބްދުﷲ

    މާދަމާ ރައީސް ޔާމީންގެ ޝަރީއަތެއް ބާއްވަން ތާވަލްކޮށްފި

    5 ގަޑިއިރު ކުރިން ( ފެބުރުއަރީ 15, 2022 )

    މިތިބީ ވާގޮތް ބަލަން ތިކމުން މިސަރުކާ ބޮލާހޮށާ އެޅުން ނޫން ކަމެއް ނުވާނެ.

    India out # India out # India out# India out # India out #
    India out # India out # India out# India out # India out #
    India out # India out # India out# India out # India out #
    India out # India out # India out# India out # India out #

    އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް
    ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ

  4. މަނީމަނީ

    ގާނޫނުގެ މައްޗަކު އެކައްވެސް ނުހުރެވޭނެ ހައްގު އަދަބު އަވަސްކުރަންޖެހޭ