އާންމު ރައްޔިތުންނަށް ބަނގުރާ ވިއްކާ ހުއްދަ ނޫން ގޮތުގައި ބަނގުރަލުގެ ވިޔަފާރި ކުރާތީ މިދިޔަ އަހަރު ތިން ސަފާރީއެއްގެ ހުއްދަ ބާތިލުކުރުމަށް އިކޮނަމިކް މިނިސްޓްރީއަށް ހުށަހެޅި ނަމަވެސް އެ ހުއްދަތައް ބާތިލްކޮށްފައިނުވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ގޮތުން އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ އިވެންޓެއްގައި ފުލުހުން ވަނީ މީގެ ކުރިން މީޑިއާތަކަށް ހާމަކޮށްފައިނުވާ އެތައް މައުލޫމާތެއް ނޫސްވެރިންނާ ހިއްސާކޮށްފައެވެ.

އެގޮތުން ރާއްޖޭގައި ހުއްދަ ނަގައިގެން ބަނގުރަލުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ފަރާތްތައް އުޅޭކަން ފާހަގަ ކުރައްވާ ފުލުހުން ވިދާޅުވީ އާންމު ގޮތެއްގައި އާންމުން ބަނގުރާ ގަންނަނީ ގަވާއިދާ ހިލާފަށް އެފަރާތްތައް ލައްވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ފަތުރުވެރިންނަށް ހިދުމަތްދޭ ސަފާރީތަކުންނާއި އަދި ޔޮޓުތަކުން ވެސް ބަނގުރާ ބައެއް ދިވެހިންނަށް ވިއްކާކަން އެނގިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

މީގެ އިތުރުން މިފަދަ ފަރާތްތައް ހުއްޓުވުމުގައި އޮންނަ އުސޫލުގެ ތެރެއިން އެފަދަ ފަރާތްތަކުގެ ހުއްދަ ބާތިލުކުރުމުން ފުލުހުން ހުށަހަޅަން ޖެހެނީ ސަރުކާރުގެ ކަމާއިބެހޭ އިދާރާއަށް ކަމުން އެފަދަ 3 މައްސަލައެއްގައި ތަފާތު 3 ސަފާރީއެއްގެ ހުއްދަ ބާތިލުކުރުމަށް ފުލުހުން މިދިޔަ އަހަރު އިކޮނަމިކް މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ފުލުހުން އިއްޔެ ހާމަކުރިއެވެ.

ހުއްދަ ބާތިލުކުރަން ފުލުހުން މިދިޔަ އަހަރު އިކޮނަމިކް މިނިސްޓްރީގައި އެދިފައިވީ ނަމަވެސް ސަރުކާރުން މިހާތަނަށް އެއްވެސް ސަފާރީއެއްގެ ހުއްދަ ބާތިލްކޮށްފައި ނުވާ ކަމަށް ވެސް އިއްޔެގެ އިވެންޓުގައި ފުލުހުން ހާމަކުރިއެވެ.

ހަމައެހެންމެ ބަނގުރަލުގެ މައްސަލަތަކުގައި ފުލުހުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަނގުރަލަށް ހާއްސަ ގާނޫނެއް ވުޖޫދުގައި ނެތުންކަން ފާހަގަ ކުރައްވާ ފުލުހުން ވިދާޅުވީ އެފަދަ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުންނަށް ހައްގު އަދަބު ލިބޭނެ ފަދަ ގާނޫނެއް މިވަގުތު ނެތް ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން އަނެއްކާވެސް މާގިނަ ދުވަހެއް ނުވެ ކުށުގެ ވެއްޓަށް އަނބުރާ ދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިކަމުގައި ގާނޫނީ ގޮންޖެހުންތަކެއް ހުރިކަމުގައި ވީނަމަވެސް ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ފުލުހުން ވަނީ ބަނގުރާ ހުއްޓުވުމެ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން 2019 ވަނަ އަހަރު 3728 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު ޖެހިގެން އައި 2020 ވަނަ އަހަރުވެސް 3463 ބަނގުރާ ފުޅި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މިދިޔަ އަހަރު 4250 ބަނގުރާ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

