ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރަށް މިއަދު ދިނީ ވަރަށް ވަރުގަދަ އަދި އެހާމެ ސާފު މެެސެޖެއް ކަމަށް ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން އަދި މި ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އީޔޫގެ މެސެޖަށް އަޅާނުލާ ދޫކޮށްލައިފިނަމަ އެއީ ބުއްދިވެރި ކަމަކަށް ނުވާނެ ކަމަށާއި އީޔޫ އިން އެދެނީ ދިވެހި ރާއްޖެ ޑިމޮކްރަސީގެ މަގަށް ރުޖޫއަވުމަށް ކަމަށެވެ.
EU is encouraging Maldives return to the path of democracy. It is not wise to ignore this clear and strong message. Many issues we need to deal with including “political prisoners’, independent EC, fair trials and preparing for a free & fair election. Talks?#MaldivesinCrisis https://t.co/30OrR6EMel
— Dunya Maumoon (@dunyamaumoon) July 16, 2018
ދުންޔާ ވިދާޅުވީ ރާއްޖެއިން ވަރަށް ގިނަ ކަންކަމާ ކުރިމަތިލާންޖެހޭ ކަމަށާއި އެގޮތުން "ސިޔާސީ ކުށްވެރިންނާއި، މިނިވަން އިލެކްޝަން ކޮމިޝަނަކާއި، އިންސާފުވެރި ޝަރީއަތްތަކާއި އަދި މިނިވަން އިންސާފުވެރި އިންތިޚާބަކަށް ތައްޔާރުވުން" ހިމެނޭ ކަމަށެވެ. ދުންޔާގެ ޓުވީޓުގައި ވަނީ މަޝްވަރާތައް ކޮބައިތޯ ވެސް ސުވާލު ކުރައްވާފައެވެ.
ހާލަތު އިތުރަށް ގޯސްވާނަމަ. ސަރުކާރުގެ އިސްވެރިންނާއި އެނޫންވެސް ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކަށް ފިޔަވަޅު އަޅަން، ވިލާތު އިއްތިޙާދު (އީޔޫ) އިން މިއަދު ނިންމައިފައިވާއިރު މިގޮތަށް ނިންމާފައިވަނީ މިއަދު ބާއްވާފައިވާ އެ ޖަމާއަތުގެ ފޮރިން އެފެއާޒް ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ފްރޭމްވޯކްގައި ވަނީ 2004 ސެޕްޓެމްބަރ 16، 2015 އޭޕްރިލް 30، 2015 ޑިސެމްބަރ 17 އަދި 2017 އޮކްޓޯބަރ 05 ގައި އީޔޫ އިން ފާސްކޮށްފައިވާ ޤަރާރުތަކަށް ރާއްޖެ އިން ބޯނުލަނބާނަމަ ރާއްޖޭގެ ވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.
އީޔޫ އިން މިގޮތަށް އަންގާފައިވީނަމަވެސް، މި ގަރާރުތަކުގައި އިސްލާމް ދީނާ ފުށު އަރައި ބައެއް ކަންކަން ހިމަނާފައިވެއެވެ. އެގޮތުން، ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް އުޅެވޭގޮތަށް، ދިވެހި ރައްޔިތުންނަށް ދީނީ މިނިވަންކަން ދިނުމަށް ގޮވާލާފައިވާއިރު، މަރަށް މަރު ހިފުން ނުވަތަ ޤިޞާޞް ހިފުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށްވެސް ގޮވާލާފައިވެއެވެ.
މީގެއިތުރުންވެސް، ބަޔާންކޮށްފައިވާ ފްރޭމްވާކްގެ ކަންކަން ފާހަގަކޮށް މިއަދު ބަޔާނެއް ނެރެފައިވެއެވެ. ބަޔާނުގައި ބުނެފައިވާ ގޮތުން، މި ފްރޭމްވޯކަކީ ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކުގެ ބާރުކަނޑުވާލާ ފަރާތްތަކާއި އިންސާނީ ޙައްޤުތަކަށް އަރައިގަންނަ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ފްރޭމްވޯކެކެވެ.
މިމީހުންގެ ދީނަކީވެސް މިހާރު ޑިމޮކްރަސީ.
ތި ވަރުގަދަކަން ނުދެއްކޭނެ. އެންމެ ބާރުގަދަ ޖައްބާރުވަންތަ ކަލާނގެ އެއީ އަހަރެމެން ވަކީލުކުރާ ފަރާތް
ވިލާތު އިއްތިޙާދު (އީޔޫ) އިން ވަކިވުމަށް ގޮވާލަން
ސަރުކާރުން ވަކިވީމާ ރާގު ބަދަލުވީދޯ!
