ރައީސް އަބްދުﷲ ޔާމީން ދެއްވި ރިޔާސީ ބަޔާނުން ހާމަވީ ސަރުކާރުގެ ނުކުޅެދުންތެރިކަމާއި ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާކަން ކަމަށް އަދާލަތު ޕާޓީއިން ބުނެފިއެވެ.
އަދާލަތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2017 ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވުގައި 586 މިލިއަން ޑޮލަރު ހުރި ކަމަށް ފަހުރުވެރިކަމާއެކު ފާހަގަ ކުރެއްވި އިރު އެ އަދަދަކީ 2014 ވަނަ އަހަރާ އަޅާ ބަލާއިރު 29 މިލިއަން ޑޮލަރު މަދު އަދަދެއް ކަމަށެވެ. އަދި 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ވެސް ރަސްމީ ރިޒާވު ދިޔައީ ދަށަށް ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ވޭތެވެދިޔަ އަހަރުތަކުގައި ދައުލަތަށް އާންމުދަނީގެ ގޮތުގައި ލިބިފައި ވަނީ ބަޖެޓުގައި ލަފާ ކުރި އަދަދަށް ވުރެ މަދުން ކަމަށް ފާހަގަ ކުރިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ އައި ހެވަން މަޝްރޫއު ކަމަށާއި ދައުރު ނިމޭ އިރު އެ މަޝްރޫއު ހަމައެކަނި ކަރުދާހުގައި އޮތުމަކީ ސަރުކާރު ނުކުޅެދިފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ. އަދި އެކަމުގެ އަނެއް ހެއްކަކީ ތިލަފުށި ބަނދަރުގެ މަޝްރޫއާއި ރާއްޖެއިން ތެޔޮ ހޯދުމުގެ މަޝްރޫއު ވެސް ނަކާމިޔާބު ވުން ކަމަށް އަދާލަތުން ބުނެފައިވެއެވެ.
އަދި ރައީސް ޔާމީންގެ ދައުރުގައި 24 މީހުން މަރާލެވިފައިވާ ކަމަށާއި ނޫސްވެރިއަކު ގެއްލިފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ. އަދި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އިންވެސްޓަރުންގެ އިތުބާރު ގެއްލެމުންދާ ކަމަށް ވެސް އަދާލަތުން ބުނެފައިވެއެވެ.
ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިއުލާން ކުރި ހިޔާ މަޝްރޫއު ކާމިޔާބު ކުރަން އުނދަގޫވާނެ ކަމަށާއި މިހާތަނަށް ނިންމި ހައުސިން މަޝްރޫއުތަކަކީ ކުރީ ސަރުކާރުތަކުން ފަށާފައިވާ މަޝްރޫއުތައް ކަމަށް ވެސް އަދާލަތުން ބުނެފައިވެއެވެ. އަދި ވޭތުވެދިޔަ 4 އަހަރު އައު ބޯހިޔާވަހިކަމުގެ މަޝްރޫތައް ފެއްޓުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުންޏެވެ.
އަދި ރައީސް ޔާމީންގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދު ކަމަށްވާ ބެޔަސް ނުބެޔަސް 10000 ރުފިޔާގެ ވައުދު ފުއްދާދެވިފައި ނުވާ ކަމަށް ބަޔާނުގައި ބުންޏެވެ. އަދި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ބޮޑު ކަންނެލި މަސްވެރިންނަށް އެތައް ގެއްލުމަކާ ކުރިމަތިވެފައިވާ ކަމަށް ބުނެފައިވެއެވެ.
އަދި ސިއްހީ ދާއިރާގައި މުޅިންހެން ދައްކާފައި ވަނީ މާލޭ ސަރަހައްދުގެ ވާހަކަ ކަމަށް ބަޔާނުގައި ބުންޏެވެ. އަދި އެކަމުން ހާމަވަނީ އަތޮޅުތެރެއާއި މާލެ ތަފާތު ކުރާ މިންވަރު ކަމަށާއި އަތޮޅު ތެރޭގެ ސިއްހީ ކަންކަން އިސްލާހު ކުރަން މަސައްކަތް ނުކުރައްވާ ކަން ދޭހަވާ ކަމަށް ބުނެފައިވެއެވެ. އަދި އަތޮޅުތެރޭގެ ސިއްހީ ދިހުމަތް ކުރިއަށްވުރެ ދޯދިޔާ ކަމަށްވެސް ވަނީ ބުނެފައެވެ.
