މަސްވެރި ރައްޔިތުންތަކެއް ދިރިއުޅޭ، ގިނަ އަދަދެއްގެ އޮޑި ދޯނިފަހަރު ބޭނުންކުރާ ޅ.ނައިފަރުގެ ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީން ވިދާޅުވީ، 57610 އަކަމީޓަރުގެ މި ބަނދަރުގެ މަސައްކަތް މިހިންގާ ޖުލައި މަހުގެ 12 ވީ ބުރާސްފަތި ދުވަހު ނިންމާލާފައިވާ ކަމަށެވެ.
މި ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިމުނުއިރު ބަނދަރުގައި 758 މީޓަރުގެ އެއްގަމު ތޮށްޓާއި، 783 މީޓަރުގެ ބޮޑުހިލައިގެ ތޮށްޓެއް ލާފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އަދި 3740 އަކަމީޓަރުގެ ޕޭމަންޓެއް ލާފައިވާ ކަމަށާއި، ބަނދަރަށް އަލިކުރުމަށް 38 ބަނދަރު ލައިޓް ހަރުކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއްވައެވެ.
ނައިފަރުގެ ބަނދަރު ތަރައްޤީ ކޮށްފައިވަނީ ކުރިން ބޭނުންކުރި ބަނދަރާ އެއްކޮށްލައި ބޮޑު ބަނދަރެއްގެ ގޮތުގައި ރައްޔިތުންނަށް އެކަމުގެ ލުއިފަސޭހަ އެންމެ ބޮޑަށް ލިބިގެންދާ ގޮތަށެވެ.
2015 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު ނައިފަރު ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 21.8 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއު ނިމުމާއެކު ނައިފަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާ ފުރުމުގެ ދަތިކަމަށް ހައްލެއް ލިބި ރައްޔިތުންނަށް އިޤްތިޞާދީ ގޮތުންވެސް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
މިއީ ރައީސް ނަޝީދު ފަށާފަ އޮތް މަޝްރޫއެއް
ޔާމީން އެެއް ނޫން
ނައިފަރަށް ކޮއްދެއްވި ކަމެެއް ކޮއްދެއްވީ ރައީސް
ނަޝީދު
ނޫނޭ އެއީ ޝައްޝުއްދީން ރަދުން ފެއްޓެވި މަޝްރޫޢެއް! ޝަމްޝުއްދީން ރަސްކަމުގައިވިއްޔާ އެންމެ ފުރަތަމަ ބަނދަރު ހެދީ! ތިހެން ކިޔަންވިއްޔާ ދަރުމަވަންތރަ ރަސްގެފާނާ ހިިސާބަށް ތި ބަނދަރުގެ ވާހަކަ ގެންޗެވިދާނެ! އެކަމަކު ބުއްޅަބޭ ކޮށްދިންކަމެއް ހަރާމޭ ނައިފަރު އެމްޑީޕީ މީހުންވެސް ގޮވާއަޑު އެހީން!
މީ ނަޝީދު ވިހޭ ދުވަހު މަހަކަށް ވެއްޓުނު ބަނދަރެއް ނޫންތަ.
މިއީ ރައީސް ނަޝީދު ފަށާފަ އޮތް މަޝްރޫއެއް
ޔާމީން އެެއް ނޫން
ނައިފަރަށް ކޮއްދެއްވި ކަމެެއް ކޮއްދެއްވީ ރައީސް
ނަޝީދު❤❤❤
ނަންނުގައްޗެއްހެން އޮންނަ ބަނދަރެއްދޯ؟