ސުބުޙާނަﷲ! ދުންޔާވެސް ؟؟ ބަލަގަ ދުންޔާ! ވިސްނާ ފިކުރުކޮށްބަލަ!
ހަމަ އެހެންތަ؟ އީޔޫއިން ބުނީ ޖުލައިމަސް ނިމޭތަނުން ބޮޑު ހަދުކޭތައެއް ހިފާނެޔޭ! އެކަން ކޭތަބެޔަށް އަންގާލާށޭ!
ކަލޭވެސް އެއްޖިންސުން ކާވެނި ކުރަން ބޭނުންވީތަ؟ ނުވަތަ ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރަން ބޭނުންވީތަ؟ މީހުން މަރާމީހުންނާއި ބޮޑެތި މުޖްރިމުން މަގުތަކަށް ދޫކޮށްފައި ބައިތިއްބަން ބޭނުންވަނީތަ؟ ބަލަ ކަލޭގެ ބަފާ މީހުން ބޯކާލައިގެން ވެރިކަން ކުރި ޒަމާނެއްނޫނޭމިޔަކީ. ކޮންމެ ދެވެއްސެއް އަތުގައި އޮންނަ ފޯނުން ތިޔަ ބުނާ އިސްތިއުމާރީ ޖަމިއްޔާ ނުވަތަ އީޔޫއިން ދައްކާވާހަކަ ހިނދުން ހިނދަށް ފެނި ކިޔާލެވޭ. މިދެންނެވި ކަންކަމަށް ބަސްނުކިޔަނީ ކަލޭޔާއި ކަލޭގެ އައުވާނުން އެހެން އުޅެންބޭނުންވާތީ ކަން އެންމެން ދަނެޔޭ. ކުޅި ކުޅެން އެހެން ގައުމުތަކަށް ދޭ!! މިތާގައި ބޮކިއަރުވަން ހަދާންނައްތާލާ..
މިގައުމުގަ މީހުން މަރާ މީހުން ރޯމާ ދުވާލު މަޖީދީ މަގު ގަޔާ ތަންތާގައި ކަނޑި އާއި ވަޅި ހިފައިގެން ހޫރެއިރު ކޮބާ ތިބުނާ މުޖުރިމުނަށް ދެވުނު އަދަބެއް!!ތި ކަހަލަ ހަމަނުޖެހޭ ވަހަކަދައްކާތީ އަހަރަމެން ހިތްހަމަ ނުޖެހެނީ!! އަހަރެމެން ވެސް ބޭނުން އަނބި ދަރިން ގޮވައި ގެން އަމާން ކަމާ އެކު އުޅެވޭނެ މާހައުލެއް މި ގައުމު ގަ ވެސް ފެންނަން!! މީ ވަރަށް ވާހަކަ!!
ދުންޔާގެ ބައްޕަ ހައްޔަރު ކޮއްފަހުރީމަ އެވާހަކަދޯ ތިވިދާޅުވީ ދުންޔާގެ ބައްޕަކުއްކުރީމާ ހައްޔަރުކުރީ އެހެންނޫންނަމަ ދުންޔާވެސް ހައްޔަރުކުރަންވީނު ކޮންމެހެން އީޔޫގެ ތައްޕަހައް ވެއްޓޭކައް ނުޖެހޭދޯ އަދިވެސް ގައުމު ހަލާކުކުރަން އެމްޑީޕީ އާއި އެކު ނޫޅެބަލަ ގައުމަށް ވަފާތެރިވާން ދަސްކޮއްބަލަ.
ދުންޔާއަށް ޔަޤީންވަނީތަ އީޔޫ އިން އުޅެނީ ފާރިސްއަށް ވެރިކަން ހޯދަދޭންކަމަށް. ހެޔޮ ނުވާނެ ތިއީ ހުވަފެނެއް. ނިދިން ހޭލަންވެއްޖެނު. އީޔޫއިން ބޭނުންވާ ގޮތަށް ކެރަފާ ނަޝީދުއަށް ވެރިކަން އަތުޖެހިއްޖިއްޔާ ދުންޔާމެންގެ ވަސްވެސް މިދުނިޔެއިން ފޮހެލާނެ. އާއިލާގެ ބައެއް މެމްބަރުން ޖަލަށް ދާން ޖެހުނުގޮތް ޒާތީ ތައައްސުބުން އެއްކިބާވެ އިނދެ ނިކަން ވިސްނާލަބަލަ.