ބަޔާނުގައި އިތުރަށް ބުނީ ރިޔާސީ ބަޔާނުގައި ރައީސް ދެއްކެވި ވާހަކަފުޅުތަކުންނާއި ނުދައްކަވައި ދޫކޮށްލެއްވި ވާހަކަފުޅުތަކުން އެނގެނީ ވެރިކަމުގެ ގާނޫނީ ހައިސިއްޔަތު ގެއްލި ވައުދު ފުއްދުމަށް ފެއިލްވެފައިވާ މިންވަރު ކަމަށެވެ. އަދި ގާނޫނީ ހަމަތަކުގެ މަތިން ވެރިކަން ބަދަލު ކުރުން މަޖުބޫރުވެފައިވާ ކަމަށް އަދާލަތުން ބުނެފައިވެއެވެ.
ދޮގުހެދުމާއި އޮޅުވާލުމަކީ މިހާރުގެ ސަރުކާރުގެ ސަޤާފަތް !
އޮތް ހަމައެކަނި ދީނީ ޕާޓީ ވެސް މަގު ފުރެދުމާ ހެއްލުމުގަ. ނޭނގޭ ވާހަކަ ދެއްކުމަކީ ކިހާ ނުބައި ކަމެއްކަންޗެސް އެ ސޭހުންނަށް ބޮޑަށް އެނގިލައްވާނީ. ލަދުން ބޯ ހަލާކު
ފީކަޅާ ރައްދެއް!! މުޅިން ރޯ ބުހުތާނު ދޮގު!!! ކަލޭމެން މިފަސް އަހަރު ތިބީ ނިދާފަ ނުވަތަ ހޭބަލިވެފަ!! އެހެންވީމަ ވާނުވާ ނޭނގޭ ވާހަކަ ތިދައްކަނީ އަދާލަތު!!! ދެން ކަލޭމެންތީ ވެރިކަން ވައްޓަން ހޭބޯނާރާ ތެޅިބާލާ ބައެއް އެހެންވީމަވެސް ކަލޭމެން މިސަރުކާރުގެ ރަގަނޅު އެއްކަމެއްވެސް ނުފެންނާނެ!!!
ރުހުމުގެ ލޮލަކައް އައިބެއްނުފެންނާނެ ހަސަންބޭ.. ރަންގަޅައް އައިނުގެ ލޯގަނޑު ސަާފުކޮއްލާފަ ބަލާބަލަ.. މިރާއްޖޭގެ ހާލު އޮތީ މިވޭތުވެދިޔަ ވެރިކަންތަކައްވުރެންވެސް މާ މަާ ބޮޑައްވެސް ދަށުގައި.. މުޅިރާއްޖެ ފެލާލައިފި...
އަދާލަތު ޕާޓީ އަކީ އިސްލާމް ދީން އައްޑަނައަކަށް ބޭނުންކޮއްގެން އަމިއްލަ އެދުން ކުރިއަށް ނެރޭ ބައެއް. އެހެން ނޫންނަމަ، ފިތުނަ އުފެދޭކަހަލަ ވާހަކަތަށް އަދި ފައިސާ އާއި ފަސާދައިގެ ވާހަކަތަކުގެ ބަދަލުގައި ދައްކަން ވީ ދީނީގޮތުން އައި ކުރި އެރުން ތަކާއި އިތުރަށް ރަނގަޅު ކުރަން ވީކަންތައްތައް. މި މީހުން ޕާޓީ އުފެއްދީ ދީނީ ގޮތުން ޤައުމުގެ އޮނިގަނޑު ރަނގަޅުކުރުމަށް ވައުދު ވަމުން. ނުފެނޭ އެވަޢުދު ފުއްދަން މަސައްކަތް ވެސް ކުރާތަނެއް.
