ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފިޔަވަޅު އެޅުމުން ދަތިވާނީ ދިވެހި ރައްޔިތުންނަށް ކަމަށާއި، ރައީސް ޔާމީންއަށް ދަތިނުވާނެކަމަށް އެކަމަނިކުފާނު ވިދާޅުވެފައިވާތީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހު ފާޑު ވިދާޅުވެއްޖެއެވެ.
އިބޫ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފިޔަވަޅު އަޅާނެކަމާއި، އެކަމުން އެމަނިކުފާން (ރައީސް ޔާމީން)އަށް ވާނެ ދައްޗެއް ނެތްކަމަށާއި، ފިޔަވަޅު އަޅައިފިނަމަ ދަތިވާނީ ދިވެހި ރައްޔިތުންނަށް ކަމަށް ވިދާޅުވެ، ރައީސް ޔާމީން ގޮތް ދޫނުކުރައްވާތީ ހިތާމަކުރާ ކަމަށެވެ.
EU’n RYah fiyavalhu alhaane kamaai, ekamun e manikufaanah vaane dhaccheh neiy kamashaai, fiyavalhu elhyma dhathivaany Dhivehi rayyithunnah kamah vidhaalhuve RY goiy dhoo nukuravvaathe hithaama kuran. Iraadha kurehviyya alhugandumen kohdheynee oagaatheri verikameh.
— Ibrahim Mohamed Solih (@ibusolih) July 19, 2018
އިއްޔެ ކެލާގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން ރައީސް ވިދާޅުވީ، އީޔޫ އިން ފިޔަވަޅު އަޅާ ނަމަ، އެމަނިކުފާނަށް ގެއްލުމެއް ނުވާނެ ކަމަށާއި. އެންމެ ބޮޑަށް ގެއްލުން ލިބޭނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ކަމަށެވެ. އެހެން ވެއްޖެ ނަމަ ވިޔަފާރިވެރިންނަށް، ރާއްޖެއިން ބޭރުގައި ވިޔަފާރި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ރައީސް މިގޮތަށް ވިދާޅުވިއިރު، އިބޫ މިއަދު ވިދާޅުވީ، އިދިކޮޅު ކޯލިޝަން އިން ކުރާނީ އޯގާތެރިވެރިކަމެއް ކަމަށެވެ.
އިބޫ މޮޔަވީތޯ؟
ޢެހެން ވީމަޔޭ އަހަރެމެން މި ކިޔަނީ އެއީ ގަޓް ރައީސެކޭ...ސާބަހޭ ޔާމީން ދަ ބެސްޓް..މީހެއް ވިއްޔާ ގޮތެއް ހުންނަން ވާނެ...
އީޔޫއިންފިޔަވަޅު އަޅަނީ ޔާމީނުގެ މައްސަލައަކުންނޫންކަން ދިވެހިރައްޔިތުންނައް ރަގަަޅައްއެގޭ ތީވެރިކަމައްދަހިވެފަ ތިބިބައެއްގެ ނުބާކަމުންވެގެން އުޅޭގޮތް
ޔާމީނު ދޫކުރަންވީގޮތެއް އަޅެ ނުބުނެވިގެން ތިއުޅެނީ ކީއްވެގެންހޭ؟؟ އަދިވެސް ކަލޭމެން ތިދައްކާ ވާހަކަޔަށް ދިވެހިން ގުނބޯހެދިފަ ތިބެންވީ؟؟
ކިނބޫ ބުނިކަމައްވަނީ ދޮޅުއަހަރުން އިންތިހާބެއް ނުބާއްވާނަމޭ.
ޢިނބޫ ބުނެބަލަ އަންނި އެކިޔަނީ ރަގަޅު އެއްޗެއްތަ
ޢިބޫ ކަލޭ މާގިނަ އަނގަނުތަޅާ މެނިފެސްޓޯ ކިޔައި ދީބަލަ. ބަފާކަލޭގެ ހަވާލު ކުރިކަންތައް. ނަސީދު ދޫކޮލުމާ ވެރިކަން އޭނާއަށް ބަދަލުކުރުން. ރާއްޖެ ވިއްކާލާފަ ވިއަސް، ބަނޑަށް ޖައްސާފަ ވިއަސް، މުޅިދުނިޔެއާ ރާއްޖެއާ ފިތުނަ ކޮއްފަ ވިއަސް، ނަސީދަށް ވެރިކަން. 24 ގަޑި އިރު ހަމައިގަ ނުހުރެވޭ މީހެއް.
