ރާއްޖޭގައި މިހާރު އޮންނަނީ ބޮޑު ބުރަހެލި ސަރުކާރެއް ކަމަށާއި އެހެންކަމުން މިހާރަށް ވުރެ ސަރުކާރު ކުޑަކުރަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އަދި އަމިއްލަ ގޮތުން ކުރިޔަށް އޮތް 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އްޔާރުވުމުގެ ގޮތުމުން އުމަރު ރޭ ބޭއްވި "ވާމް އަޕް" އިވެންޓުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ގައުމުގެ ހިންގުމުގެ ވިސްނުން ހުރިހާ ދާއިރާއަކުން ވެސް އެބަހުރި ކަމަށާއި ބޭނުންވަނީ ލުއި ސަރުކާރެއް ކަމަށެވެ.

"ދިވެހި ދައުލަތަކީ ޚަރަދުކުޑަ، ކުޑަ ސަރުކާރަކަށް ވާން ޖެހޭނެ އިނގޭތޯ، ސިޔާސީ ވަޒީފާތައް އެކަނި ވެސް މިހާރު ދެ ހާހަށް ވުރެ ގިނަ ސިޔާސީ ވަޒީފާތައް އުފެދިފަ އެބަހުރި. ޖުމްލަ 30 މިލިއަން ރުފިޔާ ޚަރަދުކުރެވޭ މަހަކު ސިޔާސީ މީހުންގެ މުސާރައަށް އެކަނި... ހިމަތޮޅި ލުއި ސަރުކާރެއް ގެނައުން، މިހާ ބަރުހެލި ބޮޑު ސަރުކާރަކަށް ދައުލަތެއް ނުހިންގޭނެ. އެހެންވީމަ ސަރުކާރު އެބަ ޖެހޭ ކުޑަކުރަން،" އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ވެރިންނާއި ވެރިކަންކުރާ ޕާޓީތައް ބަދަލުވިނަމަވެސް ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ބަދަލެއް ނާންނަ ކަމަށާއި މައްސަލަތައް ހުރީ ހައްލުނުވެ ފުނިޖެހިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމާއި ޑްރަގް ކެފޭތަކުގެ މައްސަލައާއި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި މަސާޖު ޕާލާތަކުގެ މައްސަލައިގެ އިތުރުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުން ފަދަ މައްސަލަތަކަކީ ހައްލެއް ލިބިފައި ނުވާ މައްސަލަތަކެއްގެ ގޮތުގައި އުމަރު ސިފަ ކުރެއްވިއެވެ.

"ރައްޔިތުން ޓެކްސް ދައްކަމުން ދަނީ، އެހެންނަމަވެސް ރާއްޖޭގައި ހުރި ބޮޑެތި އެއްވެސް މައްސަލައަކަށް އެއްވެސް ހައްލެއް ނާދޭ. ވެރިކަން ބަދަލުވޭ. އެކަމަކު އެ ބަދަލެއް ނުއެއް ފެނޭ އަޅުގަނޑުމެންނަކަށް. ހަމަ މައްސަލަތައް ހުރި ގޮތަށް، ފުނި ޖެހިފައި،" އުމަރު ވިދާޅުވިއެވެ.

އެއްވެސް ސިޔާސީ ވެރިއަކަށް މިފަދަ މައްސަލަތައް ހައްލު ނުކުރެވިގެން އުޅެނީ މިފަދަ މައްސަލަތަކުގެ ތެރޭގައި އެ ބޭފުޅުން ޝާމިލް ވާތީކަން ފާހަގަ ކުރައްވާ އުމަރު ވިދާޅުވީ މިފަދަ މައްސަލަތަކަށް އެކަށޭނެ ހައްލެއް ގެނެވޭނީ އިސްލާމީ ލީޑަރަކު އިންތިހާބުކޮށްގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ލޮލް

    ހުރިހާ މަގާމެއްގަވެސް އުމަރު ދޯ ހުންނާނީ ؟ މުސާރަވެސް ނަގާގޮތައް ؟

    5
    5
    • ލުލް

      ނުދެ، ޢިލްމީ ޤާބިލު މީހުންނަށް މިނިސްޓަރުކަމާ ބޮޑެތި ވަޒީފާތައް ހަވާލު ކުރީމާ އިތުރަށް ސުޓޭޓުންނާއި ޑެޕިއުޓީންނާއި ކޯޑިނޭޓަރުން ހޯދާކަށް ނުޖެހޭނެ. އެފަދަ މީހުންނަށް އެނގޭނެ ތަނުގައި ތިބި އިދާރީ މުވައްޒަފުން ގޮވައިގެން ގައުމު ހިންގަން. ރައްޔިތުން ކަންކަން ހަވާލުކުރީމާވެސް އެކަންކަން ކުރަން ނޭނގުނު ބަޔަކު ވިސްނާ ބީދައިން ވިސްނީމާ ހީވާނެ ހުރިހާ ތަނަކާ ހަވާލުވެގެން އުޅޭނީ އެކަކުހެން.