އައިހެވަނޭ ތި ސްތަންޓުގަ ނުޖެހޭތި ރައްޔިތުން ކާމިނީ ސަރުކާރަކުން އަތޮޅެއްގަ އެކަހަލަ އެއްވެސް މަޝްރޫއެއް ނުހިންގާނެ.. އެހެންނަމަ ބޮޑު ލޯނުން ބޭކާރު ބުރިޖެއް ނާލާ ބޯކޮށް ޑޮލަރު ވަންނަ ތިޔަކަހަލަ މަޝްރޫއެއް ނުފެށީކީއްވެ؟ ކުޑަމިނުން ކަޑަވެސް ޖަހައި ނުލެވުނު ސީރިއަސްކަމެއް ނުވަތަ ހަޤީޤަތެއްވާނަމަ ކުޑަމިނުން އެވަރު ކޮށްލާނެ. ބިންވެސް މި ހިއްކަނީ މިހިއްކަނީ ހުލ=ުމާލެ ނިމޭތަނުން 2016 ޑިސެމްބަރުގަ 2017ގެ ކުރީކޮޅުގަ މަހާޖައްރާފުން އެންމެ ފުރަތަމަ މިކަހަލަ ކިތައް ރޯ ބުހުތާނު ދޮގު ހެދި ރައީސް؟ އެކަމު ދޮގުހަދާކަމަށްވެސް ނަންވާނި ނަޝީދު
މޮޔަނުގޮވާ. ރޭގަ ހިއްޕެވި އެއްޗެހީގެ އަސަރު ފިލީމަ އެނގޭނެ މިވަރުގެ ފާގަތި ދުވަސްތަކެއް ދިވެހިން މިހާތަނަށް އަދި ނުދެކޭކަން.
ތިބުނީ މިހާ ދަރަނިބޮޑު ކާޑާ ފެން ބިލާ ކަރަންޓްގެ އަގު ބޮޑު ރައްޔިތުން ބިކަވެފަ ތިބި ޒަމާނެއް ނާންނަ ވާހަކަ ދެއްތޯ؟ ރަނގަޅު ވާހަކައެއް..ތިޖޫރީ ހުރިތާ ވަޅުގަނޑު ހުރީ ކަރަޕްޝަނާ ވައްކަން އިންތިހާ
ދެން އަގުހެޔޮކޮށް ބްރިޖް އަޅަން ޖީއެމް އާރަށް 5 ރުފިޔާ ދީފައި ބުރިޖު އަޅާބަލަ....... ވަރިހަމަ ގެއާ ބަދިގެޔާދެމެދުވެސް........... ތި ބްރިޖް ނިމުނީމަ ތީގެ ފަސޭހަ ފެންނާނީ.
ކޮން ބުރިޖެއް؟ އެއީ ހަމަ އިސްރާފެއް.. 5 މިނެޓުން ދެވޭތަނެއްގަ 300 މިލިޔަނު ދީގެން ބުރިޖު އެަލުމަށްވުރެއް ތިތަނަށް ސުޕީޑު ލޯންޗުތަކެއް ލާފަ އެ ފައިސާއިން ކިތަށް ރަށުގަ ރަނގަޅު ސިއްހީ ހިދުމަތް ޤާއިމް ކުރެވޭނެ..ތިޔައީ ބޭރު ފައިސާ ޤައުމަށް ވަންނާނެ ޕުރޮޖެކްޓެއް ނޫން އެތެރޭގަ ހުރިއެއްޗެއް ފެލިފެލިގެން އަންނާނީ
އެހެންވެ ދޯ ފަޅުގައި ފެރީ މަދުވެގެން މިއުޅެނީ. ގެންގުޅޭ ސައިކަލްގަނޑު ދަމާފައި ގެންދާންމިޖެހެނީ.
ސަރުކާރުގެ ނުކުޅެދުންތެރި ކަމެއްނޫން ހާމަ ވީކީ ކަލޭމެންގެ އަމިއްލަ އެދުމުގެ ކަންތައްގަޑު ހާމަވީ..
