ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފޮރިން އެފެއާޒް ކައުންސިލުން ފާސްކުރި ފުރޭމްވޯކަށް އަމަލުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފިއެވެ.

އަދާލަތު ޕާޓީން ބުނީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބާއްވާ، މިނިވަންކަމާއެކު ބާރުތަކާއި ޖުޑީޝަރީ ހިންގުމުގެ ފުރުސަތުދީ، ކުއްލި ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.

އަދާލަތުން މިކަމަށް ގޮވާލާފައި ވަނީ އީޔޫގައި އިއްޔެ ބޭއްވި ފޮރިން އެފެއާޒް ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖޭގެ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ އެންމެހާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅޭ ގޮތަށް ނިންމާ، ފިޔަވަޅު އެޅޭނެ އުސޫލެއް ކަނޑައެޅުމާއި ގުޅިގެންނެވެ.

އީޔޫގެ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވާނަމަ ރާއްޖޭގެ ވަކިވަކި ފަރުދުންގެ މައްޗަށާއި ދިވެހި ދައުލަތުގެ ބައެއް އިސް ބޭފުޅުންގެ މައްޗަށް ފިޔަވަޅު އަޅަން ނިންމާ އެކަމުގައި އަމަލުކުރާނެ ގޮތުގެ އޮނިގަނޑެއް ފާސްކޮށްފަ އެވެ.

އީޔޫ އިން ރާއްޖޭގެ ވަކިވަކި ފަރުދުންނަށް ފިޔަވަޅުތަކެއް އަޅަން ނިންމާ، ފިޔަވަޅު އަޅާނެ ބޭފުޅުންގެ ލިސްޓެއް އެކުލަވާލާފައިވާ ކަމަށް ކުރިން ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް އީޔޫގެ ކައުންސިލުން މިފަދަ ލިސްޓެއް އަދި އާންމުކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި ހިނގަމުންދާ ސިޔާސީ މައްސަލަތައް ހައްލުކުރުމުގައި އީޔޫގެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް އިންޑިއާއާއި ޗައިނާއަށްވެސް މިގަރާރުގައި ގޮވާލާފައިވެ އެވެ.

ޔޫރަޕިއަން ޔޫނިއަން އިން ދިވެހި ދައުލަތުގެ އިސް ބޭފުޅުންގެ މައްޗަށް މިއަދު ފިޔަވަޅު ނޭޅީ ދިވެހި ސަރުކާރުން ކުރި މަސައްކަތްތަކުގެ ސަބަބުން ކަމަށާއި އެއީ ސަރުކާރަށް ލިބުނު ކާމިޔާބެއް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ވިދާޅުވެފައެވެ.

ޝައިނީ ވިދާޅުވީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް އީޔޫގެ ބޭފުޅުންނަށް ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް އޮޅުވާލާ ދޮގު މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

އީޔޫގެ ކައުންސިލްގެ ބައްދަލުވުމެއް ދެން ބާއްވާނީ ދެ މަސް ދުވަސް ފަހުން ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ކޮމްޕެނީ

    ފ. އަތޮޅުގެ މަޝްރޫއު ނުފެށެނީ "ހެޔޮ އެދޭ މީހުން" ގިނަވީމަ ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް ވިދާޅުވުމުން އެކަމާއި މަމެން ވަރަށް އުފާ ކުރަމޭ މަމެން އުއްމީދު ކުރަމޭ ފާފު އަތޮޅު މަޝްރޫއު މާލެ ސަރަހައްދަށް ޑައިވާރޓް ކޮށްލާނެ ކަމަށް އެގޮތުން އެބަޖެހޭ ގުޅިފަޅު އެއްކޮށް ހިއްކާލާ އެފަޅުގައި 1 ކިލޯ މީޓަރު ފުޅާ އަދި 1 ކިލޯ މީޓަރު ދިގު ފުޓް ޕްރިންޓް ގައި ދުނިޔޭގެ ފެންވަރުގެ ކޮމާރޝަލް އަދި އިންޑަސްޓްރިއަލް މަސަައްކަތް ކުރާ ބިލްޑިންގްސް ތަކެއް މިސައިޒު ގައި ހަދަން އަދި ކޮންމެ ފްލޯރ އެއްގެ ހެއިޓް ގައި 7 މީޓަރު ހުންނަ އުސޫލުން 150 ބުރީގެ އިމާރާތް ތައް ކާރު ތަކަށާއި އަދި ޕިކަޕްސް ތަކަށާއި އަދި ކްރޭން ލޮރީ ތަކަށް ދެވޭނެ އުސޫލުން މިދެންނެވުނު ސައިޒުގެ 1000 ބިލްޑިންގްސް ގުޅިފަޅުގައި އަޅަން އިންޑަސްޓްރިއަލް އަދި ކޮމާރޝަލް މަސައްކަތް ތައް ކުރުމަށް ޓަކައި އެއިރުން މަމެންނަށް ޔަގީން އިންޑިއާ ނުވާނެ ކަހިރުވަކަކަށް ވެސް މަމެން ރާއްޖެ ގާތު ކޭންވީ ބީ އީޗް އަދަރސް ކޮމްޕެނީ އޯއް ކޮމްޕެނީ.