ކަލޭމެންދޯ ކިޔަނީ ފިޔަވަޅު އަޅަނީ ސަރުކާރު ބޮޑުންނަށޭ...ގައުމަކަށް، ރައްޔިތުންނަކަށް ނޫނޭ. އޮޅުވާ ނުލާށޭ..ދެން މިހާރު ތިކިޔަނީ ކީކޭ؟
ފިޔަވަޅު އަޅާތީ އިބޫމެން ދެރަވަނީތަ ނޫނީ ވާ އުފަލަކުންތަ އެވާހަކަ ތިދައްކަނީ ހީވަނީ ރީދޫ ގުރޫޕު ވަރައް އުފާވެފަ ތިބިހެން ﷲ ކާފަރުންގެ ކިބައިން އަޅަމެން ސަލާމަތްކުރައްވާށި
ކާކުބިރު ގަންނުވަންތަ ތިޔަ ތެޅިބާލަނީ އިބޫޖަހުލު ރައިސް ޔާމީނަކީ ނަސީދު ކަހަލަ ރަނޑެއްނޫނޭ އީޔޫ ކައިރިބުނެބަލަ .......ބަލާށޭ
ނުޖެހޭ ބަޔަކު ބުނާހާ އެއްޗަކަށް ގޮތްދޫކުރަން. ތަތިޔަ އުޅެނީ ކިޔާނެ އެއްޗެއް ނޭގިގެންތަ. ކަލޭ ރަންމޭޓަކަށް ހޮވުނީތީ އަހަރުމެން ލަދުގަނޭ. ތަތިޔަ ބުނަނީ މިގައުމުގަ އިސްލާމްދީން ނޫން ދީނަކަށް ފުރުދަތު ދެށެ އަދި އެކަމަށް ތާއީދޭ.
ދިވެހި ސަރުކާރުގަވެސް ޔާމީނުގެ ވެސް އެއްވެސް މައްސަލައެއް ނެތް. އަޅާ ފިޔަވަޅަކާ ކުރިމަތިލާނަން .ފިޔަވަޅުއެޅުމާ އެކު އެމްޑީޕީ މެމްބަރުންނަށް ދަތިކުރާ ފިޔަވަޅުވެސް ތައާރަފް ކުރާނަން. އެއީ އެމްޑީޕީ މެމްބަރުން ބަނޑަށް މަރުވެ ހުސްވަންދެން ނުވަތަ އެމްޑީޕީ ހުސް ތޮށިގަނޑަކަށް ވަންދެން
ރައީސް ޔާމީން އެޅުއްވި 25 ބުރީގެ އިާރާތުގަ ފެންފޮތި ލާނެ ފެންވަރުވެސް ނެތް ބައެއް.
އީޔޫން ފިޔަވަޅު އަޅާ ލިސްޓުގާ އިބޫ ގެ ނަމާ ނަސީދުގެ ނަންވެސް އެބައޮތް . އެކަން މިހާރުވަނީ ހާމަވެފާ
މިނިވަން މުސްތަގިއްލު ގައުމެއްގެ ރައީސެއްގެ ގޮތުގައިހުރެ ތަނެއްގަ ތިބި މަރުމޯލުންގެ ބަޔަކު ފޯރުވާހާ ނުފޫޒަކަށް ދީލާލުމަކީ މާހިތާމަހުރި ކަމެކެވެ. ރީނދޫ ރާޖާ ކެރަފާ ނަޝީދު އިންޑިއާ އަށް ވިކިގެން ދިޔަޔަސް ރައީސް ޔާމީނަކީ އިންޝާﷲ ވިކިގެން ދާނެ ފަރާތެއް ނޫނެވެ.
ކާފަރުންނަށް ތަބައުވެގެން ވާނީ ކާފަރެވެ. ޔޫރަޕުން އަންގާ ކޮންމެ އެންގުމަކަށް ތަބައުވާކަށް ނުޖެހޭނެ.
އިބޫ، ކަލޭ ހީކުރީ ކެނެރީގޭ ފިރުއަންނި ގޮތަށް
ބަޔަކު ފޮޑިއެއް ޖަހާ އިރަށް ވެރިކަން ދޫކޮށް
ބަޗާނެ ކަމަށްތަ؟ ކަލޭ ތިޔަ ކުރާ ކަންތަކުން
އަމިއްލަ ....ކަށް ފައިން އެރުން ނޫން ކަމެއް
ނުވާނެ
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފިޔަވަޅު އެޅުމުން ދަތިވާނީ ދިވެހި ރައްޔިތުންނަށްކަން އެގިތިބެގެންނުން ތިހުރިހާ އާލާތުން ކަޑައެޅިގެން ދޮގުހަބަރު ތައް ދުނިޔޭގެ އެކިގައުމު ތަކައް ދީގެން ތިމަސައްކަތް ކުރަނީ މިގައުމައް އެކި ގޮތްގޮތުން ދަތިކުރަން ދެންމިހާރު މާހެވެއް އެދިގެން ތިވާހަކަ ދައްކަނީ ކަލޭމެން މާތާހިރެއް ނޫނޭ އަގަފޭކުރާކައް.
ޢަހަރެމެން ކުރަނީ އުފާ...
ވީ އާރ ވިތު ޔާމީން.. ނޮޓް ވިތު އީޔޫ އެންޑް ޔޫ އޯލް.