އައިހެވަނުގެ ދޮގު މަޅީގަ ޖެހިގެން އުތުރުގެ ރައްޔިތުން ކޮންމެވެސް ކޮންމެވެސް ވޯޓު ނުލާތި މިމީހުންނަށް.. މިމީހުން ހޮވިއްޖެއްޔާ ރިޔާސީބަޔާނުން އިވޭ ކުރު ތަންކޯލަކަށް ތިކަންވާނި ދެން އޮތް 5 އަހަރުވެސް.. މިސާލު
2019_ އައިހެވަން މާސްޓަރ ޕުލޭނާ ފީސިބިލިޓީ ކުލަކޮށް ޕުރިންޓްކޮށް ނިމިއްޖެ
2020- އައިހެވަން މާސްޓަރ ޕުލޭނާ ފީސިބިލިޓީ ކުލަކޮށް ޕުރިން އިނެވެސްޓަރުންނަށް ބަހައިފި.
2021- އައިހެވަނަށް ޝައުގުވެރިވާ އިނވެސްޓަރުންގެ ނަން ނޯޓުކުރަންފަށައިފި
2022- އައިހެވަންގެ އިންވެސްޓަރުންނާ ރައީސް ބައްދަލުކޮށްފި
2023- އައިހެވަނުގެ 3ޑީ ކުރެހުން ކުރަހަން ހަވާލުކޯސްފި ދެންއަންނަ ދައުރަކަސް ސަރުކާރު ހޮވިއްޖެނަމަ އަމަލީ މަސައްކަތްފެށޭނެ.
މި ތިޔަކަން ދާނެ ގޮތަކީ. އެހެންވީމަ މި އަވާމެންދުރުގަ ރައްޔިތުން ނުޖެހޭތި..
ހެހެހެ ވ ބަރާބަރު ވާހަކައެއް.
ރިޔާސީ ބަޔާނުން އިދިކޮޅު ރޭވުން ޗޮކުން
މިއަންނައަހަރު ތިޔަވާހަ ބުނަން އަދި މަޑުކޮށްލިނަމަ މާރަގަޅުވީސް
ހއ.ގަ ކުޑަ ޑޮމެސްޓިކު އެއަރޕޮތުގަނޑެއް ނޭޅިގެން އުޅެނަޔަކަށް ކޮން އައިހެވަނެއްހޭ އެޅޭނީ؟ އެމްޑީޕި ސަރުކާރަށް ވެރިަކން ލިބޭ ދުވަހަކުން ތިޔަކަން ވެސް ކޮށް ނިންމާނެ.. ޗައިނާގެ ބާރު މިސަރަހައްދުން ކަޑުވާލަން ތިޔަ ތަނަށް ނުލާހިކު ބޭނުންވެފަ އިންޑިއާ އެ އޮންނަނީ.. މި ސަރުޚާރަކުން އިްނޑިއާއަކަށް ނުދެނެ އެ ސަރަހައްދެއް
3 އަހަރުތެރޭ ރާއްޖޭގެ ހުރިހާ ރަށެއްގަ އެމް.ޑީޕީން އެއަރޕޯޓް އަޅާ ނަރުދަމާ އަޅާ ކޮންމެ މީހަކަށް މާލޭން ފްލެޓް ދީފަ ނޫންތަ ހުރީ. ނުވިތާކަށް. ރައްޔިތުންގެ ފައިސާގަ ނުޖެހި އަމިއްލަ ފައިސާ އިން އެހުރިހާ ކަމެއް ކުރީވެސް. 30 ބިލިއަނަށް ދަރާފަ އެއޮތީ އެވެރިކަމުގަ ތެރޭ އުޅުނު އިބިލީހެއް. އެމްޑީޕީން ނެތޭ ނުކޮށް ދޫކޮށްލި އެއްކަމެއްވެސް. ދިވެހިން މުއްސަނދި ކަމުން މަސައްކަތެއް ނުކޮށް އެޒަމާނުގަ ކައިއުޅުނީވެސް. 4 އިރު 7 ސްޓަރ ރިސޯޓުތަކުން ގޭގެއަށް ކައި އެއްޗެހި ގެނެސް ދެނީވެސް.
