ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އާދަޔާއި ހިލާފު އަމުރުގައި މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ބައި ބާތިލް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމް އިއްވުމުގެ ޝަރީއަތް ފަސްކޮށްފިއެވެ.
ކުރިން ހަމަޖެހިފައި އޮތީ 12 މެންބަރުންގެ ގޮނޑީގެ މައްސަލައިގައި މިއަދު 13:30 ގައި ޙުކުމް އިއްވުމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވިދާޅުވީ މިއަދު ބާއްވަން ތާވަލް ކުރި ޝަރީޢަތުގެ މަޖިލިސް މިހާރު ކެންސަލް ކޮށްފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އަމުރުގައި ވަނީ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މެމްބަރުކަމުން ވަކިވާ ގޮތަށް މިދިޔަ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލް ކުރާ ކަމަށެވެ.
12 މެންބަރުން ވަކި ނުވާކަމަށް ނިންމި ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުން ކުރިން ވަނީ ވަގުތީ އަމުރެއް ނެރެ، ކުރީގެ އަމުރުގެ އެ ބަޔަށް އަމަލު ކުރުން މަޑުޖައްސުވާފައެވެ.
މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މި މަހުގެ ފަސްވަނަ ދުވަހު ނިންމާލާފައިވާއިރު އެ އަޑުއެހުމުގައި ވަނީ މި މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އިއުލާންކޮށްފައެވެ.
މި މައްސަލަ ބައްލަވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ، ފަނޑިޔާރު ޢަބްދުﷲ ދީދީ އަދި ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ.
ވަރަށް ދެރަކަންކަން. ރައްޔިތުންނާ ގުޅޭ ކަންކަން ޖެހޭނެ އަވަހަށް ގޮތެއް ނިންމަން. ގައުމުގެ ހަމަޖެހުމާއި، ރައްޔިތުންގެ ވިސްނުން ބިނާވެެގެންވާނީ ކޯޓުތަކުން ކަންކަންކުރާ ގޮތެއްގެ މައްޗަށް.
12 މެންބަރުންގެ ގޮނޑީގައި ރައީސް ޔާމީނުވަނީ ތާށިވެފައި.
3ފަނޑިޔާރުންވެސް ތާށިވެފައި.
ޝަރުއީ ދާއިރާގެ ރިފޯމެއް އެބަޖެހޭ ގެންނަން. ފިނިހައް ސްޕީޑެއް ރައްޔިތުން ގަބޫލެއް ނުކުރާނެ. ގާނޫނުގައި ނެތް ކަމެއް ވިއްޔާ އެގޮތަށް ނިންމާ. އޮތް ކަމެއް ވިއްޔާ ގާނޫނުގައިވާ ގޮތަށް ނިންމާ. އެކަމަކު ކިތަންމެ ދުވަހެއް ވިއަސް ތިއަށް ނުކުންނާނީ މެމްބަރުން ގޮނޑި ގެއްލުނު ގާނޫނާ ގަވާއިދު އޮތް ހާލަތު. ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށް ތި ދައްމަނީ.
ސުޕްރިންކޯޓާ ރާއްޖޭގެ ކޯޓްތަކުގައިތިބި ޤާޒީންނޭވެ. ތިޔަމައްސަލަތަށް އަނިޔާވެރިގޮތުގައި ދައްމަ ދައްމައި ތިޔަތިބެނީ ބަޔަކަން އަނިޔާތަކެއް ހިތްފުރޭވަރަށްއަދިވެސް ނުދެވެނީބާ؟ ﷲމަތިން ކިޑަކޮށްވެސް ހަދާނެއްނުވޭބާ؟ތިޔައީ މަރުވެގެން ﷲއާބައްދަލުކުރަންޖެހޭނެކަންވެސް ހަދާންނެތިގެންބާ ތިޔަހާޖައްބާރުވެގެންތިޔައުޅެނީ
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް ގުޑް ގުޑް...
ބާރަމެންބަރުންގެ ގޮޑިއެއް ނުގެއްލެ