    • ލޮލް

      މިހާރު ކިހިނެއް ސަރުކާރު ހިނގަނީ، އެކަކު ކުރާ މަސައްކަތް ކުރަން ދިހަ ބާރަ މީހުން ލާފައި މިހުންނަނީ، އެއިން ކޮންމެ މީހަކު ކުރާ މަސައްކަތާ ނުބައްދަލު ބޮޑެތި މުސާރަތައް ދީފައި. އެމީހުން މައިގަނޑު ގޮތެއްގައި އަދާކުރާ ވަޒީފާއަކީ ޓުވިޓާ އާއި އެނޫންވެސް މީސްމީޑިއާ މަންސަތަކުގައި ސަރުކާރުގެ ވެރިންނަށް ހުޝާމަދުކޮށް ސަނާކިޔާ، ސަރުކާރާ އިދިކޮޅު މީހުންނަށް ރައްދުދިނުން.

    • އަހަރެންގެ ވޯޓު އުމަރަށް.

      ހުރިހާ މަގާމެއްގައި އުމަރު ހުއްޓަސް، މުސާރަ ނެގިޔަސް، ރައްޔިތުންނަށް ފުދުންތެރި އަމާން އޮމާން ހިތްފަސޭހަ އުފާވެރި ރަނގަޅު ދިރިއުޅުމެއް ގާއިމު ކޮށްދެވޭނަމަ އެކަމުގައި އަހަރެންގެ އެއްވެސް މައްސަލައެއްނެތް. ތިމާމެން އެހެން މީހުންނަށް ރީތި ބަހުން މަލާމާތްކުރުމުގެ ކުރިން އެމީހަކު ދައްކާ ވާހަކަތައް، އިންސާފުވެރި ކަންފަތަކުން އަޑުއެހުމަށްފަހު އެކަމާމެދު ފުންކޮށް ވިސްނާފައި ބަސްބުނުމަކީ، ތިމާމެން އަނެކުންނަށް ކުރާ މަލާމާތް ތިމާމެންނަށް ރައްދުނުވުމަށް އޮތް ފަހި ފުރުސަތެއް.

  2. ޖަމަލުފޮޑި

    އާއެކޭ އޭރުން ދޯ ބައި އަޅާން ޖެހޭވަރު މަދުވާނީ. ބޮލަކަށް ޖެހޭ ވަރު ގިނަވާނެ. 5 މީހުން ގެ ސަރުކާރެއް ހިންގަންވީ އަސްލު. ދެން ނިމިގެންދާއިރު ތިބޭނީ 5މާމުލުންގެ 5 ވަގަށް ވެފަ.

    2
    1
    • ލޮލް

      އެހެންނު ވާނީ، ރައްޔިތުންވެސް ތިބެނީ ފައިސާއަށް ބޫތުކައިފަ. ކޮންމެ މަސްވެރިޔަކަށް ދިހަހާސް، ކޮންމެ ދަނޑުވެރިޔަކަށް އަށްހާސް، ކޮންމެ ގެޔަކަށް ބޯކޮށް ޑޮލަރު. އައްޑުއަށް ޕައުންޑު. މިފަދަ ކެހިވެރި ޝިއާރުތަކުގައި ޖެހިގެން ރައްޔިތުން ވޯޓުދެނީ ވަގުންނަށް. އާޚިރުގައި ރައްޔިތުމީހާގެ ޖީބަށް ވަތް އެންމެ ފައިސާފޮއްޗެއްވެސް ނެތް. ހުރިހާ އެއްޗެއް ވަގަށް ވަންނަނީ ސަރުކާރާ ގުޅުންހުރި ސަރުކާރުގެ ބޮޑުންގެ ޖީބުތަކަށް.

  3. ބޯހަލާކު

    ރާއްޖޭގަ ހުރި ބޮޑެތި މައްސަލަތަށް ކަމަށް ތިފާހަގަ ކުރަނީ ދެތިން ކަންތަށް އެހެންވީމަ ކިހާ ގައުމު ހިންގޭނެ

    1
    1
    • ލޮލް

      އެފާހަގަ ކުރާ ދެތިން ކަންތައް ފިޔަވާ ރައްޔިތުންނަށް ބޮޑުވެގެން އުޅޭ އާކަމެއް ނިކަން ބުނެދީބަލަ.

  4. އެދުރުބެ

    މީހުން ރަޖަމުކުރާކަށް ކަލޭ ވެރިކަމަށް އަރުވާކަށް އަހަރެމެން ބޭނުމެއްނޫން

    1
    2
    • ލޮލް

      ޒިނޭކުރަން މަރުދޭ މީހުން ވަރަށް ބިރުގަންނާނެ ރަޖަމުކުރުމުގެ ޙުކުމްދެކެ. ރަނގަޅަށް ވިއްޔާ އެދުރުބެވެސް މީ ޒިނޭ ކުރާހިތުން ލޮލަށް ނިދިނައިސްގެން އުޅޭ މީހަކީ ތޯއްޗެއް.

  5. ކަރުކުރުސީ

    މިގައުމު ކޮރަޕްށާޏޫޏޤ ސަލާމަތްކުރުމަށް އުމަރުނޫން މީހަކުނުފެނެ

  6. ޤައުމު

    ބަޔަކުނޫ ޅޭ ހޭބަލިވެގެން ކަލޭ ވެރިކަމަށް ގެންނާކަަށް
    އަހަރުމެން ކަލޭ ތަޖުރިބާކޮއްފިން ހޯމްމިނިސްޓަރުކަން ލިބުނީމަ ސައިޒުއޮޅުނު މީހެއްތިޔައީ

    2
    1
  7. މެހި

    ހިތުން މިހާރުތިހުރި ވެރިކަމައް އާދެވިފަ މޮޔަ.