ޢެެހެންވީމާ އަދާލާތު ޕާޓީ.މީ ރާއްޖޭގަ އޮންނަ ޕާޓީ އެއް ނޫން ދޯ. ރާއްޖޭގެ ތަރައްގީ ނުފެންނަ ބަޔަކައް ވާތީ މަހަމަ ހައިރާން ވެއްޖައިން.
ލޮލް. ތަރައްގީ އޭ؟ ބިލިއަނުން ކައިފަ، ބަޖެޓުން އިސްރާފުކޮށް، އިންފްރާސްޓްރަކްޗާ ބިލްޑު ނުކޮށް ބްރިޖެއް އެޅި ވާހަކަ؟ ބްރިޖާ ޕާކާ ރަސްފަންނު ހަދަން ބަޖެޓު ދަވާލާފަ ހައެއްކަ ރަށަށް ބަށިކޯޓު ދިން ވާހަކަ؟
އައިހެވަން ނެޅިގެން އުޅެނީ އިންޑިއަ ދެކެ ބިރަށޯ އެއީ އިނޑިއާކަނޑުގެ އެންމެ މުހިންމު ޖިއޮގްރަފިކް ކަނޑުއޮޅިއޯ އެތަން ޗައިނާއަށް ދީފިއްޔާ އިންޑިއާ ކެކިގަންނާނެއޯ މުޅި ސަރަހައްދު ޗައިނާ ބާރުގެ ދަށަށް ދާނެއެޯ؟؟ ދެން ތި އިްނޑިއާއަށް ބަލައިގެން މި ޤައުމު ތަރައްޤިނުކޮސް ޤައުމަށް ބޯކޮށް ވަންނަންހުރި ޑޮލަރުތަކުގަ އަތްއަޅައިގެން ތިބެންވީ؟ ލަންކާ އިްނޑިއާ އިން ޕޯޓުތައް އަޅާ ނަގަނީ.. ދައުރު ނިމުމުގެ ކުރިން ކޮންމެވެސް އެއްބަޔަސް ދީ ނިންމަން ޖެހޭ އިދިކޮޅު މީހުންނަށް ވެރިކަން ލިބިއްޖެއްޔާ ތިޔަތަން އިންޑިއާއަށް ދޭނެ..
އެކަމު ބުނީ ދޭނެ ރައްދެއް ނެތޯ ؟ ޕަކާސް
މީ އަދާލަތު ގެ ރިޔާސީ ބަޔާނެއްތަ. ވަގުތުގަ ނެތީތަ ރިޔާސީ ބަޔާން އަޑުއެހި މީހެއް. ނޫނީ ދެފަރާތް ގެނެވޭނެ ފަދަ ގާބިލުކަމެއް.
ކަލޭމެން ގެ ދައުރު އޭގައި އޮވެމެ މިގައުމުގެ ތަރަށްގީއަށް ހުރަސް އަޅި ރައީސް ގެ ޒައާމަތުން ދުވަހެއް ބޭކާރު ކޮށްލުމަށް ކަލޭމެން ކުރި މަސައްކަތް އެއޮތީފެންނަން ނުފެނުން ދޯ އުނހު!! އެދިމާ ޖަލާދިމާލަށް ބަލާބަލަ. ހޫމް ފެނިއްޖެ ދޯ. އެއި މަބުނާ ވާހަކަ. ތުނބުޅި ދިގުކޮށް ފަޓުލޫނު މޭކައްޓާ ހިސާބަށް ހިއްލައިގެން އަޔަކަސް ޑަރު ހީނުވާނެ މިތާ ކަލޭމެން އުޅެން ބޭނުން ނެތިއްޔާ ދޭ ބަކަރި ހުއިހައްޕަން ދެން އުމުރު ހަމަ ނުވާ ކުދިންނާ ކައިވެނި ކޮށްގެން ހިރަފުހުގަ އުޅެން.