  2. ރާފު

    ނޫނޭވާ ގޮތްކުޑަ ހަޔާތްކުޑަ އަގަލުކުޑަ ބައެއް. ކާފަރުންނާ އެއްވަރަށް ލަދު ކުޑަ ބައެއް. ގުރްއާނާ ރަސޫލާގެ އަމުރުތައް އޮއްވާ އީޔޫ އަށް ތަބާވާންޖެހެނީ ކޮންގޮތަކުންބާ؟؟؟؟؟

  3. ނަން

    ތިތާ ތިތިބަ ތިންމީހުންނަށް އީޔޫ އިން ނެރޭ އެއްޗެހި ކިޔަން އެނގޭބާ؟ މަށަކަށް ހިއެއްނުވޭ!

  4. ޙަފްޞާ / މާލެ

    ޕާޓިއެއް އުފެއްދީ އިސްލާމްދީން ކުރިއަރުވާ ދީނީ ޕާޓީއެއްގެގޮތުގައި! މިއަދު މިފެންނަނީ ޖަހާލަތު ޕާޓީގެގޮތުގައި! ކަލޭމެން ޕާޓީއެއްހަދައިގެން ޕާޓީ ކޮއްޅުން ބަހައްޓަން މިޖެހެނީ އަމިއްލަ ބާރެއްނެތި ބަޔަކު އަސާގަޑެއް ދިނީމާ އެ އަސާގަނޑުގެ ބާރުގައި! ! މިހާރު ތިތިބީ ލާދީނީ ބައިގަނޑެއްގެ އަސާގެ ބާރުގައި! ފުރަތަމަ ލަދުގެންބަލަ އަނގަ ފުޅާކުރުމުގެކުރިން!!!!

  5. ޖޮއްބެ

    އެކުރީ ރީތިދޯ....!! ތިންމީހުނާ ފަޅި ކިރިޔާ ހަމަވާއިރުވެސް ފުއްޕަނީތަ......؟؟؟؟

  6. ޢަހަންމާ

    ޢެހެންވީމާ މިބައިގަނޑުގެ ދީންވެރިކަން ކިހާ ސާފްކޮށް ފެނިއްޖެ. މިހުރީހާ އެންމެން ވީ ގާދޫކޮލުން ބޭރަށް އުކާލާން

  7. މަކަރު އީޔޫ

    އަދާލަތު ނުފުއްޕައްޗޭ ތިންމީހުން ގޮވައިގެން ކުރެވޭނެ ކަމެއްނެތް ތީ ގައުމައް ހަރާމްކޯރުވާ ތިން މީހުން .

  8. ޙުސައިން މ. މުލި

    އިޒުރޭލާ ދޭތެރޭ ފިޔަވަޅު އަޅަން އީ ޔޫ އަށް އަށްގާލަދީބަލަ. ކީއްވެފާ އަދާލަތު ތިއޮތީ

  9. މޮޔާ

    ޢީޔޫ އަދާލަތު ތިތާ ތިތިބެ ތިން މީހުން އީޔޫ އަށް ޖޮއިންކޮށް އެޤައުމުތަކުގަ އަދާލަތު ޤާއިމް ކުރަންވީ.

  10. ޙަފީޒާ

    އީޔޫ އަށް ތަބާވާނީ ތިކަހަލަ ގްރޫޕުތަކުން

  11. ސަންގޯރު

    އަދާލަތު ކުދިމްނަށް މުސާރަޖަމާކޮށްފި ކަހަލަ. މިވަގުތު ކޮންމެފަދަ ބަޔާނެއްވެސް ނެރެދޭނެ. ރިސޯޓް ކުދިންނަށް ދޭންޖެހޭ މުސާރަ އާއި ސާވިސްޗަރޖް ކޮޅުމް ދުވަހުން ދުވަހަށް ދޭން ސޭޓް އަށް ވަރުގަދަ ހިޔާލެއް ދީބަލަ މަވެސް ރީލޯޑް ކޮއްލާނަން

  12. ރ

    ކަލޭމެން ދެން އީޔޫއަށް އެއްބާރުލުން ދޭން ގޮވީމާ އެދެން ޖޯކަކަށްވަނީ. ކާފަރުންނަށް އެއްބާރުލުންދީ ދީން ބަދަލުކުރުމަށް ބައިއަތު ހިފައިގެން ތިތަނަށް އަރާ ތިތިބީ ކޮންމެ މީހަކަށް ކިތައް މިލިއަން ދީގެންތަ.