ދުންޔާ މޮޔަފުޅުވީ ތޯ؟
ހެދިފައިވާ ޤާނޫނުތަކުގެ ބާރުކަނޑުވާލާ ފަރާތްތަކާއި އިންސާނީ ޙައްޤުތަކަށް އަރައިގަންނަ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ވާހަކައަކީ، އެއްބަޔަކު އުފާކުރާ ވާހަކައަކަށްވާއިރު، އަދި އަނެއްބަޔަކު ހިތާމަކުރާ ވާހަކައަކަށްވާއިރު، މިމައްސަލާގައި އުފާކުރާ މީހުންނަކީވެސް އަދި ހިތާމަކުރާ މީހުންނަކީވެސް ހަމަ ދިވެހިންނެވެ. އެނގޭކަމަކީ، ހަމަކަށަވަރުން ދައުލަތަށް ދެރައެއް ލިބިއްޖެނަމަ އެދެރައެއްގައި އެދައުލަތަކަށް ނިޞްބަތްވާ ހުރިހާ އެންމެން ޢާންމުވެ ޝާމިލުވާނެ ކަމެވެ. އެމީހަކު ހިތުހުރިހައި ގޮތަކަށް އުޅެން ދޫކޮށްނުލައި ޤާނޫނުގައިވާ ގޮތުގެމަތިން ގައިޑްކުރުން އޮވެއެވެ. މިގޮތުން މީސްމީހުން ހިފައި ހައްޔަރުކޮށް ޝަރީޢަތުގެ މަރްޙަލާގައި ކޯޓުގައި އަދަބު ކަނޑައަޅައި އަދަބު ތަންފީޒުކުރުމަކީ، ހެދިފައިވާ ޤާނޫނުތަކުގެ ބާރުކަނޑުވާލައި އިންސާނީ ޙައްޤުތަކަށް އަރައިގަތުން ކަމަށް އެއްބަޔަކު މާނަކުރާއިރު، އަނެއްބަޔަކު އެކަންކަމުން ނެރޭ ތަރުޖަމާ ތަފާތެވެ. މިރާއްޖޭގެ އިޖުތިމާޢީ ތަރައްޤީއަށްޓަކައި ފ.އަތޮޅުގެ މަޝްރޫފަދަ މަޝްރޫޢުތަކަކީ، ކޮންމެހެން ހިންގަންޖެހޭ މަޝްރޫޢުތަކެވެ. އެހެނީ، އައްޑޫ އަތޮޅުގައި އިގިރޭސިން އުޅުމުގެ ތެރޭގައި އެއަތޮޅަށް ލިބިފައިވާ ކުރިއެރުން މިސާލެއްގެ ގޮތުގައި ބަލައި ގަނެވޭނެއެވެ.
ޔާމިން ވަރެއް ނެތް މިހާރު ޢީޔޫ ވެސް ސައިޒުގާ ޔާމިންއައް މަގޭވޯޓް
ފ. ޢަތޮޅު ޕްރޮޖެކްޓް ވެސް ހިންގަން ޖެހެނީތާ ހަމަ އެއްބަޔަކު ދެކޮޅަށް. މިގައުމުގައި އެންމެން އިއްތިފާގުވާ އެއްކަމެއް ދައްކަބަލަ.
ކަލޭގެ ބަފަޔަށްވެސް އެއޮތީ ރަނގަޅު މެސެޖެއް ލިބިފަ! ދެންތިބޭ.
މައުމޫނަށްވެސް ވާނެ މިސަރުކާރުން ވަރުގަދަ މެސެޖެއް ދީފަ.
މަންޖެ ޖަމަލުފޮޑިއޭ ކިޔާ އަޑު އަހަމުތަ....؟ އެއީ ތިޔަ މެސެޖަކީ.
ދުންޔާ ކަނބުލޯ! ތިޔަ ވިދާޅުވާ އީ ޔޫ މީހުން ކައިރީ ބުނެބަލަ ނިކަން ގަޓު ހުރިއްޔާ ގަޞްދުގައި މީހުންމަރާ ކަތިލަމުންދާ އަދި އދ. ގެ އެއްވެސް ޤަރާރަކަށް ބޯ ނުލަނބާ އިސްރާއީލާއި މެދު ނިކަން ފިޔަވަޅެއް އަޅާލަ ބަލާށޭ.
އިޒުރޭލާ ދިމާލަށް އެނބުރިލާ ކޮންމެ ފަހަރަކު އީޔޫ އޮންނަނީ ލޯކަނުވެފަތަ؟
މަންޖޭ އެއީ ﷲގެ ވަޙީބަސްފުޅެއްތަ؟
މަހީކުރީ އީޔޫ އިން ރާއްޖެއަށް ދިނާ ރަން ފާޚާނާ ތައްޓެއްކަމަށް