އަދާލަތު ތީ މިހާރު އެއްވެސް އޮށްޓަރެއް ހުރި ބައެއް ނޫން
ސަރުކާރު ވައްޓާނުލެވުނީމަ އަދާލަތުގެ ޕާޓީގެ ފުނާފިގުކަމާއި ބައިބައިވުންތަށް ބޮޑުކަން ހާމަވެއްޖެ
ދޮގު ފިތުނަ ޕާތީ
އައިހެވަނޭ މީހަކު ޓުރޭޑު މިނިސްތްރުކަމުން ފެށިގެން ދެކޭ ހުވަފެނެކޯލަ ތިޔައީ.. އެހެންވެތާ ރޮކެޓް އިސްޕިޑުގަ އެދަނީ ކުރިޔަށް.. މަހޖައްރާފުން އެންމެ ފުރަތަމަ ހިއްކާ ލިސްޓުގަވެސ ްއޮތީ ތިޔަތަން.. ރަނގަޅަށްބެލި އިރު ފުރަތަމަ ހިއްކާ 20 ބިމުގެ ތެރޭގަވެސް ނެތް.. ކިތައް ދޮގު ހަދައި ތިޔަ ހެވަނެކޭ ކިޔައިގެން؟ ދެން ރައްޔިތުން ގުނބޯ ނުހެއްދޭނެ
ޖަހާލަތު ޕާޓީ ވެރިކަމުގެ ދަހިވެތި ކަމުގައި މިގައުމު ފަސާދަކޮށް ބައިބާކޮަށް މުޅިން ހަލާކުކޮއްފީ
މިވަރުގެ ނުބައިނުލަފާ ބަޔަކު ދެން އުޅޭނެބާ!؟
އަދާލަތަކީ ދުނިޔެއާހެދި އުޅޭ ބައެއް. ލާރިކޮޅެއް ދީފަ މިހެން ބުނާށޭ ބުނީމަ އެހެން ބުނާނެ
މިއީ އަދިވެސް އޮންނަ ޕާޓީއެއްތަ؟ ޔަހޫދީ ގްރޫޕެއްދޯ މިއީވެސް؟
މަ އަދާލަތު ޕާޓީ ދެކެ ފޫހިވީ މުޅި ޕާޓީ އަކީ އެންމެ 3 މީހުން، އެއީ ސިދާތާ އަލީ ޒާހިރު ދެން އަނާރާ. މިހާރު އިޔާޒުވެސް ބަނދުން ހަންދަމާލައިގެން މަތީ ފަޑިޔަށް އެރޭތޯ އެބަބަލާ. ސިދާތާ އަޚުލާގަށާއި، އުޅޭގޮތަށާއި، ބަހުރުވަ ހުންނަގޮތް އެއީ އިސްލާމް ދީނުގަ އަންހެނުންގެ އަޚްލާގު ހުންނަން ޖެހޭގޮތްތޯ؟ ތިއަދާލަތު ޕާޓީގަ ތިއްބެވި އިސްލާމް ދީނުގެ އިލްމު އުނގެނިފައި ތިއްބެވި އިލްމުވެރިން ޖަވާބު ދެއްވާ ކެރެންޏާ. އިސްލާމް ދީނުގެ ހައްގުގައި މިފަދަ މުޑުދާރު އަޚްލާގެއް ހިންނަ ބަޔެއްފަހަތުން އުޅޭތީ މަ އަދާލަތު ޕާޓީއަށް ތާއީދު ނުކުރަނީ
އަދާލަތުން ހުރިހާކަމެއް ރަގަޅު ދީނީކަންތައް އިންތިހާއައް މުޅިން ވެސް މީހުން ބައިބައި ކުރުން އަވަހައް އިމުރާނައް ރައީސްކަން ހަވާލު ކުރޭ އަދާލަތު މޮޔަވޭ
މާލެ އާ އަތޮޅު ތެރޭ ރަށް ރަށުގެ ކަރަންޓާ ފެނުގެ އަގު އެއްވަރު ކުރިކަން އަދާލަތުގެ އިސްކޮންތިބި ބީތާތަކައް ނޭގެނީތަ މީ މާލެ ޔާ އަތޮޅު ތެރެ ހަމަ ހަމަ ކުރުމުގެ ލާމަސީލް މިސާލެއް ނޫންތަ .....
ދީނީފޮށާ ގައިގަލައިގެން އެތެރޭ ކުނިފުޅަ