ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބާއްވާ ތާރީހު ކަމަށްވާ 23 ސެޕްޓެމްބަރުގެ ކުރިން އިލެކްޝަންސް ކޮމިޝަން ބަދަލު ކުރާނެ ކަމަށް އިދިކޮޅު ފަރާތް ތަކުން ބުނެފިއެވެ.
މިއަދު އިދިކޮޅު ފަރާތްތަކުން ސޯލްޓް ރެސްޓޯރަންޓް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާ އަލީ ނިޔާޒު ވިދާޅުވީ އިންތިހާބުގެ ކުރިން އިލެކްޝަން ކޮމިޝަން ބަދަލުކޮށް އާ ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ކުރާ ކަމަށާއި އިލެކްޝަންސް ކޮމިޝަން އެ ތާރީހުގެ ކުރިން ބަދަލު ކުރާނެ ކަމަށެވެ.
"އިލެކްޝަން ކޮމިޝަނުގެ އަމަލުތަށް ހުރިގޮތުން ވޯޓްލާ އެތަށް ބައެއްގެ ހައްގުތަށް ގެއްލިގެންދާނެ, ވޯޓު ފޮށި ބަހައްޓާ ރިސޯޓްތައް މަދުވުމާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިލެކްޝަން ކޮމިޝަންގެ އޮފިޝަލުން ފާހަގަ ޖަހައިދޭ މައްސަލާގައި ހުރި ކަންބޮޑުވުންތައް މިހާރު ވާނީ އިލެކްޝަން ކޮމިޝަންގެ ރައީސާއި ހިއްސާކޮއްފައި" ނިޔާޒު ވިދާޅުވިއެވެ.
އަލީ ނިޔާޒު ވިދާޅުވީ އިދިކޮޅުގެ މި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ބައްދަލުވުމެއް ބާއްވައި އެކަމާ މަޝްވަރާކުރައްވާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވެފައިވާކަމަށެވެ.
" އެ ނިންމުންތައް ބަދަލުކުރުމަށް ޕާޓީތަކަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން. އަޅުގަނޑުމެން ޓޫރިޒަމް މިނިސްޓްރީ އާއި މަޓީއާ ވެސް ބައްދަލުކުރާން " ނިޔާޒު ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން ކޮންމެ ގޮތަކަށް އަމަލު ކުރި ނަމަވެސް ޕާޓީތަކުން އިންތިހާބު ބޮއިކޮޓްނުކުރާނެ ކަމަށާއި ދަތިތަކާއި ހުރަސްތަކާއެކު ވެސް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.
"މިފަދަ ނިންމުންތައް ކޮމިޝަނުން ކުރިން ނިންމަނީ ހުރިހާ ޕާޓީތަކުގެ މަންދޫބުން ތިއްބަވާ ގައުމީ ލަފާދޭ ކޮމެޓީގައި މަޝްވަރާކުރުމަށްފަހު. ނަމަވެސް މި ދެ ނިންމުން ނިންމުމުގައި ގައުމީ ލަފާދޭ ކޮމެޓީގެ އެއްވެސް ލަފައެއް އަހާފައިނުވޭ " ޑރ ހުސެއިން ރަޝީދު ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން އަމަލު ކުރަން ޖެހޭނީ ބައެއްގެ ހައްގުތައް ނުގެއްލޭ ގޮތަށް އެންމެންގެ މަސްލަހަތަށް ބަލައިގެން ކަމަށް ހުސެއިން ވިދާޅުވި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އަމިއްލައަށް ވޯޓް ނުލެވޭ ވަރުގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވޯޓް ކަރުދާހުގައި ފާހަގަ ޖަހައި ވޯޓް ލައިދޭނީ ވޯޓްލާ މަރުކަޒުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލެއް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ މިހާރު ކަނޑައަޅާފަ އެވެ.
އެއްކަލަ ގަދަބަސްބުނާ އާލާތްގަނޑު....
ރަމަޟާންމަހުގެކުރިން ވެރިކަންވެސް ބަދަލުކުރި! ރަމަޟާންމަސް ނިމުމުގެކުރެންވެސް ސަރުކާރު ބަދަލުކުރި! އަލުން އަނެކައްޗެކޭ ކިޔަން މިފެށި ކާކު އަޑުއަހާނޭކަމަކަށްހެއްޔެވެ؟
އިޔޫ ބަދަލުކޮށްބަލަ ނިޔައޓޭ އެހެނނުނީ އެނދު ބަދަލުކޮށްބަލަ އެނދު މާކުޑައެއްނުން
ކިތަށްފަހަރު މިވެރިކަން ވައްޓައިފިތަ؟
ނުވިދޯ އެއްކަމެއްވެސް ކުށްވެރިން ޖަލުގައި ތިއްބަސް ގައުމު ކުރިޔަށް ކަނޑާދޯ. މިއަދުވެސް ރައީސް ވިދާޅުވީ ކަލޭމެންގެ އަމިއްލަ އެދުން ބޮޑު ވާހަކަ. އިންތިހާބު ކާމިޔާބު ނުވާނެކަން އެނގުނީމަ އިލެކްޝަން ކޮމިޝަންއާއި އަޅައިގަނެގެން ކަލޭމެން ކުރާން އުޅޭކަމެއް ހާސިލް ނުވާނެ.
އާޗާ ސަޅި! އަބަދުވެސް ގަދަބަސް ބުނުމުގަ! ތިހެންބުނާ ކޮންމެކަމެއް އޮންނަނީ އަތައްގޮވާ މާޒީއާއެކުވެފަ! ކަލޭމެން ތިހެންބުނި ކަންކަމުގެ ހިސްޓްރީ ބަލާލާ!
ތިޔަ ކަމެއް ނުވާނެ
ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ބޮއިކޮޓް ކުރި ހަނދާންނެތުނީތަ؟
ތިޔައީ މިހާރުކުރަން ލަސްވެފައިވާކަމެއް. މިހާރު ހުރިމީހާ އެތަނާ ހަވާލުވީފަހުން މިފަހަރު އިންތިޚާބްގައި ރަަށްރަށާއި އަތޮޅު ތަކުން ފޯކަލް ޕޮއިންޓުން ހަމަޖެއްސީ ޕިޕިއެމުން. އިލެކްޝަންގެ މަސައްކަތަކަށްވީ ރަބަރު ތައްގަނޑެއްހެން ތައްގަނޑުޖެހުން. އޮފިޝަލުން ލުންވެސް އޮތީ މިފަދަ ނޭއްގާނީ ގޮަތަކަށް ރާވާފައި. ކޮންމެ ކަމެއް ކުރިއަސް މީހުންގެ ހިތެއް އަތެއް ނުލެވޭނެ.
އިލެކްޝަން ކާމިޔާބުކުރުން ދޫކޮށްލާފައި އިލެކްޝަން ކޮމިޝަން ކާމިޔާބުވޭތޯ މިމީހުން މި އުޅެނީ ވަރަށް ބޮޑު މަކަރަކުން.
ކާލޯމެންގެ ފަހަތުގައި ކިތަންމެ ބޮޑު ސިހުރުގެ ބުރެއް ކުރަހައިގެން އުޅުނަސް. މާތް ﷲ ކަލޭމެން ބަލިކުރަށްވާ ޙައްޤަށް ނަޞްރު ދޭނެ.
ޢިންޝާﷲ މީ ޔާމީންގެ ފަހަރެއް.