  13. މަހާ ކަލަމިންޖާ

    ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ހިލާފް ކަންކަން ކުރުމަށް ހިތްވަރުިނުމާއި ދީނާހިލާފް ކަންކަން ކުރުމަށް ބާރުއެޅުން އެއީ ޕާޓީ އުވާލެވެން ޖެހޭކަމެއް. އިންސާނުން ހެދުންލަނީ އައުރަ ނިވާކުރަން. އެވަރުވެސް ނޭނގުނު ބައެއްމީ. މިބައިމީހުންގެ ހުރި ނުބައިކަމެއްގެ ބޮޑުކަމާއެވެ.

  14. މޫސާ

    މޮޔައިންގެ ޕާޓީ!

  15. އަބްދުއްލާ

    އެއްޖިންސުން ކައިވެނިކުރުމާ އިސްލާމްދީން ނޫން ދީނެއް ގެނައުމާވެސް އެކުގާތަ ؟

  16. އެދުރު

    ޢަދާލަތު މީ ކޮންކަހަލަ ބައެއް ؟ ކޮބާ ތި ޕާޓީ އުފެއްދި މަގުސަދު ؟

  17. އެސް

    އަސްލު ޢަދާލަތު ޕާޓީ އެއް މިހާރަކު ނެތް ، މީގެ ތިން ބޭފުޅުން ރަނގަޅުވާނީ އެމްޑީޕީ އާ ގުޅުނިއްޔާ ، ޝޭޚް ޢިމްރާން، ޢިލްމުވެރިންގެ ބަސް ޤަބޫލުނުކޮށް ދެވަނަ ފަހަރަށް އެމްޑީޕީ އާ ގުޅުނު ދުވަހަކީ އޭޕީ އުވުނު ދުވަސް ، އެ ޕާޓީގަ އޭރު ތިއްބެވި ގިނަ ޢިލްމުވެރިންނާ މެންބަރުން އެޕާޓީ ދޫކޮށްލިތާ ކިތަންމެ ދުވަހެއް ، ރަގަޅަށް ބަލައިފިއްޔާ އެއްހާސް މެންބަރުންވެސް މިހާރު ތި ޕާޓީގަ ނުތިބޭނެ

  18. ޙަބޭސް

    އަޅެފަހެ މިއީ ހަމަހޭގަ ތިބި ބައެއްތަ ކޮބާތަ ކުއްލި ހާލަތުގަ ބަންދުކުރިކާކުތަ މިހާރު ބަންދުގަހުރީ އެވެރިން މިހާރުތިބީ ޝަރުޢީ ކޯޓަކުން ކުރި ހުކުމެއް ތަންފީޒުކުރުމަށް ބަންދުކޮށްފައި ހެހެ

  19. މަކަރު އީޔޫ

    އަދާލަތެއް ނޫން ޖަހާލަތު ޕާޓީ ކޮން އަދާލަތެއް ކީރިތިރަސޫލާ ޔައް ފުރައްސާރަ ކުރުމައް އެއްބައިވި ޕާޓީ

  20. އަނާ

    މިއީވެސް ދެން ޕާޓީ އެއްތަ

  21. އަންނި

    ރާއްޖޭގެ ގާނޫނު އަސާސީގައި އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ނުލިބޭ ގޮތަށް އޮތް އޮތުން ނެގުމަށް، އީޔޫ އިންނާއި ލާދީނީ ވިސްނުމުގެ މީހުންކުރާ މަސައްކަތަށް ތަބާވެ އެއަށް ޢަމަލު ކުރުމަށް ދީންވެރިން ކަމުގެ ތާކިހާ އަޅައިގެން ތިބެ ތިގޮވާ ގޮވެލި ފައްޗަށް އިޖާބަ ނުދެއްވުމަށް ދިވެހި ސަރުކާރަށް ގޮވާލަން

  22. ޖަހާލަތު ޕާޓީ

    ކަންނެލި ޕާޓީ

  23. ފަރޫ

    ދީނެއް ނެތް މިހާރު ތި މީހުނަކަށް. ދިވެހިންނަށް އިނގެން ވެއްޖެ މި މީހުންގެ ހަޤީޤަތް.

  24. ޅަފުރަަ

    ޢަނާރާ ތަންތަނަށް އަރާ އަނގަ ފުޅާކުރާއިރު ތިމާގެ ދާއިރާމަތިން ހަނދާން އެބަހުރިތަ ދާއިރާގެ ރަށަކަށް އަރާނުލާތާ ކިހާދުވަހެއް ވެއްޖެތޯ؟ ތިޕާޓީއަށް އަދާލަތޭ ކިޔަން ވެސް ލަދު ގަނޭ ކަލޭމެންނަށް މިހާރުވަނީ ދީންވެސް އޮޅިފަ

    • އިމްރާން

      ދާއިރާގެ ރަށަކަށް ނުދިޔަސް، އެއްކަމެއް ނުކުރިޔަސް ވަރަށް ހަލާލު ގޮތުގަ މުސާރައާއި އިނާޔަތް ނަގާ، ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް، މިވަރު މީހުން ކޮންމެފަދަ ގޮތަކަށްވެސް އުޅޭފާނެ