ބަނގުރަލުގެ އެކި ކަހަލަ މައްސަލަތަކުގައި 2019 ވަނަ އަހަރު 141 މީހުން ހައްޔަރުކޮށްފައިވާއުރު 2020 ވަނަ އަހަރު 107 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ނިމިދިޔަ 2021 ވަނަ އަހަރު 108 މީހަކު ވަނީ ބަނގުރަލުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސެންބެ

    ރާބޯތަން ފެނި ރާބޯކަމަށް އެއްބަސްވެ ރާބޯން ވަކާލާތުކޮށް ރާހުއްދަ ކުރަން އުޅޭ ބޮޑުން އުޅޭ ސަރުކާރެއްގަ ރަލުގެ މައްސަލަ މައްސަލަ އަކަށް ވާނެތޯ.

    21
  2. ހަވާސާ އިބޫ

    މިސަރުކާރަކީ ބޭންޖެހޭނެ ބޯންވާނެ ކަމަށް ވަކާލާތުކުރާ ސަރުކާރެއް!

    19
    1
  3. ދަންބެރު

    ބޮވެންޖެހޭނެއޭ ހަމަހޭގަހުންނާކަށް ނުޖެހޭނެއޭ ބުނާމީހާއަށް އިހުތިރާމްކުރުމަކީ ސަރުކާރަށް ވާޖިބުކަމެއް އެކަން އެގޮތުގަބޭއްވުމަށް ސޯލިބޭގެ ހިތްވަރުލިބޭނެ.

    18
  4. Anonymous

    ސަރުކާރު ގުޅިގެން ކުރާ ކަމެއްވީމަ ކޮން މައްސަލައެއް.

  5. ހުސޭނުބޭ

    ބާޠިލުކުރާނީވެސް ކިހިނެއް؟ ބާޠިލުކުރިއްޔާ ބޮޑުންގެ އަނގަޔަށް ޖަހަޖަހާ ހުްނަނަ ތިކިވެސް ކެނޑޭނެ.

  6. ގައުމުދެކެލޯބިވާ ދަރިއެއް

    އިންޑިއާ ސިފައިން މިގައުމުގައި ބަނޑަހަޖަހައިގެން ތިބިހާދުވަހަކު ލާހިކެއްނު މިގައުމުން މަސްތުވާތަކެތި މަދުކުރާކައް އަހަރެމެން ލޮލުންނޭ ދެކެނީ އިންޑިއާ ސިފައިން ގާއިމުވެތިބޭ ގެތަކަށް މަސްތުވާތަކެތި ބޭނުންކުރާކުދިން ރެއާ ދުވާލު ވަދެނުކުމެވާތަން އަޅުގަޑު ދިވެހި ސިފައިންނަށް ގޮވާލަން ގައުމަށާ ދިވެހިރައްޔިތުއްނަށް ލޯއްބެއްހުރިނަމަ އިންޑިއާ ސިފައިންތިބޭތަންތަން ބަލާފާސްކުރުމައް. ލަފާކުރެވޭގޮތުގައި އެމީހުންގެއަތުގައި ވަރައްނުރައްކާތަކެތި ތަކެތިހުރުންއެކަށީގެންވޭ އެއީ މިހާރުއެމީހުން އެގެތަކުގައި އުޅޭއިރު އެމީހުންގެ ހަރަކާތައްހުއްނަގޮތުން މީގެކުރިންއެމީހުންއުޅޭ ގެތައްހުއްނާނީ ރޭގަނޑުގައި ބޭރަށްއަލިފެއްނަގޮތައް ދިލްލާފަ މިހާރު އެއްގޮތަކައްވެސް ބޭރަށްއަލިކަމެއްނުވާނެ. މިކަހަލަ ބައިވަރުސަބަބު.

  7. ހާލަތު

    ދަރިފުޅާ އޭގެ އެއްސަފާރީ 3 އޭ ގެ އެއްޗެކޭ ގޮވާއަޑެއް އެހިހަނދާނެއްވޭe