އައްޑޫ ސިޓީ ފޭދޫ ހިއްކި ދިމާލުގައި ހިލަ ޖެހުމަށް ހިލަ ބަރުކޮށްފައި ލޮރީއެއް ފުރޮޅާލައި، ދުއްވަން އިން ޑްރައިވަރަށް އަނިޔާވެއްޖެ އެވެ.

މިހާދިސާ ހިނގިއިރު ލޮރީގައި އިނީ ޑްރައިވަރު އެކަންޏެވެ.

ލޮރީ ފުރޮޅާލީ ހިލަ އަންލޯޑް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

ލޮރީ ފުރޮޅާލިއިރު ލޮރީގައި އިން ޑްރައިވަރަށް އަނިޔާވެފައިވީ ނަމަވެސް އޭނާ އަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

ލޮރީގެ ވިންޑް ސްކްރީން ތަޅައިގެން ގޮސް ވިންޑް ސްކްރީން ވެސް ވަނީ ނެއްޓިފައެވެ.

އޭނާގެ ނިތްކުރި އަށް ލިބުނު ޒަހަމަކަށް ފޭދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަޖުލިސްވަގުނިޒާރު

    މަޖުލީހުން ވައްކަންކުރި ނިޒާރު ބުނާނެ ކޮން ކަމެއްހޭ ކޮއްދިނީ.

    • އަންނި

      ހަމަހޭގަ ނުތިބޭމީހުންނަށް ނުފެންނާނެ ކޮށްދޭކަމެއް، އޭނަގެ ބުރުސޫރަޔަށް ބެލީމަވެސް އެގޭނެ އެކަލޭގެއަށް ނުފެންނާނެކަން

  2. މުކި

    ގައިމު އައްޑޫގައި ސަރުކާރުން އެއްވެސް ކަމެއް ނުކުރެޔޯ؟ ހިލަ އަރުވައިގެން ފިނިބުރުޖަހަނީތަ؟ ކީކުރަންތަ ލޮރީއަށް ހިލަ އަރުވައިގެން އައްޑުގަ ދުއްވަނީ؟ އައްޑޫ މީހުނަށް ނުފެނޭތަހަނަ؟

  3. محمد علي شفيق بن عبد الله

    މީހުންގެ ދުޢާ ، ނޫނީ ކޮންމެވެސް ބައެއްގެ ސަލާމަތަށްޓަކާ ދިމާވިކަމެއް. ތިޔަ ލޮރީ މަތިންދާބޯޓެއް ހެން ދުއްވާތާ ދެތިން ދުވަހެއް ވެއްޖެ. ދުއްވާ އެއްޗަކަށް އެރިއްޖެނަމަ ކޮންމެ މީހަކަށްވެސް ހީވަނީ ލައްކައެއް ހެން. ވަރަށް ސަލާމް.