ބިމުން ފެން ނެގުމުގައި، ފެނާއި ނަރުދަމާގެ ޚިދުމަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާއި ޚިލާފުވެއްޖެނަމަ އަދަބެއްގެ ގޮތުގައި އެއް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިބްތިދާއީ ބަހުސް ފެށިފައިވާ އެ ބިލަކީ، އެންވަޔަރަމަންޓް މިނިސްޓްރީއާއި ފެނާއި ނަރުދަމާގެ އޮތޯރިޓީގެ މަސައްކަތް ގުޅިގެން ކުރަން ބޭނުންވާ އިސްލާހުތައް ގެންނަން ވެގެން ކަމަށް ބުނެ ހުށަހެޅި ބިލެކެވެ.

2020 ވަނަ އަހަރު ފާސްކުރި ފެނާއި ނަރުދަމާގެ ޚިދުމަތުގެ ގާނޫނުގައި އޮތް ގޮތުން، އެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ޚިލާފުވާ ފަރާތްތަކަށް ދޭން ޖެހޭ އަދަބެއްގެ ގޮތުގައި އޮތީ 500،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ، އެ އަދަދު 1،000،000 މިލިއަން ރުފިޔާއަށް ބޮޑު ކުރުމަށެވެ. އެ އިސްލާހު އެ ގޮތަށް ގެންނަން ތާއީދު ނުކުރައްވާ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ގާނޫނުގައި އޮތް ބައެއް މާއްދާތައް އުވާލަން ވެސް ބިލުގައިވެއެވެ. މި ގޮތުން ފެނާއި ނަރުދަމާގެ ޚިދުމަތަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ޚިދުމަތަކަށް ވުމަށް ކަނޑައަޅާފައި އޮތް މާއްދާއާއި، އޭގެ މިންގަނޑު ކަނޑައަޅަން އޮތޯރިޓީއަށް ދީފައިވާ ޒިންމާގެ މާއްދާ ވެސް އުނިކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މި ސަރުކާރުން ބަލަނީ ރައްޔިތުން ފެލައިގެން ލާރި ހޯދޭނެ ގޮތެއް އޮތްތޯ. ކުރީގެ ސަރުކާރުތަކުން ސްޓިކާ ޖަހައިގެން ލާރި ހޯދާތީ، މިހާރު ހުރި ރައީސް ކެމްޕޭނު ތެރޭގައި ބުނި، ތިމަންނާގެ ސަރުކާރުގައި އެކަމެއް ނުކުރާނަމޯ. އެކަމަކު މި ސަރުކާރު އައިފަހުން އެކަންތައް މާބޮޑު. އަދި ނުވިތާކަށް، ވެހިކަލް ޓޯކޮށްގެން ގެންގޮސް ބޮޑެތި ޖޫރިމަނާ އަތުލުން ވެސް އޮވޭ.

    10
  2. ރަބަރޭ

    މަސްރޮށި ގާނޫނު ބިލް ހަދާބަލަ ކަލޭމެން މެންބަރު ކަމުގައި ތިބެގެން މިލިއަނުން މެންބަރު ކަމުގެ ފައިސާ ނަގަމުން ދާ މީހުން އެއްމިލިއަން ރުފިޔާ ޖޫރިމަނާ ދައްކާލަބަލަ އަހަރުމެން ތިބޭނަން ބަލަން

  3. އުންޑަސް

    އަހަރުންގޭގެ ވަޅުން އެހެންމީހަކު ފެންނެގުމަކީ ގަވައިދާހިލާފަށް ފެންނެގިކަމަށްނުވާނެތޯ ؟ ޙަމަޔަގީނުންވެސް އެއީ މަށަށް އެއްމިލިޔަން ރުފިޔާލިބެންޖެހޭނެކަމެއް އެފައިސާ ކަލޭމެންގެ ސަރުކާރަކަށްނުދޭނަން އެއީ މަގޭވަޅުން ގަވައިދާހިލާފަށް ފެންނެގީމަ ލިބުނުއެއްޗެއް.

  4. ލި

    އަބަދުވެސް ރައްޔިތު މީހާ ބަނޑުފަޅާނުލެވިގެން.